ދުނިޔެ ސާފުކުރާ ދުވަހާ ދިމާކޮށް ހުޅުމާލޭ ބީޗު ސާފު ކުރުމުގެ ހަރަކާތުގައި އެންމެ ދެ ގަޑިއިރުގެ ތެރޭގައި 14 ޓަނުގެ ކުނި ނަގައިފިއެވެ.

"ވޯލްޑް ކްލީންއަޕް ޑޭ" އާ ދިމާކޮށް ދުނިޔޭގެ އެކި ގައުމުތަކުގައި ތަންތަން ސާފުކުރުމުގެ ހަރަކާތްތައް ކުރިއަށް ގެންދެއެވެ. ރާއްޖޭގައި މި ހަރަކާތް އިންތިޒާމު ކުރާ އަމިއްލަ ޖަމިއްޔާއެއް ކަމަށްވާ "ލެޓްސް ޑޫ އިޓް މޯލްޑިވްސް"

މި އަހަރު ރަސްމީ އިވެންޓް ބޭއްވީ ކ. މާފުށީގައެވެ. މާފުށީގެ އިތުރުން ޖަމިއްޔާ އިން ހުޅުމާލޭގެ ދެ ވަނަ ފިޔަވަހީގެ ބީޗު ސާފުކުރުމުގެ ހަރަކާތް ވެސް ކުރިއަށް ގެންދިޔައެވެ. މި ހަރަކާތުގައި ވަރަށް ގިނަ ބަޔަކު ވަނީ ބައިވެރިވެފައެވެ.

ދުނިޔެ ސާފުކުރާ ދުވަހާ ދިމާކޮށް ހުޅުމާލޭ ބީޗު ސާފު ކުރުމުގެ ހަރަކާތުގެ ތެރެއިން-- ވަގުތު އިމޭޖެސް: އަހުމަދު އަޝްހާދު އަބްދުﷲ

މާފުއްޓާއި ހުޅުމާލޭގެ އިތުރުން ރާއްޖޭގެ އެހެން ބައެއް ރަށްރަށުގައި ވެސް މި ހަރަކާތް އޮތެވެ.

މި ހަރަކާތުގެ މަގުސަދަކީ ގައުމުތަކަށް ދިމާވެފައިވާ ކުނީގެ މައްސަލަ ހައްލުކުރުމަށްޓަކައި އެންމެން ގުޅިގެން މަސައްކަތް ކުރުމަށް ހިތްވަރުދިނުން ކަމަށް އެ ޖަމިއްޔާ އިން ބުނެއެވެ.