މާލޭގެ މަގުމަތީ ޕާކުކޮށްފައި އޮތް ވޭނެއްގެ ތެރޭގައި ބަހައްޓާފައި ހުރި ޕަވަ ބޭންކުތަކެއްގައި މިއަދު ރޯވެ އެ ވެހިކަލަށް ބޮޑެތި ގެއްލުންތަކެއް ލިބިއްޖެއެވެ.

އެމްއެންޑީއެފްގެ މީޑިއާ އޮފިޝަލް ވިދާޅުވީ، އަލިފާނުގެ އެ ހާދިސަ ހިނގީ ދަރުބާރުގޭ ދެކުނު ފަރާތުގައި ޕާކްކޮށްފައި އޮތް ވޭނެއްގެ ތެރޭގައި ކަމަށެވެ. އެ ރިޕޯޓު އެމްއެންޑީއެފް އަށް ލިބިފައި ވަނީ މިއަދު ހެނދުނު 10:31 ގައެވެ.

ޑިއާ އޮފިޝަލް ވިދާޅުވީ، މިހާތަނަށް ބެލި ބެލުމުން އެނގިފައި ވަނީ އަލިފާނުގެ ހާދިސާ ހިނގީ ވޭން ތެރޭ ޑޭޝްބޯޑުގެ މަތީގައި ބާއްވާފައިވާ އޮތް ދެ ޕަވަބޭންކެއްގައި ރޯވެގެންކަމަށެވެ. އަލިފާން ރޯވި ޕަވަބޭންކުތަކަކީ ފޯނު ޗާޖު ކުރަން ގެންގުޅޭ ޕަވަބޭންކުތަކެކެވެ.

މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައެއް ނުވެއެވެ.

ފޮޓޯތަކުން ފެންނަ ގޮތުގައި އަލިފާން ރޯވުމުގެ ސަބަބުން ވޭނުގެ ކުރިމަތީ ބިއްލޫގަނޑު ވަނީ ތަޅައިގެން ގޮސްފައެވެ.

ކިޔުންތެރިންގެ ހިޔާލު