އދ. އާންމު މަޖިލީހުގެ ޖަލްސާގައި ރާއްޖޭގެ ވެރިކަން ކުރައްވާފައިވާ ބޭފުޅުންގެ ތެރެއިން މިހާތަނަށް ދިވެހި ބަހުން ތަގުރީރު ކުރައްވާފައިވަނީ 2006 ވަނަ އަހަރު ރައީސުލްޖުމްހޫރިއްޔާއަކަށް ހުންނެވި މައުމޫން އަބްދުލްގައްޔޫމެވެ. އޭގެ ފަހުން އެއްވެސް ރައީސަކު އެ މަޖިލީހުގައި ދިވެހި ބަހުން ތަގުރީރު ކުރައްވާފައެއް ނުވެއެވެ.

އެހެން ނަމަވެސް މިހާރު ބައެއް މީސްމީޑިއާ ތަކުން ދައްކަމުން އަންނަ އެއް ވާހަކައަކީ ދެން އެންމެ އަވަހަށް އެ މަޖިލީހުގައި ދިވެހި ބަހުން ތަގުރީރު ކުރައްވާނެ ރައީސަކަށް ވަނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ކަމަށެވެ. މިއީ ކިހާ ތެދު މައުލޫމާތެއްތޯ ގިނަ ބަޔަކު އަންނަނީ ސުވާލު ކުރައްވަމުންނެވެ.

ރައީސް ސޯލިހް އ.ދ. ގެ ޢާންމު މަޖިލީހުގެ 76 ވަނަ ސެޝަނުގައި ބައިވެރިވެވަޑައިގެންނެވުމަށް އެމެރިކާގެ ނިއުޔޯކަށް ފުރާވަޑައިގެންފައިވަނީ އިއްޔެގެ ވަގުތެއްގައެވެ. އެޖަލްސާގައި ރައީސް ސޯލިހް ތަގުރީރު ކުރެއްވާނީ އަންނަ އަންގާރަ ދުވަހުއެވެ.

ބައެއް މީޑިއާތަކުން މިހާރު ވެސް ރިޕޯޓް ކޮށްފައިވާ ގޮތުގައި އެ ޖަލްސާގައި ރައީސް ތަގުރީރު ކުރައްވާނީ ދިވެހި ބަހުންނެވެ. މިކަމާއި ގުޅޭ ގޮތުން ރައީސް އޮފީހުގެ ތަރުޖަމާނު މަބްރޫކު އަޒީޒަށް ގުޅާލެއްވުމުން އެކަން ދޮގު ކޮށްފައެއް ނުވެއެވެ. އެހެން ނަމަވެސް ވިދާޅުވި ބަހަކީ "އަދި ޑިސައިޑް ނުކުރާ" ކަމަށެވެ.

މަބްރޫކު އެފަދައިން ވިދާޅުވުމުން އަނެއްކާ ވެސް އެކަމާއި ސުވާލު އުފެދެއެވެ. އެއީ އެފަދަ ކަމެއް ޑިސައިޑް ނުކުރެވި އޮތީ ވަގުތު އޮތަސް މީޑިއާތަކުން ރިޕޯޓް ކުރި ގޮތަށް ރައީސް ދިވެހި ބަހުން ތަގުރީރު ކޮށްފާނެތީއެވެ.

"އަދި ޑިސައިޑެއް ނުކުރޭ ކޮން ބަހަކުން ކަމެއް. އެހެން ނަމަވެސް ރައީސް އޮފީހުގައި ޝާއިރު ކުރާނެ ދިވެހި ބަހުންނާއި އިނގިރޭސި ބަހުން ރައީސްގެ ސްޕީޗް" މަބްރޫކު ވިދާޅުވިއެވެ.

އދ.ގެ އާންމު މަޖިލީހުގެ ޖަލްސާގައި މިހާތަނަށް ދިވެހި ބަހުން ތަގުރީރު ކުރެއްވީ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް އެވެ. އެއީ 2006 ވަނަ އަހަރު އެވެ.

ރައީސް އާންމު މަޖިލީހުގައި ތަގުރީރުކުރައްވާއިރު އެ މަޖިލީހުގެ ރިޔާސަތުގައި އިންނަވާނީ ރާއްޖޭގެ ހާރިޖީ ވަޒީރު އަބްދުﷲ ޝާހިދު އެވެ.

އަފްޣާނިސްތާނުގައި ކަމާއި ބަހެއް ވިދާޅުވާނެތޯ

ކިޔުންތެރިންގެ ހިޔާލު

16 ކޮމެންޓް

  1. އެދުރުބޭ

    ހިންނަވަރު ބަހުން ވާހަކަ ދައްކާ ، މާބާރަށް ނުރޯތި ...

  2. ޕީޕަލް

    ތިޔަ ތަގުރީރަކަށްވުރެ މާއައުލާކަން ބޮޑު މިވަގު ފިޔަވަތީގައި ތިބި ކުޑަކުދިންގެ ހައްގުތަށް ރައްކާތެރިކުރުން. ދެންމިހެންބުނީމަ ތަގުރީރުގައި ކުޑަކުދިންގެ ހައްގު ރައްކާތެރިކުރުން މުހިންމޭކިޔާ ނިންމާލާނީކީ ނޫން

  3. Anonymous

    ކޮބާތަ މައްސަލައަކީ؟ ދުނިޔޭގެ އެތައް ގައުމެއްގެ ވެރިން އދ މަޖިލީހުގަ ތަގުރީރުކުރަނީ އެގައުމުތަކުގެ އަމިއްލަ ބަހުން. އެ ތަގުރީރުގެ ތަރުޖަމާ މަޖިލީހުގަ ވަގުތުން މެންބަރުންނަށް އިވެމުންދާނެ.

  4. ކޮމެންޓު

    މައުމޫނު ތިކަންވެސް ކޮއްފަ ދޯ އޮތީ

  5. ޢހ

    އަސާސީ ވީމަ، ވަގު ކިބޫއަށް އިގިރޭސި ނޭގޭތީ.. ދިވެހިން ލިޔެގެން ކިޔަސް ކޮށިވާނެ ބޭބި ނާސަރީ ކުއްޖަކަށްވުރެވެސް.

  6. ބުރަކި

    އެހެންތާވާނީ އިނގިރޭސިން ލިޔެފަދިނީމަވިއްޔަ ވާހަކައެއްބުނަންވެސް އެނގެނީ ދެންދަށްކަންވީނު ދިވެހިބަހުން ކާކުބުނީ ނުދަށްކާށޭ .

  7. alex

    we dont care

  8. މުބީނު މާރނީ

    އެހެން ބަހެއް ފަރިތަކޮށް ކިޔަން ނޭނގެންޏާ ދެން ކިޔަން ޖެހޭނީ ދިވެހި ބަހުން. އެއްވެސް ފެންވަރެއް ނެތް އިބޫ ގެ.

  9. ދޯދި

    އިނގިރޭސި ނޭގޭތީ ދޯ؟؟

  10. އަސްމާ

    އެޔޯ؟..ބަލަ މަހަލްދިފޫރު މީހުން ވާހަކަ ދައްކަން ޖެހޭނީ އިންޑިޔާގެ ރަސްމީ ބަސް ހިންދީ ބަހުން ނުންތޯ؟

  11. ހޯމް ސްޓޭ ރާއްޖެތެރޭ މީހާ

    އަހަރުންނަށް ކޮންކަމެއް ހިންނަވަރު އިބުރާހިމު ކޮންމެ ގުޔެއް ރުނަސް.

  12. ނަސީ

    ދިވެހިބަސް ވެސް ރަގަޅައް ފަރިތަކޮއްލައިގައި އާރާތި އެހެންނޫނީ އަހަރުމެން ލަދުގަން ނަންޖެހޭނީ ، ކޮށިއަރައިފިއްޔާ ބުނާނެ މިގައުމުގައި ހުސް އުޅެނީ އެކަހަލަ ނުކިޔަވާ މީހުންނޭ

  13. ނަޒީ

    އެނގޭ މަޟުމޫނެއް މީހަކުލައްވައި ލިޔުއްވައިގެން 15 ދުވަހު ދަސްކޮށްގެން ދިޔަކަން!

  14. ސުވާލު

    ނުކިޔަވާ އިބޫ އަށް ދިވެހި ބަހުން ވާހަކަ ދައްކަން އެނގުމަކީވެސް ބޮޑުކަމެއް.

  15. ޙަސަނުބެ

    ކެކެކެ ހެހެ އާން ވާނީ އެހެންތާ އެހެން ބަހަކުން ވަާހަކަ ދެއްކޭނީ އަމިއްލަ ބަހުންވެސް ވާހަކަ ދެއްކިގެންތާ

  16. Anonymous

    ކަޅުދަބަސް އިބުރޭ ކަލޭމިހާރު ތިހުރިހާލުން ދިވެހިންގެފަރާތުން ވާހަކަދެއްކުމުގެ ހައްގެއްނެތް