ހުޅުމާލޭގައި ހުންނަ "ފިޔަވަތީ" ގައި ކުދިންތަކެއް ހަމަނުޖެހުން ހިންގިއިރު އެ ތަނުގައި ނޫސްވެރިން އަމަލުކުރި ގޮތާއި ގުޅިގެން މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ) އަށް ްމައްސަލަ ހުށަހަޅަން ނިންމައިފިއެވެ.

ފިޔަވަތި މައްސަލާގައި މިއަދު ރައްޔިތުންގެ މަޖިލީހުގެ ހިއުމަން ރައިޓްސް އެންޑް ޖެންޑަރ ކޮމިޓީން ބޭއްވި ކޮމިޓީ ބައްދަލުވުމުގައި ފުވައްމުލަކު ދެކުނު ދާއިރާގެ މެމްބަރު މުހައްމަދު މުމްތާޒް ވިދާޅުވީ ފިޔަވަތީގައި ހިނގާދިޔަ ކަންތައްތަކުގެ ފޮޓޯ އާއި ވީޑިއޯތައް ބައެއް ނޫސްވެރިން މީސް މީޑިއާގައި ހިއްސާކޮށްފައިވާ ކަމަށެވެ.

ފިޔަވަތީގެ މައްސަލައިގައި ނޫސްވެރިން އަމަލު ކޮށްފައިވާ ގޮތާއި މެދު ކަންބޮޑުވުން ފާޅު ކުރައްވައި މުމްތާޒް ވަނީ ނޫސްވެރިންގެ މައްސަލަ ބަލައިދިނުމަށް އެދި މީޑިއާ ކައުންސިލަށް ހުށަހެޅުމަށް ހުށަހަޅުއްވާފައިވެއެވެ.

މީގެ އިތުރުން މާލެ ސިޓީ ކައުންސިލްގެ ހުޅުމާލެ ދާއިރާގެ މެންބަރު އިބްރާހިމް ޝުޖާއު ހަރަކާތްތެރިވެވަޑައިގެންނެވި މައްސަލަ އެލްޖީއޭއަށް ހުށަހަޅަން ރައްޔިތުންގެ މަޖިލީހުގެ ހިއުމަން ރައިޓްސް އެންޑް ޖެންޑާ ކޮމިޓީން ނިންމާފައިވެއެވެ. އަދި ޝުޖާއު ފިޔަވަތިއަށް ވަދެ އުޅުނު ކަމަށާއި، ބައެއް މީހުން އެތަނަށް ވައްދަން އޭނާ މަސައްކަތް ކޮށްފައިވާ ކަމަށް ބުނެފައިވާތީ އެކަން ހިނގައި ދިޔަގޮތް ބަލަން އެލްޖީއޭއަށް އެންގުމަށް މުމްތާޒް ހުށަހެޅުއްވިއެވެ. އެ ދެ ހުށަހެޅުން ފާސްވެފައިވެއެވެ.

މި ދެ ހުށަހެޅުމުގެ އިތުރުން ފިޔަވަތީގެ ފުރާޅު މަތީ ކުޑަކުދިން ނުތިބޭ ގޮތަށް ހަދަން ޖެންޑާ މިނިސްޓްރީއަށް އަންގަން ވެސް ކޮމިޓީން ނިންމާފައިވެއެވެ.

މިދިޔަ ހުކުރު ދުވަހުގެރޭ އެތަނުގައި ބައިތިއްބާފައި ތިބި ކުދިންތަކެއް ވަނީ ފުރާޅުމައްޗަށް އަރައި އަޑުގަދަކޮށް ތަނުގައި ރޯވެސް ކޮށްލާފައެވެ. އެ މަންޒަރުތައް ބަލަން ގިނަ ބަޔަކު ފިޔަވަތި ކައިރިއަށް ޖަމާވިއެވެ. އެ ކުދިންގެ ފަރާތުން އަޑު އިވޭ ގޮތުން ނަމަ، އެ ތަނުގެ މުވައްޒަފުން އެ ކުދިންނަށް އަނިޔާ ކުރަނީއެވެ. ނަމަވެސް އެކަން ޖެންޑަ މިނިސްޓްރީން ވަނީ ދޮގުކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު

19 ކޮމެންޓް

  1. ކެޔޮޅުބެ

    ކަމެއްގޯސްކޮށް ހިނގައިގެން އެކަމެއްނޫސްތަކުގައި ޖެހުމާއި ފޮޓޯތަށް އާއްމުކުރުމަކީ މުޅިދުނިޔޭގަވެސް ކުރާ ކަމެއް އެކަމަކު މިރާއްޖޭގައޮތް ހުދުމުހުތާރު މަޖިލީހުން އެކަމެއް ބަލާ ފިޔަވަޅު އަޅަން ބުނުމަކީ ހިޓުލަރުގެ އުސޫލަށް ފެތޭ ނާތަހުޒީބު އަމަލެއް.

  2. ކިޔުންތެރިއެއް

    މިވެސް ބޮޑުމުސާރަނަގަމުންދާ ބައެއްގެ ހާލު. މިވަރު ވީއިރު އިހުމާލިވި، ޒިންމާ ނެގޭނެ މީހެއްނެއް ގޯސްމިވީ އެކަން މީސްމީޑިއާގަ ލިޔުންމީހުނާ ، އެކަމުގެ ޙާލަތު ދެނެގަންނަން ދިޔަމީހާ. ހަރާމެއް ހަލާލެއްނުބަލާ ރުފިޔާގަނޑު ދައުރު ނިމެންދެން ބޮޑިކޮށްލާ. ފައިދާއެއްނެއް ގެއްލުން ހުރިތަނެއްތިއީ.

  3. ޢަތްޖަހާއެންމނެން

    ޢެންމެ ފަހުން ގޯސްމިވީ ނޫސްވެރިން

  4. ހައްގު

    ޖީހާން ފިރިމީހާގެ ރޭޕްކޭސް އަލުން ހިލުވާލަން ނޫސްވެރިނަށް ގޮވާލަން. އާއިލީ ވެރިކަމަށް ނޫނެކޭ ބުނަމާ، ކުޑަ ކުދިންނަށް ކުރާ އަނިޔާ ހުއްޓާލާ.

  5. ޤާދިރު

    މި ޖީހާން އަޅެ ލަދެއް ވެސްނުގަނޭދޯ. ލަދުކުޑަޔަސް ފުކެއް ބޮޑުވަރު

  6. ސަޓޯ

    ހުދުމުހުތާރު ކޮމިއުނިޓިސްޓް ސަރުކާރު އިސްތިއުފާ!!!

  7. މައިމޫނާ ދައިތަ

    ކަމަނާގެ ލަދުފުޅު ކޮބައިތޯ؟ ނޫސްވެރިންގެ ފަހަތުން ނުދުވެ ބޮޑު މުސާރަ ދީފައި ހިއުމަން ރައިޓްސް ކޮމިސަނަށް ކަމަނާ ވެއްދި މެންބަރުންގެ ހިލަމެއް ވޭތޯ ބަލައިލަބަލަ. ނާޗަރަންގީ ކުޅެން އެވެރިންނަށް ތިޔަދޭ ބިޔަ ބޮޑު ބަޖެޓް ޖެންޑާ މިނިސްޓްރީޔާ ފިޔަވައްޗަށް ދިނުން މާ ހެޔޮކަން ބޮޑުވާނެ.
    ގައުމުގެ އިޖްތިމާއީ ރައްކާތެރިކަމުގެ މުޅި ނިޒާމު ކަމަނާގެ ބެލުމުގެ ދަށުން ގާދޫކޮލުންވެސް ބޭރުވެއްޖެ.
    މިއަދު މުޅި ގައުމު އެދި ގޮވަނީ ޖީހާނާ ޖީހާނުގެ ބައިވެރިން މަގާމުތަކުން އިސްތިއުފާދޭން

    • ހައްސާސް

      މިހާރުގެ އެޗުއާރުސީ މެންބަރުން ގިނަ ވަގުތު ހޭދަކުރަނީ ކެފޭތަކާ ސެލޫންތަކުގައި

  8. އިސްދޫ

    ތިގޮނޑި ދޫކޮށްފަ ހަމަ މިހާރު ކަލޭ ގެއަށް ދޭ. ކަމުގެ ހަގީގަތް ފޮރުވަން ފުރާޅޭ ޖަންގިޔަލޭ ނުކިޔާ

  9. ވަކަރުގެ

    ވަކަރުގެއިން ވަކަރުގޭގެ މައްސަލަ ބަލަން ފެށީތާ!

  10. މަބޭ

    ހިއުމަންރައިޓްސް އެންޑްޖެންޑަރ އެންޑް ރޯޔަލްކޮމިޓީ

  11. ސިއްކަ މޮހޮރީ

    މުޅި ގައުމުގެ އިޖުތުމާއީ ރައްކާތެރިކަމުގެ ނިޒާމު މި ކަބުލޭގެއާ އެމްޑީޕީއިން ހަވާލުކުރީ ހޭބަލިވެގެންތަ؟ މިހާ ދޯހަޅި މީހަކު މަ ނުދެކެން. އަދި ގޮތް ކުޑަކަމުން ހުރިހާ ކަމެއް އެހެން މީހުންގެ ބޮލަށް އެބަޖަހައޭ. ޒިންމާ އަދާ ނުކުރެވެންއާ ގޮސް ގޭގަ އޮވެބަލަ. ތި ކަން ކުރަން ކުފޫހަމަވާ އެތައް ބަޔަކު ރާއްޖޭގައި އެބަތިބި. ކޮމިޓީ ހަދައިގެން ތިޔަ ކުޅޭ ޑްރާމާ މާކަ ތާހިރެއްނޫން

  12. އާދަމް ހަލީމް

    އީނާސްމެން ބޭރުކޮށްފައި ހިއުމަން ރައިޓްސް ކޮމިޝަނަށް ޖީހާނު ލީ ކުފޫ ހަމަނުވާ ބޮޓުތަކުގެ ހަބަރެއް ވޭތޯ ހަނާ އަޅާލަބަލަ ކަބުލޯ! ރައްޔިތުން ކެކި އަރާއިރު ބޮޑު މުސާރަ ކައިގެން އެބައިގަނޑު އެތިބީ ގަދަ ނިދީގަ

  13. ޙާލަތު

    ތިޔައީ ތޯތޯ މަޖިލީހެއްނު... އިވޭހާ އަޑެއްގެ ކަންތައް ބަލަން...

  14. ޙެ ހެ

    ކޮބާތަ ސަފާރީ ރޭޕް މައްސަލަ

  15. ސުވާލު

    ފިރިކަލުން ގެ ރޭޕްކޭސް ބައްލަވާ އަދިވެސް ނުނިމެނީތޯ. ފިރިމީހާއަށް ކަމަނާކައިރިން ލިބޭވަރު މަދީތޯ.

  16. މުރާލިބެ ނާޒި

    ފިޔަވަތީ ފޮޓޭނަގާ އާންމު ކުރުމަކީ މަނާކަމެއްތަ؟؟؟

    4
    1
  17. ނޫސްވެރިކަން

    އެންމެފަހުން މިވީކުއްވެރި ނޫސްވެރިން ބޯހަލ؛ާކް

  18. ޢހ

    ގަމާރު މުމްތާޒް މީޑިއާގެ މިނިވަންކަން އޮތީ ކަލޭގެ އަތްޕުޅުގަތަ؟ ޖީހާންގެ ފިރިމީހާގެ ރޭޕް މައްސަލަ ބަލަން ގޮވާލަބަލަ