މާފުށި ޖަލުގައި ހިނގި ޒުވާބެއްގެ ތެރެއިން ހުކުމް ތަންފީޒު ކުރަމުން ދިޔަ ގައިދީއެއްގެ ގަޔަށް ހޫނުފެން ޖަހައިފިއެވެ.

މާފުށި ޖަލުގައި ގައިދީއެއްގެ ގަޔަށް ހޫނުފެން ޖަހާފައިވާ ކަމަށް ކަރެކްޝަންސްގެ މީޑިއާ އޮފިސަރު ވަނީ "ވަގުތު" އަށް ކަށަވަރު ކޮށްދެއްވާފައެވެ.

މީޑިއާ އޮފިޝަލް ވިދާޅުވީ، ހޫނު ފެން ޖަހާފައިވަނީ އެތަނުގައި އޮތް އެހެން ގައިދީއެއް ކަމަށާއި އެއީ އެތަނުގައި މަސައްކަތް ކުރަމުން އަންނަ އޮފިސަރުންގެ ބަޔަކު ކޮށްފައިވާ ކަމެއް ނޫން ކަމަށެވެ.

"މީގެ 2-3 ދުވަސް ކުރިން އެ ހާދިސާ ހިނގާފައިވަނީ. އެއް ގައިދީ އަނެއް ގައިދީ ގަޔަށް ހޫނު ފެން ޖެހީ"

ހޫނު ފެން ޖެހުމުގެ ސަބަބުން ލިބުނު ޒަހަމްތަކަށް އެ ގައިދީއަށް ފަރުވާ ދެމުން އަންނަ ކަމަށް ވެސް މީޑިއާ އޮފިސަރު ވިދާޅުވިއެވެ.

"ވަގުތު" އަށް އެނގިފައިވާ ގޮތުގައި ހޫނު ފެން ޖަހާފައިވަނީ މާފުށީ ޖަލުގައި ހުކުމް ތަންފީޒު ކުރަމުން ދިޔަ ހއ. ހޯރަފުށީގެ ފިރިހެނެއްގެ ގަޔަށެވެ. އޭނާގެ ގަޔަށް ހޫނު ފެން ޖެހުމުގެ ސަބަބުން އެއްކޮށް ގޮތަކަށް ފިހިފައިވާ ކަމަށް އޭނާ ވަނީ އާއިލާއަށް ގުޅައި ހިއްސާ ކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

  1. ލީޒް

    ގައުމެއް ނެތް ނަމަވެސް ރައީސްއާއި ހާރިޖީވަޒީރު އުޅުއްވަނީ ދުނިޔޭގެ ތަހުތުގައި ފައިތިލަ ސާބިތުކުރުމުގައި.

  2. ޕާތް

    ހޫނުފެންޖަހާފައި އެ އެޅުވީ އެތާހުރި އެހެން ގައިދީއެއްގެ ބޮލުގައި އިލްޒާމް

    1
    1
  3. ސަންސެޓް

    އޯހޯ އެމްޑީޕީ ވެރިކަމެއްގައި އެއްވެސް އަނިޔާއެއް ނޯންނާނެ.

    1
    1
  4. ދދދދދދ

    ސާބަހޭ މިޮތީވާ ސަރުކާރެއް.
    ކުރީ ސަރުކާރު ކުރީ ސަރުކާރު

    1
    2
  5. ކާފަބޭ2020

    ގައިދީންނަށް ބޭނުންވާއިރަކުބޭނުންވަރަކަށް ހޫނުފެންލިބުމަކީ ތަނަށްލިބުނުކުރިއެރުމެއް!

    1
    1
  6. ހަސަނު

    ފުޅަކަށް ތިކަމެއްނުވާނެ، ފުޅުގެނެތޭ އެގާބިލްކަމެއް، ސަރުކާރުން އެތަން ރަގަޅުކުރަން ބޭނުންނަމަ އެހެންބޭފުޅަކާތިތަން ހަވާލްކުރޭ. މުވައްޒަފުން އެތިބެނީ ބިރެއްގެ ތެރެގާގައި. ފުޅުރަގަޅުވާނީ ޓީވީ ކުޑަކުދިންގެ ޕްރޮގްރާމް ހުށަހަޅަން. ސަރުކާރުން މިކަމާވިސަނައް އެބަޖެހޭ. އެތަންހަލާކުވެ އެދަނީ