ދިވެހި ޒުވާން ފިރިހެނަަކަށް ގެސްޓްހައުސްއެއްގެ ކޮޓަރިއެއްގެ ތެރޭގައި ގްރޫޕަކުން އަނިޔާ ކުރާ މަންޒަރު ފެންނަ ވީޑިއޯއެއް މީގެ ދުވަސްތަކެއް ކުރިން އާންމުވެފައިވެއެވެ. މި މައްސަލައާއި ގުޅިގެން ފުލުހުން ބުނީ އެމައްސަލަ ފުލުހުންގެ ސަމާލުކަމަށް އައިސްފައިވާ ކަމަށެވެ. ނަމަވެސް ފަހުން ނޫސްވެރިން ތަކުރާރުކޮށް އެމައްސަލަ އާއި ގުޅިގެން ސުވާލު ކުރުމުން ވެސް ފުލުހުން އެއްވެސް ޖަވާބެއް ނުދެއެވެ. އަދި އެއަށްފަހު އެ ޒުވާނާ ގަދަކަމުން ބަރަހަނާކޮށްފައި އެމަންޒަރު ވީޑިއޯކޮށް، ވީޑިއޯ އާއްމު ކޮށްފައިވެއެވެ.

މި ހާދިސާ ހިނގާދިޔަގޮތް ކިޔައިދެމުން އެ ޒުވާނާ "ވަގުތު"އަށް ބުނީ ގުރޫޕަކުން އޭނާއަށް އަނިޔާ ކޮށްފައިވަނީ ދެމީހެއްގެ ދެމެދުގައި ހިނގާދިޔަ ބަހުގެ ހަމަލާއެއްގެ ތެރެއިން އެ ޒުވާނާއަށް މީހަކަށް ނިސްބަތްކޮށް ނުބައި އެއްޗެއް ބުނެވުމުން ކަމަށެވެ. އޭނާއަށް އަނިޔާ ކުރުމާއި ގުޅިގެން ހަމަ އެރޭ ފުލުހުންނަށް ރިޕޯޓު ކޮށްފައިވާ ކަމަށް އޭނާ ބުންޏެވެ.

ޒުވާނާ ބުނީ އޭނާއަށް އަނިޔާ ކޮށްފައިވަނީ ރަށުގައި ހުރެފައި ރިސޯޓަކަށް ދާން މާލެ އައިތަނުން ކަމަށެވެ. ރަށު ދެތިން ކުދިންނާއެކު މާލޭގައި މަޑުކުރީ ގެސްޓްހައުސްއެއްގައި ކަމަށާއި، އޭނާއާއި އެކު އެ ގެސްޓްހައުސްގައި ތިބި މީހުންނަށް ވެސް އެ ގުރޫޕާއި ދެމެދު ބަހުގެ ހަަމަލާތަކެއް ހިނގައި، މައްސަލަ ޖެހިފައިވާކަން އިނގޭނެކަން ޒުވާނާ ފާހަގަ ކުރިއެވެ.

"ބުނިން އެމީހުން ކައިރި ގެސްޓް ހައުސްގައި ހުރި ވާހަކަ ނުބުނައްޗޭ ވެސް. ބުނެފިއްޔާ ކަންތައް ވެދާނެ ގޮތްވެސް ބުނެދިނިން. ވަރަށް ވިސްނައިގެން ގެސްޓް ހައުސްގައި ހުރީ ވެސް، ވަރަށް ޔަގީންކަން އޮތް އެތަނުގައި ހުރިކަން އެނގުނިއްޔާ އަންނާނެ ކަމުގެ. ދެން އެހެން އޮއްވަ ބަޔަކު އައިސް ޓަކި ޖެހީމަ ދޮރުހުޅުވާލީ. ހައެއްކަ މީހުން އައިސް ކޮޓަރިއަށް ވަން. ދެން ތަޅަން ފެށީ. ތަޅަން ފަށާފަ އެހީ 'ވަޑި'އަށް ޖަވާބުދިން ގޮތުގެ ވާހަކަ" ޒުވާނާ ކިޔައިދިނެވެ.

ޒުވާނާ ބުނީ އަނިޔާ ކުރުމަށް ފަހު، ގަދަކަމުން ބަރަހާނާ ކުރުވާ ވީޑިއޯ ކުރިކަމަށާއި އޭގެ ފަހުން ގުޅައިގެން ވީޑިއޯތައް ލީކް ކުރާނެ ކަމަށް ބުނެ އިންޒާރުވެސް ދީފައިވާ ކަމަށެވެ.

"އަނިޔާކުރި ފަހުން ދެތިން ދުވަސް ވީއިރު ހަބަރުލިބޭ އެމީހުންގެ ރައްޓެހިން އެ ވީޑިއޯތައް ގެންގުޅޭކަމަށް. ދެން އެހިސާބުން ފުލުހުންނަށް އެންގިން ކަން ހިނގިގޮތް. ދެން ބުނި ބަލާލާނަމޭ، އެކަމަކު އެއްވެސް ފަހަރަކު ފުލުހުންގެ ހަބަރެއް ނުވޭ. ވާނުވާއެއް، މައްސަލަ ކުރިޔަށްދާ ކަމެއްވެސް ނޭންގޭ" އޭނާ ބުންޏެވެ.

ޒުވާނާ ބުނީ އޭނާގެ ރައްޓެއްސަކަށް އެ ވީޑިއޯ ލިބުނީ ދެތިން މަސް ފަހުން ކަމަށެވެ. އަދި ރަހުމަތްތެރިޔާއަށް ވީޑިއޯ ފޮނުވުމުން މައްސަލަ ބަލަމުން އަންނަ އައިއޯއަށް އެކަން ވެސް އަންގާފައިވާކަން ޒުވާނާ ފާހަގަ ކުރިއެވެ. އެ ޒުވާނާ ބުނި ގޮތުގައި އޭނާއަށް ގުރޫޕެއްގެ މީހުން އަނިޔާ ކޮށްފައިވަނީ މިދިޔަ ރޯދަ މަހުގެ 17 ވަނަ ދުވަހުއެވެ.

ފުލުހުންގެ ފަރާތުން ލިބިފައިވާ މައުލޫމާތު ކިޔައިދެމުން އެ ޒުވާނާ ބުނީ އެ މައްސަލަ ބަލަމުންދަނީ ދެ މައްސަލައެއްގެ ގޮތުގައި ކަމަށް އެމީހުން ބުނެފައިވާ ކަމަށެވެ. އެއީ މާރާމާރީ ހިންގި ކަމުގެ މައްސަލައާއި އޮރިޔާންކޮށް ވީޑިއޯ ކުރި ކަމުގެ މައްސަލަ ކަމަށެވެ.

ނަމަވެސް މައްސަލަ އަށް ގިނަ ދުވަސްތަކެއް ވެގެން ދިޔައިރު ވެސް އެކަން ކުރި މީހުން ތިބީ މުޖުތަމައުގެ ތެރެއަށް ދޫވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

8 ކޮމެންޓް

  1. އެއްލޯޖޯބެ

    އެކަލޭގެ ފުރަތަމަވެސް އޮރިޔާން ވާން ދިމާވި ހާލަތުގަވެސް އެބައުޅެދޯ އޭނަގެ މައްސަލަ... ދެން މައްސަލަ ހުށަނާޅާ އަހަރު ދުވަސް ވަންދެން ހުރެފަ ދެން ކޮންމައްސަލައެއް ހުށައަޅާކަށްތަ ؟؟؟

    1
    13
    • ނަސީމު

      އަންހެން ކުއްޖަކު ގިފިލީގަ ފެންވަރަން ހުއްޓަ ވަގަށް ފޮޓޯ ނަގަން އުޅުނު ލޮނުޒިޔާރަތް ކޮޅު މީހެއްގެ އެއް ލޮލަށް ދާނިދަނޑި ހަރާލި ވާހަކަ ވެސް އެބަޖެހޭ ދައްކަން!

    • ޢާލިމް

      ތިބޭފުޅާއައްވެސް މީގެ ކަމެއް ދިމާވީމަ އެނގޭނީ. (އެފަދަ ދުވަހެއް ނުދައްކަވާށި) އެންމެނަކީ އެހާ ބިރު ކުޑަ، ހިއްވަރު ހުންނަ ބައެއް ނޫން. ބައެއް މީހުންނަށް ހިއްވަރު ލިބި އިންސާފު ހޯދަން ތެދުވުމަށް ވަގުތުވެސް ނަގާނެދޯ.

  2. މަޖްބޫރިއްޔާތް ބިން ޚަލީފާ

    މިހާރު ހަމައެކަނި އިސްކަންދޭނީ ދީނީ ހަރުކަށި ފކުރުގެ މީހުންނަށް އވެސް އެލެކްސް ނޫނީ އެމްޑީޕީ އިން އިޝާރާތް ކުރާފަރާތް ތަކަށް. ތީމިދުވަސްވަރު މާ ނުރައްކާތެރި ކަންތަކެށް ނޫން. މީހުންމެރުން، މާރާމާރީ، ރޭޕްކުރުން، މަސްތުވުން ފަދަ ކަންކަމަކީ މާއިސްކަންދޭ ކަންކަމެއެްނޫން. އިސްލާމްދީނާ ގުޅިގުން އަންނަ ކްރައިމް އެއްވެއްޖިޔާ ފުލުހުންވެސް، މަޖިލީހުންވެސް، ސަރުކާރުންވެސް އުޅޭނީ ހޭބޯނާރާގެން އަވަދިނެތި އެމީހަކަށް އަދަބު ނުދެވިގެން. އަދުލާ ހަމަހަމަކަން ނެތް މި މިޖުތަމައަކު މިހާރު.

    5
    1
  3. މަރީ

    ވަކި މީހެއްގެ މައްސަލަ ދިޔަ ބާރުމިން ފެނުނެންނު ރައްޔިތުންނަށް. ނިކަމެތިންނަށް ނިކަމެތި ގޮތް މޮޅު މީހުނަށް މޮޅު ގޮތް. ތިޔަ ބުނާ ވަޑިއަކީ ކާކުތަ؟

  4. އަނިލް

    ވަރުގަދަ ވަޑިތަކެއް ނުން މީ

  5. ހުސޭނުބޭ

    އެފަކީރު އެއީ ރޯޔަލް ފެމިލީ މެމްބަރެއްނޫން! އެހެންވީމާ މައްސަލަ ކުރިޔަށްނުގޮސް ފަހަތަށްވެސް ހިނގާދާނެ!

  6. ހަސްލަސް

    ތިޔަ ކަން ކުރީ މިސަރުކާރު ކޮންމެސް ބުރޯއެއްގެ ގާތް މީހަކު ފަހަތުގައި ހުރެގެން ކަމަށްވަނީ. މިސަރުކާރުގައިވެސް ބުރޯއިން އުޅޭ. ނަންވާނީ އަދީބު