އިދިކޮޅު ޕީޕީއެމް އިން މާލޭގައި ކުރިއަށް ގެންދާ މުޒާހަރާ ރޫޅާލަން ފުލުހުން ބާރުގެ ބޭނުން ކުރިވަގުތު އެސަރަހައްދުގައި ހަރަކާތްތެރިވި ނޫސްވެރިންތަކަކަށް އަނިޔާވެ، އެއްނޫސްވެރިއެއްގެ ބޯ ފަޅައިގެން ހިނގައްޖެއެވެ.

ފުލުހުން ވަނީ މުޒާހަރާގެ ބައިވެރިން މަޖީދީމަގާއި ޗާންދަނީމަގާއި ގުޅޭ ހަތަރު އަނގޮޅީގައި އިށީންނުމުން އެސަރަހައްދުން މުޒާހަރާގެ ބައިވެރިން ދުރައް ޖެއްސުމުގެ ކުރިން ވެސް އެސަރަހައްދުގައި ތިބި ނޫސްވެރިންނާއި ދެކޮޅަށް ބާރުގެ ބޭނުން ކޮށްފައެވެ.

އެސަރަހައްދުން ގިނަ ނޫސްވެރިންތަކެއްގެ ގަޔަށް ފުލުހުން ޕެޕަ ސްޕްރޭ ޖެހިއެވެ. އެސަރަހައްދުގައި ފުލުހުން ބާރުގެ ބޭނުން ކުރުމުން ޗެނަލް-13ގެ ނޫސްވެރިޔާ މުހައްމަދު ސަމާހް އާއި ކެމެރާމަން މުހައްމަދު ޝަހީމަށް އަނިޔާވެގެން ވަނީ ހޮސްޕިޓަލަށް ގެންގޮސްފައެވެ.

މިރޭގެ މުޒާހަރާ ކަވަރު ކުރުމުގައި ހަރަކާތްތެރިވި ގިނަ ނޫސްވެރިން ބުނާ ގޮތުގައި މިރެއަކީ ފަހަކަށް އައިސް ފުލުހުންގެ ފަރާތުން އެންމެ ބޮޑަށް އަނިޔާވެރިކަން ފެނިގެން ދިޔަ އެއްރެއެވެ. "ފަހަކަށް އައިސް މުޒާހަރާތައް ރޫޅާލުމުގައި ފުލުހުން އާއްމުންނާއި މެދު ވެސް އަދި ނޫސްވެރިންނާއި މެދުވެސް އަމަލު ނުކުރާވަރަށް އަނިޔާވެރިކޮށް މިރޭ އަމަލު ކުރި މަންޒަރު ފެނިގެން ދިޔައީ." ނޫސްވެރިޔަކު ބުންޏެވެ.

މިރޭގެ މުޒާހަރާ ކަވަރު ކުރުމުގައި އުޅުނު ނޫސްވެރިންނަށް އަނިޔާވިކަމުގެ ރިޕޯޓާއި ގުޅިގެން މޯލްޑިވްސް ޖާނަލިސްޓިކް އެސޯސިއޭޝަނުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ. އެޖަމިއްޔާ ވަނީ ހާލަތު ގާތުން ބަލަމުން ގެންދާކަމުގެ ޔަގީންކަން ވެސް ދީފައެވެ.

ފުލުހުން ނޫސްވެރިންނާއި ދެކޮޅަށް ބާރުގެ ބޭނުން ކުރުމާއި ގުޅޭ ގޮތުން ފުލުހުން އަދި ވަކިއެއްޗެއް ނުބުނެއެވެ.

ކިޔުންތެރިންގެ ހިޔާލު

11 ކޮމެންޓް

  1. ސޮއި

    ފަޅާލުމާއި ބިންދާލުމާއި ކުޑަކުުދިންނާއި ބެހުމާއި މިހިރީ ހައްތާހަާވެސް ވިޔާނުދާ މީހުން ކުރާކަހަލަ ކަންކަން

    12
  2. މުހުތާޒު

    މިފަހަރު މިކަން ކާމިޠާބުކުރާނެ ހެންހީވޭ

  3. ޙުސެނމަނިކު

    ވަރަހގޮސ.. ޜަިޔޔަތުނަަަހަނގުރަަމަ ކުރަނި

  4. ހުވަދޫ

    ޓްރާންސްޕޭރަންސީ މޯލްޑިވްސް ފެނޭތޯ ކޮންމެސް މީހަކު ހަނާ އަޅާލަބަލަ.

    11
  5. ބޮޑުބެ

    ކޮބާ ކޮބާ ނޫސްވެރިންނަން އަނިޔާ ނު ކުރާ ގައުމެއް ނެތެނުދޯ އަފްގާނުގަ ކިރިޔާ ކަމެއް ނުވިޔަސް ބޮޑުކ ކޮށްލައިގެން މިނޫހުންވެސް ހީވަނީ........

    8
    1
  6. ކިޔުންތެރިއެއް

    ފުޅުހުން ރައްޔިތުންގެ ރުފިޔާއިން މުސާރަ ނެގޭ. ފެއިލްވެފަ އޮތް ކޮރަޕްޓް ސަރުކާރެއް ވެރިކަމުގަ ބައިތިއްބަން ފޫގަޅާލާފައި. ފުލުހުން ރައްޔިތުންނަށް އެދައްކަމުންދާ ނުލަފާކަމަށްވެސް ނިމުމެއްއަށްނާނެ ދުވަހެއް އަދި އަށްނާނެ. އެދުވަހުން ނުބުނާތި ތިމަންނަމެންގެ އަނބިދަރިންނަށް ރުފިޔާ ހޯދަން އޯޑަރުތަކަށް ތަބާވީއޭ.

    10
  7. ނައިކް

    ޤާނޫނާ ޤަވާއިދާ ޚިލާފުވީމަ ކޮން ނޫންވެރިންނެއް ހަމަ ހައްޔަރަށް ލާނެ.. ތިޔައީ ވަކި މަތިން ފައިބައިފަ ތިބޭ ބައެއްތަ؟؟ ސީން ކުރިއޭޓުކޮށް ފިތުނަ އުފައްދަން ގޮސް އުޅޭ ސިޔާސީ އޭޖެންޓުންތަކެއް ނޫސްވެރިކަމުގެ ޓެގު ޖަހައިގެން.. ނޫސްވެރިކަން ކިޔަވައިގެން ތިބި ކިތަށް މީހުން ތިބީ؟؟ގޭންގުގަ ހަކުރުވިއްކަން އުޅެފަވެސް ދާންވީ ނޫސްވެރި ޓެގުޖަހައިގެން..

    1
    5
  8. އަޙްމަދު

    ހާދާ ހީއެއްނުވޭ ދިވެހި ފުލުހުން ތިކަން ކުރާނެ ހެނެއް! ބޮޑަށް ވައްތަރީ ކޮންމެވެސް ބޭރުބަޔަކު އެމީހުންގެ ތެރޭގައި ތިބެގެން ހިންގި ޢަމަލަކަށް!

    2
    4
  9. އިއުލާނު

    ކަންބޮޑުވުން ފާޅުކުރާނެ ފަރާތެއް ބޭނުންވެއްޖެ..

  10. ޔަގީން

    ގޭގަތިއްބާ ތޯ

    13
  11. ސަޓޯ

    ނޫސް ވެރިންނަށް ރިސްކު އެލަވަންސް ދީއަވަހަށް...