ދައުލަތުގެ ބެލުމުގެ ދަށުގައި ތިބޭ ކުދިން ބަލަހައްޓާ ހުޅުމާލޭ މަރުކަޒު ކަމަށްވާ ފިޔަވަތީގައި މަސައްކަތް ކުރާ މުވައްޒަފަކަށް އެތަނުގައި ތިބި ކުދިންތަކެއް ހަމަލާދީފިއެވެ.

"ވަގުތު" އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ކުދިންތައް ހަމަލާދިނުމުގެ ސަބަބުން މުވައްޒަފަށް ވަނީ ނުހިނގޭ ވަރުވެފައެއެވެ. މުވައްޒަފަށް ހަމަލާ ދިނީ ފިލާގަނޑަކުން ކަމަށް މައުލޫމާތު ލިބެއެވެ.

މިހާރުވެސް ކުދިންތައް ދަނީ ފިޔަވަތީގެ ބައެއް ތަކެއްޗަށް ގެއްލުން ދެމުން ކަމަށް މައުލޫމާތު ލިބެއެވެ.

ފިޔަވަތީގެ ހާލަތު ވަރަށް ބޮޑަށް ގޯސްވެފައިވާކަން އާއްމުންނަށް އެނގުނީ މިދިޔަ ހުކުރު ދުވަހު އެވެ. އޭގެ ފަހުން ނައިބު ރައީސް އާއި ސަރުކާރުގެ މިނިސްޓަރުން ވެސް އެކިފަހަރުމަތިން އެތަނަށް ޒިޔާރަތް ކޮށްފައި ވެއެވެ. ނަމަވެސް އަދިވެސް އެތަނުގެ ހާލަތު އާއްމު ހާލަތައް ގެނެވިފައެއް ނުވެއެވެ.

ފިޔަވަތީގައި ހިނގަމުންދާ ކަންކަމާއި ގުޅޭ ގޮތުން އެއްވެސް މައުލޫމާތެއް ޖެންޑާ މިނިސްޓްރީން މީޑިއާއަށް ހާމަނުކުރާތީ މުވައްޒަފަށް އަނިޔާވުމާއި ގުޅޭ ގޮތުން އެމިނިސްޓްރީގެ ބަހެއް ނުލިބެއެވެ.

މިހާރު ފިޔަވަތީގެ ހާލަތު ގޯސްވެފައި ވާއިރު މީގެ ކުރިން އެތަނުގެ ހާލަތު މިހައި ބޮޑަށް ގޯސްވެފައެއް ނުވެއެވެ. މީގެ ކުރިން ހާލަތު ގޯސްވެ ބައެއް ހާދިސާތައް ހިނގާފައި ވަނީ ވިލިމާލޭގައި ހުންނަ ކުޑަކުދިންގެ ހިޔާގައެވެ.

ކިޔުންތެރިންގެ ހިޔާލު

12 ކޮމެންޓް

  1. ޤަވްމު

    ހެޔޮ ނުވާނެ ތަނުގެ ގާބިލިއްޔަތުކަން ނެތިއްޔާ އިސްތިއުފާ ދެއްވާ!!

  2. އައްޑޫކުއްޖާ

    މިހާރު ބަލަންވެއްޖެ ތިތާ ތިބީ ކުދިން ތޯ؟ އިސްލާހިއްޔާ ކިޔާ ތަނެއް އޮންނާނެ ކުރީގަ.އެކަހަލަ ތަނަކަށް ތިކުދިން ބައިތިއްބަން ފެނޭ

    9
    1
  3. ޔާނޭ

    ކުޑަކުދިންތަކެެއް ނުބެލެހެއްޓިގެން އުޅޭ ސަރުކާރެއް. ޕިސް ..ޕިސް..

    7
    2
    • ޖަމާލު

      ކަލޭމެންނަށް ކުދިން ނުބެލުނީމަ ސަރުކަަރަަ ހަވާލުކޮފަ ތިކިޔަނީ ފަޅޮލޭ

  4. ސަޓޯ

    ކިހާ ދެރަކަމެއްތަ... ބުއްފުޅި ޖައްސައިގެން ގެންގުޅެވޭ ވަރަށް ވުރެ ދެން މާސިޔާވީއެއްނުތި ؟؟؟ އުރުރު ހަމަ ނުވީޔޭ ކުޔާފަ ދެން ދޫކޮއްލެވޭކަށް ނެތް... އެއްކޮއް އަތައް ނުގޮވަނީސް ބޮޑެތި މީހުން ކުރާ ކަހަލަ ކުއްރައް ކުރަންޔާ އެކުދީން ހައްޔަރުކޮއް ދައުވާ ކުރޭ... އެމީހުންގެ މައިންބަފައިންނަށް ވެސް ދައުވާ ކުރޭ !!! ފޭކު ސަރުކާރެއް..

    5
    1
  5. ާއެންގޭ

    ތީ ބަޔަކު ރާވާގެން ކުރާ ކަމެއް

    4
    3
  6. އެއްކަލަ

    މިހާރު ދެންތީ ބޮޑުވަރު އާއްމުން ވަދެ ތިކަން ހައްލު ނުކުރަނީސް މިނިސްޓްރީން ތިކަން ހްއްލު ކުރޭ

    6
    2
  7. އުގުރި

    ކުޑަކުދިން ތަކަކަށް ހައްގު، ނުވަތަ ރައިޓުސް މިއީ ކޯޗެއްކަން ވެސް ނޭގޭ މިންވަރަށް ދަސްކޮއްދިނީމަ ވާނެ އެއްޗެއްވެ ނިމުނީ. އެކުއްޖެއްގެ ހައްގުވާ މިންވަރު ދައްކާނީ އެކުއްޖެއްގެ އަމަލު ތަކުން، ދެއް އެކުއްޖަކާ މުއާމަލާތް ކުރާނީ..

    2
    2
  8. ރަޝީދު

    ބޮޑެތި ފިރިހެނުން ގާނޫނަކުން ކުޑަކުދިންނަށް ބަދަލުކޮށް އަދި އެކުދިން ބަލަން ހަވާލުވެ ތިބޭ މީހުންނަށް އެކުދިންނާ ވާހަކަދައްކާ ނަސޭހަތް ދިނުމުގެ ހުއްދަވެސްވެސް ނޯވެ. ދެން ކޮން އިސްލާހެއް ތޯ ވާނި؟ ބަސްނާޙާ ކުދިންނަށް އަނިޔާ ނުވާގޮތަށް އަދަބު ދިނުމަށް މާތް ނަބިއްޔާ ވަނީ އަންގަވާފަ. އެހެންނަމަވެސް މިއަދު އަހަރެމެން ވަނީﷲއާޢި އެކަލާންގެ ފޮތްތަކުގައި ފައިންޖަހާ ބޭރުކޮށްފަ. މީގެ ނަތީޖާއަކީ ޒުވާންޖީލް ހަލާކުވެ ދިއުން. އެކުދިން ބަލަން ތިބޭ މީހުންނަށް އަނިޔާކޮށް މެރިޔަސް އެކުދިންގައިގަ އަތްލުމުގެ ހުއްދައެއް ނޯވެ. ޖޯކެއްނޫންތޯ؟

    8
    1
  9. އާނީ

    ސަރުކާރު ބޮޑުތަނުން ފެއިލް އިސްތިޢުފާ ދީފަ ގައުމުން ބޭރަށްދޭ ވެރިކަން ކުރަން ނޭގުނަސް ހޭރެމުން ދުންބުރުވަމުން ފަންޑިތަ މަސްމަހަށް ކާންދެމުން ވެރިކަމަށް އައިސް ތިހުރީ މިހާރުން މިހާރަށް އެމްޑީޕީގެ ނުކުޅޭދޭ ސަރުކާރު އިސްތިޢުފާ ދީ

    3
    1
  10. މުލުވަގު

    އެތާ އެއްވެސް ކަމެއް ނުހިނގާ

    3
    2
  11. ނަސީމް

    މިކަމުގެ ފަހަތުގައި ތިބީ އަދުރޭ އަޢީ ޢެނާގެ ބައިގަނޑު. ޔާމިނު ދޫކޮށްލީމަ ހަމަނުޖެހުން ހުއްޓިދާނެ ތޯޗެއް؟