ފިޔަވަތީގައި މަސައްކަތް ކުރާ މުވައްޒަފުން ވަޒީފާގައި ދެމިތިބެން ބޭނުންނަމަ އެތަނުގެ މައުލޫމާތު ސިއްރު ކުރަން އަންގައި ޖެންޑާ މިނިސްޓަރު އައިޝަތު މުހައްމަދު ދީނީ ފިޔަވަތީގެ މުވައްޒަފުންނަށް އިންޒާރު ދީފިއެވެ.

މިނިސްޓަރު މުވައްޒަފުންނަށް އިންޒާރު ދީފައި ވަނީ މިއަދު ހަވީރު ފިޔަވައްޗަށް ކުރެއްވި ޒިޔާރަތުގައި މުވައްޒަފުންނާއި ބައްދަލުކޮށް ވާހަކަ ދައްކަވަމުންނެވެ.

"ވަގުތު" އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި މުވައްޒަފުންނަށް އިންޒާރުދެމުން ފުރަތަމަ ވެސް މިނިސްޓަރު ސުވާލު ކުރެއްވީ "މިތަނުގެ ވަޒީފާގައި ތިބެން ބޭނުންވަނީ ކޮންބައެއްތޯ؟" އެވެ. އެއަށްފަހު މިނިސްޓަރު ދެން ވިދާޅުވީ ފިޔަވަތީގައި މިހާރު ހިނގާ އެއްވެސް ކަމެއްގެ މައުލޫމާތު މުވައްޒަފުން މީޑިއާއަށް ހާމަކޮށްގެން ނުވާނެ ކަމަށެވެ. އެއްވެސް މައުލޫމާތެއް މުވައްޒަފަކު ހާމަކޮށްފިނަމަ ފިޔަވަޅު އަޅާނެ ކަމަށް މިނިސްޓަރު އައިޝަތު މުހައްމަދު ދީދީ ވިދާޅުވިއެވެ.

ސިވިލް ސާވިސް ކޮމިޝަނާއި އެކު މަޝްވަރާކޮށްގެން އެމްއޯޔޫއެއް ތައްޔާރު ކުރުމުގެ މަސައްކަތް ކުރަމުން ގެންދާ ކަމަށާއި އެއެމްއޯޔޫގައި ހުރިހާ މުވައްޒަފުން ސޮއި ކުރަން ޖެހޭނެ ކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.

"ވަގުތު" އަށް މައުލޫމާތު ދިން ފިޔަވަތީގެ މުވައްޒަފަކު ބުނީ މިނިސްޓަރު އައިޝަތު މުހައްމަދު ދީދީ މިއަދު ފިޔަވައްޗަށް ވަޑައިގެންނެވީ މުވައްޒަފުންނަށް އިންޒާރު ދެއްވަން ކަމަށެވެ. "މުވައްޒަފުންނަށް އިންޒާރުދޭން މިނިސްޓަރު ވަޑައިގެންނެވީ. މުވައްޒަފުންނަށް އިންޒާރުދީގެން މައްސަލަތައް ހައްލު ކުރެވިދާނެ ކަމަކަށް ގަބޫލެއް ނުކުރަން." އޭނާ ބުންޏެވެ.

އިތުރު މުވައްޒަފަކު ބުނީ ފިޔަވަތީގައި މައްސަލަތަކެއް ނެތްކަން ދައްކަން ޖެންޑާ މިނިސްޓްރީން އުޅުނު ނަމަވެސް އެއީ ދޮގެއް ކަމަށެވެ. އެތަނުގެ ހާލަތު އޮތީ ވަރަށް ގޯސްކޮށް ކަމަށް އޭނާ ބުންޏެވެ.

މުވައްޒަފުންނަށް އިންޒާރު ދެއްވުމަށް ފަހު މިނިސްޓަރު އައިޝަތު މުހައްމަދު ދީދީ ވަނީ ފިޔަވަތީގެ ކަންކަން ރަނގަޅު ކުރުމާއި ގުޅޭ ގޮތުން މުވައްޒަފުންގެ ހިޔާލު ހޯއްދަވާފައެވެ.

ކިޔުންތެރިންގެ ހިޔާލު

23 ކޮމެންޓް

 1. ފަޒްޏާ

  މިނިސްޓަރަކައް ވަޒީފާއާއި ބެހޭ ގާނޫނުން ބޭރަކުއެއް ނުހުރެވޭނެ. އޭނާ ތިޔަދިން އިންޒާރައް އޭނާއަށް ދައުވާ އުފުލަންޖެހޭ ހުރިހާ މުއައްޒަފުންވެގެން. އަދި ފިޔަވަތީގެ ހާލަތު ދަށައްދާންޖެހުނީ ތިޔާ މިނިސްޓަރުގެ އިހުމާލުންކަމުގައިވާނަމަ އޭނާއާއި ދެކޮޅައް ހެކިދީ އޭނާގެ މައްޗައް ދައުވާކޮއް ހައްގު އަދަބު ދޭންޖެހޭ.

  46
  1
  • Anonymous

   "ނުލަފާ" ވައްތަރު ޖަހާ މީހެއް.

   26
   1
 2. ޖާބެ

  ރައްޔިތުން އިންޒާރު ވަލީއުލްއަމްރައް މިގަމާރު ކަލޭގެ ބެރުކުރޭ މިތަން ފަސަާދަ ނުވަނީސް ހަދުންނެއްޖެއްޔާ ދައުލަތް ގުޑާނެ ކަންޔަގީން ހިފެހެއްޓޭނީ ވަކަވަރަކައް ފަޅައިގެންދޭލެއް އަވަސްވާނެ..

  34
 3. އިސްތިއުފާ ސޯލިހު

  ބިރު ދައްކައިގެން ނޫން ގޮތަކަށް މިސަރުކާރުގެ އެއްވެސް ތަނެއްގައި މީހުން ލައްވާ މަސައްކަތްކުރުވާކަށް ނޭގޭނެ. މިއޮތީ ވާ ވަބާއެއް ޖެހިފައި. އިބުރާހިމު ހަމަ މިހާރު ފައިބާ!

  32
  2
  • ސްޓާކުލައުޑް

   އެޗުއާރުސީއެމް އަކީ ތިއަކަމުގެ ނަމްބަރ 1

 4. ހައްޕުޑު

  އަމައްޔާއި. ތި އައިސާދީ ދައިތަ ބޭރު ކުރާނީ އަހަރުމެން ރައްޔިތުން ނިކުމެ. އިގިއްޖެ؟
  މާ ފެންވަރު މަތިވެގެން އާދައިގެ މުވައްޒަފުންނަށް ވަޒީފާގެ ބިރު ދައްކަން ނޫޅެއްޗޭ.

  30
  1
 5. ދޮންބެ

  އަތޮޅުތެރޭގައި ހުރި ކުޑަކުދިން ބައިތިއްބާފައި ހުންނަ ތަންތަންވެސް ވަނީ ބޮއްސުންލާފަ! އިދިކޮޅުން ބަލާ އެތަންތަނުގެ ހާލަތުވެސް! އެރަށްތަކުގެ އާންމު ރައްޔިތުން އުޅެނީ ތިޔަބުނާ ކުދިންނާހެދި އެމީހުންގެ ދަރިންވެސް ސަލާމަތްނުކުރެވިގެން! ބޮއްސުންލާފަ އެތަންތަން އެހެރީ! އެތަންތާތެރޭ ގާނޫނާ ޚިލާފް ކަންކަން ކުރާކަމުގެ ވާހަކަތައް ރަށުތެރޭ ދައްކާތީ އަޑުއިވޭ! ކުދިންތައް އަބަދު ބޭރުގަ އުޅެނީ!! ގުރޫޕްތަކާ ގުޅިފަ ތިބޭކަމަށްވަނީ!! މިކުދިންގެ ކަންތައް ޙައްލުކުރަން މިނޫން މޮޑެލްއެއް ބޭނުންވޭ!!

  23
  1
 6. الم

  އިމްރާން އަންހެނުންތަ؟

  19
 7. ބޮލުރޮދި

  ފެއިލްވެފަ...ސިދާތާއަށް ވީވަރުވެސް ނުވި...

  35
 8. އަލީ

  މީ މިކަހަލަ މީހުނައް ކިރިޔާވެސް ބާރެއް ލިބުނީމަ އުޅޭ ވައްތަރު!! ހަޔާތްވެސް ކުޑައީ ހަމަ!!! އަވަހައް އިސްތިއުފާ ދެއްވާ...

  29
 9. އަބަސު

  މިއީ ހާދަފޮނި އަންހެނެއްދޯ! މައްސަލތައް ހައްލުކުރަން އެދޭނަމަ ނުވަތަ ކަމަނާ ވަޒީފާގައި ހުންނަނަްބޭނުންނަމަ މައްސަލަތައް ދެނެގަނެ ހައްލުހޯދާ!ަތިޔަގޮތައް އިންޒާާރު ދޭ މީހުންނަށް ކިޔަނީ ސިނގުރުޅި މީހުން!

  24
 10. ހެޓިލަރު

  ދީނުގައި އޮންނަ އަސާސްތައް މުގުރާލާފައި ޔޫރަޕު ކުދިން ކައިރިން ހައްލު ހޯދަން އުޅުނީމަ ވާނޭ ހަތަރުއެތި ތިއޮތީ ވެފައި. އިސްލާމްދީނަކީ ފުރިހަމަ ދީނެކެވެ

  24
  1
 11. ކާފަބޭ2020

  މިއަދުމީއަޅެބުރާސްފައްޗެއްވެސްނޫނޭ! މައުލޫމާތުހޯދާ ލިބިގަތުމަކީ ލިބިގެންވާހައްގަކަށްވާއިރު ވަޒީފާއަށްޓަކާމިދައިތަ މިކިޔަނީކީކޭބާ؟ ތިޔަދައިތައަށްކިހާދުވަހަކު ބަގުޑިބައްދައިގެން ތިޔަވަޒީފާގަހުރެވިދާނެތޯ؟ އިންޝާﷲ ލަސްތަކެއްނުވެ.........

  18
 12. އިސްޢާފް ސަލީމް

  ބޮއްސުންނުލާ ހަމަ އެންމެ ދާއިރާއެއްއ އެންމެ މިނިސްޓްރީއެއްވެސް ނެތް! ތަންދޮރު ނުފިލައި ނުކިޔަވާހުރި މީހަކު ވަލިއްޔުލްއަމުރަކަށް ލައިގެން ޤަވްމު ހަލާކު!

  22
  1
 13. ދެފުއް ފެންނަ

  ވަރަށް ދެފުއް ފެންނަ، ޓްރާންސްޕޭރެންޓް އަދި އެހާމެ ކޮރަޕްޝަނާ ދުރު، މަތި ބަރު ނޫން، ހައްގު މިންވަރު ހޯދާދީ، އަނިޔާވެރި ނުވާ، އަޑު އުފުލުމުގެ މިނިވަންކަމާއި، ބަސް ބުނުމުގެ މިންވަރު އޮތް ސަރުކާރެކޯ މީ!!!! މިއަށް ވަރު ފަލަކީ ބެ މައުމޫނު ވެސް ރަނގަޅު!!!

  19
  1
 14. އަނިޔާވެރކަން

  މިސަރުކާރުގެ މިނިސްޓަރުން ފާޑުކިޔުންތަކުން ދުރުވުމައް މުވައްޒިފުންނައް ވަޒީފާގެ ބިރު ދައްކާކަން ވަރައް ފާހަގަވޭ. ގިނަ މިނިސްޓަރުންގެ އަމަލު މިހެން ހުރުމުން އެނގިގެންދަނީ މިއީ ސީދާ ރައީސް އަންގައިގެން ކުރާކަމެއްކަން.

  20
 15. ބާރަށު އަލީ

  މި މިނިސްޓަރުގެ އުފެއްދުންތެރި ދުވަސްތައް މާޒީވެއްޖެއެވެ.

  16
 16. ހާމަ

  އަންހެންކުދިންނާ ފިރިހެންކުދިން ވަކިމަރުކަޒްތަކެއްގާބައިތިއްބާ

  19
 17. ނަޒީ

  މީހަމަ ބޮލެއް!

  18
 18. Anonymous

  ދިވެހިން ދިވެހިންނަށްވެ، ހިތްވަރާއެކު އަނިޔާވެރިކަމާ ކުރިމަތިލާންވީ. މިހެން އިންޒާރު ދިނަސް އެކަކުވެސް މިއިންޒާރަށް ބަލާނެ ކަމެއްނެތް. ވަޒީފާ ލިބޭނެ. އެކަމަކު ތިމާގެ އަމިއްލަ ނަފުސަށް މަލާމަތްކުރާ މީހެއްގެ ގޮތުގައި މިއަނިޔާވެރިންނާ ކުރިމަތިނުލާ ތިބޭކަށް ނުވާނެ. ފޮޓޯއާ ވީޑިއޯއާއި ދެންވެސް ހާމަކުރެވެން ހުރި ހުރިހާކަމެއް ހާމަކުރަންވީ. މުސާރަ ނަގައިގެން ތިބެންޏާ ކަންކަން ބަލާ ރަނގަޅުކުރޭ. ތިހެން މާމަތިވެގެން އުޅެން ދެން އޮތީ 2 އަހަރު. މިގައުމުގައިވެސް ތިއިން އެކަކުވެސް ތިބިއަކަ ނުދޭނަން.

  18
 19. ހަލީމު

  މުވައްޒަފުންނަށް ބިރުދެއްކިޔަސް އެމީހުން މައުލޫމާތު ދޭނެ. ނޫސްތައް ޖޫރިމަނާކުރިޔަސް މީޑިއާގައި ޚަބަރު ފެތުރުން ނުހުއްޓުވޭނެ. މާތް ﷲ އިރާދަކުރެއްވިއްޔާ.

  20
 20. Anonymous

  އައިސާދައިތަ ދިވެހިސިވިލްސާވިސްއަކިީ ދައިތަގެ ބައްޕަގެ ތަނެއްނޫން އެކަންހަދާންބަހައްޓާތި

  14
 21. ހުވަދޫ

  މިދެން ކާކުތަ އޭ؟ އަހަރުމެންގެ ފައިސާއިން ކަލެއަށް މުސާރަ ދިނީ އާދައިގެ މުވައްޒަފުންނަށް ބިރުދައްކާކަށް ނޫނޭ ދައިތަ ގަޑާ. ގެއަށް ފެހޭ! އިސްތިއުފާ!!!