ޕީޕީއެމް އިން މިރޭ މާލޭގައި ކުރިއަށް ގެންދިޔަ މުޒާހަރާގެ ތެރެއިން މާލެ އަތޮޅު ކައުންސިލްގެ ނައިބު ރައީސް އީސާ އަހްމަދު ހައްޔަރުކޮށްފިއެވެ.

މާލެ އަތޮޅު ކައުންސިލްގެ ރައީސް އަހްމަދު ނިމާލް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މާލެ އަތޮޅު ކައުންސިލްގެ ނައިބު ރައީސް އީސާ އަހްމަދު ސުލްހަވެރި ހިނގާލުމެއްގައި ހުންނަވަނިކޮށް މިރޭ ހައްޔަރުކޮށްފައިވާ ކަމަށެވެ. ރައްޔިތުންނަށް އިންސާފު މުޅިން ގެއްލިފައިވާ ދަނޑިވަޅެއްގައި އީސާ އަހްމަދު ބޭނުން ކުރެއްވީ އޭނާ އަށް ޤާނޫނު އަސާސީން ލިބިފައިވާ ޙައްޤެއް ކަމަށް ނިމާލް ވިދާޅުވިއެވެ.

އީސާ އަހްމަދު މިހާރުން މިހާރަށް މިނިވަން ކުރުމަށް ނިމާލް ވަނީ ގޮވާލައްވާފައެވެ.

އިދިކޮޅު ފަރާތްތަކުން މިރޭ މާލޭގައި ކުރިއަށް ގެންދިޔަ މުޒާހަރާ ރޫޅާލަން ފުލުހުން ވަނީ އާދަޔާއި ހިލާފަށް ބާރުގެ ބޭނުން ކޮށްފައެވެ. މުޒާހަރާ ރޫޅާލުމުގެ ތެރޭގައި ފުލުހުން އަމަލުކުރި ގޮތުން ގިނަ ބަޔަކަށް ވަނީ އަނިޔާވެފައެވެ.

މިރޭގެ މުޒާހަރާއިން ހައްޔަރުކުރި މީހުންގެ އަދަދެއް ފުލުހުން އަދި ހާމައެއް ނުކުރެއެވެ.

މުޒާހަރާ ރޫޅާލުމުގައި ފުލުހުން އެކަށީގެންވާ ވަރަށްވުރެ ބޮޑަށް ބާރުގެ ބޭނުން ކުރުމުން ބައެއް މީހުންނަށް ވަނީ އަނިޔާވެގެން ހޮސްޕިޓަލްގައި ފަރުވާ ވެސް ދޭން ޖެހިފައެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. ހަލަމްގަން

    އަނިޔާއެއް ނުކުރާނެ ތީދޮގެއް

    9
    4
  2. އިސްޢާފް ސަލީމް

    އެޗްއާރުސީއެމް ނިދާފަ ދޯ؟

    15
    • އަހުމަދު

      ޓުރާންސު ޕޭރަން ސީ ކޮބާ
      ސުލޯފިން ކޮބާ

  3. އަލްޖިބްރާ

    ޔާމީނު ވެރިކަމުގައިހުރިއިރު މުޒާހަރާ ކުރީމަ މުޒާހަރާ ކުރާމީހުންގެ ގައިގަ ދެފުށުން ފިރުމަނީ ދޯ ؟ ގޭގަ ހުރީމަ އެހެންމީހުން އައިސް އަނިޔާ ކުރޭތަ ؟ ސިފައިންނާއި ފުލުހުންގެ އަތުޖެހުނީމަ އެމީހުން ހަދާނީ ހަދާނެ އެއްޗެއް ! ކުރެވޭނެ ކަމެއްވެސް ނޯންނާނެ ! އެމީހުން ކުށްވެރި އެއްވެސް ނުވާނެ !

    5
    7
  4. علي وحيد

    ޕީޕީއެމް ޕީއެންސީން އަދި މާލޭގައި މިލާދީނީ އެމްޑީޕީގެ ސަރުކާރާއި ދެކޮޅަކަށް ފުރިހަމަ މުޒާހަރާއެއްނުކުރޭ މުޒާހަރާއެއްކޮށްފިނަމަ މިލާދީނީ ކޯލަސަންގެ ސަރުކާރު ވެއްޓޭނެ އެއިރުން ފުލުހުންނާއި،ސިފައިން ވެސް ތިބޭނީ ރަށްޔިތުންގެ މެޖޯރިޓީ އާއި އެއްކޮޅަށްއަރާ އެކަންވެސް ކުރަންޖެހޭ ވަގުތު ޖެހުނީމަ ޕީޕީއެމް ޕީއެންސީން ކުރާނެ ماشاء الله