13:29

ކޮވިޑް-19 އިން ދިފާއުވާ ޖަހާ ވެކްސިން، 22،093 ދަރިވަރުން ފުރިހަމަކޮށްފި

އާދީއްތަ ދުވަހަކީ މިމަހު މާލެ އިން އެންމެ މަދުބަޔަކު ކޮވިޑަށް ފައްސިވި ދުވަހެވެ. އާދީއްތަ ދުވަހު މާލެ އިން ފައްސިވީ 29 މީހުންނެވެ.

އާދީއްތަ ދުވަހު ކޮވިޑަށް ފައްސިވި މީހުންނާއިއެކު ސެޕްޓެމްބަރ މަހު ރާއްޖެ އިން ކޮވިޑަށް ފައްސިވި މީހުންގެ ޖުމްލަ އަދަދު ވަނީ 2464 އަށް އަރާފައެވެ. އޭގެތެރެއިން 1663 މީހުން ފައްސިވީ އަތޮޅުތެރޭގެ މީހުން ދިރިއުޅޭ ރަށްތަކުންނެވެ. މާލެ އިން ސެޕްޓެމްބަރ މަހު ފައްސިވެފައި ވަނީ 818 މީހުންނެވެ. ރިސޯޓްތަކުންނާއި ސަފާރީތަކުންނާއި ސިނާއީ މަސައްކަތް ކުރާ ރަށްތަކުން ސެޕްޓެމްބަރ މަހު ވަނީ 241 މީހުން ފައްސިވެފައެވެ.

މިހާރު ރާއްޖޭގައި 1663 މީހުން ކޮވިޑް ޖެހިފައި އެބަތިއްބެވެ. އޭގެތެރެއިން 21 މީހުންނަށް ހޮސްޕިޓަލްގައި އަންނަނީ ފަރުވާ ދެމުންނެވެ. މިއަދު ވަނީ 127 މީހުން ކޮވިޑުން ރަނގަޅު ވެފައެވެ.

ރާއްޖެ އިން މިހާތަނަށް ކޮވިޑަށް ފައްސިވި މީހުންގެ ޖުމްލަ އަދަދު ވަނީ 83576 އަށް އަރާފައެވެ. އޭގެތެރެއިން 81671 މީހުން ވަނީ ކޮވިޑުން ރަނގަޅު ވެފައެވެ. ކޮވިޑް ޖެހިގެން މިހާތަނަށް ރާއްޖެ އިން 227 މީހުން ނިޔާވެއްޖެއެވެ.

ރާއްޖެ އިން މިހާތަނަށް 390965 މީހުން ވަނީ ވެކްސިންގެ އެއްޑޯޒް ޖަހާފައެވެ. ވެކްސިންގެ ދެޑޯޒް ޖަހާފައިވާ މީހުންގެ އަދަދަކީ 331405 އެވެ.

ކޮވިޑް-19 އާއި ގުޅޭ އިތުރު ޚަބަރުތައް "ވަގުތު" ބްލޮގް އިން ފެންނާނެއެވެ.