ހަތަރު މީހުންނާއިއެކު ދަތުރުކުރި ކޮޅުވެއްޓިއެއް ޅ.މާފިލާފުށި ކައިރިން ބަނޑުން ޖަހާލައިފިއެވެ.

ކޮޅުވެއްޓި ބަންޑުން ޖަހާލިއިރު އޭގައި ތިބި ހަތަރު މީހުން ވަނީ ސަލާމަތްވެފައެވެ. އެއިން އެއްވެސް މީހަކަށް އަނިޔާއެއް ވެފައެއް ނުވެއެވެ.

އެމްއެންޑީއެފް އިން ވިދާޅުވީ 35 ފޫޓްގެ ކޮޅުވެއްޓިއެއް ބަނޑުން ޖަހާލައިގެން އެމްއެންޑީއެފްގެ ނޯތު އޭރިއާ ކޯސްޓްގާޑް ސްކޮޑްރޮން އިން ހަރަކާތްތެރިވި ކަމަށެވެ.

ކޮޅުވެއްޓި ބަންޑުން ޖަހާލައިގެން އެމްއެންޑީއެފްއަށް ރިޕޯޓް ކޮށްފައި ވަނީ ރޭ މެންދަމު 02:45 ކަންހާއިރުއެވެ. މިއަދު ހެނދުނު 06:51 ކަންހާއިރު ކޮޅުވެއްޓި ވަނީ އަޑިއަށް ގޮސްފައެވެ.

ބަނޑުން ޖަހާލާފައި ވަނީ ސިމެންތި ބަރުކޮށްގެން މާލެ އިން ފުރައިގެން ޅ.މާބިންހުރައަށް ދަތުރު ކުރި ޗަމްޕާ ހޯލްޑިންގްސްގެ ކޮޅުވެެއްޓިއެކެވެ. މާލެއިން ޅ.މާބިންހުރާއަށް ދެ ކޮންޓެއިނާ ސިމެންތި ބަރުކޮށްގެން ދަތުރުކުރަމުން ދިޔަ މި ކޮޅުވެއްޓީގައި ތިބީ ބަންގްލަދޭޝްގެ ތިން ފަޅުވެރިންނާ ދިވެއްސެކެވެ.

ކޮޅުވެއްޓި ބަންޑުން ޖަހާލިއިރު އޭގައި ތިބި މީހުން ސަލާމަތްވި ގޮތެއް އެމްއެންޑީއެފް އިން ސާފުކޮށެއް ނުދެއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. މަޖުބޫރީހާލަތް

    ޗަންޕާޔައް ތިޔައީ ދަތްކޮއްޓާ ލިލޮށި ކޮޅެއް އެހާމުއްސަނދި އިރުވެސް ބަލާބަލަ ބަންގާޅުން ލައިގެން ކޮޅުވެއްޓިވެސް އެދުއްވަނީ ގައި މު ދިވެއްސަކައް 20.000 ރުފިޔާގެ މުސާރަ ދީގެން ގެންގުޅޭނަ މަ ގައު މައް ކިހާފައިދާއެއް