ރޭ އިދިކޮޅު ފަރާތްތަކުން މާލޭގައި ބޭއްވި މުޒާހަރާގައި، އާންމުންނަށާއި ނޫސްވެރިންނަށް ފުލުހުންގެ ފަރާތުން އަނިޔާލިބިފައިވާތީ އެ މައްސަލައި ބަަލައި ފިޔަވަޅުއަޅައި ދިނުމަށް ޕީޕީއެމް އާއި ޕީއެންސީ އިން ގޮވާލައިފިއެވެ.

ފުލުހުން، މުޒާހަރާ ރުޅާލުމުގެ ތެރޭގައި ނޫސްވެރިއެއްގެ ބޯފަޅައިގެން ދިއުމުގެ އިތުރުން މުޒާހަރާގެ ބައިވެރިންނަށްވެސް ބޮޑެތި އަނިޔާތަކެއް ލިބިފައިވެއެވެ.

އިދިކޮޅު ނެރުނު ބަޔާނެއްގައި ބުނީ އެއްވެސް ބަލާލުމެއް ނެތި އިހުތިޖާޖުގެ ބައިވެރިންނަށް އަމާޒުކޮށް ޕެޕަ ސްޕްރޭ ޖަހާ ސުލްޙަވެރިކަމާއެކު އިހުތިޖާޖުގައި ބައިވެރިވެފައިވާ އެތައް ރައްޔިތުންނެއް ހައްޔަރުކޮށްފައިވާ ކަމަށެވެ. ނޫސްވެރިންނަށް، ހުރަސް އަޅާ ބައެއް ނޫސްވެރިންނަށް ޢަމާޒުކޮށް ޕެޕަ ސްޕްރޭ ޖެހުމުގެ އިތުރުން ގަސްތުގައި އަނިޔާކޮށްފައިވާ ތަން ވެސް ވަނީ ފެނިގެން ގޮސްފައިވާ ކަމަށްވެސް ބުންޏެވެ.

އެ އަމަލުތައް ހަރުކަށި އިބާރާތުން ކުށްވެރިކޮށް އިދިކޮޅުން ވަނީ ސުުލްހަވެރިކަމާއެކު އެއްވެ އުޅުމުގެ މިނިވަންކަމުގެ ހައްގަށް ސަރުކާރުން އަރައިގަނެ ހިންގަމުން ގެންދާ އައިރު ގާނޫނީ އަމަލުތައް ބަލާ ފިޔަވަޅު އެޅުމަށް އުފައްދާފައިވާ މުއައްސަސާތަކުން އެކަން ބެލުމަށް ގޮވާލާފައެވެ.

"ހިއުމަން ރައިޓްސް ކޮމިޝަން، ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަން ފަދަ ދައުލަތުގެ މުއައްސަސާތަކުން މިކަންކަން ބައްލަވާ ފިޔަވަޅު އެޅުމަށް ގޮވާލަން. ނޫސްވެރިނަށް ދެމުން ގެންދާ އަނިޔާތައް ބަލާ ފިޔަވަޅު އެޅުމަށް މީޑިއާ ކައުންސިލާއި ބްރޯޑްކާސްޓިންގ ކޮމިޝަން ފަދަ ކަމާ ބެހޭ މުއައްސަސާ ތަކަށް ގޮވާލަން" އިދިކޮޅުގެ ބަޔާނުގައި ބުންޏެވެ.

އަދި މުޒާހަރާ ތެރެއިން ހައްޔަރު ކުރެވުނު މީހުން ދޫކޮށްލަންވެސް އިދިކޮޅުން ގޮވާލިއެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

 1. ސަޓޯ

  ކުލީ ޕްރެސް ކާރޑު ހޯދައިގެން އުޅޭ ޕާޓީ ތަކުގެ އެކްޓިވިސްޓުން މަުޒާހަރާތަކަށް ތޮރުފެންޏާ ވާނީ ތިހެން... އަދި ބުއްފުޅިބޯ ކުޑަކުދިން ހެން ބޮޑާވެސް ހާކަޔޭ އެބަ...

  3
  5
 2. Anonymous

  ތިބުނާ ތަންތަނުގައި ކަމެއް ކުރެވޭ ފެންވަރުގެ ބަޔަކު އެބަތިބިތަ؟ ދައުލަތުން ތި މުއައްސަސާތައް އުވާލާފަ ސިވިލް ސަރވަންޓުންގެ މުސާރަ ބޮޑުކޮށްދިނިއްޔާ މާ ރަނގަޅުވާނެ.

 3. ދޮންތި

  ސޯލިހް ސަރުކަރުގާ އޮންނަނީ ތިހެން ކަންތައް ކުރުން.މުލިން ވެސް ބޭއިންއިންސަފުން އަނިޔާވެރިކަން. އެކަމަކު ނޫސް ވެރިކަމައް މިނިވަން ކަމާއެކު މައްސަކަތް ކުރުމުގެ މިނިވަންކަން އޮންނާނެޔޯ. ކޮންކަހަލަ މިނިވަންކަމެއް

 4. ތ

  ފުލުހުން ޖެހޭ ޕްރެސް މީހުނަށް ހިމާޔަތް ދޭން މިހާޜު ފުލުހުންގެ މައްސަލަ ބަލާ ކޮމިޝަންގެ ރައީސް އަކީ އިންޓަގްރިޓީ ގެެއްލި ފައި ހުރި މީހެއް އެއް ކަމެއް ވެސް ނުބެލޭނެ ކަމެއް ދިމާވާއިރަށް ހާސްވާ ނައިފަރު މީހެއް އެއީ ޖަލަށް ލީވެސް ބޭންކްގެ ސިއްރު ހާމަ ކޮށްގެން އޭނާ ބެލި މައްސަލައެއް މިހާތަނަކަށް ނެތް ދެން ކޮން ކޮމިޝަނެއް ސްޓެލްކޯ ފެނަކައިގައި ހިނގާ ބޮޑެތި ކަރަޕްޝަން ވެސް ނުބެލޭ މުޅި އަހަރު ދުވަހަު މަސައްކަތް ކޮށްގެން ފޮނުވުނީ 3 މައްސަލަ ކަމަށް އެންޓި ކަރަޕްޝަން ކޮމިޝަނުން ބުނީ އެހުންނު ވާނީ ތިން އަންހެނުން ލައިގެން އުޅޭ ފިނޑި ކޮމިޝަނެއް އެއީ ލުތުފީ މެން ތިިބި އިރު މިއަށް ވުރެ ރަނގަޅު ރައީސް އޮފީހުން ކޯލް އެއް އަންނަ އިރަށް ތިބެނީ ބިރުން ވިރިވިރި ސްޓެލްކޯގެ މައްސަލަ ނުބެލޭނީ ސަމީރުގެ ކޯލް ތަކާއި ގުޅިގެން