މުސާރަ ބޮޑު ނުކޮށްގެން ސިވިލް ސާވިސް މުވައްޒަފުން އިހުތިޖާޖުކުރަން ފަށާފައި ވަނިކޮށް، ސިވިލް ސާވިސް މުވައްޒަފުންގެ މުސާރައިގެ އޮޮނިގަނޑު އަވަހަށް ނިންމާ، މުވައްޒަފުންގެ މުސާރަ ބޮޑުކުރުން އަަވަސްކުރަން ގޮވާލާ ރައްޔިތުންގެ މަޖިލީހަށް ކުއްލި މައްސަލައެއް ހުށަހަޅައިފިއެވެ.

މިއަދު ކުރިއަށްދާ މަޖިލިހުގެ ޖަލްސާގައި އެ މައްސަލަ ހުށަހެޅުއްވީ ބިތްއްދޫ ދާއިރާގެ މެންބަރު އަހުމަދު ހަލީމެވެ. އެ ކުއްލި މައްސަލަ މަޖިލީހަށް ބަލައިގަތީ އެ ވޯޓުގައި ބައިވެރިވެވަޑައިގަތް 30 މެންބަރުންގެ ވޯޓުގެ އިއްތިފާގުންނެވެ.

އެ މައްސަލަ ހުށަޙަޅުއްވަމުން ހަލީމް ވަނީ ސިވިލް ސާވިސް މުވައްޒަފުންގެ މުސާރަ ބޮޑުކުރަން ގޮވާލައިފައެވެ. ރާއްޖެ ހިންގުމުގައި އަބަދުވެސް އެންމެ އިސް ދައުރެއް އަދާ ކުރަމުން އަންނަ އެއް ބަޔަކީ ދިވެހި ސިވިލް ސާވިސް މުވައްޒަފުންކަން ފާހަގަކުރައްވާ ހަލީމް ވަނީ ސިވިލް ސާވިސް މުވައްޒަފުންނަށް ތައުރީފުކުރައްވައިފައެވެ.

އަދި އެ މުވައްޒަފުންނަށް ލިބެމުންދާ އުޖޫރައަކީ އެފަދަ މުވައްޒަފުން މެދު ނުކެނޑި ކުރަމުންދާ މަސައްކަތާ އަޅާ ބަލާއިރު އެކަށީގެންވާ އުޖޫރައެއް ނޫން ކަމަށް އެމްޑީޕީ އިން އަބަދުވެސް ގަބޫލުކުރާ ކަމަށް އޭނާ ވިދާޅުވިއެވެ.

މިފަދަ މައްސަލަ އެއް މަޖިލީހަށް ހުށަހަޅާފައި މި ވަނީ މުސާރައިގެ މައްސަލަ ސަރުކާރުގެ ސަމާލުކަމަށް ގެނައުމުގެ ގޮތުން މިއަދު ގިނަ އަދަދެއްގެ ސިވިލް ސާވެންޓުން ކަޅު ހެދުމުގައި މަސައްކަތަށް ނުކުންނަން ފަށާފައި ވަނިކޮށެވެ.

ސިވިލް ސާވެންޓުންގެ އެސޯސިއޭޝަނުން ވަނީ އާދީއްތަ ދުވަހު ކަޅު ހެދުމުގައި އޮފީހަށް ނިކުމެ ކުރިއަށް ގެންދާ ހިމޭން އިހްތިޖާޖަށް ސަރުކާރުން ސަމާލުކަން ނުދީފިނަމަ ހޯމަ ދުވަހު މަސައްކަތް ހުއްޓާލާނެ ކަމުގެ އިންޒާރުވެސް ދީފައެވެ.

ސިވިލް ސާވެންޓުން ސަރުކާރަށް ކުރާ ޑިމާންޑުތަކުގެ ތެރޭގައި ދަށް ފަންތީގެ މުވައްޒަފުންގެ މުސާރަ ބޮޑުކުރުން ހިމެނެއެވެ. އަދި ސެޓްފިކެޓް ހުށަހެޅުމުން ވަޒީފާގެ ކުރިއެރުން ލިބޭގޮތް ހެދުމާއި ސިޔާސީ މަގާމުތަކުގައި ތިއްބަވާ ބޭފުޅުންނަށް ލިބޭ ގޮތަށް ސިވިލް ސާވެންޓުންނަށް ވެސް ލިވިން އެލަވަންސް ދިނުން ހިމެނެއެވެ. ހަމައެހެންމެ މިނިމަމް ވޭޖު އަވަސްކޮށްދިނުމާއި ސްކޫލުތަކުގެ އިދާރީ މުވައްޒަފުންނަށް އިތުރު އެލަވަންސެއް ހަމަޖައްސައިދިނުން ހިމެނެއެވެ.

ސިވިލް ސާވެންޓުންގެ މުސާރަ ބޮޑު ކުރުމަށް އަންނަ އަހަރުގެ ދައުލަތުގެ ބަޖެޓްގައި ހިމަނާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މީގެ ކުރިން ވައުދުވެވަޑައިގެންނެވިއެވެ. އަދި ސަރުކާރު މުވައްޒަފުންގެ މުސާރަތައް އެއްހަމަ ކުރުމަށް ޕޭ ކޮމިޝަނެއް އުފެއްދި ފަހުން އަހަރުތަކެއް ފާއިތުވެފައި ވީނަމަވެސް އަދިވެސް މުސާރަތައް އެއްހަމަ ކުރުމުގެ މަސައްކަތް އެކަށީގެންވާ ގޮތަށް ކުރިއަށް ނުދާތީ މުވައްޒަފުންނާއި އާއްމުން ދަނީ އެ ކޮމިޝަނަށް ފާޑުކިޔަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

 1. ހިޔާލު

  ކޯޓްތަކާއި ޞިއްޙީ މަރްކަޒުގެ މުޥައްޒަފުންނަށް ދޭ ވަޡީފާއަށް ނުކުނަނާތީ ދަުވާލަކަށްދޭ އެލަވަންސެއް! ނަމަވެސް ސިވިލްސާވަންޓުންނަކަށް ނުދޭ އެ އެލަވަންސެއް! ސިވިލް މުޥައްޒަފުންވެސް ކޮންމެ ދުވަހަކު ވަޒީފާއަށް ނުކުމޭ! މިހިރީ މުޥައްޒަފުންގެ ފަރަގުތައް ހުންނަގޮތް!

 2. ހިޔާލު

  ތިކަމުގައި ސަރުކާރު ގޯހެއްނޫން ސިވިލް ސަރވިސް ކޮމިޝަން ގޯހީ!

  2
  1
 3. ރަމީޒްބޭ

  އިންތިހާބު ކައިރި ވީމާ ރައްޔިތުމީހާ ފެންނާނެ!

 4. ކަނބާ

  ސިވިލްސާވަންޓުން އިހުތިޖާޖެއް ފެށީމާ ތިޔަ ބިރުގަތީ މާ އަވަހަކަށެެވެ. ކުޑަކުދިން ލޮއްސާން ދޮންކެޔޮވަކެއް ދޭނަމޭ، މެޓައެއް ދޭނަމޭ ބުނީމާ ކުޑަކުދިންހެން ވަރަށް ގިނަފަހަރު ހުއްޓާލައިގެން މަޑުން ތިބެފީމެވެ. އެހެންނަމަވެސް މިފަހަރު މިތިބީ އެގޮތަށް ހުއްޓާލާކަށް ނޫނެވެ. މިފަހަރު ދޭނަމޭ ބުނެގެން ހުއްޓާލެވޭކަށް ނެތެވެ. މިފަހަރު ހުއްޓާލެވެންއޮތީ ދިނީމާ ކައިގެންނެވެ. ކޮންމެފަހަރަކު އަނދުނެއް ނޭޅުވޭނެއެވެ.

 5. ވަސީމް

  ސިވިލްސަރވަންޓުންނަށް އެންމެ ހެޔޮއެދޭ މީހަކީ ދޮންބިލެތް އަޙްމަދުކަމަށް ނިންމައިފިން. މިހުރިހާ ދުވަހު މެމްބަރުންތައް އުޅުނީ އަމިއްލަ ފައިދާއަށް. 6000 ރ ލިބޭ މުވައްޒަފުން ވޯޓުތައް ދީގެން މެމްބަރުން ހޮވީމަ އުޅުނީ ތިމާގެ އަމިއްލަ އަންބޮނޑި ބޮޑުކުރަން. މުވައްޒަފުން ދަރަނިވެރިވެ އަނގަޔާ އަތާދިމާނުވޭ. އިދާރީ މުވައްޒަފުން ތިބީ ގޮތްހުސްވެފަ. 30 40 އަހަރު ސަރުކާރުގަ އުޅެފަ މުސްކުޅިވީ ދުވަހު 6000 ރ ހިފައިގެން ގެއަށް ވަންނައިރު ދަރަނިދައްކާފަ ދަނޑިސައިބޯންޏެއް ނުގަނެވޭ. ބޮޑުމުސާރަ ލިބޭ މީހުންގެ ދަރިން ކުކުޅުކާ ރަސްޓޯރަންޓަށްގޮސް ޕިއްޒާ ކާއިރު އިދާރީ މީހުންގެ ދަރިންނަށް ގަރުދިޔަކޮޅެއްވެސް ލިބެނީ މީހަކު ދިނިއްޔާ. މީ ޖޯކެއްނޫން ޙަޤީޤަތް މިކަމުގާސަރުކާރުތަކުން ވަނީ އިހުމާލުވެފަ. ގެދޮރުގަނޑެއްނެތި ބިކަވެފަވާއިރުވެސް ޕެންޝަން ފަންޑުންވެސް މިސްޤާލެއްގެ މިންވަރު ދޭކަށް ސަރުކާރުތަކަށް ނުކެރުނު. މުސްކުޅިންނަށް 5000 ރ ކޮމިޓީތަކަށް 5000 ލިބޭ. މުވައްޒަފުމީހާ ގެއަށް ގެންދަން ކިރިޔާ 5000 ހަމަވަނީ.

 6. އަބުދުﷲ

  ގާސިމުގެ ފިނޭންސް މިނިސްޓަރ ކަމުގަ ވިސްނާނުލާ ފެއްޓި މަޖިލީހު މެމްބަރުންގެ މުސާރަބޮޑުކުރުމަކީ އޭނަ މިގައުމުގެ އިގުތިސާދު ފުނޑާލާ ގައުމީ ލޯބި ހިތްތަކުން ފޮހެލާ އޭނަފަދަ ހައްދުފަހަނައަޅާފައިވާ ހަމައެކަނި މާއްދިއްޔަތައް ލޯބިކުރުމުގެ ވިސްނުން މީސްތަކުންގެ ހިތްތަކުގަ އަށަގެންނެވި ދުވަސް
  ........... .އެދުވަހަކީ ޕޯޗުގީޒުން މިގައުމު ހިފި ދުވަހައްވުރެވެސް މާގެއްލުންބޮޑު ދުވަހެއް.