ބޮޑެތި މައްސަލަތަކުގައި ތުހުމަތު ކުރެވޭ މީހުން އިދާރީ ކަންކަން ފުރިހަމަ ނުވެގެން ނުވަތަ އިދާރީ މައްސަލައަކުން ދޫވަނީ ރޭވުމެއްގެ ތެރެއިން، އިދާރާތައް ގުޅިގެން ކަމަށް ވުމުގެ ފުރުސަތު އެބަ އޮތް ކަމަށް އެޓާނީ ޖެނެރަލް އިބްރާހިމް ރިއްފަތު ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލިހަށް މިއަދު އެޓާނީ ޖެނެރަލް ހާޒިރު ކުރުމުން ގިނަ މެމްބަރުން ވަނީ ޓެރަރިޒަމްގެ މައްސަލަ ފަދަ ބޮޑެތި މައްސަލަތަކުގައި ތުހުމަތު ކުރެވޭ މީހުން އިދާރީ މައްސަލަތަކުން ދޫވާތީ ކަންބޮޑުވުން ފާޅުކުރައްވައިފައެވެ. އަދި އެކަން ހިނގައި ނުދިނުމަށް އޭޖީ ކުރައްވާ މަސައްކަތްތަކަކީ ކޮބައިތޯ މެމްބަރުން ސުވާލު ކުރެއްވިއެވެ.

އެގޮތުން މާފަންނު އުތުރު ދާއިރާގެ އެމްޑީޕީގެ މެންބަރު އިމްތިޔާޒް ފަހުމީ ވަނީ ބައެއް ސީރިއަސް ޖިނާއީ މައްސަލަތަކުގައި ކުށުގެ ތުހުމަތު ކުރެވޭ މީހުން ދޫވަނީ އިދާރީ މައްސަލަތަކުން ކަން ފާހަގަކުރައްވައިފައެވެ.

"މިސާލަކަށް އިއްޔެ ދޫވެފައިވާ ޓެރަރިޒަމްގެ ދައުވާ އުފުލިފައިވާ ފަރާތުގެ މައްސަލަ އާއި ގދ.ހުޅުވާރުލުން 140 ކިލޯގެ މައްސަލަ އާއި އެ ބާވަތުގެ މައްސަލަ ތަހުގީގުކުރާނީ އަޅުގަނޑު ގަބޫލުކުރާ ގޮތުގައި އެންމެ ކުޅަދާނަ ޕްރޮސެކިއުޓަރުން، އިންވެސްޓިގޭޓަރުން. މައްސަލަތަކުގައި އެއްގޮތަކަށް ވެސް ހުކުމަކާއި ހަމައަށް ނުގޮސް ކޮންމެވެސް ކުޑަކުޑަ އިޖުރާއީ މައްސަލަ އަކާއި ހެދި ދޫވާ ގޮތް ވަނީ އޯގަނައިޒްޑްކޮށް ހުރިހާ ތަނަކުން ބައިވެރިވާ ކަމަކަށް ވާތީތޯ؟ ތުހުމަތު ކުރެވެނީ ކިހިނެތްތޯ؟" އިމްތިޔާޒް ވިދާޅުވިއެވެ.

އެ ސުވާލަށް ޖަވާބުދެއްވަމުން ރިއްފަތު ވަނީ އެފަދަ ކަމެއް ހިނގުމުގެ ފުރުސަތު އޮތް ކަމަށް ފާހަގަކުރައްވާފައެވެ. އަދި އިދާރާތަކުގެ އެތެރޭގެ ގޮފިތަކުގައި އޮންނަން ޖެހޭ ގުޅުން ނެތުމުން ވެސް އެފަދަ މައްސަލަތައް ފެންމަތިވާ ކަމަށާއި އިންޓެލިޖެންސްގެ މައްޗަށް ބިނާވާ ރަނގަޅު ތަހުގީގެއް ނުހިންގޭ ނަމަ މައްސަލަތަކުގައި ހުކުމަކާ ހަމައަށް ދިއުމަށް ދަތިތަކާއި ކުރިމަތިލާން ޖެހޭ ކަމަށް ރިއްފަތު ވިދާޅުވިއެވެ.

" ތި ވިދާޅުވި ގޮތަށް ތިކަން ނެތެކޭވެސް ނުދަންނަވާނަން. އޮތުމުގެ ފުރުސަތުވެސް އެބަ އޮތް. އެހެންނަމަވެސް އަޅުގަނޑަށް ހީވާ ގޮތުގައި އެކަމުގެ ހައްލަކަށް ވަނީ އެޖެންސީތަކުގެ މެދުގައި އޮންނަ ގުޅުން އިތުރަށް ވަރުގަދަކުރެވިގެން. އިންޓަރ އޭޖެންސީ ކޯޑިނޭޝަން ހަރުދަނާކުރުން." ރިއްފަތު ވިދާޅުވިއެވެ.

މިއަދު މަޖިލީހުގައި ރިއްފަތު ވަނީ ޖުޑީޝަރީ އިސްލާހުކުރަން ގޮންޖެހުންތައް އެބަހުރިކަން ފާހަގަކުރައްވާފައެވެ. އޭގެ ތެރޭގައި ވަސީލަތުގެ ދަތިކަމާއި އެކަށީގެންވާ ތަމްރީނުތައް ފޯރުކޮށްދިނުމުގައި ހުރި ދަތިތައް ހިމެނޭ ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ. އަދި ގާނޫނީ ގޮތުން ހައްލުކުރަން ޖެހޭ ކަންކަން ހައްލުކުރުމަށް ކުރަން ޖެހޭ ކަންކަން ފުރިހަމަކުރަމުންދާކަމަށް އޭނާ ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

8 ކޮމެންޓް

 1. Anonymous

  އެމްޑީޕީގެ ލޯޔަރުން ނުވަތަ މަޖިލިސް މެމްބަރުންނާއި ޕާޓީގެ އިސްވެރިން ދޫކުރަން ބޭނުންނުވާ ނިރުބަވެރިއެއްވެސް ޖަލުން ދޫކުރެވިއްޖެއްޔާ ކަންބޮޑުވެ ލޮލަށް ނިދިނައިސް ފަޔަށް ހިނިއަރަމުންދާވަރު މިއަދު މުޅިދުނިޔެއަށް ހާމަވެ ފެންނަމުން މިދަނީ، ރ.ޔާމީންގެ އާއިލާ ދަތުރުކުރި ފިނިފެނއމާލޯންޗް އެމޒިހުން ތިއްބާ ގޮއްވާލި ހާދިސާގައި އެކަންކުރި ނިރުބަވެރިން އެއްބަސްވެ މައްސަލަ ސާބިތުކޮށް ހުކުމް ތޏްފީޒު ކުރަމުންދަނިކޮށް ތިޔަ އެމްޑީޕީ އަށް ސަދޫމުގެ ވެރިކަންލިބުމާއިއެކު އެތިބީ އެނިރުބަވެރި ބޮޑުވަގު ޓެރެރިސްޓް އަދީބާއި އޭނަގެ ޓީމަށް ނިޝާނުޢާޒީގެ ޢިއްޒަތްދެއްވާފަ މިނިވަންކޮށްފައި، .ދެން ކިތައްމެ ވަރަކަށް ތަފާތު ރާގުރާގަށް ތިޔަގޮތަށް ލަވަކިކަސް ރައްޔިތުން އޮޅުވައެއް ނުލެވޭނެ.

 2. މަބޭ

  ރާވަނީވެސް ސަރުކާރުން ދޫކުރަނީވެސް ސަރުކާރުނ

  10
 3. އަބްދޫ

  ބަލަގަ އޮޅުވާލައްވަން ވާހަކަ ވިދާޅު ނުވޭ. މީހުން ދޫވަނީ ވެސް ކުށްކުރުން އިތުރުވަނީ ވެސް ކުށްތައް ނުހުއްޓެވެނީ ވެސް ދިވެހިރާއްޖޭގެ ގާނޫނުއަސާސީގެ 52 ވަނަ މާއްދާއައި ހެއްކާއިބެހޭ މާއްދާތައް ހުރިގޮތުން ފަނޑިޔާރުންނަސް ވެސް ފުލުހުންނަށް ވެސް ހިފެހެއްޓުމުގެ ބާރު ލިބިގެން ނުވާތީ. ބަލަގަ ބަދަލު ދެމުން ދަނީވެސް ބަދަލުހޯދަން ކޯޓަށް ހުށަހަޅާށޭ ބުނެގެން ހުށަހަޅުވާފަ އެމީހުނާއެއްކަލަށް ވަކާލާތު ކޮށްދީގެން ދެން މިކިޔަނީ ކޯޓް ގެމައްސަލައެއޭ .ފަނޑިޔާރު ގޯހީއޭ. އެމްޑިޕީ ވެރިކަމަށް އައި ދެފަހަރު ފެންސަނުގެ ފައިސާކޯޓް މެދުވެރިކޮށް އެކަކަށް ހޯދާދީފައިވޭ ،އެކަންވެސް ހިންގާފަ ވަނި ގޯސްކޮށް.

 4. ހުސޭނުބޭ

  ކަލޭމެން ރާވަނީވެސް! ކަލޭމެން ދޫކުރަނީވެސް! އެކަމުގެ ފައިދާ ވަނީވެސް ކަލޭމެންނަށް! ދެން ކޮން ފަޅޮލެކޭ ގޮވާކަށް! ދެރަ ނިކަމެއްޗެއްގެ އަތެއް ތިކަމުގައި ނުވާނެކަން ޔަޤީން!

  10
 5. އަލީ

  އެމްޑީޕީ އަކީ މި ކަމުގެ މައި މުގޫ.. ހުރިހާ ނުބައެއްގެ ދޮރު ހުޅުަވައި ހުޅުޖެހި ގުންޑާ ޕާޓީ. ކަލޯމެން ތިޔަ ހަލާކުވަނީ ކަލޯމެންގެ އަތްތަކުން. ހަހަހަހަހަހަހަހަ . ބޮނޑި ބޮވޭނު އެބަ! ރަައްޔިތުމީހާ އަށް އެނގޭޔޭ ކަލޯމެންގެ ޗަރުކޭސްގަނޑު. ކަލޯގަޔާ. ބޮއެެގެން ތިބެ އަމަލުވެ އޮރިޔާންވެފަަވެސް ތިޔަ ކަނޑާލަނީ ރައްޔިތުމީހާގެ ބޮލަށް. ހަހަހހަ

 6. ސަނީމާ

  އެވެސް ޔާމީން ބޮލައް ޖަހާ.. އޭރުން ކަލޭމެން ކަންތައް ހަމަވީ

 7. ގައުމީ ލޯބި

  ކަލޭމެން ރާވައިގެން ވަރަށް ޓެކްސް ފައިސާ ނަގައިފީމެއްނު..

  ހެދުނު ސަރުކާރު ރޭގަނޑު ލޯފާރމުގައި

  ތިބޭފުޅާގެ ހުރިހާ ކޭހަކަށް މިހާރުވަނީ ދައުލަތުން ބަދަލު ދީނިމިފައި ނޫންތޯ.. މަޤާމާއި ހަޥަލުވެ ފުރަތަމަވެސް ކުރީ އެކަން ނޫންތޯ؟

 8. ާދަލޭކް

  ކުދިން ނޭ މިއަދު ތިހެން ބާރުގެ ބޭނުން ކުރެވިދާނެ އެކަމަހު މަހުށަރު ބިމަކު ތިހެން ނުވާނެ ކަން ޙަނދާކުތޭ.