ކޮވިޑް-19 އިން ދިފާއުވާ ޖަހާ ވެކްސިން، 22،093 ދަރިވަރުން ފުރިހަމަކޮށްފިއެވެ.

އެޑިއުކޭޝަން މިނިސްޓްރީން އާއްމުކޮށްފައިވާ ސްކޫލުތަކުގެ ދަރިވަރުން ވެކްސިން ޖެހި ތަފާސް ހިސާބުތައް ދައްކާ ގޮތުން 218 ސްކޫލެއްގެ 35،989 ދަރިވަރުން ވަނީ ފުރަތަމަ ޑޯޒް ފުރިހަމަކޮށްފައެވެ. ދެ ވަނަ ޑޯޒް ފުރިހަމަކޮށްފައިވަނީ 141 ސްކޫލަކުންނެވެ.

ދަރިވަރުންނަށް ޖަހަމުން ދަނީ ފައިޒާ ވެކްސިނެކެވެ. ވެކްސިންގެ ޑޯޒް ފުރިހަމަކުރާ ދަރިވަރުންނަށް ސްކޫލުތަކުން ދަނީ ކާޑެއް ދެމުންނެވެ.

އެޑިއުކޭޝަން މިނިސްޓްރީން ކުރިން ވިދާޅުވިގޮތުގައި 12-17 އަހަރާ ދެމެދުގެ ގާތްގަނޑަކަށް 40،000 ކުއްޖަކަށް ވެކްސިން ދޭނެއެވެ. ސަރުކާރުން ނިންމާފައިވަނީ 12 އަހަރުން މަތީގެ ހުރިހާ ކުދިން ކޮވިޑު ވެކްސިންގެ ދެ ޑޯޒު ދިނުމަށެވެ.

ސްކޫލްތަކަށް ވަދެ ނިކުމެވޭނީ ވެކްސިންގެ ޑޯޒުތައް ފުރިހަމަކޮށްފައިވާ މީހުންނަށެވެ. ސްކޫލުގައި މަސައްކަތްކުރާ އެންމެން ވެސް ވީހާ ވެސް އަވަހަކަށް ވެކްސިން ޖެހުމަށް ވަނީ އިލްތިމާސްކޮށްފައެވެ.

ސްކޫލްތަކުގެ ދަރިވަރުންނަށް ދެމުންގެންދަނީ ފައިޒާ ވެކްސިނެވެ.

ކޮވިޑުން ރައްކާތެރިވުމަށް މިހާތަނަށް 390،965 މީހުން ފުރަތަމަ ޑޯޒު އަދި 331،405 މީހުން ވަނީ ވެކްސިންގެ ދެ ޑޯޒު ފުރިހަމަކޮށްފައެވެ.