ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު މިރޭ ނޫސްވެރިންނާ ބައްދަލު ކުރައްވާނެ ކަން އިއުލާން ކުރައްވައި، ސަރުކާރުގެ ބައެއް ސިއްރުތައް ހާމަ ކުރައްވާނެ ކަމަށް އޭނާ ވިދާޅުވެއްޖެއެވެ.

އަލީ ވަހީދުގެ މައްޗަށް ޖިންސީ ކުށުގެ ދައުވާތަކެއް އުފުލާފައިވަނިކޮށް، ބޭސްފަރުވާއަށް ރާއްޖޭން ބޭރަށް ވަޑައިގަންނަވަން ހުއްދަ ދިން ގޮތަށް އޭނާ އުޅުއްވަނީ ބޭރުގައެވެ. ހަތަރު މަހަށް އެ ހުއްދަ ދިން ފަހުން މިހާރު ހަތް މަހަށް ވުރެ ގިނަ ދުވަސްވެއްޖެއެވެ.

އިނގިރޭސިވިލާތުގައި ހުންނަވަނިކޮށް އިނގިރޭސި ފުލުހުން އޭނާ ދާދި ފަހުން ހައްޔަރު ވެސް ކުރިއެވެ. އެނގިފައިވާ ގޮތުގައި މިހާރު އޭނާ ޖަލުން ވަނީ މިނިވަންވެފައެވެ.

އަލީ ވަހީދު ދެންމެ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، އޭނާ ނޫސްވެރިންގެ ބައްދަލުވުމެއް ބާއްވަން ގަސްދު ކުރައްވަނީ މިރޭ ރާއްޖެ ގަޑިން 9:00 ޖަހާއިރު ކަމަށެވެ. އެ ބައްދަލުވުމުގައި އަލީ ވަހީދު "ފްރޭމް ކުރި" ގޮތާއި، ކުރީގެ ރައީސް އަބްދުﷲ ޔާމީން ޖަލަށްލި ގޮތް ކިޔައިދެއްވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

"މިރޭގެ ނިއުސް ކޮންފަރެންސްގައި އަޅުގަނޑު ފްރޭމްކޮށް އަޒުލުކުރި ގޮތާއި، ރައީސް ޔާމީން ޖަލަށް ލާން ނިންމި ނިންމުމާއި، ޕީޖީއާ އެމް.އެމް.ޕީ.އާރު.ސީ ގެ ޚިޔާނާތާއި އޮތް ގުޅުމާއި އުތުރު ތިލަފަޅު ހިމެނޭ،" އަލީ ވަހީދުގެ ޓްވީޓްގައި ލިޔުއްވާފައިވެއެވެ.

އަލީ ވަހީދު ރާއްޖޭން ބޭރަށް ފުރާވަޑައިގަންނަވަން ކްރިމިނަލް ކޯޓުގައި މައްސަލަ ބެއްލެވި ގާޒީ ހަސަން ސައީޑު އެ ހުއްދަ ދެއްވީ ހަތަރު މަސް ދުވަހުގެ އެއްބަސްވުމަކަށް ޔޫތު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އައްސަދު އަލީ (އަޑުބަރޭ) ޖާމިނުވާ ގޮތަށެވެ.

އެ މުއްދަތު ހަމަވި ފަހުން އަލީ ވަހީދު އޮންލައިންކޮށް ޝަރީއަތުގައި ބައިވެރިވެވަޑައިގެން ޝަރީއަތް ގެންދަވަން ނިންމެވިއެވެ. އަޑުބަރޭއަށް ފިޔަވަޅެއް އަޅަން ވެސް ކްރިމިނަލް ކޯޓުން ނުނިންމަވައެވެ. އެ ކަން އެ ގޮތަށް ނުވާނެ ކަމަށް ވިދާޅުވެ ދައުލަތުން އެ މައްސަލަ ސުޕްރީމް ކޯޓާ ހަމައަށް ގެންދިޔައެވެ.

ސުޕްރީމް ކޯޓުގެ ޝަރީއަތަށް ހާޒިރުވާން އަލީ ވަހީދަށް ނޯޓިސް ދިނެވެ. އެކަމަކު ކޯޓަށް ހާޒިރުނުވުމުން އެ ކޯޓުގެ ހުރުމަތް ކަނޑާލި ކަމަށް ކަނޑައަޅައި އަލީ ވަހީދުގެ މައްޗަށް ދެ މަސް ދުވަހުގެ ޖަލު ހުކުމެއް ވެސް ސުޕްރީމް ކޯޓުން އިއްވިއެވެ.

އިނގިރޭސިވިލާތުގައި އަލީ ވަހީދު ހައްޔަރު ކުރީ ސުޕްރީމް ކޯޓުން ޖަލު ހުކުމް ވެސް އިއްވި ފަހުންނެވެ.

އަލީ ވަހީދުގެ މައްޗަށް ވަނީ ޖިންސީ ގުނަވަން ދެއްކި ކަމުގެ ދައުވާއާއި ޖިންސީ އަނިޔާ ކުރުމުގެ ދައުވާ އާއި ރޭޕް ކުރަން އުޅުމުގެ ދައުވާ އާއި ޖިންސީ ގޯނާ ކުރުމުގެ ދައުވާ އާއި ހުއްދަ ނޫން ޖިންސީ މުއާމަލާތެއް ހިންގުމަށް އެދުމުގެ ދައުވާ އާއި ހުއްދަ ނޫން ޖިންސީ މުއާމަލާތެއް ހިންގުމަށް އެދުމުގެ އިތުރު ދައުވާއެއް އުފުލާފައެވެ.

ކިޔުންތެރިންގެ ހިޔާލު

34 ކޮމެންޓް

 1. Anonymous

  ދިވެހިންގެ ހަށިގަނޑުގައި މިހާރު ހިނގާ ލޭ ހުރީ ރޭހުރި ބަތްހެން ފިނިވެފަ. ތިމާގެ ގައިގަ އޮންނަ އަންނައުނު ގަނޑު ގެންދިޔައަސް އެމީހުންނަށް ވާނެ މާބޮޑު ކަމެއް ނޯންނާނެ. ބޮޑުވަރަކަށް ކުރާނެ ކަމަކީ ހެދުން ނުލާހުރިވާހަކަ ޓުވީޓް ކޮށްލުން.

 2. ކަމާލް

  ހާމަ ކުރަން ބޭނުންވާ މީހަކު ތިވަރަށް ހާސަރު ނުދަމާ ވަގުތުން ހާމަ ކުރާނަ... ތި ތެޅެނީ ސަރުކާރުން ޑީލެއް ހަދާތޯ

  39
  2
  • ދޯ

   ޢިސްޓީލިން ޕެރަޑައިސް ނިމި ނޭކެޑް މޯލްޑިވްސް ރިލީސް ކުރުން... ދެން ކޮން ފިލްމެއް ބާ؟؟

   14
 3. ގަދަ

  މިރޭމީ ބޮޑުރެއެއްތާ

  30
  3
 4. ލޮލްލޮލް

  ހެހެ މަހީކުރީ ފްރޭމް ކޮއްފައި އިން ފޮޓޯއެއް ކަމަށް

  23
  1
 5. ހުސޭނުބޭ

  ދައުލަތް އޮތީ މިހާރުވެސް އޮރިޔާންވެފައި! ކަލޭ ދެން ދައުލަތަށް އެހެން ކަމެއް ކޮށްބަލަ!

  31
 6. ވާފިރަ

  ޢަލިވަހީދުގެ އޮރިޔާން ބަލާކަށް ބޭނުމެއްނޫން.

  20
  3
 7. ރިސޯޓު ބޯއީ

  ހާތްތެރި! އަހަރުމެން މިތިބީ އަރުވާ ޖަހައިގެން ތިވަގުތުގެ އިންތިޒާރުގައި. އަލީ ވަހީދު ޒިންދާބާދު!

  29
  1
 8. ޢާދަނު

  މީނައަށް ވަނީނަމަ އެންމެން ތިބޭނީ އޮރިޔާން ކޮށްފަ އޭރުން މިކަލޭގެ ވަރަށް އުފާވާނެ..

  21
  2
 9. ޙަަންނާން

  ޢަލީ ވެސް މިޙާރު ބޭކާރު ވާހަކަ ދައްކާނެ ކަމެއް ނެތް. ޜ.ޔާމިން ޖަލަން ލިއިރު ނުގޮވާ އެއްވެޗެއް ނެތް. އިހުލާސް ތެރިކަމެއް ހުރިނަމަ އެދުވަހު ތިވާހަކަ ދައްކާނެ. މިހާރު ކޮންމެހެން ވައިކުޑަ އަޅާނެ ކަމެއް ނެތް.

  33
 10. އީސަ

  މަގޭހިތަށް އަރަނީ މި އެއްޗަކުގެ ލަދު ހަޔާތް ކޮބައިހޭ

  25
  4
 11. އަދުރޭ

  ކަލޭ އޮރިޔާންވެ ދެއްކުނު އެއްޗެތި މަދީތަ އަދިވެސް

  23
  1
 12. އުސައިދު

  އޮރިޔާންބެ އޮރިޔާން ކުރަން ނިކުންނަނީ

  23
  1
 13. ބޮންދު

  އޮރިޔާންބުޑު

  20
  1
 14. މުހައްމަދު

  ކަލޭ ދައްކާ ވާހަކަ ގަބޫލު ކުރާނެ މީހެއްނެތް މިހާރަކު..

  14
  6
 15. ެއަލީ

  ކޮންމެމީހަކުވެސް ކުށެއްގު ތުހުމަތުކޮށް ބެދޭ މަޅިއަށް އެރުނީމަ ދެން މިނުކުންނަނީ ދައުލަތް ވިޔަސް، މީހެއްވިޔަސް އޮރިޔާންކުރަން. މަޤާމުގެ ހައިސިއްޔަތުން ލިބިފައިވާ އެއްވެސް ވާހަކައެއް ދެއްކުމަކީ ދައުލަތުގެ ސިއްރު ހާމަކުރުން . ފިޔަވަޅު އަޅަންޖެހޭނެ. މީގެން ދޭހަވަނީ މަޤާމްތަކަށް ކުފޫ ހަމަނުވުން. މިއީ ކޮންމެ ސަރުކާރެއް އޮތަސް ވިސްނަން ޖެހޭނެ ކަންކަން.

  24
  1
 16. ނައިސާ

  ތީ އަބަދު އޮރިޔާން ވެފަ ހުންނަ މީޙެކޭ

  20
 17. ސަމާ

  ޕޖ ޝަމީމްގެ މައްޗަށް މިފަދަ އިލްޒާމެއް އުފުލިފައިވާއިރު އޭނާ ބެއްލެވި މައްސަލަތަކުގެ އަދުލުވެރިކަން ހަމަ ރަނގަޅުޥަނެތޯވެސް އެއީ އުފެދޭ ސުވާލެއް.

  20
 18. ކާލާބާސާ

  ކޮންމެ. ޢެއްޗެއަކުރިއަސް ހައްގު އަދަބު ލިބެންޖެހޭނެ. މީނަމީ ވަކިންކާކު ބިރުދައްކައިގެން ސަލާމަތްވާން އުޅޭ މީހެއް

  14
  2
 19. ޕާޕަ ޕާޕާޕ

  އަލީވަހީދު ތިކުރައްވަނީ ރަނގަޅުކަމެއްނޫން.
  ރާއްޖޭގެ ރައީސުލް ޖުމްހޫރިއްޔާ އދ ގައި ދެއްވާ ތަގްރީރަށް ތިކަމުން ހިޔަނި އެޅޭނެ އަދި އެތަގްރީރްގެ މުހިއްމުކަން ކަނޑުވާލަން މިވަގުތު އަލީވަހީދުގެ ތަގްރިީރް ނެރުން ކަމަކުނުދޭ.
  ތިވާހަކަ މިއަންނަހަފްތާއަށް ފަސްކޮށްލަންފެނޭ.

  6
  24
 20. އޭނާ

  ރެޔަކާ ދުވާލު އަމިއްލަ ނަފްސަށް އެތަށް ފާފައެއް ކުރަމުން ދާއިރު ދެން ކާކަށް އިންސާފު ހޯދައިދޭން މި އުޅެނީ؟ އިންސާފު އެނގިލައްވާތޯ؟

  13
 21. ލަދު

  މިފަހަރު ކޯޗެއް ހޯދަން ދެބޯގެރި ދުއްވަނީ ރަގަޅު ކަރައެއް ފަޅާލަބަލަ

  13
  1
 22. އަޙްމަދު

  علي وحيد ވިދާޅުވެ ދެއްވިދާނެތޯ؟ ރެހެންދި ފުލެޓް ތެރޭގައި ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު އަތުން ޢަލީ އާޒިމް އާއި އިބޫ އަށް 37 މިލިއަން ރުފިޔާ ދިންކަމަށް މިދެކެވޭ ވާހަކަ ތަކުގައި އެއްވެސް ޙަޤީޤަތެއް އެކުލެވިގެން ވޭތޯ؟އަދި 1 ފެބުރުއަރީ 2018 ގެ ސްޕްރީމްކޯޓު ގެ ޙުކުމް ނެރުމުގައި ކިހާވަރެއް ޚަރަދު ކުރިކަން ސާފުކޮށް ދެވިދާނެތޯ؟އަދި 2018 އިންތިޚާބަށް ބޭރުގެ އެއްވެސް ޤައުމަކުން ފައިސާ ޚަރަދު ކުރިކަން އެނގި ލައްވާ ތޯ؟އެކަންވެސް ސާފުކޮށް ދެއްވުން ކިހިނެއްތޯ؟

  23
  2
 23. އާޒިމް

  އޮރިޔާންވީ ކުރީގެ ދައުލަތް. ޔާމީނުގެ ސަރުކާރު. ލައިވްކޮށް ގެންދިޔަ ޝަރީއަތުގެ ތެރެއިން.

  9
  17
 24. އަފްޣާނީ

  އަނެއްކާ މީނާ ހައްޔަރު ނުކުރަނީސް ނުހުއްޓާނެ.. ހެހެހެ

  5
  1
 25. ޖުއްބާ

  އޮރިޔާން ކުރާއިރު ފަހަރަކު ހެދުމެއް ތަންކޮޅެއް ސުލޯކޮއް ބާލުވާތި. އޭރުން ބަލާހިތްވާނީ...

  18
  1
 26. މހމމ

  ޑޫ ޔޫ ނީޑް މައި އާރ.އެސް.ވީ.ޕީ؟

  7
  1
 27. ޚާރު

  ޢިސްޓީލިން ޕެރަޑައިސް ނިމި ނޭކެޑް މޯލްޑިވްސް ރިލީސް ކުރުން... ދެން ކޮން ފިލްމެއް ބާ؟؟

  11
 28. ނައީމް

  ސުވާލަކީ ތިޔަ އަލީ ވަހީދުގެ މައްސަލަ ފެންމަތި ނުވި ނަމަ ސަރުކާރު ތެރޭ ކަމެއް ގޯސް ކޮށް ހިނގި ނަމަ ވެސް އޮރިޔާންކުރަން ނުކުންނާނެހޭ. ބޮޑު މަޤާމްގެ މުސާރަ ނަގައިގެން ރިސޯޓް ތަކުގެ ބީޗްގަ ކާށްޓެއް ހިފައިގެން ފަރިގޮތަކަށް ހިނގާލަން އުޅޭނީ. ތެދުވެރިއެއްނަމަ ކަމެއްގަ ބަސްޓްވީމަ އެއްނޫން ހަޤީޤަތް ހާމަ ކުރާނީ. އެކަމެއް ހިނގާ ވަގުތު ހައްޤު ބަސް ބުނަން ހުރީހީ ތައްޔާރަށް.

  18
 29. ޅަވިޔަނި

  މި ހާރު ޖާބޭ ވެސް ބިރު ފަހަނަ އަޅާގޮސް ޖާ ޖާ ޖާ ޖާ ޖާހް ބިރު އަށް ވެއްޖެ! ދެދުނިޔެއިން މޮޔަވެއްޖެ! އެެޖެންޑާ 19 ގެ ރަހަ އަރުތެރޭގައި ލައިގެން ޖާބެމެން ބިރު ފަހަނައަޅާ މިހާރު އެދަނީ! މިކަލޭގ ވެސް ބިރަކާނުލައި މިހާރު އެނުކުންނަނީ! މި ﷲ ސުބްޙާނަހޫ ވަތަޢާލާ މި ގައުމުގެ ރައްޔިތުން ވަރަށް ބޮޑަށް އިމްތިޙާނު ކުރައްވަން ގެނައި ވެރިކަމެއްކަން ޔަޤީން! އިންޝާﷲ ނުބައި މިޙުންގެ ނުބައި މަކަރާ ހީލަތް އެބައިމީހުންގެ ދޫ ތަކުންނާއި ޢަމަލުން ﷲ ދުނިޔެމަތީ ދައްކަވާނެކަން އޮތީ އަންގަވާފައި! އަހުރެމެން ތިޔަ ފިތުނަގަނޑަކަށް އިންތިޒާެރއްނުކުރަމު! އެެޖެންޑާ 19 ގެ ޖެންޑާގެ ސަންގު ގެ އަޑު ކެނޑި ކަނޑަށް ޣަރަޤު ވެއްޖެ އިންޝާﷲ. މި ގައުމުގައި ދެން އެމްޑީޕީއަކަށް މަގޭ ޢާއިލާވެސް ރައްގަނޑުވެސް ސަލާން.

 30. ޝޮކްތެރަޕީ

  އުމްމީދު ކުރަން ހައްގުބަސް ބުނާނެކަމައް

 31. ށަވިޔަނި

  ކުރިންވެސް ދައްކަން ބޭނުންވެފަ ހުންނާނީ. އެކަމަކު އެންމެ މުނާސަބު ވަގުތުގަ ދެއްކީމަ ވެސް އެނިމުނީ

 32. އަބުދﷲ

  ތިކަމެއް ނުވާނެ!!! ސަބަބަކީ މިހުރިހާދުވަހު އަނގައިންނުބުނެ ހުރީ އަމިއްލަ އިހުމާލާއި ޚިޔާނާތް އެއްމެން އެއްވަރަށް އޮތީމަ.... ސިޔާސީ ދާއިރާގަ ނޫޅޭނެ އަމިއްލަ އެދުންބޮޑު ދޮގުވެރިން ނޫނިއްޔާ !!!! އަލީވަހީދުގެ 12 އަދްސހަރުގެ އެކައުންޓު ސްޓޭޓްމެންނޫސްތަކައް ދޭން ކެރިދާނެތަ؟؟؟؟؟؟ ޔޫކޭގަ އެތައް އަހރެއް ވަންދެން ދިރިއުޅުނީ މައިންބަފައިންގެ ފަރާތުން ވާރުތަވި 10 ވަރަކައް ކިލޯ ރަން ވިއްކައިގެންބާ؟؟؟؟؟؟

 33. ޏ

  ދަ އުލަތާ އި މޑޕ " އޮރި އާންކުރަން" އަލި ވަހީދު ނުކުންނެވުމަކީ ފިކުރާވާ ކަމެކެވެ.