ލިބެން ޖެހޭ މުސާރައަށްވުރެ އެތައް ގުނައެއް ބޮޑުކޮށް މުސާރަ ޖަމާވެފައިވާ ސަރުކާރު މުވައްޒަފުންގެ ތެރެއިން 32 މުވައްޒަފަކު އެ ފައިސާ ދީފައި ނުވާ ކަމަށް ފިނޭންސް މިނިސްޓްރީން ހާމަކޮށްފިއެވެ.

އޮގަސްޓް މަހުގެ މުސާރަ ސަރުކާރުގެ މުވައްޒަފުންނަށް ޖަމާވިއިރު، ބައެއް މުވައްޒަފުންނަށް ޖަމާވެފައި ވަނީ ވަރަށް ބޮޑު އަދަދަކުންނެވެ. އެގޮތުން ހެލްތު މިިސްޓްރީގެ ދަށުން ހިންގާ ބައެއް ހޮސްޕިޓަލްތަކާއި ހެލްތު ސެންޓަރުތަކުގައި މަސައްކަތް ކުރާ މުވައްޒަފުންނަށް 70،000 ރުފިޔާ ވެސް މުސާރައިގެ ގޮތުގައި ޖަމާވެފައިވެއެވެ.

މިކަމާއި ގުޅިގެން އެ ފައިސާ ހޯދުމުގެ މަސައްކަތް ފިނޭންސް މިނިސްޓްރީން ފެށިއެވެ. އޭގެ ތެރެއިން ގިނަ ފައިސާ ވަނީ ލިބިފައެވެ.

ފިނޭންސް މިނިސިޓްރީގެ މީޑިއާ ކޯޑިނޭޓަރު މުހައްމަދު ޝަނޫން "ވަގުތު"އަށް ވިދާޅުވީ، އޮގަސްޓް މަހު ސަރުކާރުގެ މުވައްޒަފުންގެ މުސާރަ ޖަމާވިއިރު، ބޮޑުކޮށް 1،796 މުވައްޒަފަަކަށް ޖަމާވި ކަމަށެވެ. އަދި އޭގެ ތެރެއިން 32 މުވައްޒަފަކަށް ބޮޑުކޮށް ޖަމާވި ފައިސާ ހަވާލުކޮށްފައި ނުވާ ކަމަށް ޝަނޫން ވިދާޅުވިއެވެ.

"އެ މީހުންގެ މުސާރައިން ކަނޑަން ނިންމާފައި ވަނީ. އެ ފައިސާ ހަމަވަންދެން މުސާރައިން ކަނޑާ ގޮތަށް". ޝަނޫން ވިދާޅުވިއެވެ.

ޝަނޫން ވިދާޅުވީ، އެ މުވައްޒަފުންގެ އެކައުންޓަކަށް ޖަމާވި ފައިސާތަކަކުގެ ސީދާ އަދަދު ހާމަ ނުކުރާ ގޮތަށް ނިންމާފައިވާ ކަމަށެެވެ.

ކިޔުންތެރިންގެ ހިޔާލު

10 ކޮމެންޓް

 1. ރިފާއު

  ހަމަސީދާ ރޭވުމެއްގަ ކުރި ކަމެއްތި. އަހަރުންނަށްވެސް ދީބަލަ މުސާރާން ކެނޑޭގޮތައް..

  20
 2. މުރާލިދޮންބެ

  ހޭބަލި ވެފަ ތިބޭ ވެރިންތަކެތްތަ

  މުސާރަ ކުޑަވިޔަސް ބޮޑުވިޔަސް ޖަމާވާއިރަށް ބޭނުންކުން ކަޑާލައޭ ލޯނު ނަގާފައޮތީމާ
  އެކަން ހައްލު ކުރެވިގެންދޯ އެހެން ކަމެއްވާނީ

  14
 3. Anonymous

  ޢެމުވައްޒަފުން ޢެފައިސާގަނޑު އަނބުރާ ދޭން ސަރުކާރުން އެންގީމަ ނުދޒި ހިފަހައްޓައިގެންތިބި މުވައްޒަފުންނަށް ފިޔަވަޅުއަޅައި އެމީހުންއަތުން އަނބުރާ ހޯދެންޖެހޭނެ، އެމީހުންގެ މުސާރައިން ކަޑާގޮތަށް އެފައިސާ އަނބުރާ ނުހޯދާ ބެހެއްޓުމަކީ އެއީ އިންސާފެއްކަމަށް ނުބެލެވޭނެ، ސަރުރުން އެގޮތަން އެއްބަސްވަންޏާ އެއީސަރުކާރުން އެމީހުންނަށް މަނީ ލޯންޑަރ ކުރުމަށް ހިތްވަރު ދެވެނީކަމަށް ބެލެވޭނީ!!!

  16
 4. Anonymous

  ފިނޭސް މިނިސްޓަރާއި ސަރުކާރުގެތެރެއިން ރާވައިގެން ހިންގި ޖަރީމާއެއްކަން އެނގިއްޖެ، ބޮޑަށް ބެލެވެނީ ސަރުރު ގިނަ މުވައްޒަފުންނަށް ފުލެޓް ލިބިގެންއުޅޭ މިދަނޑިވަޅުގައި ފުލެޓްހެދުމަށް ވަރަށްބޮޑެތި ޚަރަދުތައްކުރަންޖެހޭތީ ފިނޭންސް މިނިސްޓްރމެން ނުވަތަ ސަރުކާރާއި ގުޅިފައިވާ ބައެއްފަރާތްތަކަށް އެފަދަ ޚަރަދުތަކެއްކުރެވޭނެ މަގުފަހިކޮށްދިނީކަމަށް ބެލެވެނީ، އެގެން ވީނަތާ ފައިސާގަނޑު އަނބުރާ ނުދިން މުވައްޒަފުންނާއިމެދުވެސް އެއްވެސް ފިޔަވަޅެއްނައަޅާ ބުރަކަށީގަ ފިރުމާފަ ބޮސްދެމުން މައްސަލަ ނިންމާލީ!!

  11
 5. Anonymous

  ތިދެން އަނެއްހެން ބުނާނަމަ ލޯނުތަކެއް ތިދިނީ. ދެން މުސާރައިން ކެނޑިޔަސް ލޯނު ލިބުނު ފަރާތަށް މަންފާވެއްޖެ.

  13
 6. އަހްމަދު

  މިކަންވެސް މަނީލޯޑަކުރުންތެރޭގަހިމެނޭނެނޫންތޯ މުއައްޒިފުންގެ މުސާރަސީޓުހަދައި އެޗެކްކޮށްހަދަނީ އެކަކުތޯ މުސާރައިގެ ތިންހަތަރުގުނަ ބޮޑުކޮށް މުސާރަދެވުނީމަ އެކަމުގެޒިންމާ ނަގާނެމީހަކުވެސް ނެތީތޯ

  13
 7. ބަނގުރޫޓ

  މީނަ ދެއުޅިއެއް ނުވާ ވާހަކަ ދައްކާ ގައުމު ދަރާވިކި ދަރަނި މައްޗަށް ދަރަނި އަރާ އޮޓިގެން ދާއިރު ވެސް ވާނުވާ ނޭންގޭ ގަމާރުން އިސްތިއުފާ ދީފައި ގޭގައި މަޑުކުރަންލަދު ގަންނަނީ ކީއްވޭ! ނުވާ ކަންކަމާ ހަވާލުވެގެން . ސޯލިހަކީ ވެސް ހަމަ ބީތާ އަރާފަހުރި ނަންބަރ ވަން ގަމާރެއް! އިސްތިއުފާދޭންވީ ހަމަ މިހާރު

 8. ޖައުހަރީ

  މަނީ ލޯންޑަރ ކުރިކަމުގެތުހުމަތެއްވެސްނެތް ތިއޮތީ މަނީލޯންޑަރކުރުމުގެ ކުށް އެންމެންގެ ކުރިމަތީފަޅާއަރާފަ ދެންއޮތީ އެކަންކުރިމީހާ ޖަލަށްލުމުގެ މަރުހަލާ އެކަންކުރާނެ ގެރަންޓީ.

 9. ޢިޔާބު

  މިފަހަރު ފަޅާއެރީމާ އަތުލަނީތަ

 10. އަހުމަދު

  ސަރުކާރުން ކުލިދައްކާ ކިތައްތަން މިގައުމުގައި އެބަހުރިތަ (ކުއްޔައް ހިފާފަ)
  ކުއްޔައް މަހަކު ކިހާވަރެއް ހަރަދު ކުރޭތަ
  ވަގުތުން އިން މިކަން ބަލާ ދީބަލަ