ހުޅުމާލޭގެ އެމްޑަބްލިވްއެސްސީ ސައިޓާއި ދިމާލު ހަލިމަގުން ދުއްވާފައި ދިޔަ ކާރެއް ކާރެއް ކޮންޓްރޯލް ނުވެ ގޮސް އެކްސިޑެންޓެއް ހިނގައިފިއެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ، ހަލިމަގުން ދުއްވާފައި ދިޔަ އެ ކާރު އެ މަގުގެ އަރިމަތީގައި ޖަހާފައި ހުރި ގަސްތަކުގައި ޖެހި ޕޭމެންތަށް އެރުމުން، ނައްޓާލަން އޫޅުމުގެ ތެރޭގައި ކޮންޓްްރޯލް ނުވެ ގޮސް އެއާޕޯޓްގެ ފެންސްގައި ޖެހި އެކްސިޑެންޓް ވެފައިވާ ކަަމަށެވެ.
މި ކާރު ކޮންޓްރޯލް ވެފައި ވަނީ އެ ފެންސްގައި ޖެހުމުންނެވެ. އެ ފެންސް އެތަނުގައި ނެތް ނަމަ ކާރު ވެއްޓޭނީ ސީދާ މޫދަށެވެ.
އޮފިޝަލް ވިދާޅުވިގޮތުގައި، އެ މައުލޫމާތު ފުލުހުންނަށް ލިބުނީ، މިއަދު މެންދުރު ފަހު 15:35 ހާއިރުއެވެ.
އޮފިޝަލް ވިދާޅުވިގޮތުގައި، މި އެކްސިޑެންޓްގައި އެއްވެސް މީހަކަށް އަނިޔާވެފައެއް ނުވެއެވެ.
އެހެން ނަމަވެސް މި އެކްސިޑެންޓާއި ގުޅިގެން ބަލަންޖެހޭ ކަންކަން ބަލަމުންދާކަމަށް އޮފިޝަލް ވިދާޅުވިއެވެ.
ސުރުހީ.. ބިރުން ގޮސް އަހަރެން މަރު ނުވީ ކިރިޔާ 🤣🤣
އުފާ ވެއްޖެ 🤣🤣
ދުންވަން އިނީ ވެރިކަން ކުރާ ޕާޓީގެ މުއްލާއެއްބާ؟ ނޫނީ އަރިސް ބޭކަލެއްބާ؟ ނޫނީ ސިޔާސީ ނުފޫޒުގަދަ ފަރާތެއްބާ؟ ނޫނީ އެފަދަ ބޭފުޅެއްގެ ބޭފުޅެއްބާ؟ ނޫނީ ދުއްވަން އިނީ ޤައުމީ ދޫންޏެއްބާ؟