ޓެކުހާ ގުޅޭ ކުށްތައް ހުއްޓުވުމަށް މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (މީރާ) އާއި އިންޓަރޕޯލް ނެޝަނަލްސެންޓްރަލް ބިއުރޯ ފޮރ މޯލްޑިވްސް (އެންސީބީ) އާ ދެމެދު އެއްބަސްވުމެއްގައި ސޮއިކޮށްދިއެވެ.

މީރާ އިން ބުނީ، މި އެއްބަސްވުމުގެ ބޭނުމަކީ މީރާ އާއި އެންސީބީއާ ދެމެދުގައިވާ ގުޅުން ވަރުގަދަކޮށް، ޓެކުހާ ގުޅޭ ކުށްތައް ހުއްޓުވުމަށް ކުށްކުރާ ފަރާތްތަކާ ގުޅޭ އެކި މައުލޫމާތު އެންސީބީ މެދުވެރިކޮށް މީރާއަށް ފޯރުކޮށްދިނުން ކަމަށެވެ.

މި އެއްބަސްވުމުގައި މީރާގެ ފަރާތުން ސޮއިކުރެއްވީ ކޮމިޝަނަރ ޖެނެރަލް އޮފް ޓެކްސޭޝަން ފަތުހުﷲ ޖަމީލްއެވެ. އަދި އެންސީބީގެ ފަރާތުން ސޮއިކުރެއްވީ ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ހަމީދުއެވެ.

މީރާ އިން ބުނީ، މި އެއްބަސްވުމުގެ ދަށުން ކުށްކުރާ ފަރާތްތަކުގެ ކުށުގެ ރިކޯޑުތައް ދެނެގަތުމުގެ އިތުރުން އެ ފަދަ ފަރާތްތަކުން ރާއްޖެއިން ބޭރުގައި ހަރަކާތްތެރިވާނަމަ އެ ކަމުގެ މައުލޫމާތުތައް ހޯދުމުގެމަގު ފަހި ވެގެންދާނެ ކަމަަށެވެ. މީގެ އިތުރުން، ކްރިމިނަލް އޮގަނައިޒޭޝަންތަކުން ގެންގުޅޭ އެކިއެކި އުކުޅުތައް ދެނެގަތުމަށް އެހީއަކަށް ވެގެންދާނެކަމަށް މީރާއިން ބުނެފައި ވެއެވެ.