އިދިކޮޅު ކޯލިޝަނުން ރޭ ކުރިޔަށް ގެންދިޔަ މުޒާހަރާގެ ބައިވެރިންނަށާއި، ނޫސްވެރިންނަށް ފުލުހުން އަނިޔާކުރީ ދުރާލާ ރާވައިގެން ކަމަށް ތުހުމަތުކުރެވޭ ކަމަށް ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހްމަދު ވިދާޅުވެއްޖެއެވެ.

އިދިކޮޅު ކޯލިޝަނުން ރޭ ކުރި މުޒާހަރާ އަކީ، ކުޑަކުދިން ބަލަހައްޓާ މަރުކަޒު ފިޔަވަތީގައި ހިނގަމުންދާ ކަންތައްތަކާއި ގުޅިގެންނާއި ގައުމުގައި ހުރި މައްސަލަތަކާއި އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީން ޖަލަށް ލާން ކޮށްފައިވާ ހުކުމާއި ގުޅިގެން އަޑުއުފުލުމަށް ކުރިޔަށް ގެންދިޔަ މުޒާހަރާއެކެވެ.

ރޭ ޕީޕީއެމް އޮފީސް ކައިރިން މުޒާހަރާ ފެށިތަނުން އެސްއޯ ފުލުހުން ވަނީ ޝީލްޑް ހިފައިގެން މަގުމައްޗަށް ނިކުމެ މުޒާހަރާއަށް ހުރަސް އަޅާފައެވެ. މުޒާހަރާ ރޫޅާލަން ބާރުގެ ބޭނުން ކުރުމުން ޕީޕީއެމް އޮފީސް ކައިރިން ބައެއް މީހުންނަށް އަނިޔާވިއެވެ. މުޒާހަރާ ރޫޅާލުމަށް މީހުން ދުރަށް ޖައްސަމުން ދިޔައިރު ފުލުހުން ވަނީ ނޫސްވެރިން ތިބެން ޖެހޭ ސަރަހައްދެއް ކަނޑައަޅައި މުޒާހަރާގެ ބައިވެރިންނާއި ފުލުހުން ކުރިމަތިލާ ސަރަހައްދު ނުފެންނަ ހިސާބަށް ނޫސްވެރިން ފަހަތަށް ޖައްސާފައެވެ.

ފުލުހުން ވަނީ މުޒާހަރާގެ ބައިވެރިން މަޖީދީމަގާއި ޗާންދަނީމަގާއި ގުޅޭ ހަތަރު އަނގޮޅީގައި އިށީންނުމުން އެސަރަހައްދުން މުޒާހަރާގެ ބައިވެރިން ދުރަށް ޖެއްސުމުގެ ކުރިން ވެސް އެސަރަހައްދުގައި ތިބި ނޫސްވެރިންނާއި ދެކޮޅަށް ބާރުގެ ބޭނުން ކޮށްފައެވެ. އެސަރަހައްދުން ގިނަ ނޫސްވެރިންތަކެއްގެ ގަޔަށް ފުލުހުން ޕެޕާ ސްޕްރޭ ޖެހިއެވެ. އަދި ފުލުހުން ބާރުގެ ބޭނުން ކުރުމުގެ ސަބަބުން ދެ ނޫސްވެރިއަކަށް އަނިޔާވެގެން ހޮސްޕިޓަލަށް ގެންގޮސްފައިވެއެވެ.

ރޭގެ މުޒާހަރާއާއި ގުޅުވައިގެން ޑރ. ޖަމީލް ވަނީ ފުލުހުން މިހާރު ގާނޫނު ގަބޫލު ނުކުރަނީތޯ ސުވާލު އުފައްދަވާފައެވެ. ސުލްހަވެރި މުޒާހަރާތަކަށް ގަދަކަމުން ވަދެ، ޕެޕާ ސްޕްރޭ ޖަހައި، ތަޅައި އަނިޔާކުރަނީ ކޮން ޑިމޮކްރެސީއެއްގައިތޯ ވެސް ސުވާލު އުފައްދަވާފައިވެއެވެ.

މުޒާހަރާގެ ބައިވެރިންނާއި ނޫސްވެރިންނަށް ފުލުހުން އަނިޔާކުރީ ދުރާލާ ރާވައިގެން ކަމަށް ތުހުމަތު ކުރައްވާ ޖަމީލް ވަނީ އެކަން ތަހުގީގު ކުރުމަށް ވެސް ގޮވާލައްވާފައެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

 1. އަލްޖިބްރާ

  ކަލޭ ޔާމީނާ ހެދިމޮޔަވެގެން އުޅުނަސް ޔާމީނު ވެރިކަމަށް ސަވާރުވެ ހުރިއިރު މުޒާހަރާކުރާ މީހުނަށް އަނިޔާ ކޮށްފަ ހުރީވެސް މާކުރިން ރާވައިގެން ! ދަގަޑު ކެޑޭނީ ދަގަޑުން ކަން މިހާރު ކަލެއަށް ވެސް އެގޭނެ ! ތީ އާކަމެއް ނޫން !

  3
  4
 2. މާބެ

  ނާޗަރަންގީ ކުޅެން ނޫޅެ މަޑުން ތިބެބަލަ ޕުއްޕުތަކާ

  2
  4
 3. ާަދެރިޔާ

  ސޯލިހު މިކަމުގެ ޒިންމާ ނުނަގައިފިނަމަ ބައިނަލް އަގުވާމީ ކޯޓެއްގައި މައްސަލަޖައްސަން ރައްޔަތުން ދާނަން.

  4
  2
 4. ރައްޔިތުމީހާ

  އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް