ދައުލަތުގެ ބެލުމުގެ ދަށުގައި ކުޑަކުދިން ބައިތިއްބަން ހުޅުމާލޭގައި ހުންނަ "ފިޔަވަތި" ގެ ކަންކަން ބޮއްސުންލައިގެން ގޮސްފައިވާ މައްސަލަައާ ގުޅިގެން ޖެންޑާ މިނިސްޓްރީ ކުރިމަތީގައި އިހްތިޖާޖް ކޮށްފިއެވެ.

"ރައިޒް އަޕް މޫވްމަންޓް" އިން އިންތިޒާމު ކޮށްގެން ކުރިއަށް ގެންދިޔަ އިހްތިޖާޖު ފެށުމާއިއެކު ފުލުހުން އެސަރަހައްދަށް ޖަމާވެ އިހްތިޖާޖުގެ ބައިވެރިން ދުރަށް ޖެއްސުމުގެ މަސައްކަތް ކުރިއެވެ. އިހްތިޖާޖުގެ ބައިވެރިން ހުއްޓުވަން މިރޭ ވެސް އެސްއޯ ފުލުހުން ހަރަކާތްތެރިވިއެވެ.

އިހްތިޖާޖުގައި ބައިވެރިވި މީހުން ވަނީ މިނިސްޓަރު އައިޝަތު މުހައްމަދު ދީދީ އާއި މިނިސްޓްރީގެ ބައެއް ވެރިންގެ އިސްތިއުފާ ވެސް ގޮވާލާފައެވެ. އަދި މިނިސްޓްރީގެ އިސްވެރިން ޒިންމާ އަދާ ކުރުމަށް ގޮވާލާފައި ވެއެވެ.

މިރޭގެ އިހްތިޖާޖާއި ގުޅިގެން އެއްވެސް މީހަކު ހައްޔަރު ކޮށްފައެއް ނުވެއެވެ.

މިދިޔަ ހުކުރު ދުވަހުން ފެށިގެން ފިޔަވަތީގެ ހާލަތު ވަނީ ވަރަށް ބޮޑަށް ގޯސްވެފައެވެ. އަދިވެސް އެތަނުގެ ހާލަތު އާއްމު ހާލަތަކަށް ގެނެސްފައިވާކަން ކަށަވަރެއް ނުވެއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. މޫސަ

    އިރުކޮޅަކުން އެމް.ޑީ.އެން ފޯސް ނެރެ ރައްޔިތުންނަށް އަނިޔާކުރާނެ
    ރައްޔިތުން ކެއްތެރިކަމާއިއެކު ހިތްވަރާއެކު މަސައްކަތްކުރިއަށް ގެންދަވާ އިންޝާﷲ ޙައްޤަށް ނަޞްރު ލިބޭނެ އާމީން

  2. ފާފު

    ތި ހިއްވަރުގަދަ ފަހުލަވާލުންނަށް ސާބަސްދެން. ޖެންޑާ މިނިސްޓްރީ އަކީ ވަކި ބަޔަކަށް މަތީ މަގާމުދޭން އުފައްދާފައިވާ ތަނެއް. އެއީ ރައްޔިތުންނަށް ކަމެއް ކޮށްދޭ ތަނެއް ނޫން. ސޭކު އަންހެނަކަށް މިނިސްޓަރުކަން ދީފައިވާ ފޭކު މިނިސްޓްރީއެއް.