އެމްއެމްޕީއާރްސީގެ ހިޔާނާތުގެ ފައިސާގެ ތެރެއިން 35 މިލިއަން ރުފިޔާ އާއި މިހާރުގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް ހަވާލުވިކަމަށް ކުރީގެ ޓްއަރިޒަމް މިނިސްޓަރު އަލީ ވަހީދު ވިދާޅުވެއްޖެއެވެ.

އަލީ ވަހީދު މިހެން ވިދާޅުވީ މިރޭ އޭނާ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި "ވަގުތު" އިން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ.

އަލީ ވަހީދު ވިދާޅުވީ ރައީސް ޔާމީންގެ ވެރިކަމުގައި އޭރު އެމްޑީޕީގެ ޕީޖީ ގްރޫޕްގެ ލީޑަރަކަށް ހުންނެވި މިހާރުގެ ރައީސް ސޯލިހް ފައިސާ އާއި ހަވާލުވީ ރެހެންދި ފްލެޓްގައި ކަމަށެވެ. ރައީސް ސޯލިހާއި ފައިސާ ހަވާލުކުރީ އޭރު ޓްއަރިޒަމް މިނިސްޓަރަކަށް ހުންނެވި އަހްމަދު އަދީބެވެ.

އަލީ ވަހީދު ވިދާޅުވީ ރައީސް ސޯލިހް ކަޅު ދަބަހުގައި ފައިސާ އުފުލި ސީސީޓީވީ ފުޓޭޖް ފުލުހުންގެ އިދާރާގައި ހުންނާނެ ކަމަށެވެ. "އެބޭފުޅާ ކަޅުދަބަސް ގެންދެވި ވީޑިއޯ ހުންނާނެ ޕޮލިހުގައި ވެސް. މުހައްމަދު ރިޔާޒް ތަހްގީގުގައި އިސްކޮށް ހުރެގެން ބައެއް މީހުންގެ ބަޔާނުން އެބޭފުޅާ (ރައީސް ސޯލިހްގެ) ނަން ވެސް ވަނީ އުނިކޮށްފައި." އަލީ ވަހީދު ވިދާޅުވިއެވެ.

ރެހެންދި ފްލެޓުން ރައީސް ސޯލިހް އެމްއެމްޕީއާރްސީގެ ފައިސާ އާއި ހަވާލުވިކަމަށް 2019 ވަނަ އަހަރު ވެސް "ވަގުތު" ގައި ރިޕޯޓް ކޮށްފައި ވެއެވެ. އަދީބު ޓްއަރިޒަމް މިނިސްޓަރަކަށް ހުންނެވިއިރު ސަރުކާރުން ގާނޫނުތަކަށް ގެންނަން ބޭނުންވި ބައެއް ބަދަލުތައް ގެނައުމަށާއި އަދީބު ނައިބު ރައީސް ކަމަށް އައުމަށް ގާނޫނު އަސާސީއަށް އިސްލާހް ކުރުމަށް ވެސް އަދީބު އެމްޑީޕީގެ މެންބަރުންނަށް ފައިސާ ދިން ކަމަށް މީގެ ކުރިން ވެސް ތުހުމަތު ކުރެވިފައި ވެއެވެ. ފުލުހުންނާއި އަދި ދައުލަތުގެ އެހެން އިދާރާތަކުން ކޮށްފައިވާ ތަހްގީގުތަކަށް ވެސް ވަނީ އެކަމަށް ބާރުލިބޭ ގިނަ ހެކިތަކެއް ލިބިފައެވެ.

އެމްއެމްޕީއާރްސީގެ ހިޔާނާތުގެ މައްސަލައިގައި އެންމެ އިސް ދައުރެއް އަދާކުރި އަދީބާއި އޭރު އެމްއެމްޕީއާރްސީގެ މެނޭޖިން ޑިރެކްޓަރަކަށް ހުންނެވި އަބްދުﷲ ޒިޔަތުގެ މައްޗަށް ވަނީ އަމިއްލަ އިއުތިރާފުގެ މައްޗަށް ގިނަ ދައުވާތަކެއް ސާބިތުވެފައެވެ. ނަމަވެސް އެމީހުންގެ މައްޗަށް އައީ ކުރު މުއްދަތެއްގެ ޖަލު ހުކުމެކެވެ. އެއީ ދައުލަތުން އެމީހުންނާއިއެކު ހަދާފައި އޮތް އިއުތިރާފުގެ އެއްބަސްވުންތަކުގެ ސަބަބުންނެވެ. އަދީބާއި ޒިޔަތު ވެސް 2019 ވަނަ އަހަރުގެ ކުރީކޮޅުން ފެށިގެން ތިބެނީ ގޭބަންދުގައެވެ.

ކިޔުންތެރިންގެ ހިޔާލު

51 ކޮމެންޓް

  1. އެޖެންޑާ19

    ބޮޑު ވަގު އިސްތިއުފާ

    53
    4
    • ދާރި

      ބޮޑުވަގު މިހާރުހުރީ އިސްތިއުފާދީފަ ޖަލުގަނޫންތޯ.

      15
      74
  2. އީސަ

    ކަލޭތީ ތެދުވެެރިއެއް ނަމަ ތިވާހަކަ ދައްކާނީ މިރެއަކު ނޫން. ކަލޭގެ ލަދު ހަޔާތް ކޮބާ.

    44
    35
  3. ލަބީބު

    ހަމަ ދެންމެތޯ ހަވާލުވީ؟

    29
    6
  4. އިސްތިއުފާ

    ރައީސް އިބޫ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްރިއުފާ

    53
    6
  5. ނައިކް

    ޕީޕީ ކުދިންނަށް މީނާ ހުދު ކާފޫރަށްވީ މިދެން.. ޖިންސީ ފުރައްސާރަވެސް އޮބުނީ.. ސުވާލަކީ ދެން މީނާ ބުނާހާ އެއްޗެއް ތެދަކަށް ވޭހޭ؟؟ މިއޮއްހާ ދުވަހު މީނާ ކޮބާ؟؟

    24
    47
  6. ރައްޔިތުސޮރު

    މިވަގުތަކީ އަލީވަހީދު ޖިންސީ ފުރައްސާރަކުރިކަމަށް ބުނާމީހުން ކުރިއަށްނިކުމެ އިންސާފް ހޯދުމަށް އިނގިރޭސި ސަރުކާރުގަ ދަންނަވަންވީ ވަގުތު! ހުރިހާ ޖަރީމާ ހިންގާފަ މަޤާމުން ބޭރުކުރީމަ ސަޅިބައިސާ ކަނޑާ އަޅިބުރުއްސާ ކަރާފަޅަން އިންދެވިގެންނުވާނެ! މީނައަށްވެސް އިންސާފުގެ ދިގުއަތް ނުވަތަ ދިގުފައި ނަމަވެސް ފޯރަންވާނެ!

    27
    11
  7. ހުއްބުލް ވަތަން

    ރައީސް ތިވަރުގެ ޖަރީމާއެއް ހިންގައިފައޮތް "ހެކި" ލިބިފަވާނަމަ އެމައްސަލައެއްބެލޭނެ! އޭގެ މާނައެއްނޫން މިހާރުތިބި ވަގުންނާ މުޖުރިމުން ޖަލުންދޫކޮށް މައްސަލަތަށް ނުބެލުން!

    15
    22
  8. މުހައްމަދު ބިން މުހައްމަދު

    މާކުރިންވެސް ގިނަބަޔަކަށް އެނގޭ ކަމެއް ނުން ދޯ.....ސޮސައިޓީ ކޮރަޕްޓް ވީމަ ތިކަންތައްވެސް ވަނީ ކޫލް ކަމަކަށް ވެފަ.

    36
    3
  9. ރާއްޖެތެރެ

    އެމްޑީޕީގަ ރަނގަޅު އެކަކުވެސްނެއް

    46
    4
  10. ޜަނާ

    ތިޔައީ އާވާހަކައެއް ނޫން ތޯއްޗެ. ޖާބިރުވެސް އެކިފަހަރު މަތިން މަޖް ލިސްގަވަނީ ތިޔަފަދަ ވާހަކަދައްކާފަ .ހީވަނީ ބޮޑުވަޒީރު އިގިރޭސިންގެ ޙިމާޔަތް ހޯދަދިނީމަ ހަދިޔާއެއްގެ ގޮތުން ކޮށްދޭ ކަމެއްހެން. ކޮބާތަ މޭޑޭގަ ޔާމީނާ ދެކޮޅަށް ގޮވި އެތިވަރު .

    22
    1
  11. ލޮލް

    އެބުނާ ޕުރޮފެސަރަކީ ސަކިންދާތަ؟ ނޫނީ ފައްޔާޒުތަ؟

    23
    1
  12. ލޮލްސް

    ހަގީގީ ވަގުން ފެނޭދޯ؟ ކުރިން އަދީބުވެސް ބުނެފައި އޮތީ ސޯލިހް އަށް ދިނީމޭ. ނަންވާނީ ޔާމީން. ލޮލް

    37
    3
  13. ޢިއްތިހާދު

    އަލީވަހީދު ބުނަންއުޅެނީ ހިބަރުވަދުއަޅަން އުޅުނުގުރޫޕެއްގެ ވާހަކަ 2023 އެގުރޫޕް ޖެހޭނީ ކަލަމާރިވަދެއްގެ އެެއަލިމިފެއްނަނީ

    16
    2
  14. money heist

    resign now solih

    12
  15. ގައުމީ ލޯބި

    މިއީ ޓްރަސްޓް ކުރެވޭ މީހެއްނޫން.. މިކަން އެގި ހުރެ މިހާދުވަހު އެވާހަކަ ނުދައްކާ ހުރެމެ.. ކޯޓުގައި މީނާގެ މައްސަލަ ބެލެންފެށުމުން ދެން ހާ ގޮވާނެ ކަމެއް ނެތް.. ތީ އިތުބާރު ހުރި ވާހަކަޔަކަށް ނުވާނެ، އަދި ވިޔަސް ތިބޭފުޅާގެ ބައިވެރިވުން އޮތްކަމަށް މިހާރު ބެލެވޭނީ..

    ވަޅުގަނޑަށް ވެއްޓުނީމަ، ތެދުބުނަން ހަނދާންވަނީ، މީހާދުވަހު އެމީހުންގެފަރާތުން މިނިސްޓަރުކަން ހޯދައިގެން ނާޗަރަންގީ ކުޅެން އުޅުނު އިރު ތިހުރިހާވާހަކައެއް، ތެދެއް ނެހެދުނު..

    ތީ ހަމަ އަމިއްލަ މަންފާއަށް ދައްކާވާހަކަ ކަމަށް މިހާރު ބެލެވޭނީ!

    18
    4
  16. ގުދުގުދާބެއްޔާ

    މި އާޓިކަލް ލިއުނު އިރު 35 މިލިޔަން ރުފިޔާ ތަނެއްގަ ނުވަތަ އުފުލި ދަބަހުގެ ބޮޑުމިން ބުނެދެވުނުނަމަ ތިޔަދައްކާ ވާހަކަ ގަބޫލު ކުރެވުނީސް! 6ފޫޓް 6 ފޫޓް ގެ ތަނެއްގައި 35 މިލިޔަން ރުފިޔާ އަތުރައިފިނަމަ އުސްމިނުގައި 4 ފޫޓް ހުންނާނެ! އެހެންވީމާ ސޯލިހުގެ ކަޅު ދަބަސް ހާދަ ބޮޑުވާނެދޯ؟؟؟؟ އުފުލަން ޖެހޭނީ ބޮޑު ޕިކަޕެއްގައި.

    6
    16
    • ސސސ

      35 މިލިއަން ޑޮލަރު

      • ބަނބޫ

        ޑޮލަރެއް ނުފެންނަ މީހެއް ދޯ މި ރައްދު ދެނީ. ޑޮލަރު އެންމެ ބޮޑުވެސް ހުންނާނީ 100. މޮޅުވާން އަދި ޑޮލަރޭ ބުނެފިޔޭ

  17. ޑރ. ރާމީ ޙަސަން މަނިކު މ.ވައިނުޖެހޭގެ

    ވަރަށްބޮޑަށް ޤަބޫލްކުރެވޭ ވާހަކައެއް. ހިންނަވަރު އިބްރާހިމް އަކީ ކޮންމެފަދަ ނުބައި ކަމެއްވެސް ކޮށްފާނެ، ނުބައިނުލަފާ މީހެއް ކަމަށް ޤަބޫލް ކުރަން. ހިންނަވަރު އިބްރާހިމް އަނގަ ހުޅުވާފަ އެބުނަނީ ތިމަންނާ އަތުގައޭ މަޖްލިސް މެޖޯރިޓީ އޮތީ. ބަންގާޅު މީހުން ބުނާގޮތަށް، "ކޮން ވައްތަރު މެޖޯރިޓީ ހުންނަނީ-ދޯ؟". އެމް.އެމް.ޕީ.އާރް.ސީ ގެ ލިސްޓްގައި ހިމެނޭ މީހުންގެ މެޖޯރިޓީ. ޢަލީ ވަޙީދު ދެއްކީ ތެދު ވާހަކަ ކަމަށް ވަރަށް ބޮޑަށް ޤަބޫލް ކުރާ ސަބަބަަކީ އެމް.އެމް.ޕީ.އާރް.ސީ ގެ މައްސަލަ ބެލުމަށް ހިންނަވަރު އިބްރާހިމް ބިރުގަނެ، ފަހަތަށް ޖެހޭތީ އާއި އެ ލިސްޓް ގައި ހިމެނޭ މީހުންނާއި އެކު ހިންނަވަރު އިބްރާހިމް ފާޅުގައި އުޅެމުންދާތީ. ޔާމިނު ޖަލަށްލީ ވެސް ހިންނަވަރު އިބްރާހިމް އާއި މައުމޫން އެއްބަސް ކިޔާފަ. ޔާމިނު އެކަނި ޖަލަށްލީ ވެސް ހިންނަވަރު އިބްރާހިމް ގެ ނުބައިނުލަފާ ކަމުން. ޔާމިނު ދޫކޮށްލާ !

    23
    5
    • ރާގޮޑިރާޖަ

      ޢެއްކަލަ އަމިއްލައަށް އިސްތިހާރުވާ ގަމާރު ޑޮކްޓަރ ހަމަހޭގަބާ،

      5
      10
      • ޝައްފަ

        މަތީގައިވާ ރާގޮޑިރާޖާއަށް. ކަލެއަށް އަމިއްލަނަމާއި އެޑްރެސްޖަހާލަން ނުކެރުނު. ވީމާމިތަނުން ކާކުތިޔަބުނާ ހޭލުންތެރިކަންނެތީ؟ ކަލޭތީމި ޤައުމުގެ ރައީސް"ޖާހިލު"އަށް ސަޕޯޓްކުރާ ޖާހިލެއްކަން ކަލޭޖަހާފައޮތް ނަމުންވެސްއިނގޭ.

    • ވައިޖެޙޭ ޑޮކްޓަރު

      އެއްކަލަ މާލޭ ޑޮކްޓަރު. އަމިއްލަޔަށް ޑޮކްޓަރު ޖަހައިގެން. ކަލޭ ޑޮކްޓަރުކަން ނެގީ ކޮމެންޓު ކުރުމުންތަ. ގެޔަށް ވައިނުޖެހޭތީ ބުއްދި ފިލައިފަ ކަންނޭންގެ.

      1
      1
      • މުޙައްމަދު

        މަތީގައިވާ ބޭފުޅުންނަށް. މީހަކު ކޮމެއްޓެއް ޖަހާލާއިރަށް ޒާތީގޮތުން ދިމާކޮށްލުމަށްވުރެ ދިވެހިންތަރައްޤީ ވެއްޖެ. ތިޔައުޅެނީމާފަހަތުގަ. ޑޮކްޓަރުންނަށްވެސް ކޮމެންޓްކުރުމުގެ ޙައްޤުލިބިގެންވޭ. ނަން ކަލޭމެނަށް ޖަހަންނުކެރި ފިލާއޮވެގެން ތިޔަ ކޮމެންޓްކުރަނީ ފިނޑިވީމަ. ޑޮކްޓަރެއް ވިއްޔާ ޑޮކްޓަރު ޖެހުމުގެގޯހެއް ކޮބާ؟ ދެން ބުނެދީބަލަ އިބޫ އެމް.އެމް.ޕީ.އާރް.ސީ މައްސަލައިގެ މީހުންގޮވައިގެން އުޅޭސަބަބަކާއި އެމައްސަލަ އިބޫ ނުބަލާސަބަބު. އަދި ކަލޭމެނަށް ނަންޖަހަންނުކެރޭ ސަބަބު.

      • ޝާފީ

        ޑޮކްޓަރުންނަށްވެސް ކޮމެންޓްކުރުމުގެ ޙައްޤު ލިބިގެންވޭ. ޒާތީގޮތުން ޖައްސާލައިގެންއުޅުމުގެ ޓެކްނިކް މިޒަމާނުގައި ނުހިނގާނެ. ތިޔައުޅެނީ މާފަހަތުގަ. ޤާނޫނީގޮތުން ނަންއަޅަން ޖެހެނީ އައި.ޑީ ކާޑުގައިލިޔެފަ އޮންނަގޮތަށް. އައިޑީގައި ޑޮކްޓަރު ޖަހާފައޮންނަ މީހުން ޑޮކްޓަރު ޖަހަން މަޖްބޫރުވާނެ. ކަލެއަށްނަމާއި އެޑްރެސްޖަހަން ނުކެރުނުކަމީ ކަލޭގެފެންވަރުދަށްކަމާއި ނުކިޔަވާ ހުރިކަންދައްކުވައިދިން ކަމެއް. ޖެނީވާމެޑިކަލް ކޮންވެންޝަން އިނގޭތަ؟ ނޭންގޭނެކަންޔަޤީން. އޭގައިއޮންނަނީ "ޑޮކްޓަރު" ޖަހަން. ޖާހިލުންނަށް ޖަވާބު ދޭކަށް ނުވާނެޔޭ އަންގަވާފައޮވޭ.

  18. އަހުމަދު55

    މީނަ މިއުޅެނީ އެސައިލަމް ޔޫކޭއިން ލިބޭތޯ. މިހާރު ހުރީ ސެކްސުއަލް އެސޯލްޓުގަ ބެދިފަ. އެއީ ޔޫކޭ މީހުންވެސް ނުލާހިކު ނަފްރަތު ކުރާކަމެއް. ދެން އަވަހަށް ފޯކަސް ބަދަލު ކުރެވޭތޯ ތިމަންނާ އަކީ ޕޮލިޓިކަލް ވިކްޓިމްއަކަށް ހެދެން. އެނޫން ގޮތަކަށް އެސައިލަމް ލިބޭކަށް ނެތް. މިހާރު މީނަ ހެއްދެވިހާ މޮޔައެއްވެސް ގޮވާނެ.

    5
    10
  19. ލ.ގަމު

    އިންނާލިއްލާހި ވައިންނާއިލައިހިރާޖިއޫން ސުބުޙާނަﷲ މާތްﷲގެ ކުޅަދުވަންތަކަން ނިކަން ދެކިބަލާށެވެ. މާތްﷲ ގެ ކުޅަދުން ވަންތަކަމާއޭ މާތްﷲގެ ކުޅަދުންވަންތަ ކަމުގެ ބޮޑުކަމާއޭ!

    18
    1
  20. ޚޙގފފ

    ސޯލިހް ނުކިޔާ ޖާހިލު ކިޔަންވީ

    18
    3
  21. ޖާ

    ހަމަ މިހާތު ސޯލިހު ހައްޔަރުކޮއް ވަގްތުން ވަގްތައް ދައުވާކުރުމައް އަޅުގަނޑު ގޮވާލަން.

    18
    3
  22. ސަފީމް

    މިގައުމައް އޮތް އެންމެބޮޑު ނުރައްކަލަކީ ޓެރަރިޒަމެއްނޫން.. އެކަމަކު ހަމަޔެއް ލަމަޔެއްނެތް އެއްވެސް އިންޓެގުރިޓީއެއް އަޚްލާގެއް ނެތް ވެރިން ތިބުން.. މިއީ ހަމަ ގައުމުގެ ހަލާކު.. މިފަދަ ވެރިންގެ ކިބައިން ގައުމާއި މުޖުތަމައު ސަލާމަތް ނުވަންޏާ ގައުމު ނެތިގެންދާ މަންޒަރު އެންމެން ބަލަންތިބޭށެވެ.

    20
    2
  23. ސަނީ

    ޢެހެންވީމާ މުލަ ވަގުދޯ ވެރިކަމުގަ އެހެރީ،
    ދެން ކިހިނެއް ގައުމު ރަނގަޅުވާނީ ؟
    މި މީހާ 2023 ގަ ބޭރުކޮއްލުމަކުން ނުފުދޭނެ، ޖަލައްވެސް ލާން ޖެހޭނެ އިންސާފްވެރި ހުކުމެއްކޮއް

    15
    4
  24. ޢަލީ

    އިހުލާސްތެރި ތެދުވެރި އެއް ނަމަ މި ވާހަކަތައް ދައްކާނީ މިހާރަކު ނޫން.

    14
    3
    • ބިރުވެތި

      މިނިސްޓަރުކަމުގައިހުރެ އެވާހަކަ ދައްކާތީ (ސަރުކާރު އިސްލާހުކުރަންޖެހޭކަންކަމުގެ ވަހަކަދައްކާތީ) އެކަން ހަޖަމުނުވީ. ފަޅާއަރާފާނެތީ ފުރޭމް ކުރީ. ސަރުކާރު ގަބޫލުކުރީ އަދީބުގޮތަށް އަލީވެސް ޑީލް ހަދައިގެން ސަލާމަތްވާން އެއްބަސްވާނެ ކަމަށް. އޭރުން ސަރުކާރުގެ އަގައިން ބަސްބުނަން ޖެހޭނީ. އެގޮތަށް އެއްބަސް ނުވީމަ ޙާލަތު ބަދަލުވީ މިވެސް ވަރަށް ވާހަކަ. ް

      11
      2
  25. މިވެސްގައުމެއް

    އެމްއެމްޕީއާރްސީގެ 35 މިލިއަން ރުފިޔާ އާއި ރައީސް ސޯލިހް ހަވާލުވި - އަލީ ވަހީދު
    މިވާހަކަ ނޫހުން ފެނުނީމަ ހިތައް އަރަނީ މަހްލޫފޭ ކިޔާމީހާގެ ސަރިއަތް ކުރިޔައް ނުގެންދެވުނީ އަނެއްކާ ޖީއެމްއާރ އޭކިޔާބަޔަކައް އެއަރޕޯޓް ދިނުމުގައި ފައިސާތަކެއް ހަވާލްވިބަޔެއްގެ ވާހަކަ ދައްކަފާނެތީބަވަޔޭ މިހާރުތާމިއިނގެނީ ކޮންމެ ކަމެއްގެ ތެރޭގައިވެސް ފައިސާތަކެއް ބަޔަކާ ހަވާލްވެފައި ވާހެން ލަދުންބޯހަލާކް މިވެސްގައުމެއްތާދޯ

    15
    1
  26. މިވެސް ގައުމެއް

    މިވާހަކަ ނޫހުން ފެނުނީމަ ހިތައް އަރަނީ މަހްލޫފޭ ކިޔާމީހާގެ ސަރިއަތް ކުރިޔައް ނުގެންދެވުނީ އަނެއްކާ ޖީއެމްއާރ އޭކިޔާބަޔަކައް އެއަރޕޯޓް ދިނުމުގައި ފައިސާތަކެއް ހަވާލްވިބަޔެއްގެ ވާހަކަ ދައްކަފާނެތީބަވަޔޭ މިހާރުތާމިއިނގެނީ ކޮންމެ ކަމެއްގެ ތެރޭގައިވެސް ފައިސާތަކެއް ބަޔަކާ ހަވާލްވެފައި ވާހެން ލަދުންބޯހަލާކް މިވެސްގައުމެއްތާދޯ އޭދުނިޔެއާ

    5
    2
  27. ހާރޫން

    އަހަންނަކީ ރައީސް އިބޫ އަށް ތާއީދުކުރާ އިބޫ ފެކްޝަނުގެ އެމްޑީޕީ މެމްބަރެއް. އެކަމަކު ހަގީގަތްވާނީ ހަމަ ހަގީގަތައް. މީގެ ކުރިން އަހަރެން ވަގުތުގައި އިބޫ އާއި ބެހޭ ގޮތުން ލިޔުނު ކޮމެންޓެއް ޝާއިއު ނުކުރި. ހީވަނީ އިބޫ ގެ ބޮލުގައި އަހަރެން ދޮގު އިލްޒާމެއް އެޅުވި ކަމަށް ނިންމާ ވަގުތުއިން އެކޮމެންޓް ޝާއިއު ނުކުރީކަމަށް. މިހާރު މިވީގޮތުން އަހަރެން ލިޔުނު ވާހަކަ އަކީ ތެދެއްކަން ސާބިތުކުރެވޭ ހެކި އައްޔަ އާއި ވަގުތުން ތިދެއްކީ. އެވާހަކަ އަލުން ތަންކޮޅެއް ފަށުއިކޮށް ދެވަނަ ފަހަރައް ލިޔެލާނަން. އިބޫ ގެ އަތޮޅު ގެ މީހުން ބުނާ ގޮތުން 5 ފަހަރައް މަޖިލަހައް އިބޫ އިންތިޚާބުވީ ހިންނަވަރަށް ނިސްބަތްވާ މީހަކަށްވާތީއެއްނޫން. އަތޮޅާއި އަމިއްލަ ރަށާއި މާ ބޮޑު ގުޅުމެއްވެސް ނޯވޭ އިބޫގެ. ކޮންމެ ފަހަރަކު އިންތިޚާބުގެ ކެމްޕެއިނުގައި ފައިސާ ބަހާލަނީ. އިބޫ އަތުގައި އެވަރަށް ފައިސާ ނެތަސް ބަފައިބެ އަކީ ރިސޯޓް އޯނަރެއް މަލްޓި މިލިއަނަރެއް. މިކަމުގައި އިބޫގެ ކުށެއްވެސް ނެތް. މަޖްލިސް ގެ ގިނަ މެމްބަރުން އަބަދުވެސް ހޮވެނީ ވޯޓު ގަނެގެންކަން އެއީ އެންމެން ދަންނަ ސިއްރެއް. މީގެ އެންމެ އަލިގަދަ އެއް ހެކި ކާށިދޫ ދާއިރާ އަކީ. އަދި ދާދި ފަހުން ބުރުމާ ގާސިމް ވަނީ އޭނަ ޕާޓީން ވަކިވި ދެ މެމްބަރުން ކަމުގައިވާ ނާޒިމް އާއި ރިޔާޒް ގެ ކެމްޕެއިނަށް ކޮންމެ މީހަކަށް 10 މިލިއަން ޚަރަދުކުރިކަމަށް ބުނެފަ. ހަމަ ޔަގީނުންވެސް ދަތުރު ފަތުރައް ފްލައިޓް ޗާޓަރު ކުރިއަސް އެވަރެއްނުދާނެ.

    11
    1
  28. ކަޜްމާ

    މުލަ ވަގު ޖަލައްދާނެ ދުވަސް އަންނާނެ..

    16
    3
    • ޢަހޮމަދު

      މުލަވަގު މިހާރިވެސް ހުރީޖަލުގަ. ކޮވިޑައް ބުރޭކެއް ދިނީމަ މިޙާރު ބުނަނީ ފައިވާނުގެ ވަދުގަރިއްސާތީ.ޖަލައްދާން ދަތިކަމަށް.މީމިކަލޭގެފެންވަރު.

      6
      25
  29. ދަންބެރު

    ސޯލިހުގެ މަށްޗަށް ޝަރީއަތް ވަގުތުން ނުހިންގައިފި ނަމަ ދައުަލަތް ބަނގުރޫޓު ކޮށްލާނެ ވީމާ ޝަރީއަތް ހިންގުމަށް ގާނޫނީ އިދާރާތަކަށް ގޮވާލަން މިފަދަ ކޮރަޕުޓު މީހަކު ވެރިކަމުން އަޒުލުކުރަން ޖެހޭ މިއީ ވާޖިބެއް.

    18
    5
  30. އަބުދުﷲ

    މަގުމަތީގަ މަސްތުވާތަކެތި ބޭނުން ކުރާމީހުން އާއްމުވެފަވަނީ ދިވެހި ދައުލަތުގެ ތެރޭގައި ޚިޔާނާތާ ލޫޓުވުމާ މަކަރާ ހީލަތް އާއްމުވެފައިވާވަރު. .....އެމްޑީޕީ ޕޕޕ ދެގުރޫޕަށް ހުވަދޫބަޣާވާތުގެ އިސްމީހުންނަށް ވީހެން ވާންޖެހޭ +++ މުދާ ދައުލަތައް ނަގަންޖެހޭ.

    7
    1
  31. އަޙުމަދު

    علي وحيد އަދި 2018 ގެ ރިޔާސީ އިންތިޚާބު ގެ ނަތީޖާ އޮޅުވާލީކަމަށް ވަރަށް ބޮޑަށް ޝައްކު އުފެދޭ، އެހެންވިއްޔާ އޭރުގެ އިލެކްޝަންސް ކޮމިޝަންގެ މެންބަރުން ނަށް ފައިސާ ޚަރަދު ކުރެވުނުތޯ ނުވަތަ ޝަރީފް އަށް ފައިސާ ދެވުނު ތޯ؟ މިކަން ވެސް އެބަޖެހޭ ނޫންތޯ ރައްޔިތުން ނަށް ސާފުކޮށްދެއްވަން، ދެވަނަ ކަމަކީ ޢަދާލަތު ޕާޓީގެ ަައިމްރާން އެއްބަސް ކުރުވަން ކިހާވަރެއް ޚަރަދުވިތޯ އަދި އެ ޚަރަދު ކުރި ފައިސާ އަކީ އެމް.އެމް.ޕީ.އާރ. ގެ ފައިސާ ތެރެއިން އިބޫ ގެންދެވި ކަމަށް ތިވިދާޅުވާ ފައިސާ ގެ ތެރެއިން ބައެއް ނޫންތޯ؟ ތިންވަނަކަމަކީ ރައީސް ނަޝީދު އަށް މިފައިސާ އަކީ ކޮންފައިސާއެއްކަން ރަނގަޅަށް އެނގި ހުރެނޫންތޯ ޕާޓީ އެކި ކަންކަމަށް ފައިސާ ޚަރަދު ކުރައްވަން އެންގެވީ، ހަތަރު ވަނަ ކަމަކީ އެފައިސާގައި ސީދާ ގޮތުން ނުޖެހި ތިބީ އިންތި އާއި މާރިއާ އަދި އީވާ ނޫންތޯ.

    9
    1
  32. ސަކޫން

    ޙަމަ ޖަމަލު ޖެހި ފޮޑިއަށް.އަޑުބާރުވީ ވަހެއް ނުދުވި. މަވާ ހީކުރީ މަމެން އަޑުނާހާ އާވާހަކަތަކެއް ތިލަވާނެކަމަށްް. ޢާވާހަކައެއް ނެތެއްނު މީގަ މިހުުރީ އެންމެން ދަންނަ ބޮޑު ސިއްރު. ޢެެންމެންނަށް ވެސް އެނގޭ ޔާމީނުގެ ވެރިކަމުގައި ޔާމީނަށް ޖެއްސުންކުރަން ރީދޫ ޕާރޓީއިން ހިފާފަހުރި ވަރު . ކޮންމެ ކަމަކަށް ދެކޮޅު ހަދަމުން އައީ. ހަމަ ކުއްލިއަކަށް ސަރުކާރުން ހުށައެޅި ބިލްތަކަށް އެބައިމީހުން ވޯޓު ދިނުމުގައި ރިޝްވަތުގެ ޢަމަލެއްވާކަން.
    މަހިތުން މީހަމަ ވެރި ކަމުގެ ދަހިވެތި ކަމުގައި އުޅުއްވާ ބޮޑުވަޒީރަށް ކޮށް ދިން ކަމެެއް.

    16
    2
  33. އަބުދުﷲ

    ރާއްޖޭގެ މަގުމަތީގަ ކަކުލުހުޅުން ދޫވެފަ ތިބި ފަތްބޯމީހުންގެ ސަބަބުން ލަދުގަންނަވަރައްވުރެ އިތުރައް 50 އަހަރުގެތެރޭގަ ޢައްދާރުންނާ ޚިޔާނާނާތް ތެރިން އާމުވެފަވާ ވަރުން މިގައުމު މިވަނީ ލަދުވެތިވެ އިސްޖެހި މަރުގެ ތުންފަތް މަތީގަ . މިކަންތައް ހަމަޔަކައް އެޅުވުމަކީ އެތެރެއާ ބޭރުގެ އަދާވާތްތެރިންގެ ކިބައިން ގައުމު ސަލާމަތް ކުރުމައް ﷲ ގަންދީ ހުވާ ކޮއްގެންތިބި މީހުންގެ ޒިއްމާއެއް.

    12
  34. އަޙް

    ހެކި ނުދައްކައި ބޮޑެތި އިލްޒާމާއި ބަދުނާމު އެޅުވުން އިތުރު ވެއްޖެ. އަލީ ވަހީދު ތީ މާކަށް އޮއްޓަރެއް ހުރި މީހެއް ހެނެއް ހިއެއް ނުވޭ. އިރާދަ ކުރެއްވީއާމުން ދެން މިރާއްޖޭގެ ވެރިކަމަށް އަންނާނީ ރ.ޔާމީން. އަދި މި ހުރިހާ އެންމެން ގައިގައި ހިލިހިލާ އަޅައި ޖަލުގައި ބަންދު ކުރާނެ. އެކަކަށްވެސް ރަށުން ބޭރަށް ބޭސް ފަރުވާ އަކަށް ނުދެވޭނެ.

    11
    4
    • ޢަހޫ

      ޥަގުން ބޭނުމެއްނުވާނެ ރައްޔިތުންނެއް.

      3
      3
  35. އިސްޢާފް ސަލީމް

    ވެރިކަމަށް އަރާ މިހުރީ ބޮޑު މުލުވަގެއް! ބާލަން ނުކުންނަންވީ!

    17
    1
  36. ޢަހޫ

    ޢަލީ ވަހީދަކީ ފެށުނީ ސުރެ މުޑުދާރު ސިޔާސީމީހެ އް. ބިރުދަ އްކައިގެންވެސް ސަލާމަތް ނުވީމަ ދެން ފަޅޮލޭ ނުކިޔާ.

    6
    14
  37. ރާ އިބޫ

    އިބޫ ދުވަސެވަރެއްގަ ރާ ވިއްކުމުގެ މައްސަލައެއްގައި ޖަލައްލި ކަމައްވޭ.

    13
    1
  38. މެޑަމް ފާތު

    މަހީކުރީ ދަޢުލަތް އޮރިޔާންކޮށްލާނެކަމަށް އެކަމަކު އޮރިޔާންތިވީ އަލީ ވަހީދު

    8
    11
  39. ބޫމްބޫމް

    އަލީވަހީދުތޯ އެފައިސާ ހަވާލުވިއިރު ހުރީ ؟ ތިޔަބުނަނީ ޔާމިނާ އެއްބައިވެ ދައުލެއް ދަވާލީމާ އޭތި މީހާރު އޯކޭއޭތޯ ؟ރ ސޯލިހައި ފައިސާ ހަވާލު ކުރިކަން ޔާމިނަށް ނޭގިނުދާނެ ކީއްވެތޯ ތަހުގީގުގައި ނުބުނީ ކީއްވެތޯ ސަރީޔަތުގެ މަޖިލީހުގައި ޔާމިނު ތިޔަބުނާ ކަޅުފައިސާ ވާހަކަ ނުގޮވީ! ދެން އަލީވަހީދު މުއައްޒަފުންނަށް ކުރި ޖިންސީ ފުރައްސާރަ ހުއްދަވީތޯ ޕީޕީ އެމް ރުއްސީމަ؟

  40. އެމްވިި

    އަންދިރި އަންދިރިން އިސްތިއުފާ.

    2
    1