ރައީސުލްޖުމްހޫރިއްޔާ އދ.ގެ އާއްމު މަޖިލީހުގައި މިރޭ ތަގުރީރު ކުރައްވާނީ، އެމެރިކާގެ ރައީސް ޖޯ ބައިޑެން އަށް ފަހު އެވެ.

ކޮންމެ އަހަރަކު ވެސް އދ.ގައި އޮންނަ އެންމެ ހާއްސަ އެއް ހަރަކާތަކީ ގައުމުތަކުގެ ވެރިން އާއްމު މަޖިލީހުގައި ތަގުރީރު ކުރެއްވުމެވެ. އދ.އާއްމު މަޖިލީހުގައި ގައުމުތަކުގެ ލީޑަރުން ތަގުރީރު ކުރައްވަން ފައްޓަވާނީ މިއަދު އެވެ. އެންމެ ފުރަތަމަ ތަގުރީރު ކުރައްވާނީ ބްރެޒިލްގެ ރައީސް ބޮލްސޮނާރޯއެވެ. އޭނާ އަށް ފަހު ދެން ތަގުރީރު ކުރައްވާނީ އެމެރިކާގެ ރައީސް ޖޯ ބައިޑެން އެވެ. އެއަށްފަހު ދެން ތަގުރީރު ކުރައްވާނީ ރައީސް ސޯލިހް އެވެ.

އދ. ގެ އުސޫލު އޮންނަ ގޮތުން އާއްމު މަޖިލީހުގައި އެންމެ ފުރަތަމަ އަބަދުވެސް ވާހަކަ ދައްކާނީ ބްރެޒިލްގެ ފަރާތުންނެވެ. އެއީ އދ.ގެ އާންމު މަޖިލީހުގެ ފުރަތަމަ ޖަލްސާގައި ވާހަކަ ދެއްކީ ބްރިޒިލްގެ ފަރާތުން ކަމަށް ވާތީ އަމަލުކުރާ ސަގާފަތެއްގެ ތެރެއިންނެވެ. ދެވަނަ އަށް އަބަދުވެސް ތަގުރީރު ކުރަނީ އެމެރިކާގެ ފަރާތުންނެވެ.

ރައީސް ސޯލިހަށް ތަގްރީރު ކުރެއްވުމުގެ ފުރުސަތު ތިން ވަނަ އަށް ލިބެނީ އދ.ގެ މަޖިލީހުގެ ރައީސް ނުވަތަ ޖަލްސާގެ ރިޔާސަތު ބަަލަހައްޓާ ގައުމަކީ ރާއްޖެ ކަމަށްވާތީއެވެ.

ރައީސް ސޯލިހް އާއްމު މަޖިލީހުގައި ތަގުރީރު ކުރައްވާނީ މިރޭ ރާއްޖޭ ގަޑިން 19:00 ގައެވެ. އެމަނިކުފާނު މިރޭ ތަގުރީރު ކުރައްވަން ހަމަޖެހިފައި ވަނީ ދިވެހިބަހުންނެވެ. އދ.ގެ ހުރިހާ ބައްދަލުވުމެއްގައި ވެސް ވާހަކަދައްކަވާ ބޭފުޅަކު ބޭނުން ބަހަކުން ވާހަކަ ދެއްކުމުގެ ފުރުސަތު އޮވެއެވެ. އެބޭފުޅަކު ދައްކަވާ ވާހަކަފުޅެއް ވަގުތުން ވަގުތަށް ހަބަހަކަށް ތަރުޖަމާ ކުރެއެވެ. އެއީ އަރަބި، ޗައިނީސް، އިނގިރޭސި، ފްރެންޗް، ރަޝިއަން އަދި ސްޕެނިޝްއަށެވެ.

މިއަހަރު އދ.ގެ އާއްމު މަޖިލީހުގައި ގައުމުތަކުގެ ވެރިން ތަގުރީރު ކުރައްވަން މިއަދު ފައްޓަވާއިރު އެމެރިކާ އިން ވަނީ މިއަހަރު އދ.ގެ އާއްމު މަޖިލިސް އޮންލައިންކޮށް ކުރިއަށް ގެންދަން ހުށަހަޅާފައެވެ. އެގޮތަށް ހުށަހެޅީ އަދިވެސް ކޮވިޑްގެ ހާލަތު ރަނގަޅު ވެފައި ނުވާތީއެވެ. ނަމަވެސް އެމެރިކާގެ ރައީސް ބައިޑެން ވެސް ހިމެނޭ ގޮތަށް 83 ގައުމެއްގެ ވެރިން ތަގުރީރު ކުރައްވާނީ އދ.ގެ އާއްމު މަޖިލީހަށް ހާޒިރުވެ ތިއްބަވައިގެންނެވެ. 23 ގައުމެއްގެ ވެރިން ވީޑިއޯ މެދުވެރި ކުރައްވާ އާއްމު މަޖިލީހުގައި ތަގުރީރު ކުރައްވާނެއެވެ.

މިމަހުގެ 27 ވަނަ ދުވަހާއި ހަމައަށް ގައުމުތަކުގެ ވެރިން އާއްމު މަޖިލީހުގައި ތަގުރީރު ކުރައްވާނެއެވެ.

ކިޔުންތެރިންގެ ހިޔާލު

7 ކޮމެންޓް

 1. Anonymous

  ބައިޑެންއައްފފަހުތަގުރީރުކުރީމާ އޭނަ ކަޅުދަބަސް ނުއުފުއްލާކަމައްވޭތަ ނޫނީ އެއީ ގަީރަކައްނުވޭތަ

  8
  1
 2. ޞޯޅަ

  ބައިޑެން އަށް ފަހު ހޯލުގަ ތިބި އެއްމެން ދިޔައީ މަޔޯ؟؟ މިހެން ބުނީމަ ވީޑިއޯ އެޑިޓް ކޮށްގެން ދައްކާނީ ކީ ނޫން

  5
  1
 3. ޠޯލަ

  ނިއުޔޯކަށް ވަޑައިގެންނެވި ދަތުރުމަތީގައި އިނގިރޭސި ފަރިތަ ކުރި ޔޯ؟؟

  3
  1
 4. resign now

  we dont care

  9
  1
 5. ކަލްޓް

  ހޫ،! ބައިޑަން ފާހާނަ ކޮށް ނިމިގެން ދެން އިބުރާ ސޯލިހު ފާހަނަ އަށް ވެސް ވަދެފާނެ، އެޢީ މާ މުހިއްމު ކަމަކީތަ!؟

  5
  1
 6. ކަނީރު

  ތަޤްރީރުކޮށްލަންވެސް ކެރުނީ މި ރައީސަށްދޯ. އެހެންމީހުން ފޮނުވަނީ ކާޅެއް

  1
  9
 7. Anonymous

  ދެން މަށައްކީ.