އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ ފައިސާ ނުނަންގަވާ ހުންނެވި ސިޔާސި ޕާޓީއެއްގެ ލީޑަރަކަށް ހުންނެވީ އޭނާ ކަމަށް ޑީއާރުޕީގެ ލީޑަރު އަދި ރައްޔިތުންގެ މަޖިލިހުގެ ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު މިއަދު ވިދާޅުވެއްޖެއެވެ.
ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ހިނގި އެމްއެމްޕީއާރުސީގެ ބޮޑު ޚިޔާނާތުގެ ފައިސާގެ ތެރެއިން 35 މިލިއަން ރުފިޔާ ކުރީގެ ނައިބު ރައީސް އަހްމަދު އަދީބު އަތުން މިހާރުގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހް ނެންގެވި ކަމަށް ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ވިދާޅުވެފައިވެއެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވާހަކަ ދައްކަވަމުން މި ކަންކަމަށް އިޝާރާތް ކުރައްވާ ޖާބިރު ވިދާޅުވީ އެމްއެމްޕީއާރުސީގެ ބޮޑު ޚިޔާނާތުގައި ބައިވެރިނުވާ ހަމައެކަނި ސިޔާސީ ޕާޓީއެއްގެ ލީޑަރަކަށް ހުންނެވީ އޭނާ އެކަނި ކަމަށެވެ.
"މި ވައްކަމާ ހެދި ރައްޔިތުން ފަގީރުވެއްޖެ، މިސްކީނުވެއްޖެ، ހަމަ ގައިމު ވެސް އަބްދުﷲ ޖާބިރުގެ ނަމެއް ނެތް އެމްއެމްޕީއާރުސީގެ ލިސްޓަކު، އަބްދުﷲ ޖާބިރަށް ތުހުމަތު ކުރާނެ މީހަކު ވެސް ނެތް،" ޖާބިރު ވިދާޅުވިއެވެ.
ޖާބިރު ވިދާޅުވީ ވައްކަން ނުކުރާނެ ލީޑަރަކަށް ހުންނެވީ އޭނާ އެކަނި ކަން ވެސް ރައްޔިތުންނަށް ޔަގީން ވާނެ ކަމަށެވެ. އަދި ރައްޔިތުންގެ ޚިދުމަތުގައި ވެރިކަމަށް ކުރިމަތިލައްވަން ތައްޔާރަށް ހުންނެވި ކަމަށް ޖާބިރު ވިދާޅުވިއެވެ.
"2023 ގައި ރައްޔިތުންނަށް ޔަގީން ކަން އޮތް ހަމައެކަނި މީހަކީ އަޅުގަނޑު، ރައްޔިތުން އަޅުގަނޑަށް ވެރިކަން ދޭނެ،" ޖާބިރު ވިދާޅުވިއެވެ.
އެމްއެމްޕީއާރުސީ މެދުވެރިކޮށް ފަޅުތަކާއި ފަޅު ރަށްރަށާއި ދޫކޮށްގެން ދައުލަތަށް ލިބެން ޖެހޭ ބިލިއަނަށް ވުރެ ގިނަ ރުފިޔާއަށް ޚިޔާނާތްވި މައްސަލާގައި ސިޔާސީ އެތައް ބޭފުޅަކު އެ ފައިސާ ނެންގެވި ކަމުގެ ތުހުމަތު ކުރެވެއެވެ. އެކަކު އަނެކަކަށް އިނގިލި ދިއްކޮށް ކޮންމެ ބޭފުޅަކު ވެސް ދިފާއުގައި ވާހަކަ ދައްކަވަމުން ގެންދަވައެވެ.
މި ޚިޔާނާތުގައި ބައިވެރިވި ކަމަށް މިހާތަނަށް އިއުތިރާފްވި ހަމައެކަނި ބޭފުޅުންނަކީ ކުރީގެ ނައިބު ރައީސް އަހްމަދު އަދީބާއި އެމްއެމްޕީއާރުސީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ޒިޔަތެވެ. މި ދެ ބޭފުޅުން ދެއްކެވި ހެކި ބަހުގެ މައްޗަށް އިދިކޮޅު ލީޑަރު އަދި ކުރީގެ ރައިސް އަބްދުﷲ ޔާމީންގެ މައްޗަށް ވެސް ހުކުމްކޮށްފައިވެއެވެ.
ރައީސް ޔާމީން މި ކަމަށް އިންކާރު ކުރައްވާއިރު، މިހާތަނަށް ހުކުމް އިއްވެވީ ވެސް މި ތިން ބޭފުޅުންނަށެވެ. އެހެންވިޔަސް މި ތިން ބޭފުޅުން ވެސް ތިއްބެވީ ގޭބަންދުގައެވެ.
ތެދެއް މީނަ އައް ވެރިކަންދީ، އެންމެން މޮޔަ ކޮއްލާނެ
އެމްޑިޕީ ގެވެރިކަމުގަ އައްޑުގަ ރެސޯޓް ހިނަގާފަ ދަވްލަތަށް ދޭންޖެހޭ ކުއްޔާއި އެހެނިހެން ފައިސާ ނުދައްކާތީ ޖާބިރު އަތުން ރެސޯޓް ވަކިކޮށް މައްސަލަ ސަރީއަތުގަ ޖާބިރުއަތުން ގިނައަދަދެއްގެ ފައިސާ ދަވްލަތަށް ލިބެން އޮއްވާ ކޯޓުން ބޭރުގަ 35 މިލިއަންރުފިޔާދީފަ މަޖިލީހުގެ މެމްބަރަކު ގަނެދެގޮތަށް ނިންމާފަދަ ޑީލް ހަދާ މީހަކާ ވެރިކަންހަވާލުކުރަން ބިރުގަނޭ. އެފަހަރު ޑީއާރުޕީގެ މެމްބަރަކު 4 މިލިއަނަށް ގަނެ އެމްޑީޕީއަށް ސޮއިކުރުވި. ސަަރުކާރަށް ދައްކަންޮތް ހުރިހާފައިސާއެއް ކެނޑި 31 މިލިއަންރުފިޔާ ލިބުނީ. މިކަހަލަ އަމިއްލަ އެދުނަ ބޮޑު ޖީބު ހާއިނަކަށް ގައުމު ހަވާލުކުރަންހެޔޮނުވާނެ.
ތިވަރުގެ ބޮޑު މޮޔައަކަށް މިޤައުމުގެ ވެރިކަން ހަވާލު ކުރާކަށް ބަޔަކު ނޫޅޭ !
ހެހެހެ...ޖާބިރަށް ދޭންވީ ބޮޅު ރާއްޖޭގެ ރަސްކަން..
ތިފަދަދުވަހެއް މާތްﷲ މިޤައުމަށް ނުދައްކަވާށި، އޭރުން އައުގުރާނަ ގޮވުމާ، މަސްތުވެގެން މަގުމަތީ އޮތުމާ، ދަރާވިކިގެން ބޯނުހިކިގެން އުޅުމާ އަނބިދަރިންނަށް ހަޑިހުތުރު އެއްޗެތި ގޮވުން ނޫން ކަމެއް ނޯންނާނެ..... މިޤައުމުގެރައްޔިތުން އަދި މޮޔައެއް ނުވޭ...ލޮލް ލޮލީ
މަނިކުފާނަށް ވެރިކަން ދެވޭކަށް ނެތެއްނު. ބަޔަކުމީހުން މަނިކުފާ ރާބޮއިގެން އުޅުއްވިކަމުގެ ޝަކުވާކޮށްފައިވާތީ މަނިކުފާނު ހައްޔަރުކޮށް ގެންދިޔަ މައްސަލަ އެއޮތީ ތަޙުޤީޤު ނުނިމި. ރާބޯމީހަކަށް ވެރިކަން ހަވާލުކުރާކަށް އަޅުގަނޑުވޯޓެއް ނުދޭނަށް. ޢެކަކަށްވެސް.
@ ސޯޅަގެވަޅު. މިހާރު ވެރިކަމުގައި ހުރީވެސް ގަވާއިދާއި ޚިލާފަށް ބަނގުރާ ވިއްކައިގެން 1 އަހަރަށް އަރުވާލާފަ ހުރި މީހެއް. އެ ހުކުމް ކުރި ލިޔުން މިހާރުވެސް ވައިބާ ގައި ދައުރުވޭ.
ތަންތަން ކުއްޔަށް ހިފާފަ އެ ތަންތަނަށް ކުލި ނުދައްކާ މައްސަލަޔަކީ ވައްކަން ކުރުމަށް ވުރެވެސް ބޮޑުކަމެއް. ބުނެފާނެ މަތިވެރީ މީހުން ދިރިއުލެނީ މަގޭ ބިމެއްގަޔޭ ވީމާ މަތިވެރިން ކުލި ދައްކަންޖެހޭނީ މަށަށެ . ތިޔައީ ވަރަށް މަކަރުވެރި މީހެއް.
މިހާރުވެސް ތިހުރީ ވެރިކަން ދީފަ.....ކީއްކުރަން 2023 އެއް. ތިވަރުގެ ލީޑަރެއް އަދި މި ރާއްޖެ ކީއްކުރަން ދުނިޔެވެސް ދެކިފަ ވާނެ ހެނެއް ހިޔެއްނުވޭ!!!!