އެމްއެމްޕީއާރްސީގެ ހިޔާނާތުގެ ފައިސާގެ ތެރެއިން 35 މިލިއަން ރުފިޔާ އާއި މިހާރުގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް ހަވާލުވިކަމަށް ކުރީގެ ޓްއަރިޒަމް މިނިސްޓަރު އަލީ ވަހީދު ވިދާޅުވެފައިވާތީ އެ މައްސަލަ ތަހުގީގުކުރަން އެކަށީގެންވާ ފުރުސަތު ދިނުމުގެ ގޮތުން ރައީސް ސާލިހު އިސްތިއުފާދެއްވަން ޖެހޭ ކަމަށް ޕީއެންސީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ފޮނަދޫ ދާއިރާގެ ކުރީގެ މެމްބަރު އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ވިދާޅުވެއްޖެއެވެ.

މިއަދު ކުރިއަށްގެންދިޔަ ނޫސްވެރިންގެ ބައްދަލުވުމެއްގައި އަދުރޭވިދާޅުވީ އެމްއެމްޕީއާރުސީގެ ޚީޔާނާތުގެ ފައިސާ ރައީސް ސޯލިހަށް ލިބިވަޑައިގެންނެވި ކަމަށް މީގެ ކުރިންވެސް އަޑު ފެތުރިފައިވާ ކަމަށެވެ. އެހެންނަމަވެސް ރައީސް ސޯލިހްގެ ކެބިނެޓްގައި އަރިސްކޮށް މަސައްކަތް ކުރެއްވި ބޭފުޅަކު އެހެން ވިދާޅުވުމަކީ އެކަން އިތުރަށް ޔަގީންވާ ކަމެއް ކަމަށާއި އެއީ އާދައިގެ ކަމެއްގެ ގޮތުގައި ނުބެލޭނެ ކަމަށް އޭނާ ވިދާޅުވިއެވެ. އަދި އެމަނިކުފާނު ރައީސްކަމުގައި ހުންނަވައިގެން އެ މައްސަލަ ރަނގަޅަށް ތަހުގީގު ނުކުރެވޭނެ ކަމަށާއި އެންމެ ރަނގަޅު ގޮތަކީ ރައީސް ސޯލިހު އިސްތިއުފާދެއްވުން ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ. އަދި ރައީސް ސޯލިހު އެ ފައިސާ ނެންގެވިކަން މިހާރުގެ ކޮމިޝަނަރ އޮފް ޕޮލިސް މުހައްމަދު ހަމީދަށް ވެސް އެނގިވަޑައިގަންނަވާނެ ކަމަށް އަލީ ވަހީދު ވިދާޅުވެފައި ވާތީ އެމްއެމްޕީއާރުސީގެ މައްސަލަ އެންމެ އެކަށީގެންވާ ގޮތުގައި ތަހުގީގު ކުރެވޭނީ އޭނާވެސް އިސްތިއުފާދެއްވައިގެން ކަމަށް ގަބޫލުކުރައްވާ ކަމަށް އަދުރޭ ވަނީ ވިދާޅުވެފައެވެ.

"އެހްނެވީމަ މި މައްސަލަ ތަހުގީގުކުރަން ފުރުސަތު ދެއްވާފައި މަނިކުފާނުވެސް އެމްސީ ހަމީދުވެސް އިސްތިއުފާދެއްވާށޭ. އެއްގޮތަކަށް ވެސް އދ.އަށް ވަޑައިގެން ތަގުރީރުކުރައްވަންވީ ވަގުތެއް ނޫން މީކީ. އެއަށް ވުރެ ހަޑިކޮށް ކަންކަން ވެފައި މިއޮތީ." އޭނާ ވިދާޅުވިއެވެ.

ރޭ އަލީ ވަހީދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި "ވަގުތު" އިން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ވިދާޅުވީ ރައީސް ޔާމީންގެ ވެރިކަމުގައި އޭރު އެމްޑީޕީގެ ޕީޖީ ގްރޫޕްގެ ލީޑަރަކަށް ހުންނެވި މިހާރުގެ ރައީސް ސޯލިހް ފައިސާ އާއި ހަވާލުވީ ރެހެންދި ފްލެޓްގައި ކަމަށެވެ. ރައީސް ސޯލިހާއި ފައިސާ ހަވާލުކުރީ އޭރު ޓްއަރިޒަމް މިނިސްޓަރަކަށް ހުންނެވި އަހްމަދު އަދީބު ކަމަށް ވެސް އޭނާ ވަނީ ވިދާޅުވެފައެވެ.

މީގެ އިތުރުން އަލީ ވަހީދު ވަނީ ރައީސް ސޯލިހް ކަޅު ދަބަހުގައި ފައިސާ އުފުލި ސީސީޓީވީ ފުޓޭޖް ފުލުހުންގެ އިދާރާގައި ހުންނާނެ ކަމަށާއި އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ތުހުމަތު ކުރެވޭ ބައެއް މީހުންގެ ނަން އުނިކޮށްފައިވާ ކަމަށް ވެސް ތުހުމަތުކުރެއްވިއެވެ.

ރެހެންދި ފްލެޓުން ރައީސް ސޯލިހް އެމްއެމްޕީއާރްސީގެ ފައިސާ އާއި ހަވާލުވިކަމަށް 2019 ވަނަ އަހަރު ވެސް "ވަގުތު" ގައި ރިޕޯޓް ކޮށްފައިވާ އިރު މިދިޔަ ރިޔާސީ އިންތިޚާބާއި ދިމާކޮށް އޭރުގެ ފިޝަރީސް މިނިސްޓަރ ޑރ.މުހައްމަދު ޝައިނީ ވެސް ވަނީ ރައީސް ސާލިހު އަދީބު އަތުން ފައިސާ ނެންގެވި ކަމަށާއި، އެ ފައިސާ ނެންގެވި ވަގުތު ރެހެނދި ފްލެޓްގެ ކޮޓަރިއެއްގައި އޭނާ އާއި އެހެން ބޭފުޅަކު ތިއްބެވި ކަމަށް ވިދާޅުވެފައެވެ. ޝައިނީ އޭރު ރައީސް ސާލިހު ނެގެންގެވި ކަމަށް ވިދާޅުވާ ފައިސާގެ އަދަދާއި އަލީ ވަހީދު ވިދާޅުވި އަދަދާއި ދިމާވާކަން ފާހަގަކޮށްލެވެއެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ސައީދު

    އަދުރޭ ތީ ބޮޑުވަރު ރައީސް ސޯލިޙް އިސްތިއުފާ ދިނަސް ދެން ތިޔަ ވަގުންކަށް ފުރުސަތެއް ނުލިބޜނެ ޤަމު ދަވާލާކަށެއް މި ކޮމެންޓް ޖަހަނ ވަގުތައް ކެރޭނެބާ؟

    2
    3
    • އަސްލުވަގުން

      ދެންއަންނާނީ ޕީޕީއެމްގެ ވެރިކަމެއް އޭރުން އަސްލުވަގުން ހޯދާނެ.

  2. ދެންބަހަނާނުދައްކާ

    ގައުމު ދަވައިލައިގެންނާ ވޯޓްއޮޅުވާލައިގެން އުޅެނީ ކޮންބަޔެއްކަން މިހާރު ރައްޔިތުންނައް އެނގޭ ޝައިނީވެސް ގޮވީ އެހެން ޖާބިރުވެސް ގޮވީ އެހެން ކުރީގެ ކެބިނެޓު މިނިސްޓަރުވެސް އެގޮވީ އެހެން

  3. 13ވގ

    އިސްތިއުފާ ގޭންވީމީހުންއެގޭތަ އަދުރޭޔައް