ސީއެޗްއެސްއީގެ އިސްލާމް ޓީޗަރެއް ކަމަށްވާ އަލްއުސްތާޛް ސުއޫދު މުހައްމަދުފުޅު ކުއްލިގޮތަކަށް ނިޔާވެއްޖެ އެވެ.

ސުއޫދު ކުއްލި ގޮތަކަށް ނިޔާވީ، ނިދާފައި އޮއްވައި ނޭވާ ލާން އުނދަގޫވެގެން ހޮސްޕިޓަލަށް ގެންގޮސް ފަރުވާ ދެމުން ގެންދަނިކޮށް ރޭ ފަތިހުގެ ވަގުތެއްގައެވެ. އޭނާ އިއްޔެ ވެސް ސުކޫލަށް ނިކުމެވަޑައިގެން ކިޔަވައި ދެއްވެވިއެވެ.

ސުއޫދު ނިޔާވިއިރު އުމުރުފުޅަކީ 52 އަހަރެވެ.

ސުއޫދު ނިޔާވުމާއި ގުޅިގެން އެޑިއުކޭޝަން މިނިސްޓްރީން ނެރުއްވި ބަޔާނެއްގައި ވިދާޅުވީ ސުއޫދަކީ ތަޢުލީމީ ދާއިރާއަށް އަގުހުރި ޚިދުމަތްތަކެއް ކުރައްވަމުން ގެންދެވި ބޭފުޅެއް ކަމަށެވެ. އޭނާގެ ޢާއިލާއަށް، މިނިސްޓަރ އޮފް އެޑިޔުކޭޝަނާއި، މިނިސްޓްރީގެ އިސްވެރިންނާއި އެންމެހާ މުވައްޒަފުންގެ ނަމުގައި އިޚްލާޞްތެރި ތަޢުޒިޔާ ދަންނަވާ ކަމަށް ވެސް މިނިސްޓްރީން ވިދާޅުވިއެވެ.

ސުއޫދު ވަނީ 22 އަހަރުގެ ދިގު މުއްދަތަކަށް ތަޢުލީމީ ދާއިރާއަށް ޚިދުމަތް ކުރައްވާފައެވެ. އެގޮތުން އަމީނިއްޔާ ސްކޫލް އަދި ސީއެޗްއެސްސީގެ އިސްލާމް މުދައްރިސެއްގެ ގޮތުގައި މަސައްކަތް ކުރެއްވިއެވެ.

"ސުއޫދު ދެމިއޮތުމުގެ ޢާލަމަށް ދަތުރުކުރެއްވުމަކީ ތަޢުލީމީ ދާއިރާއަށް ލިބިގެންދިޔަ ފުން ހިތާމައެއް ކަމުގައި ދެކެމެވެ. މަރުޙޫމްގެ ފުރާނަފުޅަށް މާތްﷲ ސުބްޙާނަހޫ ވަތަޢާލާ ރަޙުމަތް ލައްވައި، ދާއިމީ ނިޢުމަތް މިންވަރުކޮށްދެއްވުން އެދި ދުޢާ ދަންނަވަމެވެ. އަދި މި ފުންހިތާމާގައި މި މިނިސްޓްރީގެ އެންމެހާ މުވައްޒަފުން ބައިވެރިވެ، މަރުޙޫމުގެ ޢާއިލާއަށް ކެތްތެރިކަން ދެއްވުން އެދި ދުޢާ ދަންނަވަމެވެ." އެޑިއުކޭޝަންގެ ބަޔާނުގައި ވިދާޅުވެފައި ވެއެވެ.

ސުއޫދުގެ މައްޗަށް ކުރެވޭ ކަށުނަމާދު އޮންނާނީ މިއަދު އަސްރު ނަމާދަށް ފަހު ފުރުގާން މިސްކިތުގައެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

  1. ާފަރުދީޒިންމާ

    ސުއޫދް ކޮވިޑް ވެކްސިން ޖެއްސެވިތޯ؟ ހަމަ އަހާލީ. އެތައް ކުއްލި މަރުތަކެއް ވާ އިރު ކަމާބެހޭ އިދާރާތަކުން ކީއްވެތޯ މިކަންކަން ތަހުޤީގު ނުކުރަނީ. ސުވާލު ނުއުފެދޭތޯ؟ ޑރ މުހައްމަދު އަލީ ވިދާޅުވާނެ ދެން ކޮންމެމީހަކުވެސް މަރުވާނެޔޭ އެހެން ކިޔާފަ ޓިވީ އެޑް އެއް ހެދީމަ ޒިއްމާއިން ރެކެވުނީ…

    27
    18
  2. ސަކޫން

    މަރުހޫމްގެ ފުރާނައަށް ސުވަރުގޭގެ މަތިވެރި ނިޢުމަތް މިންވަރު ކުރައްވާށި
    ޢާމީން!

    23
    1
  3. مريم

    انالله وانااليه راجغون

    17
    1
  4. އިންސްޕެކްޓަރ

    ވެކްސިންގެ މަރެއް!!

    8
    6
  5. Anonymous

    إنا لله وإنا إليه راجعون ...
    Suvarugeyge dhaaimee niumah alhugandunmenge loabivaa sir ah dhehvaashi... Aaameen

  6. ވަގުތީ މަންޒިލ

    ނޯ ކޮމެންޓސް.. ހާޑް ޓ ބިލީވް