ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އެމްއެމްޕީއާރްސީގެ ހިޔާނާތުގައި ފައިސާގައި ޖެހިފައިވާ ކަމަށް ބުނެ، ޖިންސީ ގޯނާގެ ބޮޑެތި ތުހުމަތުތަކެއް ކުރެވިފައިވާ ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ދައްކަވަމުން ގެންދަވަނީ އެއްވެސް ހަގީގަތެއް ނެތް ވާހަކަތަކެއް ކަމަށް ސަރުކާރުން މިއަދު ވިދާޅުވެއްޖެއެވެ.
ވިސާ ހަމަވެގެން އިނގިރޭސިވިލާތުގެ ފުލުހުންގެ ބެލުމުގެ ދަށުގައި ހުރުމަށް ފަހު މިނިވަންވެ، އިއްޔެ އަލީ ވަނީ ނޫސްވެރިންނާ ބައްދަލު ކުރައްވައި ގިނަ ވާހަކަތަކެއް ދައްކަވައިފައެވެ.
އެ ޕްރެސްކޮންފަރެންސްގައި މުޅިންވެސް ދެއްކެވީ ސަރުކާރުގެ ގޯސް ވާހަކައެވެ. އޭނާ ބޮޑަށް ފާޑު ވިދާޅުވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ތައުރީފް ކުރެއްވި ކުރީގެ ރައިސް އަބްދުﷲ ޔާމީނަށެެވެ.
ރައީސަށް ބޮޑެތި ތުހުމަތުތަކެއް ކުރައްވާ އަލީ ވަހީދު ވިދާޅުވީ ޔާމީންގެ ވެރިކަމުގައި އޭރު އެމްޑީޕީގެ ޕީޖީ ގްރޫޕްގެ ލީޑަރަކަށް ހުންނެވި މިހާރުގެ ރައީސް ސޯލިހް ފައިސާ އާއި ހަވާލުވީ ރެހެންދި ފްލެޓްގައި ކަމަށެވެ. ރައީސް ސޯލިހާއި ފައިސާ ހަވާލުކުރީ އޭރު ޓުއަރިޒަމް މިނިސްޓަރަކަށް ހުންނެވި އަހްމަދު އަދީބެވެ.
އަލީ ވިދާޅުވީ ރައީސް ސޯލިހް ކަޅު ދަބަހުގައި ފައިސާ އުފުލި ސީސީޓީވީ ފުޓޭޖް ފުލުހުންގެ އިދާރާގައި ހުންނާނެ ކަމަށެވެ.
"އެބޭފުޅާ ކަޅުދަބަސް ގެންދެވި ވީޑިއޯ ހުންނާނެ ޕޮލިހުގައި ވެސް. މުހައްމަދު ރިޔާޒް ތަހްގީގުގައި އިސްކޮށް ހުރެގެން ބައެއް މީހުންގެ ބަޔާނުން އެބޭފުޅާ (ރައީސް ސޯލިހްގެ) ނަން ވެސް ވަނީ އުނިކޮށްފައި." އަލީ ވަހީދު ވިދާޅުވިއެވެ.
އެފަދަ ބޮޑު ތުހުމަތުތަކަކާއި ގުޅިގެން ރައީސް އޮފީހުގެ ތަރުޖަމާނު މުހައްމަދު މަބްރޫކް އަޒީޒް "ވަގުތު"އަށް ވިދާޅުވީ އެކަމަކުގައި ސަރުކާރުގެ ސްޓޭންޑް ބަދަލުނުވާ ކަމަށެވެ.
މަބްރޫކް އެ އިޝާރާތް ކުރެއްވީ އަލީ ވަހީދުގެ އަތުގައި ރައީސް ކޮމްޕްރޮމައިޒް ކުރަން ޖެހޭ ފަދަ އެއްވެސް ލިޔުމެއް ނޯންނާނެ ކަމަށް އެމަނިކުފާނު މީގެ ކުރިން ވިދާޅުވެފައިވާ ވާހަކައެވެ.
ރައީސް އޮފީހުގައި ކުރިއަށް ދިޔަ ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް ވިދާޅުވީ އެމަނިކުފާނަށް ބިރުދެއްކޭނެ އެއްވެސް ލިޔެކިޔުމެއް އެއްވެސް މީހެއް އަތުގައި ނޯންނާނެ ކަމަށް ވިދާޅުވެފައެވެ.
"އަޅުގަނޑު ކޮމްޕްރޮމައިޒްވާ އެއްވެސް ލިޔުމެއް އެއްވެސް އެއްޗެއް އެއްވެސް ބޭފުޅެއް އަތުގައި ނޯންނާނެ" ރައީސް ވިދާޅުވިއެވެ.
އަލީގެ ވާހަކައަކީ ތޯތޯ ވާހަކައެއް ކަމަށް ވިދާޅުވެ މަބްރޫކް ވަނީ ރައީސާ ދެކޮޅަށް ހުރި އެެއްޗެއް އޮތްނަމަ އެއްޗެއް ދެއްކުމަށް އެދިވަޑައިގެންފައެވެ.
"އެއްޗެއް އޮތްނަމަ އެ މިހާރު އާއްމުވާނެ. ދެއްތޯ" މަބްރޫކް ވިދާޅުވިއެވެ.
މުވައްޒަފުންނަށް މެދުގައިވާ ތަފާތުކުރުން ނައްތާލާ..
ރައީސް އިބޫ ކަޅު ދަބަސް ފީންނެއްގައި އެތައް ކާރެއްގެ ޑިކީ ފުރެން ދެން ފައިސާ އަޅައިގެން ދިޔަ ކަމަށް އަލީ ވަހީދު ވިދާޅުވާނަމަ އެކަން ޖެހޭނެއޭ ޑެޑް ސީރިއަސް ކަމެއްގެ ގޮތުގައި ބަލަން އަސްތާ ބުނަންތާ މަގޭ ކޮއިފުޅާ ސަރުކާރުގެ މާލިއްޔާ ވެސް ދަވާލަނީ އަދި ކޮވިޑް ވެންޓިލޭޓަރު ވަގުވެސް ފިލީ ދެން އަނެއްކޮޅުން ބިތު ފަންގި ނެގިއިރު އެމްއެމްޕީއާރުސީން ފައިސާ ގަނޑުވެސް ދަވާލީ ހަމަ ތަމެންނޭ އެކަން މިހާރު މިދަނީ ފަޅާ އަރާ ތަމެން ބަރަހަނާ ވަމުން ނޫންތޭ ތަމެން ދެން އިސްތިއުފާ ދޭންވީއޭ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ
އެއީ ހުސްތެދު، ކަލޭމެން އަވަހަށް މިގައުމުން ރައްކާވޭ، ބޮޑު ނޮހޮރޮއްޕާނެއް.
ލަސްނުކޮށް ހެކި ފޮނުވާ. މިއީ ސީރިއަސް ވާހަކަތަކެއް !
އަލީ ވަހީދު ދެއްކި ވާހަކަތައް ސަރުކާރުން ދޮގުކޮށްފި ނަމަވެސް މަމެން ތިޔާ ކަމެއް ގަބޫލެއް ނުކުރާނަމޭ ކަޅު ދަބަސް ހިފައިގެން ރައީސް އިބޫ ދިޔައޭ އޭގައި ވާ 35 މިލިއަން ޑޮލަރުން ނޭ ރިޔާސީ އިންތިޚާބުގައި ވަގު ވޯޓް ލީ އެއިން 5 މިލިއަން ޑޮލަރު އިލެކްޝަންސް ކަމިޝަންގެ ރައީސް ކަން ކުރި ތިމަރޭ ޝަރީފް އަށް ދީގެން އެފައިސާ އިން ކަޓް ދީގެން ވޯޓް ލާ މަރުކަޒު ތަކުގަިއ ތިބި އިލެކްޝަންސް ކަމިޝަންގެ އޮފިޝަލުން ލައްވާ ވޯޓް ލާން ނާންނަ އެންމެންގެ ނަމުގައި ވޯޓްލާ ވަގު ވޯޓަކުން ވަގަކު ރާއްޖޭގެ ރައީސްް ކަމަށް ހޮވިކަން ފަޅާއަރަނީއޭ އައި ގޮޓް ވަޓް އައި ވޯންޓް އެވްރީ ވަން ކަމޯން ސޭ ކަޅު ދަބަހޭ އިސްތިއުފާ ކަޅު ދަބަހޭ އިސްތިއުފާ ކަޅު ދަބަހޭ އިސްތިއުފާ ކަޅު ދަބަހޭ އިސްތިއުފާ ކަޅު ދަބަހޭ އިސްތިއުފާ ކަޅު ދަބަހޭ އިސްތިއުފާ ކަޅު ދަބަހޭ އިސްތިއުފާ ކަޅު ދަބަހޭ އިސްތިއުފާ ކަޅު ދަބަހޭ އިސްތިއުފާ ކަޅު ދަބަހޭ އިސްތިއުފާ ކަޅު ދަބަހޭ އިސްތިއުފާ ކަޅު ދަބަހޭ އިސްތިއުފާ ސޭ އިސްތިއުފާ ސޭ އިސްތިއުފާ ސޭ އިސްތިއުފާ އޯއް އޯއް އޯއް ހެޕީ ލައިކް ނެވަރ ބިފޯރ އައި ސްވެއަރ ޔުއަރ ގްރެވިޓީ ގޮނާ ގޯ ޑައުން އިޓްސް ދަ ރިސްކް ޔޫ ގޮނާ ފޭސް ސޫން...
ބަލަ އަލީ ވަހީދުވެސް ގޮވާލި ހަމަ ތިބީދާއިން ހެކި ހާމަކުރެއްވުމަށް . އެހެންވީމަ ފުރަތަމަ އަލީ ވަހީދުގެ ހެކި ހާމަކޮށްބަލަ، އޭގެ ފަހުގަ ތިވާހަކަ ދައްކާނި، ވަގަށްކުރާ ކޮންމެ ކަމެއްގެ ހެކި ހޯދަން އުނދަގުވާނެ.
ރައީސް ޔާމީންގެ ވެރިކަމުގައި އެމަނިކުފާނު ވިދާޅުވީ މީގެ އިދިކޮޅަށެވެ. "ތިމަން މަނިކުފާނުގެ ގެއަށް ފޮށިފޮށީގައި ފައިސާ ވަނެވެ. ޝައްކެއްވެސް ނެތޭ އެއީ ޙަލާލުނޫން ފައިސާ އެވެ.) މިހެންނެވެ. އަނެއްކާ އެހެން ވިދާޅުވީ ލައިވް ކުރަމުން ދިޔަ ޖަލްސާއެއްގަ އެވެ. އެހެން ކަމުން އެވަގުތު އެތަނުގައި ޙާޟިރުވެ ތިބި މީހުންގެ އިތުރުން، ހަމައެވަގުތު އެބަލަމުން ދިޔަ އެތަކެއް ސަތޭކަ މީހުންނާއި ތެރޭގައި، ނިކަމެތު އަހަރެން ވެސް އެކަމަށް ހެކިވާނެ އެވެ. ނަމަވެސް މިއަދާއި ހަމައަށް ވެސް ރައީސް ޞާލިޙްގެ ބަސްފުޅުތަކުން ކޮރަޕްޝަނަށާއި، ވައްކަމަށް ހިތްވަރުލިބޭފަދަ އެއްވެސް ވާހަކައެއް އަޑެއް ނާހަމެވެ.
ޢަލީވަހީދު ބުންޏަސް ނުވަތަ ނުބުންޏަސް ޔަގީންވާކަމަކީ ޕާސްޕޯޓު ހިފަހައްޓާފަހުރި މީގަކަށް ނުފުރޭނެކަން. އަލީވަހީދުގެ ޕާސްޕޯޓު ހިފެހެއްޓިކަމަށްބުނެ ސަރުކާރުން ހެދީ ދޮގު. ވީމާތިލާރި މައްސަލާގަވެސް ސަރުކާރުން ދޮގުހަދާފާނެ. ސަރުކާރުން ދޮގުނުހަދާކަން ސަބިތުކޮށްދޭން ޖެހޭ.
ހެކި ދައްކައިފިއްޔާ މޮޅު ރޭވުމަކުން ހެކި ނައްތާވެސް ލެވޭނީ އޭރައްތާ.
މިގައުމުގައި ބަލަން ބޭނުންނުވާ ކަމެއް ނުބެލޭނެ. ލޯމަތީގައި ހިނގާކަންކަންވެސް ކޯޓުން އެކަން ނުކުރެއޭ ބުނީމާ ނިމުނީ.
އަޅުގަނދު އަދިވެސް ގަބޫލެއް ނުކުރަން މމޕރސ އިން ފައިސާއެއް ގެއްލުނުކަމަކަށް. އަދި ވަކި ބަޔަކު ޒުވާނުން ބޭނުންކޮށްގެން ގައުމުގައި ހުރި ކޯޓްތަކުގައި ރޯކޮށް އަންދާލިކަމަކަށްވެސް ގަބޫލެއްނުކުރަން.
މިއޮތީވާ ގައުމެއް. މިގައުމުގައި އުޅެނީ ވަނދު ގަބުޅި ތަކެއް.
އަނގަ ބަންދުކޮއްލީ
އަލީވަހީދު އެކަންޏެއް ނޫނޭ. ޛާބިރު ވެސް އެވާހަކަދެއްކި. ދެން ކޮން ވާހަކައެއް. ހެކިތައް ނައްތާލާފައި ތިބިެ ކޮން ވާހަކައެއް ދައްކަން
ޑިލީޓް އެވްރިވަންހަދާލީދޯ
ސަރުކާރުން ހެކުހުށަހަޅަންގޮވަން ލަދެއްނުގަނޭދޯ ޔާމީންގެ ހެއްކަށްވެސްނެގީ އަދީބާއި ޒިޔަތެވެ. މިއީ އިސްލާމީޝަރީއަތާޚިލާފުކަމެކެވެ. ދެންމިބުނަނީ ހެކިހުށަހަޅާށެވެ.