ކުރީގެ ރައީސް، އަދި ރައީސް ޔާމީންގެ ބޭބޭފުޅު، މައުމޫން އަބްދުލްގައްޔޫމްގެ ގާނޫނީ ވަކީލުންގެ ޓީމުގައި ހިމެނިވަޑައިގަންނަވާ ވަކީލް، ހުސައިން ޝަމީމް އަނެއްކާ ވެސް ސަސްޕެންޑުކޮށްފިއެވެ.

ޑިޕާޓްމެންޓް އޮފް ޖުޑިޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ) އިން ނެރުނު ބަޔާނެއްގައި ބުނީ، ޝަމީމް ސަސްޕެންޑުކުރީ ފުލުހުން ތަހުގީގު ކުރަމުންދާ މައްސަލައަކާ ގުޅިގެން ކަމަށެވެ. ޝަމީމްގެ މައްސަލާގައި ފުލުހުން ވަކި ގޮތެއް ނިންމައި، ސުޕްރީމް ކޯޓަށް އަންގަންދެން އޭނާ ކޯޓުތަކާއި ޓްރައިބިއުނަލްތަކުގައި ވަކާލާތު ކުރުން މަނާކޮށްފައިވާ ކަމަށް ޑީޖޭއޭ އިން ބުންޏެވެ.

ޝަމީމް ސަސްޕެންޑު ކޮށްފައިވަނީ ފުލުހުން ބަލަމުންދާ މައްސަލައަކާ ގުޅިގެން ކަމަށް ޑީޖޭއޭ އިން ބުނެފައިވި ނަމަވެސް އިތުރު އެއްވެސް ތަފްސީލެއް ހާމަކޮށްފައެއް ނުވެއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. އަޙްމަދު

    ހިފިނުހުރެވިގެން ތެޅިއަރުވާ މީހުން ސަސްޕެނޑު ކުރުން ނޫންގޮތެއް ނޯއްނާނޭ.
    މިހާރު ހުއްނާނީ ފިސާރި އެއްޗެއް ވިސްނިފާ!