- މިއީ އދ.ގެ އާއްމު މަޖިލީހުގައި ރައީސް ސޯލިހް ކުރައްވާ ތަގުރީރުގެ ގެނެސްދޭ ބްލޮގް.
- މިއީ އާއްމު މަޖިލީހުގައި ދިވެހި ބަހުން ރައީސް ސޯލިހް ދެއްވާ ފުރަތަމަ ތަޤުރީރު.
- އާއްމު މަޖިލީހުގެ މިދައުރުގެ ރައީސް އަކީ ރާއްޖޭގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު
23:08
ރައީސްގެ ވާހަކަފުޅާއި ގުޅިގެން ފަލަސްތީނުން ރާއްޖެއަށް ހާއްސަ ޝުކުރެއް
Raees Ge Vaahakafulhaai Gulhigen Palestine In Raajje Ah Haasa Shukureh https://t.co/JxHXwxunvn
— Vaguthu Online (@VaguthuOnline) September 21, 2021
20:02
ރައީސް ސޯލިހްގެ ތަގުރީރު ނިންމަވާލައްވައިފި.
20:02
ރައީސް ސޯލިހް: ޢާންމު މަޖިލީހުގެ ރިޔާސަތު ދިވެހިރާއްޖެއަށް ދެއްވުމުގާ ތިޔަ ކުރެއްވި އިތުބާރަށް މުޅި ބައިނަލްއަޤްވާމީ މުޖްތަމަޢަށް އަޅުގަނޑު ޝުކުރު ދަންނަވަން. އަދި މި ޢިއްޒަތްތެރި މަޖިލީހުގެ މަސައްކަތަށް ކާމިޔާބީއަށް އެދެން.
20:01
ރައީސް ސޯލިހް: އިންސާނިއްޔަތަށް އަދިވެސް އޮތް އެންމެ ބޮޑު އުންމީދަކީ އަޅުގަނޑުގެ ނަޒަރުގާ އދ. ބައިނަލް އަޤުވާމީ ގުޅުންތަކުން ހާޞިލުވާ ކޮންމެ ކާމިޔާބީ އެއް ރަމްޒު ކޮށްދެނީ އދ. ސުލްހަވެރި ހައްލާ، މަސަލަސްކަމުގެ ސައްލާ އުފެދެނީ މި މަރުކަޒުން.
20:01
ރައީސް ސޯލިހް: ދެކުނު އޭޝިއާގެ އަވަށްޓެރި ޤައުމެއްގެ ހައިސިއްޔަތުން އަފްޣާނިސްތާނުގެ މިއަދުގެ ހާލަތާމެދު ދިވެހިން ކަންބޮޑުވޭ. އެޤައުމުގެ ރައްޔިތުންގެ ރައްކާތެރިކަން ކަށަވަރުވުން ބޭނުންވޭ. އަންހެނުންނާ އަންހެން ކުދިންގެ ހައްޤުތަކާ، ސަލާމަތާ ހިމާޔަތް އެޤައުމުގާ އޮތުމަށް އެދެން. މިކަންކަން ހިފެހެއްޓި ކަށަވަރުވެފާ އޮތުމަށްޓަކާ ރައްޔިތުން އިންތިޚާބުކުރާ ސަރުކާރެއް އެޤައުމުގާ އޮތުން މުހިންމު.
20:00
Palestine Balaiganegen Univaa Ehchakee Kobaithoa Raees Suvaal Ufahdhavaifihttps://t.co/G93203BPLe
— Vaguthu Online (@VaguthuOnline) September 21, 2021
20:00
ރައީސް ސޯލިހް: ދިވެހި ސަރުކާރާ ދިވެހި އެންމެހާ ރައްޔިތުން މިތިބީ ފަލަސްތީނު ރައްޔިތުންނާއެކު. އދ.ގެ އެތައް އަހަރެއްގެ މަސައްކަތުންވެސް އެމީހުންގެ ހައްޤުތައްވަނީ ކަށަވަރުކޮށް ނުދެވި. އިޒްރޭލުން ފަލަސްތީނުގެ އަންހެން، ފިރިހެން، ކުދިބޮޑު އެތައް ބައެއްގެ ހައްޤު ތަކުރާރުކޮށް އެބަ ނިގުޅައިގަނޭ. އަދުގެ ހޭލުންތެރި ޒުވާން ޖީލުގެ އެތައްބަޔަކު އެތައް ޤައުމަކުން ފަލަސްތީނުގެ ހައްޤުގާ އެނުކުންނަނީ ބޭއިންސާފާ ލާއިންސާނިއްޔަތަށް ނޫނެކޭ ބުނަމުން. އދ.ގެ ޢާންމު މަޖިލީހާ ސެކިއުރިޓީ ކައުންސިލުން ފަލަސްތީނުގެ ހައްގާ ނެރުނު ޤަރާރުތަކާ ނިންމުނު ނިންމުންތައް ގިނަ. މަދު އެއްޗަކީ، އަމުދުން ނުވެސް ނެތް އެއްޗަކީ ފަލަސްތީނުގެ ހައްގު. ކުޑަ ދައުލަތެއް ތަމްސީލު ކުރާ މީހެއްގެ ހައިސިއްޔަތުން މިއަދު މިތާހުރެ މިވާހަކަ އަޅުގަނޑަށް ދެއްކޭ ސަބަބެއް އެބަވޭ. އެއީ ދުނިޔެއިން އަޅުގަނޑުމެން ދިވެހިރާއްޖެ ބަލައިގެންފާވުން. މިލިއަނުން އަދަދު މަތި ފަލަސްތީނުގެ ރައްޔިތުން ބަލައިގަތުމުން ދުނިޔެއަށް އުނިވާ އެއްޗަކީ ކޮބައިތޯ. އެބަޔަކު އަޅުގަނޑު މިތާހުރެ ތަމްސީލު ކުރާ ދިވެހިން ބޭނުންވަނީ އދ.ންނާއި މުޅި ދުނިޔެއިން މިނިވަން ޤައުމެއްގެ ގޮތުގާ ފަލަސްތީނު ބަލައިގަތުން. އެމީހުންނަށް އެމީހުންގެ މިނިވަންކަމާ ހައްޤުތަކާ އިމްތިޔާޒާ އިޚްތިޔާރުތައް ދޫކޮށްލަން. ފަލަސްތީނުގެ މިނިވަން ދައުލަތަކަށް ވަކާލާތުކުރުމުގާ ދިވެހިން އަބަދުވެސް ދެމިތިބޭނަން.
19:59
Lha Kudhin Ge Sikundee Gai Harukashi Fikurah Jaaga Nudheynan: Raees https://t.co/gA8SPEqQBR
— Vaguthu Online (@VaguthuOnline) September 21, 2021
19:58
ރައީސް ސޯލިހް: ދުނިޔެއަށް ދިމާވެފައިވާ އެންމެ ބޮޑެތި ނުރައްކާތަކާއި ގޮންޖެހުމުގެ ވާހަކަތަކުން ފަށާނަމަ ލިސްޓްގެ ކުރި ހޯދަނީ ޓެރަރިޒަމް. ހަރުކަށި ފިކުރުން ދީން މާނަކުރުމުގެ ނުރައްކަލަށް ބަލަހައްޓައިގެން ތިބެވޭކަށްނެތް. ދިވެހިރާއްޖެއަކީ ފެށުނީއްސުރެ މެދުމިނުގެ ދީނީ އަޤީދާ ޤަބޫލްކުރާ ޤައުމެއް. ނަމަވެސް ހަރުކަށި ފިކުރުން މި ކުޑަކުޑަ ރާއްޖެވެސް ސަލާމަތެއް ނުވި. މިއަހަރުގެ މޭ މަހުގެ 6 ވަނަ ދުވަހު ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލަން ދިން ހަމަލާއަކީ ދިވެހި ބިމުގާ ދެވުނު ބޮޑު، ނުރައްކާތެރި ޓެރަރިސްޓް ހަމަލާއެއް. މިފަދަ ހަމަލާ ދޭތަން ބަލަން، އަދި ޅަކުދިންގެ ސިކުނޑިތަކުގާ ހަރުކަށި ފިކުރު އަށަގަންނުވާތަން ދެކޭން އަޅުގަނޑުމެނެއް ނުތިބޭނަން. ހުރިހާ މާނައެއްގާ އަދި ހުރިހާ ސިފައެއްގާ އަޅުގަނޑުމެން ޓެރަރިޒަމް ކުށްވެރިކުރަން. ފުރިހަމައަށް އެއްބާރުލުންދީގެން އަދި ބައިނަލްއަޤްވާމީ މުޖުތަމަޢުއާއެކު މިމަސައްކަތްކުރާނެކަމުގެ ޔަޤީންކަން އަރުވަން.
19:57
Raees'ge Inzaaru Dhuniye'ah: Raajje Neiy Dhuniye'aku Bodu Gaumuthah Ves Noavedhaanehttps://t.co/QuJLoGfnAv
— Vaguthu Online (@VaguthuOnline) September 21, 2021
19:56
ރައީސް ސޯލިހް: ކުދި ޖަޒީރާތައް ނެތި ދަނީ މިއަދު އައި ތިމާވެށީގެ ސަބަބަކުން ކަމުގަވާނަމަ، ބޮޑެތި ބައްރުތަކުގެ ފަހަތުން ހަމަ އެ ސަބަބު މާދަމާ އަންނާނެ. ދިވެއްސަކަށް ދިރިނޫޅެވި - ދިވެހިރާއްޖެއަށް ދެމިނޯވެވުނު ދުނިޔެއަކު އެހެން ޤައުމަކަށް ވަކި އޮވެވޭނެ ކަމުގެ ޔަޤީންކަމެއް ނޯންނާނެ. މިހަޤީގަތްތައް ކިޔައިދީފައިވާ މާސާފު ސާދާ މަޢުސޫމް ކަރުދާސް ތަކެއް އަޅުގަނޑުގެ އަތުގާ އެބަހުރި.
(ސިޓީތައް ދައްކަވާލެއްވި)
މިއީ މިވާހަކަތަކުގެ ކަންބޮޑުވުމައިގެން ދިވެހި ތުއްތު ކުދިން އަޅުގަނޑަށް ލިޔެފާހުރި ސިޓީ. އެކުދިންވެސް ހެދި ބޮޑުވެ ހަޔާތުގެ އުންމީދުތައް ފުރިހަމަ ކުރަން އެދޭ ޤައުމުގެ ނާޒުކު ތިމާވެއްޓާ ގުޅޭ ގޮތުން މިމަޖިލިހަށް ހުށަހަޅައިދިނުން އެދި އަޅުގަނޑަށް ލިޔެފާހުރި ސިޓީ. މިއީ ދުނިޔޭގެ ހުރިހާ ޖީލުގެ ނިދާ. ކަންކޮޅުތަކެއްގެ އަންނަންއޮތް އަޅުގަނޑުމެން .ނޑުމެން އެންމެންވެސް މިއަދު މިއަޑު އަހަންޖެހޭ. ސަލާމަތުގެ އައްސޭރި އަށް ވާސިލުވުމުގެ އުންމީދު އަދިމުޅިން ގެއްލިއެއް ނުދޭ. މޫސުމަށް އަންނަ ބަދަލުތަކާ ގުޅޭގޮތުން ޢަމަލު ކުރަމުން އަންނަ ދުވަސްވީ ސިޔާސަތުތަކަށް އިންގިލާބީ ބަދަލެއް ގެނައުން ވަރަށް މުހިންމު.
19:54
ރައީސް ސޯލިހް: މިދިޔަ 5 އަހަރަކީ 19 ވަނަ ޤަރުނުގެ މެދުތެރެއިން ފެށިގެން މިހާތަނަށް ދުނިޔެ ތަހަންމަލުކުރި އެންމެ ހޫނުގަދަ 5 އަހަރު. 1901 ން 1970 އާ ދެމެދަށް އަޅާބަލާއިރު ކަނޑުގެ ލޮނުގަނޑު އުފުލޭ ނިސްބަތް 3 ގުނަ އިތުރުވެއްޖެ. އެހެންކަމެއެވެ. އަދި ދުނިޔޭގެ ހޫނުމިނުން 1.1 ޑިގްރީ ސެލްސިއަސް އުފުލިއްޖެ. ކުރަން ޖެހުނު ކަންކަން ނުކޮށް ތިބުމުގެ ސަބަބުން އެއްވެސް ކަމެއް ދެން އިތުރަށް މާދަމައަށް ލަސްކުރެވެން ނެތްކަމުގެ ބިރުވެރި ޚަބަރު. ދުނިޔެ ހޫނުވުން 1.5 ޑިގްރީ ސެލްސިއަސް ގާ ހިފެހެއްޓުމަށްޓަކާ މިހާރު ޖައްވަށް ބޭރުކުރާ ގަނދަބުޅީގެ މިންވަރު 2030 އާ ހަމައަށް 45 އިންސައްތަ ދަށްކުރަންޖެހޭ މިއަމާޒަށް ވާޞިލުވެވޭނީ 2050 ގެ ނިޔަލަށް މުޅި ދުނިޔެ ނެޓްޒީރޯ ހާޞިލުކޮށްގެން. އިންސާނީ ނަސްލު ނެތިދިއުން ނުވަތަ މާހައުލީ ނިޒާމަށް ނިޒާމަށް އަންނަ ބަދަލުން ހާލަތު ނާޒުކުވުން މިއީ އިވޭ އަޑެއް. އަތުރާލެވޭ ބަސްތަކެއް. ގެއްލިދިއުން ނުވަތަ ރެފިއުޖީންނަށް ބަދަލުވުން ނޫނީ އަމިއްލަވަންތަކަން ނެތިދިއުން. މިފަދަ ބަސްމަގަކީ ރާއްޖެއާ ރާއްޖެފަދަ ނާޒުކު ތިމާވެށި ލިބިފައިވާ ޤައުމުތަކުގެ ފަހުމަރުހަލާ ސިފަކޮށްދޭ ގޮތް.
19:54
Bodethi Massalathakugai Mulhi Dhuniye Ehthanvaan Jehey: Raeeshttps://t.co/793XQVOGIn
— Vaguthu Online (@VaguthuOnline) September 21, 2021
19:51
ރައީސް ސޯލިހް: ކޯވިޑް-19 ގެ ބަލިމަޑުކަމުން އަރައިގަތުމަށްޓަކާ ހަމައެކަނި ބަލި ފެތުރުން މައިތިރި ކުރުމަކުން ނުނިމޭނެ. އިޤްތިޞާދާ ފަރުދުންގެ ދިރިއުޅުން އަލުން އާރާސްތުކުރާނެ މަގެއް ހޯދުން މުހިންމު. ޢާންމު ހާލަތަށް އަލުން ރުޖޫޢަވުން އެހާމެ ބޭނުންތެރި.
19:51
ރައީސް ސޯލިހް: މިބަލިމަޑުކަމާ ކުރިމަތިލުމަށް އަޅުގަނޑުމެން ފަށަންޖެހުނީ ސުމަކުން. އޭރުއަދި ވެކްސިން އޮތީ ހަމައެކަނި ދެކޭހުވަފެނެއްގެ ގޮތުގަ. މިބަލިމަޑުކަމުގެ ތެރޭން މިހިސާބަށް އާދެވެންދެން އަޅުގަނޑުމެން ކަށަވަރުކުރި ވަކި ކަންތައްތަކެއް ހުރި. އެއީ ކަމާބެހޭ ޞިއްހީ މާހިރުންގެ ލަފައާއި އިރުޝާދުގެ މަތީގާ ދެމިތިބުން. މުވައްޒަފުންނާ މުއައްސަސާތަކާ ވޮލަންޓިއަރުންގެ ސަފުތައް ރުކުރުވާލުން. ކާޑާ، ބޭހާ، ތެލާ، އެނޫންވެސް ޒަރޫރީ ތަކެތީގެ ސްޓޮކް ގުދަން ކުރުން. ނަތީޖާއެއްގެ ގޮތުން އެދުވަހު ޤައުމުލީ ފުންނޭވާއަށް މިވަގުތު ވަނީ ހަމަޖެހުމެއް ލިބިފަ. އަޅުގަނޑު މިއަދު މިތާހުރެ މިވާހަކަ ދައްކާއިރު ވެކްސިން ޖެހޭ ޢުމުރުފުރާގެ 95 އިންސައްތަ އަށްވުރެ ގިނަ ކިޔަވާ ކުދިންގެ ވެކްސިން ފުރިހަމަ ވެއްޖެ. އަދި ރާއްޖޭގާ ދިރިއުޅޭ އާބާދީގެ 85 އިންސައްތަ އަށްވުރެ ގިނަ މީހުން ވެކްސިން ފުރިހަމަކޮށްފި. ސްކޫލްތައް ފެށިއްޖެ. ވިޔަފާރިތައް ހިނގައިގެންފި. ބޯޑަރާއި ރިޒޯޓުތައް ހުޅުވިއްޖެ. ރާއްޖެއޮތީ ދުނިޔެއަށް މަރުހަބާ ކިއުމަށް ޒީނަތްވެ ތައްޔާރަށް. ވަޑައިގަންނަވާ.
19:48
ރައީސް ސޯލިހް: މުޅިދުނިޔެ ތަހައްމަލުކުރަން ޖެހުނު ކޯވިޑް-19 ގެ ބަލިމަޑުކަމަކީ ދިވެހިރާއްޖެ ދުށް އެންމެ ބޮޑު ގޮންޖެހު އަޅުގަނޑުމެންގެ އިޤްތިޞާދުގެ ނާރެސް ބަރޯސާވަނީ ފަތުރުވެރިކަމަށް. ކާބޯތަކެއްޗާ، ބޭހާ އަދި ބޯހިޔާވަހިކަމަށް ބޭނުންވާތަކެތި ޖެހެނީ ބޭރުން ގެންނަން. ރާއްޖޭގެ ބޯޑަރުތައް ބަންދުކުރުމާއެކު ފޫނުބެއްދޭވަރުގެ ގެއްލުންތަކެއް ތަހައްމަލްކުރަން ޖެހުނު. ފަތުވެރިކަން މުޅިން ހުއްޓުނު. ބޭރު ފައިސާ ލިބުން ދަތިވެ. ވިޔަފާރިތައް ހުއްޓުމަކަށް އައި. ފުރަބަންދުގެ ސަބަބުން ރައްޔިތުންގެ އިޖްތިމާއީ ދުޅަހެޔޮކަން އެނދުމަތިވި. ދެލޯ ނޭދިއެދޭ އަޅުގަނޑުމެންގެ ދަރީންގެ ތަޢުލީމު އަހަރުތަކަކަށް ފަހަތަށް ޖެހުނު. މިކަންކަމާ ކުރިމަތިލުމުގާ އިހަށް ވިސްނަން ޖެހުނީ، މިކަމުގާ ވިސްނަންވީ ގޮތަކީ ކޮބައިތޯ؟ ބޯޑަރުތައް ބަންދުކުރީ ހިތާ ޒަމީރު ރުހިގެންނެއް ނޫން.
19:47
Raajjeyge 85% Meehun Vaccine Furihama Koffihttps://t.co/xGNKX7jN0H
— Vaguthu Online (@VaguthuOnline) September 21, 2021
19:47
ރައީސް ސޯލިހް: ދުނިޔޭގެ އާބާދީ އިތުރުވެ މީސްގިނަވަމުންދާއިރު، ބަލިމަޑު ކަމާއި ހައިހޫނުކަމުން އުފައްދާ ބަނަވިލާތައް ބެހިގެނެއް ނުދޭ. އަދި އެންމެ ބޮޑުބެރުގެ ގޮތުގަ އޮތް ބިރުވެރިކަން އިތުރަށްދަނީ ބޮޑުވަމުން. ޓެރަރިޒަމްއަކީ އެންމެ ބޮޑު އެއް ގޮންޖެހުން. މިދެންނެވީ އިންސާނީ ހަޔާތުގެ ރީތިތަސްވީރުގެ ނުފުށުން ފެންނަ މިއަދުގެ މަންޒަރު.
19:46
ރައީސް ސޯލިހް: ފާއިތުވި 76 އަހަރުގެ ތެރޭގާ ކޮންމެ އަހަރަކު މިޢިއްޒަތްތެރި މަޖިލިސް އެއްތަންވި. ބައިނަލް އަޤުވާމީ މުޖުތަމަޢަށް ކުރިމަތިވި އެތަކެއް މައްސަލަތަކާ މެދު ބަހުސްކޮށް ގޮތްތައް ނިންމުނު. ހައްލު ހޯދުމުގެ އެތަކެއް މަރުހަލާ ކަޑައްތުކުރެވިއްޖެ. އެހެން ނަމަވެސް ކޯވިޑް 19 ގެ ޢާލަމީ ބަލިމަޑުކަން މިވަނީ މުޅިއިންސާނިއްޔަތު ފަހަށް ޖައްސާފަ. މޫސުމަށް އަންނަ ބަދަލުތަކުން ކުރިމަތިވާ މައްސަލަތައް ދަނީ ގިނަވެ ބޮޑުވަމުން.
19:45
ރައީސް ސޯލިހް: ޢިއްޒަތްތެރި ރައީސް މަނިކުފާނުގެ ރިޔާސަތަށް ޕްރެޒިޑެންސް އޮފް ހޯޕް ނުވަތަ އުންމީދީ ރިޔާސަތުގެ ނަމުން ނަންދެއްވީތީ އުފާކުރަން. އިންސާނުން ތަހަންމަލު ކުރަމުންދާ ތަކުލީފާއި، ކުރިމަތިވެފައިވާ ގޮންޖެހުންތަކުން މިންޖުވުމަށް އޮތް ފުރަތަމަ ފަރުވާއަކީ އެކަމަށްކުރާ އުންމީދު. އދ.ގެ އުފެދުމުގާވެސް ވަނީ އުންމީދު. ހަނގުރާމައާއި، ހައިހޫނުކަން ނެތް ދުނިޔެއަކަށް، އޭރުކުރި އުންމީދު. ހަމަހަމަކަން ދުނިޔެއަށް ފަތުރާލުމަށް ކުރި އުންމީދު. އިންސާފާ އިންސާނީ ޤަދަރާ ކަރާމާތާ ޑިމޮކްރަސީއަށްކުރި އުންމީދު. އިސްތިޢުމާރީ އަޅުވެތިކަމުން ވީއްލި، އެބައެއްގެ ގޮތް އެބަޔަކު ނިންމާ، މިނިވަން ކަމާއެކު އިޚްތިޔާރު ކުރުމުގެ ހައްޤު ލިބިގަތުމުގެ އުންމީދު.
19:44
ރައީސް ސޯލިހް: މިނިވަން ދައުލަތެއްގެ މަގާމު، ޖަޒީރާ ރާއްޖެއަށް ލިބުނީ މީގެ 56 އަހަރު ކުރިން. ރާއްޖެއަށް އދ.ގެ މެމްބަރުކަން ދިނުމާމެދު ބާރުގަދަ ބޮޑެތި ޤައުމުތަކުގެ ރައުޔަކީ އެދުވަހު ދިވެހިންނާ ކުރިމަތިވި އެންމެ ބޮޑު އެއްސުވާލު. ބައިނަލް އަޤްވާމީ މަސްރަހުގާ ބަސްބުނުމުގެ ޤާބިލިއްޔަތު އަދި އެކަމުގެކުފޫ އަޅުގަނޑުމެންގެ ކިބައިގާ ހަމަވޭތޯ، ނުވަތަ ނޫންތޯ އޮތް ސުވާލު. އޭގެ 56 އަހަރުފަހުން މިއަދު ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާގެ ގޮތުގާ މިމަޖިލީހުގެ ރިޔާސަތާ މުޚާތަބްކޮށް އަޅުގަނޑު ވާހަކަ މިދައްކަނީ ދިވެހިންގެ މާދަރީ ބަހުން. ދިވެހީންނަށް އަސަރުގަދަ އަދި އެންމެފޮނި ބަހަކަށްވި ދިވެހިބަހުން. މި މަޖިލީހުގެ ރިޔާސަތަށް އެންމެފަހި، ފަސޭހަ އަދި ފަރިތަ ބަހުން. މިއީ ޤައުމު ކުޑަޔަސް ދިވެހިން ކުޑަ ނޫންކަމަށް މުޅިދުނިޔެ ހެކިވާ ވަގުތު.
19:41
ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް އދ.ގެ އާއްމު މަޖިލީހުގައި ތަގުރީރު ކުރައްވަން ފައްޓަވައިފި. އެމަނިކުފާނު ވާހަކަފުޅު ދައްކަވަނީ ދިވެހިބަހުން.
19:36
ބައިޑެންގެ ވާހަކަފުޅު ނިންމަވާލައްވައިފި. ދެން ވާހަކަފުޅު ދައްކަވަނީ ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް. އެމަނިކުފާނު ވާހަކަފުޅު ދައްޓަވަނީ ފަސް މިނެޓް ފަހުން.
19:34
އާއްމު މަޖިލީހުގައި ކޮންމެ ގައުމެއްގެ ވެރިއަކަށް ވެސް ވާހަކަ ދައްކަވަން ލިބެނީ 15 މިނެޓްގެ ވަގުތެއް. ނަމަވެސް އެމެރިކާގެ ރައީސް ބައިޑެން ވާހަކަދައްކަވާތާ މިހާރު 30 ވަރަކަށް މިނެޓް ވެއްޖެ.
19:27
ބައިޑެން: ފަލަސްތީންގެ މައްސަލައަށް ހައްލެއް ގެނައުމަށް ކުރެވޭ އުއްމީދުތައް އަދި ނެތިގެނެއް ނުދޭ. ސުލްހަވެރި ހައްލެއް ގެނެވޭނެ ކަމުގެ އުއްމީދު އަދިވެސް އަޅުގަނޑަށް އެބައޮތް.
19:17
ބައިޑެން: މަސައްކަތްތެރިންގެ ހައްގުތައް ކަށަވަރު ކޮށްދިނުމަކީ ކޮންމެހެން ކުރަން ޖެހިފައި އޮތްކަމެއް.
19:13
19:11
ބައިޑެން: ވަޒަނާއި، ބޮމުން ކޮވިޑްގެ ނުރައްކަލުން ސަލާމަތެއް ނުވެވޭނެ. ކޮވިޑާޢި ދެކޮޅަށް ކުރެވެން ހުރި މަސައްކަތްތައް އެއްވެސް ލަސްކުރުމެއް ނެތި ކުރަން ޖެހޭ.
19:10
ބައިޑެން: އެމެރިކާ އިން އެމެރިކާގެ ދިފާއުގައި މަސައްކަތް ކުރާނަން. ނިރުބަވެރިކަމާއި ދެކޮޅަށް މަސައްކަތް ކުރާނަން. އެމެރިކާގެ އަސްކަރީ ބާރަކީ އެންމެ ފަހުން ބޭނުން ކުރަން އޮތް ބާރު. އެބާރު ބޭނުން ނުކޮށް ކުރެވެން ހުރި ހުރިހާ ކަމެއް ކުރާނަން.
19:09
ބައިޑެން: ކާމިޔާބު ލިބޭނީ އެންމެން އެކުގައި މަސައްކަތް ކޮށްގެން. ނޭޓޯގެ ބައިވެރިންނާއިއެކު ވެސް ނުރައްކާތަކާއި ދެކޮޅަށް ގުޅިގެން މަސައްކަތް ކުރާނަން. އީޔޫ އާއިއެކު ކުރަމުންދާ މަސައްކަތް އިތުރަށް ހަރުދަނާ ކުރާނަން. އޮސްޓްރޭލިއާ، އިންޑިއާ އަދި ޖަޕާން ފަދަ ގައުމުތަކާއިއެކު އޮތް ގުޅުން ބަދަހިކުރާނަން. އާޝިއާންގެ ގައުމުތަކާއިއެކު ވެސް މަސައްކަތް ކުރާނަން.
19:05
އެމެރިކާގެ ރައީސް ޖޯއީ ބައިޑެން ވާހަކަ ދައްކަވަނީ.
18:58
“I am truly humbled & deeply proud to stand as a small islander at this great podium on behalf of our people. Our country may be small, but today we are mighty; today we stand with giants.
Thank you to President @ibusolih & all Maldivians for your support” pic.twitter.com/G5MArodZaS
— Abdulla Shahid (@abdulla_shahid) September 21, 2021
18:53
A very proud day for the #Maldives. #UNGA #PresidencyOfHope pic.twitter.com/HHqOrp8u6p
— Shauna Aminath 🎈❓ (@anuahsa) September 21, 2021
18:45
މިހާރު ވާހަކަ ދައްކަވަނީ ބްރެޒިލްގެ ރައީސް.
18:32
ޝާހިދު ވަނީ އދ. ގެ ސެކްރެޓަރީ ޖެނެރަލް އާ އެކީގައި މަޝްވަރާ ކުރައްވަން ތައްޔާރަށް ހުންނެވި ކަމަށް ވިދާޅުވެފައި. އަދި ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ރައްޔިތުން އޭނާއާ މެދުގައި ކުރި އިތުބާރަށް ވެސް ޝުކުރު އަދާކުރެއްވި.
18:31
ޝާހިދު ވަނީ އދ. ގެ އާންމު މަޖިލިހުގެ ޖަލްސާ އަށް ވަޑައިގެންނެވި ހުރިހާ ބޭފުޅުންނަށް މަރުހަބާ ދަންނަވާފައި.
18:30
އދ. ގެ އާންމު މަޖިލިހުގެ ރައީސް ޝާހިދު ވާހަކަ ދައްކަވަން ފައްޓަވައިފި.
18:29
އދ. ގެ ސެކްރެޓަރީ ޖެނެރަލް ދެންމެ ވާހަކަ ދައްކަވައި ނިންމަވާލައްވައިފި.
18:17
އދ. ގެ 76 ވަނަ މަޖިލިހުގެ ރިޔާސަތުގައި އިންނެވީ ރާއްޖޭގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު. މިއީ އޭނާ ރިޔާސަތުގައި އިންނަވާ ފުރަތަމަ ފަހަރު.
18:14
އދ. ގެ އާންމު މަޖިލިހުގެ ޖަލްސާ ވަނީ ވަނީ ފަށާފައި.
އދ. ގެ އާންމު މަޖިލީހުގެ ޖަލްސާގައި ގައުމުތަކުގެ ވެރިން މިއަދު ތަގުރީރު ކުރައްވާ އިރު، މިއީ ރާއްޖެ އަށް ތާރީހީ ދުވަހެކެވެ. އެންމެ ބޮޑު ޝަރަފަކާއި ގަދަރެއް ލިބިވަޑައިގަންނަވާނެ އެއް ދިވެއްސަކީ އދ. ގެ 76 ވަނަ މަޖިލިހުގެ ރައީސް ކަން ކުރައްވާ ރާއްޖޭގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދެވެ. މިއީ ދިވެހި ތާރީހުގައި އެއްވެސް ދިވެއްސަކަށް ލިބުނު ފުރުސަތެއް ނޫނެވެ. ދުނިޔޭގެ 193 ގައުމުގެ ތެރެއިން މިހާތަނަށް މި ފުރުސަތު ލިބުނީ 74 ގައުމަށެވެ. މިއީ ކުދި ޖަޒީރާ ރަށްތަކެއްގެ މައްޗަށް އެކުލެވޭ މި ކުޑަކުޑަ ރާއްޖޭގެ ހައިބަތު ދައްކުވައިދޭނެ ކަމެކެވެ.
އދ.ގެ އާންމު މަޖިލީހުގެ ޖަލްސާގައި ރާއްޖޭގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ތަގުރީރު ކުރައްވާނީ މިރޭ 18:00 އާއި 19:00 އާ ދޭތެރޭގެ ވަގުތެއްގައި ކަމަށް ބެލެވެއެވެ. ރައީސް ވާހަކަފުޅު ދައްކަވާނީ ތިން ވަނަ އަށެވެ. އދ. ގެ އުސޫލު އޮންނަ ގޮތުން އެ ޖަލްސާގައި އެންމެ ފުރަތަމަ އަބަދުވެސް ވާހަކަ ދައްކާނީ ބްރެޒިލްގެ ފަރާތުންނެވެ. އެއީ އދ. ގެ އާންމު މަޖިލީހުގެ ފުރަތަމަ ޖަލްސާގައި ވާހަކަ ދެއްކީ ބްރިޒިލްގެ ފަރާތުން ކަމަށް ވާތީ އަމަލުކުރާ ސަގާފަތެއްގެ ތެރެއިންނެވެ. ދެވަނަ އަށް އަބަދުވެސް ތަގުރީރު ކުރަނީ އެމެރިކާގެ ފަރާތުންނެވެ.
ރައީސް ސޯލިހަށް ތަގްރީރު ކުރެއްވުމުގެ ފުރުސަތު ތިން ވަނަ އަށް ލިބެނީ އދ. ގެ މަޖިލީހުގެ ރައީސް ނުވަތަ ޖަލްސާގެ ރިޔާސަތު ބަަލަހައްޓާ ގައުމަކީ ރާއްޖެ ކަމަށްވާތީއެވެ.
މި އުސޫލުން އެންމެ ފުރަތަމަ ތަގްރީރު ކުރައްވާނީ ބްރެޒިލްގެ ރައީސް ޖައެތް ބޮލްސޮނާރޯއެވެ. އޭނާ އަށް ފަހު ދެން ތަގުރީރު ކުރައްވާނީ އެމެރިކާގެ ރައީސް ޖޯ ބައިޑެންއެވެ. އެއަށްފަހު ދެން ތަގުރީރު ކުރައްވާނީ ރައީސް ސޯލިހްއެވެ. އެމަނިކުފާނު ދިވެހި ބަހުން ތަގްރީރު ދެއްވުމަށް ހަމަޖެހިފައިވާ އިރު، ގިނަ ދިވެހިންގެ ލޯތައް މިހާރު އަމާޒުވެފައި ވަނީ މި ބައްދަލުވުމަށެވެ.
މިއީ ރައީސް ސޯލިހް އދ. ގެ އާންމު މަޖިލިހުގައި ތަގްރީރު ކުރައްވާ ދެ ވަނަ ފަހަރެވެ.
REPORT| Raees Ge Dhathurufulhaa Eku Raajje Emme Uhuga Vidhaalaane! https://t.co/cqpG2jdWLH
— Vaguthu Online (@VaguthuOnline) September 21, 2021
Raees Solih UN Gai Thagreer Kurahvaanee Biden Ah Fahu https://t.co/Vml6GJK0En
— Vaguthu Online (@VaguthuOnline) September 21, 2021
އދ. ގެ މަޖިލީހުގެ 76 ވަނަ ސެޝަންގެ ރައީސަކަށް މިދިޔަ ޖޫން 7 ވަނަ ދުވަހު ޝާހިދު އިންތިހާބު ކުރީ 143 ވޯޓު ލިބިގެންނެވެ. ޝާހިދާ ވާދަކުރެއްވީ އަފްޣާނިސްތާނުގެ ކުރީގެ ފޮރިން މިނިސްޓަރު ޑރ. ރަލްމައި ރަސޫލް އެވެ. އޭނާ އަށް ލިބިވަޑައިގަތީ 48 ވޯޓެވެ.
ވަގުތު ހާދަ ވަރެއް ތިވަނީ ލޮލް
އަދީބު އަތުން ރައީސް ފައިސާ ނެންގެވި ކަމަށް ބުނާ މައްސަލަ ބަލަން އިިދިކޮޅުން ގޮވާލައިފި ނަމަ އެކަން ޖެހޭނެއޭ ޑެޑް ސީރިއަސް ކަމެއްގެ ގޮތުގައި ބަލަން އަލީ ވަހީދު ބުނީ މިސަރުކާރުން ހިންގި ވަން އެން އޮންލީ ޕްރޮޖެކްޓަކީ އެއީ އައިޖީއެމްއެޗް ގާތު ޓެކްސީ ސްޓޭންޑެއް ހުޅުވުމޭ ހާއްހަހާހާހާ ހާހާހާހާ ހާހާހާހާ ތަމެންގެ ކައްޕަޅި ސަރުކާރަށް ދެން ކިހިނެއްތޭ ބްރިޖް އެއީ ކޯއްޗެއްކަން ވެސް ނުދަންނަ ކަނޑުކޮސް އިންޑިއާ ލައްވާ ޑީޕް ބްލޫ ސީ ގައި ބްރިޖް އެޅޭނީ ތަމެން ދެން ދަގަ އިހު އުޅުނު ގޮތަށް ކަޅު ކަނޑިކި އަނދެގެން ވަލަށް ދަރުހޮވަން ދަގަ ދަގަ ދަގަ ދަގަ ދަރުހޮވަން ދަރުހޮވާދޯ
ނޮޓް އިންޓްރެސްޓް... ތިޔައީ މާކުރިން ކޮށްފައޮތްކަމެއް. 35 މިލިޔަންގެ ވާހަކަ މާމާމާމާމާމާ މުހިންމު.
ޥަގެއް ވަގެއް ކާކުކަމެއްނޭގޭ ދިރުވާލީ ކަޅުދަބަހެއް މަންޒަރުކުލަނުވާތީފެއްނަނީހުދުކުލައެއްއޭރު މިހާރުއެކުލަވަމުންއައްނަނީސާފުވާވަރައް
ރައީސް ސްޕީޗްގެ ވަރަށް މުހިއްމު ތަންކޮޅެއް ނުބައިކޮށް ތަރުޖަމައު ކުރުމުން އަސްލު ނެންގެވި ޕޮއިންޓްގައި އެހާ ބާރެއްނެތް.
އެމަނިކުފާނު ވިދާޅުވީ ރާއްޖެކަހަލަ ކުޑަގަައުމެއް އދގެ ހުރިހާ ގުނަވަނަކުން ބަލައިގަތް އިރު ކީއްވެތޯ ފަލަސްތީން ކަހަލަ މިލިއަނުން އާބާދީ އޮތް ގައުމެއް ބަލައިނުގަނެ އޮތީ ؟
ދިވެހިބަހުން ހަރުކަށި ....އިނގިރޭސި ތަރުޖަމާ ބިރުން ހުންއައިސްސަ