ވައްކަމުގެ މައްސަލައެއްގެ ތަހުގީގަށް ބިދޭސީއަކު ހާޒިރުކުރުމަށް ފުލުހުން އިއުލާން ކޮށްފިއެވެ.
ފުލުހުންގެ ވެބްސައިޓްގައި ޝާއިއު ކޮށްފައިވާ އިއުލާނުގައިވާ ގޮތުން އެ މީހާ ހޯދަން އިއުލާނުކޮށްފައި ވަނީ އުޅޭ ވަކިތަނެއް ނޭނގުމުގެ ސަބަބުން ތަހުގީގަށް ހާޒިރުވުމަށް ޗިޓް ރައްދުކުރެވިފައިނުވާތީ އާއި ސްޕޮންސަރއަށް އުޅޭ ވަކިތަނެއް އެނގިފައިނުވާތީއެވެ.
ފުލުހުން ހޯދަން އިއުލާން ކުރި މީހަކީ ތަންވިރު އިސްލާމް/ބަންގްލަދޭޝްއެވެ. އޭނާގެ ޕާސްޕޯޓް ނަންބަރު އަކީ BJ0629893 އެވެ.
ފުލުހުންގެ އެ އިއުލާނުގައިވާވޮގޮތުން އޭނާ ހާޒިރުވާންޖެހޭ ތަނަކީ ހުޅުމާލެ ޕޮލިސް ސްޓޭޝަނަށެވެ.
ފުލުހުން ވިދާޅުވި ގޮތުގައި އޭނާ ހާޒިރު ކުރަން ޖެހެނީ މި މަހުގެ 28 ވަނަ ދުވަހުގެ ހެނދުނު 10:00 އަށެވެ.
އެ މީހާގެ އެއްވެސް މައުލޫމަަތެއް ލިބިފައިވާނަމަ ހުޅުމާލެ ޕޮލިސް ނަންބަރު 9790089 އަށް ގުޅައި އެ މައުލޫމާތެއް ޚިއްސާ ކުރުމަށް ފުލުހުން އެދިފައިވެއެވެ.
މީނައާ ވައްތަރު މީހެއް މަޖީއްދިއްޔާ އެނެކްސް ފާކިންޒޯން ތެރެއިންނާއި ދިވެހިބަހުގެ އެކަޑަމީ ކައިރިން ދުށިން
ރަނގަޅަށްވިއްޔާ މިހާރު މީނަހުންނާނީ ރާއްޖެއިން ބޭރުގަ.