ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދާ ގުޅޭ ގޮތުން ޝަކުވާ ކުރައްވަން ރައީސް އިބްރާހީމް މުހައްމަދު ސޯލިހްގެ އަރިހަށް ވަޑައިގަތީ ރައީސް އޮފީހުގެ ޗީފް އޮފް ސްޓާފްސް އަލީ ޒާހިރު އަންގަވައިގެން ކަމަށް އެ މިނިސްޓްރީގެ އެގްޒެކެޓިވް ޑިރެކްޓަރު އަލީ ހާޝިމް (ސްމިތް) ވިދާޅުވެއްޖެއެވެ.
ކްލަބް ހައުސްގައި ރޭ ކުރިއަށް ދިޔަ ފޯރަމެއްގައި ބައިވެރިވެވަޑައިގެން ސްމިތް ވިދާޅުވީ އަލީ ވަހީދުގެ ޝަކުވާ ހިފައިގެން ރައީސްގެ އަރިހަށް ވަޑައިގަތީ ސްމިތް ހިމެނިވަޑައިގަންނަވާ ގޮތަށް 12 މީހަކު ކަމަށެވެ. އެއީ މިނިސްޓްރީގެ އަށް ފިރިހެނުންނާއި ހަތަރު އަންހެނުން ކަމަށެވެ.
ސްމިތު ވިދާޅުވި ގޮތުގައި އެ ތަނަށް އޭނާ ދިޔައީ ވަކި ޝަކުވާ ކުރަން ނޫން ކަމަށާއި އަލީ ޒާހިރުގެ އެންގެވުމަށް ވަޑައިގަތީ ކަމަށެވެ. އަދި އެ ތަނަށް ވަޑައިގަތް ހަތަރު އަންހެނުންގެ ތެރެއިން އެކަކީ މިހާރުގެ ޖެންޑާ މިނިސްޓަރު އައިޝަތު މުހައްމަދު ދީދީ ކަމަށް ސްމިތް ވިދާޅުވެއެވެ.
ސްމިތް ވިދާޅުވީ އެ ދުވަހުގެ ކުރިއަށް އަލީ ވަހީދާ ގުޅޭ ގޮތުން އެފަދަ ވާހަކައެއް އަޑު އަހާފައި ނުވާ ކަމަށެވެ. އަދި އެފަދަ މަންޒަރެއް ވެސް މީގެ ކުރިން ޓޫރިޒަމް މިނިސްޓްރީ ތެރެއިން ނުފެންނަ ކަމަށެވެ.
ސްމިތް މާ ގިނަ ވާހަކަތަކެއް ނުދައްކައި ފަހުން އެ ފޯރަމް ދޫކުރައްވައި ވަޑައިގަތެވެ. "ވަގުތު" އަށް އެނގިފައިވާ ގޮތުގައި ސްމިތް އެ ވާހަކަ ދައްކަވަނިކޮށް ސަރުކާރުގެ އިސް ބޭފުޅަކު ގުޅުއްވައި ފާބަން އެންގުމުން ކަމަށެވެ.
އެ ފޯރަމްގައި އާންމުންގެ ގިނަ ބަޔަކު ސްމިތްއާ ސުވާލު ކުރަން ފެށުމުން އޭނާ ވިދާޅުވީ އިތުރު ވާހަކަ ދެއްކެން އޮތީ ދެން ޝަރީއަތުގެ މަޖިލީހުގައި ކަމަށެވެ.
ސްމިތް މި ގޮތަށް ވާހަކަ ދައްކަވާފައި މި ވަނީ، އަލީ ވަހީދު ރޭ ނޫސްވެރިންގެ ބައްދަލުވުމެއް ބާއްވައި ރައީސް އޮފީހަށް ވާހަކަތައް ހިފައިގެން ދިޔައީ ގިނައިން ފިރިހެނުން ކަމަށް ވިދާޅުވެފައިވަނިކޮށެވެ. އަލީ ވަހީދަށް ކުރާ ޖިންސީ ކުށުގެ ތުހުމަތުތަކަށް އޭނާ އިންކާރު ކުރައްވައެވެ.
މީގެ ކުރިން އަޑު ފެތުރިފައި އޮތް ގޮތަކީ ވެސް އަލީ ވަހީދުގެ ޝަކުވާ ހިފައިގެން ޖެންޑާ މިނިސްޓަރާއެކު ރައީސްއާ ބައްދަލު ކުރައްވަން ވަޑައިގަތީ 15 އަންހެނުން ކަމަށެވެ.
ސުމިތަކީ ވ ދޮގު ހަދާ މީހެއް، އޭނަ ވ ރަގަޅަށް އިނގޭތީ މިބުނީ!
ވަރަށްދޮގު ހަދާމީހުންވެސް ތެދުހަދާ. އެގޭތީ މިބުނީ.
ސްމިތު ދައްކާ ވާހަކަ ގަބޫލު ނުކުރާނެ އޭނަ އާއިލާ މީހުން ވެސް! މީ ވަރަށް ވާހަކަ!
މިއޮތް ގެން ހާމަވަނީ އެކަން ކުރަން ފުރަތަމަ ރައސް އޮފީހަށް ދިޔަ މީހުންގެ ދުލުން. ސިމްތްގެވެސް އަނގަބަނދު ކުރެވިގެން ނުވާނެ. ކާކުގެ އޯޑަރަކަށް ސިމިތް ފޯރަމް ދޫކޮށްދިޔައީ
ސްމިތު ވިދާޅުވި ގޮތުގައި ރައީސްއޮފީހަށް އޭނާ ދިޔައީ ވަކި ޝަކުވާ ކުރަން ނޫން، އެކަމު އަލީ ވަހީދު ވަކިކުރިދުވަހު އެންމެ ޖޯޝާއި ފޯރީގައި އަލީވަހީދަކީ ޖަނަވާރެއްކަމަށްބުނެ ހަޑިހުތުރު ބަހުރަވައިން އޮފީހެއްގެތެރޭގައި ދެއްކިހާވާހަކަތައްވެސް އެއީ އެކަން ކުރުމުގެ ނިޔަތުގައި ކުރިކަމެއްނޫންތޯ ސުމިތް؟
މިހިރީ ލާދީނީ އެމް ޑީ ޕީ ބޮޑުން ޖުނުބު ވެރި ހިނެއުމަކުން ހިނާގަންނާކަށް ވެސް ނޭންގޭނެތޯއްޗެއް ޝިޓްމިތް
ސުމިތް އެއީދެންކާކު، އުޑެއްބުޑެއްނުަދަންނަ ބޮޑުހަކުރުބޯ ޕާޓޭއެއް، އޭނަހަމައިގަތޯ ބަލާ
ސްމިތް އަކީ ޓްއަރިޒަމް އުން މާސްޓާސް ނަގާހުރި މުޅު ކުއްޖެ
އަލީ ވަހީދުގެ ދުވަސް ދުއްވާލާފަ މިހާރު އެއުޅެނީ އަލީ ޒާހިރުގެ ދުވަސް ދުއްވާލާށެވެ.
ޝަކުވާކުރަން ރައީސް އޮފީހަށް ދާން ސްމިތަށް ނާންގާ ކަމަށް އަލީ ޒާހިރު 7 ހުވާ ނުކުރާނެބާ؟
ދެން ކިނބޫސޯލިހު އެގަބޫލުކުރީނު ދެން އެމީހަކު ބޭނުން ވާގޮތަކައްބުނެފިއްޔާ ގަބޫލުކުރަންވީ ކަލޭމެން މިގައުމު ޔާމީން ރައީސްއާ ހަވާލް ކޮއްބަލަ ގައުމެެއް ބަލންބޭނުންނަމަ