ހުޅުމާލޭ ދެވަނަ ފިޔަވަހީގައި އިމާރާތް ކުރަމުން އަންނަ ޑިންގީ މަރާމާތު ކުރާ ހަޓުގެ މަސައްކަތުގެ ބޮޑުބައި ނިމިއްޖެ ކަމަށް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ބުނެފިއެވެ.

އެޗްޑީސީން ބުނީ، ދެވަނަ ފިޔަވަހީގައި އިމާރާތް ކުރާ ޑިންގީ މަރާމާތު ކުރާ ހަޓުގެ 50 އިންސައްތަ މަސައްކަތް މިހާރު ނިންމާލެވިފައިވާ ކަމަށެވެ. އަދި މިހާރު ކުރިއަށް ދަނީ އެތަން ހިޔާ ކުރުމުގެ މަސައްކަތް ކަމަށް އެޗްޑީސީން ވަނީ ބުނެފައެވެ.

ޑިންގީ މަރާމާތު ކުރާ ހަޓް ނިމުމުން އެފަދަ ކުދި އުޅަނދުތައް މަރާމާތު ކުރުމަށް އެތަން ބޭނުން ކުރެވޭނެ ޖާގަ ލިބިގެން ދާނެ ކަމަށް އެޗްޑީސީން ބުނެފައިވެއެވެ.

މި މަސައްކަތް އެއްކޮށް ނިންމާލެވޭނެ ކަމަށް އެޗްޑީސީން އަންދާޒާ ކޮށްފައިވަނީ އަންނަ މަހުގެ 15 އާއި ހަމައަށެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. މުޙައްމަދު

    މިތަންތަންދޯހަދަންވީ. އެތާ އުޅޭހާ އިސްލާމްތަކުން ނަމާދުކުރަން ތަނެއްހެދިއްޔާ މަހިރެއްނޫން.