ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) ގެ އެކުލެވުން ބަދަލު ކުރަން ޖެހޭ ކަމަށާއި އެ ތަނުގައި ކޮންމެހެން ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ ހައިސިއްޔަތުން އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު އިންނަވާކަށް ނުޖެހޭ ކަމަށް ނަޝީދު ވިދާޅުވެއްޖެއެވެ.

އެމްޑީޕީގެ ގައުމީ މަޖިލީހުގެ ވަޓްސް އެޕް ގްރޫޕްގައި އެމްޑީޕީން ވައުދުވެފައިވާ ގޮތަށް ޖޭއެސްސީ ބަދަލު ކުރަން ޖެހޭ ކަމަށް މީހަކު ފޮނުވާފައިވާ މެސެޖްގެ ރައްދުގައި ނަޝީދު ފޮނުއްވި މެސެޖްގައި ލިޔުއްވާފައިވަނީ އެ ކަން ހަމަ ކުރަންވީ ކަމަށެވެ.

"މާދަމާ ވެސް އިސްލާހެއް ލާންވީ، އެކަމަކު އިސްލާހު ކުރަންވީ ވަކި ގޮތެއް މެނިފެސްޓޯއަކު ނެތް، މެނިފެސްޓޯގައި އޮތީ ބަދަލު ކުރާ ވާހަކަ،" ނަޝީދު ލިޔުއްވާފައިވެއެވެ.

ޖޭއެސްސީ ބަދަލު ކުރުމަކީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހްގެ ރިޔާސީ ވައުދުފުޅެއްކަން ފާހަގަ ކުރައްވައި ނަޝީދު ވިދާޅުވީ ޖޭއެސްސީގެ އެކުލެވުން ބަދަލު ކުރަން ޖެހޭ ކަމަށެވެ. އަދި އެ ކޮމިޝަންގައި އެމަނިކުފާނު އިންނަވަން ނުޖެހޭ ކަމަށެވެ.

"ޖޭއެސްސީ ބަދަލު ކުރަން ޖެހޭނެ، އަޅުގަނޑު އެ ތާ އިންނާކަށް ނުޖެހޭ،" ރާއްޖޭގެ ވެރިކަން ތިން އަހަރެއްހާ ދުވަހު ކުރެއްވި ކުރީގެ ރައީސް ނަޝީދުގެ މެސެޖްގައިވެއެވެ.

ގާނޫނު އަސާސީގައި ޖޭއެސްސީ އޮންނަ ގޮތުން އެ ކޮމިޝަންގައި ސިޔާސީ ބޭފުޅުން ތިއްބަވަން ޖެހެއެވެ. އެހެންވެ އެ ކޮމިޝަން މެދުވެރިކޮށް ސިޔާސީ ނުފޫޒު އަބަދުވެސް ޝަރުއީ ނިޒާމަށް އޮންނަ ކަމަށް ތުހުމަތު ކުރެއެވެ.

އެ ކޮމިޝަންގެ އެކުލެވުން ބަދަލުނުކޮށް ކުރިއަށްދާތީ ސަރުކާރަށާއި އެމްޑީޕީއަށް ގިނަ ފާޑުކިއުންތަކެއް ވެސް އަމާޒުވެފައިވެއެވެ. އެ ކޮމިޝަން މެދުވެރިކޮށް އިދިކޮޅު ލީޑަރު އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ޝަރީއަތަށް ނުފޫޒު ފޯރުވާ ކަމަށް ތުހުމަތު ކުރެއެވެ.

ޖޭއެސްސީގައި މިހާރު އޮންނަނީ އެމްޑީޕީގެ މެޖޯރިޓީއެވެ. މަޖިލީހުގެ ރައީސްގެ ހައިސިއްޔަތުން ނަޝީދު އިންނަވައެވެ. ކޮމިޝަންގެ ރައީސްއަކީ ތުޅާދޫ ދާއިރާގެ އެމްޑީޕީގެ މެންބަރު ހިސާން ހުސައިންއެވެ. ބަންޑާރަ ނައިބު އިބްރާހީމް ރިފްއަތްގެ އިތުރުން ރައީސް އިބްރާހީމް މުހައްމަދު ސޯލިހްގެ މެންބަރެއްގެ ގޮތުގައި މަސްތޫރު ހުސްނީ ވެސް އެ ކޮމިޝަންގައި އިންނަވައެވެ.

ކިޔުންތެރިންގެ ހިޔާލު

15 ކޮމެންޓް

  1. އަހުމަދު

    ނަޝީދު މިގައުމުގެ ސިޔާސީ ދާއިރާއިން އެއްކޮށް ބޭރު ކުރަންޖެހޭ

    48
    4
    • ޓަޓަސް

      ތިކަން ހިޔެން ނުވެ ކުރެވޭނެ ކަމަންހެނެ.

      1
      2
  2. ރަން ރީނދޫ

    ހުރިހާ ކަމެއް ފަޅާ އެރުމުން މާ ރަނގަޅު މީހަކަށް ހެދިގެން އަޅުގަނޑު މަޅުގަނޑޭ މި ކިޔަނީ. މި ކަލޭގެ މި ގައުމުގެ ޖުޑިޝަރީ ފުނޑާލީ. ކޯޓު ތައް ބޭނުން ކޮށްގެން އިންޑިއާގެ ކުންފުނި ތަކަށް ބަދަލު ދިނުމުގެ ބޮޑު ކޮރަޕްޝަން ހިނގީ.

  3. ސސ

    މައްޗަން ގޯޅީ މެދު ދާއިރާގެ މެމްބަރު ރައްޔިތުންގެ މަޖިލިސަށް ހާޒިރު ނުވާތީ އެދާއިރާގެ މެމްބަރުންގެ އަޑު މަޖިލިސްގައި ތަމްސީލް ވަމުން ނުދާތީ ދުސްތޫރި މައްސަލައެއް އުފެދިފައިވާތީ މައްސަލަ ހައްލުކުރަން ޖެހޭ ނުންތޯ ؟

  4. ގލ

    ދެން އެތަނުގައި މަޑިއްޕައިގެން ތި އިންނަނީޔޯ؟

    21
  5. އޭކު ސަވާލް

    އަދި ކިރިޔާތޯ ރޭކާލާވަރުވީ؟

    17
  6. ޓައްޕު

    އުހުން..އެއްގޮތަކަށްވެސް ތިހެން ހައްދަވައިގެން ނުވާނެ..އޭރުން ޕާޓީ ކުދިންކޮޅު ދެރަވާނެ..ތިބޭފުޅާ ވާނެ ހުރިހާ ތަނެއްގަވެސް ހޭކިލަން..މިހާރުވެސް އަނގަ ގަދަކަމުން ނުބެހޭކަ ކަމެއް ނޯވޭ ވިއްޔަ.

    18
  7. ހުސެއިން

    ވާނެ 4 ތިވީމަ ދެން ބަދަލު ކުރިޔަސް ބޭނުން ކަންތައް ވަނީ ވެފަތާ.

    11
    1
  8. ރާއްޖެތެރެ

    ޔާމިނަ 3 ފައްކޮއްފަ ޖޭއެސްސީ ބަދަލުވާނީ ބަލައްޗެ

  9. ސޮއި

    އެމަނިކުފާނުވެސް ކީއްްތޯ ކުރައްވާނީ ތިކަމުގައި. ހަމަގައިމުވެސް ޖސސ ގައި އިންނަން އެމަނިކުުފާނުގެ ހިތާއި ހަށިވެސް ނުރުހޭނެ އަދި އެކަމާއި ކަންބޮޑުވާ ވަރުންް ރަނގަޅަކަށް ނުވއސް ނިދޭނެ.

  10. ޝީޒާ

    ފުރަތަމަ އައުޓް ކުރަންވީ ހިސާން

  11. ގަމާރު

    އަވަހައް އިސްތިއުފާދެއްވަވާ. އަޅުގަނޑުމެންމީގަމާރުންތޯ

  12. އަންނި

    އަޅުގަނޑު ޖަލަށް ނުލިނަމަކާ ޔާމީނު ޖަލަކަށް ނުލީމުސް. އަޅުގަނޑު ބޭނުން ހުރިހާ މީހުން ފަނޑިޔާރުކަމުން ވަކިކޮށް، ބޭނުންވާ މީހުން ފަނޑިޔާރުކަމު ލެވިއްޖެ. ވީމާ ދެން އަޅުގަނޑު ޖޭއެސްއީގައި އިނުމުގެ ބޭނުމެއްނެތް. އެހެންވެ މިބުނީ އަޅުގަނޑު އެތާ އިންނާކަށް ނުޖެހޭނޭ.

  13. ނާދިރާ

    ތަނެއްގާ ކަލޭ ހުރުމަކީވެސް އެތަނެއްގެ ހަލާކު

  14. ރައްޔިތުން

    ދެން މާ ފުއްޕާފަ ގައުމުގެ ހުރިހާކަމަކާ ނުބެހި ތިހުރިތަނެއްގަ ހުރެބަލަ