މާލެ - ވިލިމާލޭ ގައި ހުރި ހައުސިން ޔުނިޓްތައް ސިޓީ ކައުންސިލަށް ނުބެލެހެއްޓި އިހުމާލު ވެފައި ވާތީވެ އެ ހައުސިން ޔުނިޓްތައް ހައުސިންގް މިނިސްޓުރީ ގެ ބެލުމުގެ ދަށަށް ގެނައުމަށް ކެބިނެޓް އިން ރައީސުލް ޖުމްހޫރިއްޔާ އަށް ލަފާ އަރުވައިފައިވާ ކަމަށް ހައުސިންގް މިނިސްޓަރު މުހަންމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ .

މިނިސްޓާރ މިހެން ވިދާޅުވެފައިވަނީ މިއަދު ކުރެއްވި ޓްވީޓެއްގައެވެ.

މިނިސްޓަރު ވިދާޅުވި ގޮތުގައި މާލެ - ވިލިމާލޭ ގައި ހުރި ހައުސިން ޔުނިޓްތައް ބެލެހެއްްޓުމުގައި އަދި އެފުލެޓް ތަކުގަ ދިރި އުޅެމުންދާ ރަތްޔިތުންނަށް ހިދުމަަތް ދިނުމުގަ ސިޓީ ކައުންސިލް އިން އިންތިހާއަށް ވަނީ އިހުމާލުވެފައެވެ.

މިނިސްޓަރު މުއިއްޒު މިހެން ވިދާޅުވިއިރު އެމަނިކުފާނު މީގެ ކުރިންވަނީ މާލެ - ވިލިމާލެ ހައުސިންގް ފުލެޓް ތަކުގެ މައްސަލައިގައި ސިޓީ ކައުންސިލުން އެތަންތަނާމެދު އިހުމާލުވެފައިވާތީވެ ކަންބޮޑުވުން ފާޅުކޮށް ވާހަކަދައްކަވާފައެވެ.

އެގޮތުން ރައީސް އަބްދުﷲ ޔާމީނަށް ތާއީދު ހޯދުމަށް "ގޯއްޗަަށް" މި ނަމުގައި ދާދިފަހުން ކުރިއަށްގެންދިޔަ ޑޯޓުޑޯ ޕްރޮގްރާމްގައި ބައިވެރިވެ ވަޑައިގެންނެވުމަށްފަހު މިނިސްޓަރު މުއިއްޒު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ސިނަމާލެ އާއި މާލޭހިޔާ ފްލެޓްތަކުގެ ރައްޔިތުންގެ އަރިހަށް ޒިޔާރަތް ކުރުމުން އެނގިގެން ދިޔައީ މާލޭ ސިޓީ ކައުންސިލްގެ ބެލުމުގެ ދަށުގައިވާ އެ ފްލެޓުތަކަށް ކައުންސިލުން އިހުމާލުވެފައިވާ މިންވަރު އެނގިގެން ގޮސްފައިވާ ކަމަށެވެ.

އަދި އެމްޑީޕީީގެ ބާރުގެ ދަށުގައި އޮތް ކައުންސިލަކުން ރައްޔިތުންނަށް އެހާ އިހާނެތިކޮށް ކަންތައްތައް ކުރަނީ ކީއްވެތޯ މިނިސްޓަރު މުއިއްޒު ސުވާލު ކުރެއްވިއެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ދާލު

    ޙަމަ ހިނި އަންނަނީ.... މުއިޒް ތި މަގާމުގައި ހުންނަތަން 7 އަހަރު ވީ ... ކުރެވުނު ކަމެއް ނެތް... ކައުންސިލަރުން ސަސްޕެންޓް ކޮށްފަ ދެން މި ކިޔަނީ ކަމެން ނުވިއޭ

  2. ސިނެކް

    ﷲތަޢާލާ ހުރިހާކަމެއްވެސް މޮޅަށްދެނެވޮޑިގަންނަވަނީ

  3. ގާސިމް

    ސިނަމާލެ އާއި މާލޭހިޔާ ފްލެޓްތަކުގެ ރައްޔިތުންގެ އަރިހަށް ޒިޔާރަތް ކުރުމުން އެނގިގެން ދިޔައީ މާލޭ ސިޓީ ކައުންސިލްގެ ބެލުމުގެ ދަށުގައިވާ އެ ފްލެޓުތަކަށް ކައުންސިލުން އިހުމާލުވެފައިވާ މިންވަރު ތާއީދެއްނެތް ކައުންޗިލަރުން ފެއިލް

  4. ގާސިމް

    އެމްޑީޕީީގެ ބާރުގެ ދަށުގައި އޮތް ކައުންސިލަކުން ރައްޔިތުންނަށް ސިޓީ ކައުންސިލުން އިހުމާލުވެފައިވާތީވެ ކަންބޮޑުވުން ފާޅުކޮށް ވާހަކަދައްކަވައިފި