ރާއްޖެއަށް ދެމިނޯވެވުނު ދުނިޔެއަކު ދުނިޔޭގެ ބޮޑެތި ބައްރުތަކުގެ ގައުމުތަކަށް ވަކި އޮވެވޭނެ ކަމުގެ ޔަގީން ކަމެއް ނޯންނާނެ ކަމަށް އދ. ގެ އާންމު މަޖިލީހުގައި ރައީސް އިބްރާހީމް މުހައްމަދު ސޯލިހް މިރޭ ވިދާޅުވެއްޖެއެވެ.

ކުދި ޖަޒީރާތަކުގެ މައްޗަށް އެކުލެވިފައިވާ ރާއްޖޭން ރިޔާސަތު ބެލެހެއްޓެވި ޖަލްސާގައި ރައީސް ވިދާޅުވީ ދުނިޔޭގެ ކޮންމެ ގައުމަކުން ވެސް ގަބޫލު ކުރަން ޖެހޭ ބޮޑު ހަގީގަތެއް އެބަ އޮތް ކަމަށެވެ. އެއީ ކުދި ޖަޒީރާތައް ނެތި ދަނީ މިއަދު ތިމާވެށީގެ ސަބަބުން ކަމުގައިވާނަމަ ބޮޑެތި ބައްރުތަކުގެ ފަހަތުން އެ ސަބަބު މާދަމާ އަންނާނެ ކަމަށް ވެސް ރައީސް ސޯލިހް ވިދާޅުވިއެވެ.

"ދިވެއްސަކަށް ދިރިނޫޅެވި ދިވެހިރާއްޖެއަށް ދެމިނޯވެވުނު ދުނިޔެއަކު އެހެން ގައުމަކަށް ވަކި އޮވެވޭނެ ކަމުގެ ޔަގީން ކަމެއް ނޯންނާނެ. މި ހަގީގަތްތައް ކިޔައިދީފައިވާ މާ ސާފު ސާދާ މައުސޫމް ކަރުދާސްތަކެއް އަޅުގަނޑުގެ އަތުގައި އެބަ ހުރި،" ރައީސްގެ އަތްޕުޅުގައި އޮތް ކަރުދާސްތަކެއް ދިއްކޮށްލަމުން އެމަނިކުފާނު ވިދާޅުވިއެވެ.

ނަވާރަވަނަ ގަރުނުގެ މެދުތެރެއިން މިދިޔަ ފަސް އަހަރަކީ ދުނިޔެ ތަހަންމަލުކުރި އެންމެ ހޫނުގަދަ ފަސް އަހަރު ކަމާއި ކަނޑުގެ ލޮނުގަނޑު އުފުލުނު ނިސްބަތުން ދުނިޔޭގެ ހޫނުމިނުން 1.1 ޑިގްރީ ސެލްސިއަސް އުފުލިއްޖެ ކަން ރައީސް ފާހަގަ ކުރެއްވިއެވެ.

މިފަދަ ރިޕޯޓްތަކުން ފާހަގަވާ އެންމެ ބޮޑު މައްސަލައަކީ އެ ކަންކަން ހައްލު ކުރަން އިންސާނުންނަށް ލިބިދީފައިވާ ވަގުތު ކުޑަތަންވެފައި އޮތް އޮތުން ކަމަށް ރައީސް ވިދާޅުވިއެވެ. އެހެންވެ އެއްވެސް ކަމެއް ކުރަން މާދަމާއަށް ލަސް ކުރެވެން ނެތް ކަމަށް ރައީސް ވިދާޅުވިއެވެ.

"ދުނިޔެ ހޫނުވުން 1.5 ޑިގްރީ ސެލްސިއަސް ގާ ހިފެހެއްޓުމަށްޓަކައި މިހާރު ޖައްވަށް ބޭރުކުރާ ގަނދަބުޅީގެ މިންވަރު 2030 އާ ހަމައަށް 45 އިންސައްތަ ދަށް ކުރަން ޖެހޭ. މި އަމާޒަށް ވާސިލްވެވޭނީ 2050 ގެ ނިޔަލަށް މުޅި ދުނިޔެ ނެޓްޒީރޯ ހާޞިލުކޮށްގެން." މައްސަލަ ހައްލު ކުރުމާ މެދު ރާއްޖޭން ދެކޭ ގޮތް ހާމަ ކުރައްވަމުން ރައީސް ވިދާޅުވިއެވެ.

ރާއްޖެއަކީ މޫސުމަށް އަންނަ ބަދަލުތަކާ ގުޅިގެން ދުނިޔޭގެ ވެއްޓަށް ކުރިމަތިވާ ނޭދެވޭ އަސަރުތަކާ ގުޅޭ ގޮތުން އެންމެ ބޮޑަށް ވަކާލާތު ކުރާ ގައުމެވެ. މީގެ ކުރިން ވެސް ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމްއާއި، ކުރީގެ ރައީސް މުހައްމަދު ނަޝީދުއާއި، ކުރީގެ ރައީސް މުހައްމަދު ވަހީދު ހަސަން މަނިކު ވެސް އޭގެ ސަބަބުން ރާއްޖެއަށް ދިމާވާނެ ނުރައްކާތަކާ މެދު އަޑުއުފުއްލަވައި އެ ކަމަށް މުޅި ދުނިޔެއިން އިޖާބަ ދެއްވަން ގޮވާލައްވާފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ސުންޕާ

    އެ ވިދާޅުވީ ރަގަޅަށް ދުނިޔޭގެ ނިމުން އަންނާނެގޮތުގެ ވާހަކަ. މީއަދި މިހާތަނަށް ނުޖޫމީ އިލްމުްވެރިނަށްވެސް ނޭގޭ ވާހަކަެއެއް. ގަދަ އިގޭ~!

    14
    2
  2. ޢަހު

    ދުނިޔޭގެ ނިމުން އޮތްގޮތް އެނގިގެންތޯ އިސްލާމްދީނަށް ފުރައްސާރަ ކުރާމީހުންނަށް ހިމާޔަތްދެނީ ލާދީނީއްޔަތު ފަތުރަނީ ދުނިޔޭގެ ނިމުން އިނގޭތީތޯ؟ ޞަލަ ދުނިޔެއަށް ފުނުއްވި މަގްސަދު ޙާސިލްނުވެ ދުނިޔެ ދޫކޮށްފި މީހަކަށް ހާދަ ޢަޒާބެއް ވެޔޭ އަހަރެމެން ދުނިޔެއަށް ފުނުއްވީ ﷲ އަށް އަޅުކަން ކޮށް އެކަލާނގެ އެންގެވި ގޮތަށް އުޅެން މިކަން އަހަރެމެންނަށް އެބަ ޙާސިލް ކުރެވޭތޯ؟ ތިހެން އދ ދައްކާ ދަޅަތަކަށް ހެއްލި އިންސާނީ ޙައްގޭ ކިޔާއިރު އެޙައްގު ހޯދަން އޮތީވެސް ﷲ ތަޢާލާ އެންގެވި ގޮތަށް

  3. Anonymous

    މި އިބޫ ސާލިހަކީ ނުލަފާ މީހުންގެ ތެރެއިންވެސް ނުބައިމީހެއް. ދޮގުހެދުމާއި މަކަރުހެދުމާއި އިންތިހާ. އަނިޔާވެރިކަން ހައްދުން ނައްޓާފަ. ޗީފް އޮފް ސްޓާފުކިޔާ ގުންޑާއެއް ލައްވާ ނުކުރުވާކަށް ނުބައިކަމެއް ނެތް. މިބުނި ގުންޑާއަށް އެނގޭނެ ﷲ ތައާލާ އެންމެ ނުރުއްސަވާ އެއްކަންތަކަކީ އަދުލު އިންސާފުން އެއްކިބައިވުންކަން. އެއިލާހުވަނީ އެއިލާހުގެ ޒާތުފުޅުގެ މައްޗަށްވެސް އަނިޔާވެރިކަން ހަރާމް ކުރައްވާފައި.
    މި ގުންޑާ ކަލޭގެއާއި، މިހިރަ ނުކިޔަވާހުރި ޖާހިލު އިބިލީހުގެ ނިމުން އަންނަގޮތް ބަލަން އަހަރެމެން މިތިބީ ކެތްމަދުވެފައި.

  4. ވިސްނާ

    ކަންތައްވާނެގޮތާ، ހިގާނެގޮތްއެއީ ވަކިފަރާތަކުން ނިންމަވާގޮތެއް އެފަރާތުން އެކަންކަންވާނީ
    އޭރުނިންމާފައި ވީމާ، މިކަންކަމަށް ގޮތްކިޔާ މިހެންވާނޭ، އެހެންވާނޭކިޔުއްވާ އިންޒާދިނުމުގެ
    އެއްވެސްގާބިލްކަމެއް އިންސާނުންނަށް ލިބިގެންނުވޭ ވީމާ، ރަށްޔިތުންގެހިތުގައި ބިރުވެރިކަން
    އުފެދޭގޮތަށް އިންޒާރުދެއްވުމުގެބަދަޅު ގައުމާ،ރަށްޔިތުންގެ ސަލާމަތަށްއެދި ﷲގެ ކިބައަށްދުޢާުކުރުމަށް ގޮވާލެއްވިނަމަ ބިރުވެރިކަން އުފެދޭގޮަތަށް އިންޒާރުދެއްވުމަށްވުރެ ރަގަޅު
    ވީސް މުއުމިނުންގެ ހަތިޔާރަކީވެސް ދުޢާ