މާލެ ސިޓީ ކައުންސިލުން ތައްޔާރުކުރަމުންދާ މާލެ ސިޓީގެ ތަރައްގީގެ ޕްލޭނާއި، ބިނާ ވެށި ޕްލޭން ހެދުމަށް ގައުމީ ޔުނިވާސިޓީގެ މުވައްޒަފުންނާއި ދަރިވަރުންގެ ހިޔާލު ހޯދުމަށްޓަކައި މާލެ ސިޓީގެ މޭޔަރ އަދި ކައުންސިލަރުން ޔުނިވާސިޓީއަށް ޒިޔާރާތްކުރުމަށް ނިންމައިފިއެވެ.

ގައުމީ ޔުނިވާސިޓީން ބުނީ މާލެ ސިޓީގެ މޭޔަރ އާއި ކައުންސިލަރުންނާއެކު މި ބައްދަލުވުން ބާއްވަން ހަމަޖެހިފައިވަނީ 23 ސެޕްޓެމްބަރު 2021 ވާ ބުރާސްފަތި ދުވަހު 11:30ން 12:30ށް ގައުމީ ޔުނިވާސިޓީގެ އެފް.އީ އޮޑިޓޯރިއަމްގައި ކަމަށެވެ.

ލާމަރުކަޒީ ގާނޫނުގައި ބުނާގޮތުން ކޮންމެ ކައުންސިލަކުން އެ ކައުންސިލެއްގެެ ސިޓީ ނުވަތަ ރަށުގެ ތަރައްގީގެ ޕްލޭނެއް އެކުލަވާލަން ޖެހެއެވެ. އަދި އެ ޕްލޭން ހަދަން ޖެހެނީ އެ ސިޓީއެއްގެ ނުވަތަ އެ ރަށެއްގެ ރައްޔިތުންނާއި ބައްދަލުކޮށް މަޝްވަރާ ހޯދުމަށް ފަހުގައި ކަމަށް ލާމަރުކަޒީ ގާނޫނުގައި ބުނެފައިވެއެވެ.

ތަރައްގީގެ ޕްލޭން އެކުލަވާލުމުގެ މަސައްކަތުގެ ތެރެއިން މިދިޔަ މަހު މާލެ ސިޓީގެ އަވަށްތަކުގެ ރައްޔިތުންނާއި ވަކިވަކިން ބައްދަލު ކޮށްފައިވެއެވެ. ސިލްސިލާކޮށް، އަވަށްތަކަށް ބަހާލައިގެން ކޮންމެ އަވަށެއްގައި ވަކިން ބައްދަލުވުން ބާއްވަން ކައުންސިލުން ނިންމީ ވީހާވެސް ގިނަ ރައްޔިތުންނަށް އެ ބައްދަލުވުންތަކުގައި ބައިވެރިވެ ޚިޔާލު ފާޅުކުރުމުގެ ފުރުޞަތު ދިނުމުގެ ބޭނުމުގައި ކަމަށް މޭޔަރު ޑރ.މުޙައްމަދު މުޢިއްޒު ވިދާޅުވެފައިވެއެވެ. އެގޮތުން ރައްޔިތުންނާއެކު ބޭއްވުނު ބައްދަލުވުންތަކުގައި މާލެ ސިޓީ ކައުންސިލްގެ މޭޔަރ ޑރ. މުހައްމަދު މުއިއްޒު ވަނީ ސިޓީ ކައުންސިލްގެ ޕްލޭނާއި، 2022 ވަނަ އަހަރުގެ ބަޖެޓުގެ އިތުރުން، މި އަހަރު ބަޖެޓު ކުރެވިފައިވާ މުހިއްމު ކަންކަންވެސް ހުށަހެޅުއްވާފައެވެ.

ކިޔުންތެރިންގެ ހިޔާލު

7 ކޮމެންޓް

  1. އަބުދުﷲ

    މުއީޒު އަޢްވެސް އެނގެންވާނެ ސިޓީ ނުވަތަ ބިޓީ ކައުންސިލް ކިޔަސް ތީ ހަގީގަތުގަ އެއްވެސް އާރެއް ބާރެއް އިޚުތިޔާރެއް އޮތް މަގާމެއް ނޫންކަން . ކުރެވޭނެ ކަމެއްނެތީމަ ވައިވެގެން އެއްދުވަހު ތުރުކީން އަނެއްދުވަހު މނޔ އަށް ދިއުމައްވުރެ މާއަބުރުވެރި ތިތަން ސަރުކާރާ ހަވާލުކޮއްފަ ގެސްޓު ހައުސްގެ ކައުންޓަރގަ އިނަސް.

    1
    1
  2. ދިދަ ދަނޑި

    މާލޭ ސިޓީގެ ޕްލޭނަށް މާލޭ މީހުންގެ ހިޔާލު ހޯދާނީ.. ކޮން އެމްއެންޔޫ ދަރިވަރުންނެއްތަ؟؟؟

    1
    2
  3. މަރީ

    އަބަދުވެސް ކޮންމެ ސަރުކާރަކުންވެސް މާލެ ތަރައްޤީ ނުކުރެވިގެން

    • އަންނި

      ބަލަގަ ހަމަތަ ބޭފުޅާ… މާލެ ސިޓީ ކައުންސިލުން ތަރައްގީ ކުރާނީ މާލެދޯ އައްޑޫ ނޫނީ ހަންޔާމީދޫ އެއްނޫންދޯ… ތިވަރުވަންޔާ ތިނިސްބަތްވާ ކައުންސިލަކަށް ގޮސް އަޑުގަދަކޮށޯބަލަ

  4. ރައްޔިތުން

    މނޔ ނޫނަސް ކޮލެޖްތަކާ އެހެން ޔުނިވަރސިޓީއެއްވެސް އެބަހުރި. ހަޔަރ އެޑިޔުކޭޝަންދޭ ހުރިހާ ތަނެއްގެ ދަރިވަރުންނާ ބައްދަލުކުރުން ރަނގަޅުވާނެ. ނޫނީ މާލެ ރައްޔިތުންނަށް ހުޅުވާލައިގެން އޮންލައިން މީޓިންގެއްވެސް ބޭއްވިދާނެ.

  5. ޫހަސަން

    ބޮލުގަ ތެތްކަން ހުންނަ މީހުންގެ ހިޔާލު ހޯދަނީ. ދެއުޅިއެއްނުވާ ގަމާރުންނެއްނޫން.

  6. ޫހަސަން

    އަބުދުﷲ ޖޭވީތަ ކައުންސިލްގެ ޓްވިޓަރ ފީޑް ފެނުނީމަ.