ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު އއ. މަތިވެރިއަށް އެރުމާއި އެކީ އެރަށުގެ ޒުވާނުންގެ ބަޔަކު އޭނާއަށް ހަމަލާދީފިއެވެ.

"ވަގުތު" އަށް މައުލޫމާތު ދެއްވަމުން ޖާބިރު ވިދާޅުވީ، އޭނާއަށް ހަމަލާދީފައިވަނީ އެރަށަށް އޭނާ އެރިތަނުން ކަހަލަ ގޮތަކަށް ކަމަށެވެ. އޭނާއަށް ހަމަލާ ދީފައިވަނީ މަސްތުގެ ހާލަތުގައި ތިބި ބަޔަކު ކަމަށް ޝައްކު ކުރެވޭ ބަޔަކު ކަމަށް ވެސް ޖާބިރު ވަނީ ވިދާޅުވެފައެވެ.

ޖާބިރަށް ހަމަލާ ދިނުމުގެ ސަބަބުން މިހާތަނަށް އޭނާއަށް ލިބުނު އަނިޔާގެ ތަފްސީލެއް އަދި އެނގިފައެއް ނުވެއެވެ. އެހެން ނަމަވެސް މިވަގުތު ޖާބިރު ހުންނެވީ އެރަށުގެ ފުލުހުންގެ އިދާރާއަށް ހާޒިރުވެއެވެ.

މިހާދިސާއާއި ގުޅިގެން އެރަށު ކައުންސިލަށް ގުޅުއްވުމުން ވިދާޅުވީ، އެރަށުގެ ބަޔަކު ޖާބިރަށް ހަމަލާ ނުދޭ ކަމަށެވެ. އެހެން ނަމަވެސް ޖާބިރު ރަށަށް އެރުމާއި އެކީ ރަށުގެ ރައްޔިތުން ނުކުމެ އޭނާ އެރަށުން ކުއްޔަށް ނަގައިގެން އުޅޭ ބިމާއި ގުޅިގެން ޝުއޫރު ފާޅު ކުރި ކަމަށެވެ.

މި ހާދިސާއާއި ގުޅިގެން ފުލުހުންގެ ބަހެއް އަދި ލިބިފައެއް ނުވެއެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. ޅޮސް

    ޖާބިރަށްވުރެ ބޮޑަށް މަސަތުވެފަ ތިބި ބައެއް އުޅެފާނެތަ

  2. ތެދު ބަސް

    ތިހަމަލާދިން ބަޔަކު ތިބި މަސްތު ވެފައި ކަމަށްވާނަމަ ޖާބިރަށް ރަނގަޅަށް އެނގޭނެ، މަސްތުވީމާ ވާގޮތްވެސް ޖާބިރަށް އެނގޭނެ،

    10
    1
  3. ނައިބޭ

    އަބަދުވެސް ނަހަމައިގާ ހުންނަ މީހަކަށް ހިއްޗާއި ފޮނި،ގިއްޗާއި ދޮން، ކައްޗާއި ތެދު، މައްޗާއި ތިރި ވަވިކުން އެއީ މުސްތަޙީލު ކަމެއް. އެފަދަ މީހަކަށް ހަމައިގާ ތިބި މީހުން ވެސް ނަހަމައިގާ ތިބިތޭތަން ފެނުން، އެއީ ބުނުން ޖާއިޒު ގޮތަކީ.

  4. ތެދުބަސް

    ހަމަލަދިން . ޖާބިރުގެ ދަރިއެއްގެ ފޯނުވެސް އަތުލި ހަމަލާތައް ވީޑިއޯކުރެވިފައިވޭ . ސީދާ ކައުންސިލް އެމް ޑީ ޕީ ރައީސް އިސްވެހުރެ ހިންގި ޖަރީމާއެއް. ހައްޤު ހޯދަން ކައުންސިލުން ނާ ރައްޔިތުން ކޯޓަށް ދާންވީނު. ނުވަތަ ސަރުކާރަށް ދަންނަވަންވީނު. މީހުންގެ ގަޔަށް ލޮލަށް ބޮލަށް އަރާ އަނިވެރިވުމެއް ނޯންނާނެ. އެމްޑީޕީ ކައުންސިލެއް އޮއްވާ ސަރުކާރުން 50 އަހަރަށް ކައުންސިލަށް ނޭންގި ދިނިއްޔޭ ބުނުމުން ކާކު ޤަބޫލުކުރާނީ މިހަމަ ކައުންސިލުން ރައްޔިތުންލައްވާ ކުޅުނު އެއްޗެއް. ވަރަށް ހަޑިކަމެއް ކޮންމީހަކަށްވެސް އެރުވޭނެ ކޮންމެ ރަށަކަށްވެސް އެއޮންނަ އުސޫލުން

  5. ޜައިށް

    ތިކަމުގެ ޒިންމާ ނަގަންޖެހޭނީ ހިޔަޅު އާތިފް ރައިސް. ޢޭނަ އާއި ކައުންަސިލް ޒެޑްވީ ކުރިކަމެއްތި . ކަޓް ލިބުނީމަ