ދުނިޔެ އިން ރާއްޖެ ބަލައިގެންފައިވާއިރު، މިލިއަނުން އަދަދު މަތި ފަލަސްތީނުގެ ރައްޔިތުން ބަލައިގަތުމުން ދުނިޔެ އަށް އުނިވާ އެއްޗަކީ ކޮބައިތޯ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މިރޭ ސުވާލު އުފައްދަވައިފިއެވެ.

އދ. ގެ 76 އާންމު މަޖިލިހުގެ ޖަލްސާގައި ތަގްރީރު ކުރައްވަމުން ރައީސް ސޯލިހް ވިދާޅުވީ ދިވެހި ސަރުކާރާއި ދިވެހި އެންމެހާ ރައްޔިތުން މިތިބީ ފަލަސްތީން ރައްޔިތުންނާއެކު ކަމަށެވެ. އަދި އދ. ގެ އެތައް އަހަރެއްގެ މަސައްކަތުން ވެސް އެމީހުންގެ ހައްގުތައް ކަށަވަރުކޮށްދެވިފައި ނުވާ އިރު، އިސްރާއީލުން ފަލަސްތީނުގެ އަންހެން، ފިރިހެން، ކުދި ބޮޑު އެތައް ބައެއްގެ ހައްގު ނިގުޅައިގަންނަމުންދާ ކަމަށް އެމަނިކުފާނު ވިދާޅުވިެއވެ.

"މިއަދުގެ ހޭލުންތެރި ޒުވާން ޖީލުގެ އެތައް ބަޔަކު އެތައް ގައުމަކުން ފަލަސްތީނުގެ ހައްގުގައި އެ ނުކުންނަނީ ބޭއިންސާފާ ލާއިންސާނިއްޔަތަށް ނޫނެކޭ ބުނަމުން." ފަލަސްތީނުގެ ރައްޔިތުންގެ ދިފާއުގައި މީގެކުރިން ވެސް ވާހަކަފުޅު ދެއްކެވި ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވި ގޮތުގައި އދ. ގެ އާންމު މަޖިލިހާ ސެކިއުރިޓީ ކައުންސިލުން ފަލަސްތީނުގެ ހައްގާއި ނެރުނު ގަރާރުތަކާއި ނިންމުނު ނިންމުންތައް ގިނަ އިރު، ނެތް އެއްޗަކީ ފަލަސްތީނުގެ ހައްގު ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.

"ކުޑަ ދައުލަތެއް ތަމްސީލު ކުރާ މީހެއްގެ ހައިސިއްޔަތުން މިއަދު މިތާހުރެ މިވާހަކަ އަޅުގަނޑަށް ދެއްކޭ ސަބަބެއް އެބަވޭ. އެއީ ދުނިޔެއިން އަޅުގަނޑުމެން ދިވެހިރާއްޖެ ބަލައިގެންފައިވުން. މިލިއަނުން އަދަދު މަތި ފަލަސްތީނުގެ ރައްޔިތުން ބަލައިގަތުމުން ދުނިޔެއަށް އުނިވާ އެއްޗަކީ ކޮބައިތޯ." ޕޯޑިއަމް ކައިރީގައި ވަރަށް ބޮޑަށް ހަމަޖެހިވަޑައިގެން ހުންނަވައި ފޯރިއާއެކު ރައީސް ވިދާޅުވިއެވެ.

އެމަނިކުފާނު ވިދާޅުވި ގޮތުގައި ދިވެހިން ބޭނުން ވަނީ އދ. އިންނާއި މުޅި ދުނިޔެ އިން މިނިވަން ގައުމެއްގެ ގޮތުގައި ފަލަސްތީން ބަލައިގަތުމަށެވެ. އެމީހުންނަށް އެމީހުންގެ މިނިވަންކަމާއި ހައްގުތަކާއި އިމްތިޔާޒާއި އިހްތިޔާރުތައް ދޫކޮށްލަން ޖެހޭ ކަމަށް ވިދާޅުވިއެވެ.

"ފަލަސްތީނުގެ މިނިވަން ދައުލަތަކަށް ވަކާލާތުކުރުމުގާ ދިވެހިން އަބަދުވެސް ދެމިތިބޭނަން،" ރައީސް ވިދާޅުވިއެވެ.

އިސްރާއީލާއި ފަލަސްތީނާ ދެމެދުގައި ޒަމާނުއްސުރެ އުފެދިފައިވާ ހަމަނުޖެހުން މިއަދާ ހަމައަށް ވެސް އޮތް އިރު، އިސްރާއީލުން ދަނީ ފަލަސްތީން ރައްޔިތުންނާ މެދުގައި ލާއިންސާނީ އެތައް އަމަލުތަކެއް ހިންގަމުންނެވެ. އިސްރާއީލްގެ ހަމައެކަނި ބޭނުމަކީ ފަލަސްތީނުގެ ބިންތައް ފޭރި ފަލަސްތީނުގެ ރައްޔިތުން އަޅުވެތިކޮށް ނިކަމެތި ކުރުމެވެ.

އިސްރާއީލް ސިފައިންގެ އަނިޔާވެރި "ވަކި" ތަކުގެ ދަށުވެ ކޮންމެ އަހަރަކު ވެސް ފަލަސްތީނުގެ އެތައް ބަޔަކު ޝަހީދުވެއެވެ. އެގޮތުން، ދާދި ފަހުން ވެސް އިސްރާއީލާއި ފަލަސްތީނާ ދެމެދުގައި ބޮޑު ހަމަނުޖެހުންތަކެއް ހިނގައި ފަލަސްތީނުގެ 200 އަށް ވުރެ ގިނަ މީހުން ޝަހީދުކޮށްލިއެވެ. އަދި ފަލަސްތީނު ރައްޔިތުންގެ ތެރެއިން އެތައް ލައްކަ ބައެއްގެ ގެދޮރު ވަނީ ސުންނާފަތިކޮށްލައިފައެވެ.

ކިޔުންތެރިންގެ ހިޔާލު

8 ކޮމެންޓް

 1. އަޝްރަފް

  ސާބަހޭ ރައީސް. ތިއީ ގަޓު ހު ރުމަކީ. ފަލަސްތީނުގެ ދިފާއުގައި ވާހަކަފުޅު ދެއްކެވުމުން ވ ވ ވ އުފާވެއްޖެ. ޝުކު ރިއްޔާ!!

  21
  6
  • Anonymous

   ޒައިނިސްޓުންނަށް އުނިވާނެ އެއްޗަކީ ބިން. އެމީހުން ގަބޫލުކުރާ ގޮތުގައި، މިސްރުގެ ނީލަކޯރުން ފެށިގެން ގޮސް ސީރިއާއާ ހަމައަށް އެއީ އިސްރާއީލު ދަރިކޮޅުގެ ބިން. އެތަންތަން ހޯދުމަށް އެއުޅެނީ ޒައިނިސްޓު ޖަމާއަތް. ޒައިނިސްޓުންގެ ހެޑް ކުއާޓަރއަކީ ޔުނައިޓެޑް ނޭޝަންސް ކިޔައިގެން އުފެއްދި ޖަމާއަތެއް. މުޅި ދުނިޔޭގެ މައްޗަށް އަތްގަދަކުރަނީ އެޖަމާއަތް ބޭނުންކޮށްގެން.
   ތި ޔޫއެންއިން ހުރިހާ މުސްލިމު ގައުމެއްގެ ދުވަސް ދުއްވާލީ. މުސްލިމުން ބުއްދި ކުރުމާ ދުރުވުމުން މިއަދު މިވަނީ ދުޝްމަނުންގެ އަތްދަށުވެފައި.
   އެކަމަކު ﷲ ތައާލާ ކޮންމެ ކަމަކަށް ނިމުން ގެންނަވާނެ. އިލްމުވެރިން ގަބޫލުކުރައްވާގޮތުގައި އަނިޔާވެރިކަން މިދަރަޖައަށް ދިޔުމުން ދެން ނިޔާވެރިންގެ އަތްމައްޗަށް ބާރުތައް ފުރޮޅުއްވާލައްވާނެކަމަށް.

  • Anonymous

   ގަޓު ރައީސްއެކޯ. އަހަރެމެން ދިވެހިން ލަދުން މަރު. މަރުމޯލަކަށްވެސް އެނގޭނެ އިޒްރޭލު ކިޔައިގެން ފަލަސްތީނުގެ ބިންކަން އަތުލަނީ. އެމީހުންގެ ގެދޮރުން ނެރެ އެތަނުގައި ޔަހޫދީން އާބާދު ކުރަނީކަން. މި މޮޔަކަލޭގެ ވާހަކައަށް އިޒުރޭލުމީހުން ހޭނެ. އެހެންވެ ބުނަނީ ނުކިޔަވާހުންނަ ގަމާރަކަށްވުރެ ބޮޑު މޮޔައަކު ނުހުންނާނެއޭ.

 2. ސަލަފް

  އުނިވާ އެއްޗެހި މޮޔަކުއްޖަކަށްވެސް އެގޭނެ. އުނިވަނީ ޔަހޫދިންބޭނުންވެގެން އުޅޭ އިސްލާމުންގެ ބިން.އެބިމާ ހެދި ހަގުރާމަކުރަނީ. އެބިމުގައި ފަލަސްތީނެއް އޮވެގެން ނުވާނެ ކަމަށް އެމީހުން ތަކުރާރުކޮށް ބުނާ ވާހަކައެއް.

  18
  1
 3. އހ

  ވަގުބާދަވު ވެސް މިފަހަރު ރަނގަޅު ވާހަކައެއް ދައްކާފި. އެކަމް ދުނިޔެއަކަށް ނޭގުނު ބީރުބޮލި ވަޒީރު ދެއްކި ވާހަކައެއް.

  11
  9
 4. ޣސskސsl

  ސާބަސް 👏👏👏👏👏👏😊😊😊

  2
  2
 5. double tape

  20 އަހަރު ވަންދެން އެމެރިކާއާ އެމެރިކާގެ އެކުވެރިން އަފުގާނިސްތާނުގެ ކުށެއް ނެތް އެތައް ބަޔަކު މެރި އިރު ސޯލިހުމެންނަށް ޗުއްޕުވެސް ބުނަން ނުކުރެވުނު. އެންމެ ފަހުން މިދިޔަ މަހު އެމެރިކާ ސިފައިން ކުށެއް ނެތް 10 މީހުންގެ އަފްގާނިސްތާނު އާއިލާއަކަށް ހަމަލަދީ މަރާލައިގެން އެކަަން ދުނިޔޭގެ އެތައް ބަޔަކު ކުށްވެރިކޮށް އެކަމަށް އެމެރިކާ އެންމެ ފަހުން އިއުތިރާފުވެސް ވެއްޖެ. އިންޑިއާގެ ތައްޕާހުން އުޅޭއިރު ތިހެންވެސް ވާނެ. އަަޅުވެތިވާނީ ދެން ތިވަރަކަށް

  • ޢަހުމަދުވަގާރު

   ޢޭގެ ކުރީ ހަފްތާގަ މުޖާހިދުން 170 މީހުން މެރި