މާފުށީ ޖަލުގައި ބަންދުކޮށްފައި ހުރި ގައިދީއަކަށް ސިއްހީ މައްސަލައެއް ދިމާވެ ކުރިމަތިފަރާތް ދުޅަވެ، އެތައް ވޭނެއް ތަހައްމަލް ކުރަމުން ގެންދާއިރުވެސް އޭނާ އަށް އެކަށީގެންވާ ފަރުވާއެއް ކަރެކްޝަނަލް ސާވިސް އިން ފޯރުކޮށްދެމުން ނުދާކަމުގެ މައުލޫމާތު "ވަގުތު" އަށް ލިބިއްޖެއެވެ.

ސިއްހީ މައްސަލަ ދިމާވެފައިވާ ގައިދީގެ އާއިލާ މެންބަރަކު "ވަގުތު" އަށް ކިޔައިދިން ގޮތުގައި އެގައިދީގެ ކުރިމަތިފަރާތުގެ ސިއްހީ މައްސަލަ ކުރިމަތިވިތާ މިހާރު ދެއަހަރެއްގާ ދުވަސް ވެއްޖެއެވެ. އޭނާ ޖަލުގައި އޮންނަތާ މިހާރު ތިންއަހަރު ވެއްޖެއެވެ.

އޭނާގެ ބައްޔަށް ފަރުވާ ކުރުމަށް ޖަލުގެ އޮފިސަރުން ކައިރީ ތަކުރާރުކޮށް އެދެމުން އައި ނަމަވެސް އޮފިސަރުން އެކަމަށް ސަމާލުކަމެއް ނުދޭކަމަށް "ވަގުތު" އަށް މައުލޫމާތު ދިން ފަރާތުން ބުންޏެވެ.

"ވަރަށް ބޮޑުވަރު ވެގެން ދާދި ފަހުން މާލެ ގެންދިޔައީ. މާލެއިން ޓެސްޓް ހައްދައިގެން ސްކޭން ތަކެއް ކޮށްގެން އަނެއްކާވެސް އަނބުރާ ޖަލަށް ގެންދިޔައީ." މައުލޫމާތު ދިން މީހާ ބުންޏެވެ.

ސްކޭންތަކުގެ ރިޕޯޓްތައް ކަރެކްޝަނަލް ސާވިސްގެ އޮފިސަރުން މާލޭ ޑޮކްޓަރުންނަށް ނުދައްކާ ކަމަށާއި އެތަކެތި ދައްކާފައި ވަނީ ޖަލުގައި ހުރި އިންޑިއާ ފިރިހެން ނަރުހަކަށް ކަމަށް ވެސް ވަނީ މައުލޫމާތު ލިބިފައެވެ. ސްކޭން ރިޕޯޓްތައް ބެލުމަށްފަހު އެއްވެސް މައްސަލައެއް ނެތްކަމަށް އިންޑިއާ ޑޮކްޓަރު ބުނެފައިވާ ކަމަށް ވެއެވެ.

"އެގޮތަށް ހުއްޓާ ފަހުން އަނެއްކާ ވެސް ސަކަރާތްވީ. ހާލަތު ވަރަށް ގޯސްވެގެން މިއަދު މާފުށީ ޖަލުގައި ހުންނަ ޑޮކްޓަރަށް ދިޔައީމަ ބުނީ، ވަގުތުން މާލެ ފޮނުވަން. މެޑިކް އޮފިސަރުން ޑިއުޓީ އޮފިސަރުންނާއި ވާހަކަ ދެއްކީމަ ބުނީ ސްކޭން ހަދާފައި މާލެ ހުރި ޑޮކްޓަރަށް ދައްކާފައި ނެތް ކަމަށް." އޭނާ ބުންޏެވެ.

މައުލޫމާތު ދިން ފަރާތުން ދެއްކި ވާހަކަތައް މާފުށީ ޖަލުގައި އޮތް ގައިދީގެ މައުލޫމާތު އެނގޭ ތިން ވަނަ ފަރާތެއް މެދުވެރިކޮށް "ވަގުތު" އިން ވަނީ ކަށަވަރު ވެސް ކޮށްފައެވެ.

ހާލު ސީރިއަސް ގައިދީއަކަށް އެކަށީގެންވާ ފަރުވާ ނުލިބޭ ކަމަށް ބުނާ ޚަބަރާއި ގުޅޭ ގޮތުން ކަރެކްޝާނަލް ސާވިސްގެ މީޑިއާ އޮފިޝަލާއި ސުވާލު ކުރުމުން ވިދާޅުވީ އެއްވެސް ގައިދީއަކު އެމަޖެންސީގައި މާލެ ގެންދަން ޖެހިފައި ނެތް ކަމަށެވެ.

މާފުށި ޖަލުގައި ގައިދީން ބުނާ ގޮތުގައި އެމީހުންނަށް ސިއްހީ ފަރުވާ ހޯދުން އޮންނަނީ ވަރަށް ދަތިކޮށެވެ. އޯޕީޑީގެ ހިދުމަތް އެތަނުގައި ދެމުން އަންނަނީ ކޮންމެ ދެހަފްތާއިން އެއް ހަފްތާގައެވެ. ގޮޅިއެއްގައި 5-6 މީހުން ތިބި ނަމަވެސް އޯޕީޑީ އަށް ދެއްކުމުގެ ފުރުސަތު ދެނީ ވެސް ދެމީހުންނަށެވެ.

ކިޔުންތެރިންގެ ހިޔާލު

16 ކޮމެންޓް

  1. ގެރި

    މި މައްސަލަ ޖެހޭ ތަހުގީގު ކުރެވެން. މި ސަރުކާރުއައިފަހުން މުޅިންވެސް އަނިޔާގެ ވާހަކަ އޮންނަތަން ފެންނަނީ ނޫސްތަކުގަ

    34
    3
    • ސަދޫމް ޖަސްޓިސް

      މިފެންނަނީ ބޮޑުތަނުން ހިއުމަން ރައިޓްސް ކަމިޝަން ފެއިލްވެފައި ވާތަން. ޖަލުތަކުގައި ގައިދީއަކު ފޮޑިއެއް ޖެހިއަސް ކޮމިޝަންގެ ކުރީގެ މެންބަރުން މަޖުލިހަށް ހާޒިރުކޮށް ގުރިލްކުރި ދުވަސް އެއީ މާޒީ

      18
      • alif haaaa

        ދެންފަހެ އެބޭފުޅުންނަށް މަގާމު ލިބުނީ ސިޔާސީ ނުފޫޒުގެ މުޑުދާރުކަމުގެ ތެރެއިންނެވެ. ކުފޫ ހަމަނުވިޔަސް ތަބަކަށްލާފައި މަގާމު ވެދުމަށް އެރުވުމުން ތިއްބެވީ ފެންވަރު އޮޅިފައެވެ. ގަންނަނީ އެންމެ އަގުބޮޑު އައިފޯނާ އެންމެ ފަހުގެ އެޕަލް ލެޕްޓޮޕާ އައިޕެޑެވެ.ތުރުކުރައްވަނީ ބޭރުގެ ބާޒާރުތަކުން ލިބެން ހުރި މޮޅު ހެދުންކޮޅެވެ. އަޅުއްވަނީ އެންމެ އަގުބޮޑު ބުރޭންޑްތަކުގެ ގަޑިއެވެ. ޖައްސަވަނީ އަގުބޮޑު ސެންޓެވެ. ފަރިއްކުޅުވަނީ އެންމެ އަގު ބޮޑު ރެސްޓޯރަންޓްތަކުންނެވެ.

  2. ހުސޭނުބޭ

    ނިކަމެއްޗެއް ވީމާ ސިއްހީ ފަރުވާ ނުލިބިގެން ތި އުޅެނީ. ސިޔާސީ މީހެއްނަމަ މިހާރު ތި ދުޅަވެފައި ހުރި ތަނެއް ރަނުން ޖަރީކޮށްދީފީސް

    43
    1
  3. އިލިޔާސް

    ޖަލުގައި މީހުން މިހާލުގައި އުޅޭ އިރު، ގަޑެއްގައި ލިޔެފައި އޮތް 1 ގަޑި އިރުގެ ކުރުވާހަކައެއް ކިޔާލަން ހިންނަވަރު އިބުރާހިމު އެހެރީ ދައުލަތުގެ މާލިއްޔަތުން މިލިއަނުން ހަރަދުކޮށްގެން ޗާޓަރު ފުލައިޓެއްގައި އެތައް ބަޔަކު ގޮވައިގެން ގޮސް އެމެރިކާގެ ނިއުޔޯކްގެ އެންމެ އަގުބޮޑު ހޮޓަލެއްގައި. ތާހިރުދޯ؟

    21
    • ނުކިޔަވާ ސަންގޯރު

      އިގިރޭސި ބަހުން ލިޔެފާ ހުންނަ އެއްޗިހި ކިއާއިރު ހިންނަވަރު އިބުރާހީމު ކޮށި އަރާނެ

  4. ރައްޔިތު މީހާ

    މީހަކު މަރު ވީމަ ބުނާނެ 8 މިނިޓް ތެރޭ ހޮސްޕިޓަލަށް ގެންދިޔައިމޭ..އިންސާނީ ހައްގުތައް އެއީ ވަކި ބަޔަކަށް އޮންނަ އެއްޗެއް މިގައުމުގަ.

    17
  5. ބޮކި

    ޔާމީން ވީމަ އުނަގަނޑު މައްސަލަ ދިމާވުމުން ޝަރީޔަތްވެސް ކުރުކުރަންޖެހުނީ..............

    10
    6
  6. ޒަމީ

    މިއީ ޖިންސީ ގުނަވަންތަކާ ކުޅޭ ސަރުކާރެއް މިސަރުކާރު އައިފަހުން ޖިންސީގޯނާ ކުރުމާއި، ޖިންސީ ފުރައްސާރަކުރުމާއި، ޖިންސީ ގުނަވަންތަކާއި ކުޅުމާއި، އަދި އެއްޖިންސުން ގުޅުންހިންގުންފަދަ ފާޙިޝް ޢަމަލްތަކަށް އަރައިގަތުންވަނީ ވަރަށް ބޮޑަށް އިތުރުވެފަ
    އެކަންކަން އިތުރުވީ އެފަދަ ޢަމަލުތައް ހިންގާ ފަރާތްތަކަށް މިސަރުކާރުން ހިތްވަރުދީހަދާތީ، އަދި އެމީހުންނާއިމެދު އެއްވެސް ފިޔަވަޅެއް އަޅާފައިނުވާތީ
    މިއީކަންނޭގެ ރައީސްމީހާ އެވިދާޅުވި ޒީރޯޓޮލޮރެންސަކީ!!!!

  7. ޖީހާން

    ނިކަމެތިންނަށް އާދައިގެ ނިކަމެތިގޮތް.. ދެން އަނެއްކާވެސް ކެމްޕޭނު އައިމަ ފެންނާނެ ރައްޔިތުންގެ ރައީސުން

  8. ރިސޯޓު ބޯއީ

    އެމްޑީޕީ މީހަކަށް އޭނާ ނުވާތީ އޭނާގެ ކުރިމަތި ފަރާތް ފަޅައިގެން ދިޔަޔަސް މިސަރުކާރަކު ތިޔަ ބައްޔަށް ފަރުވާއެއް ނުލިބޭނެ.

  9. ފިޔަވަތި ފުރާޅު

    މަޖިލީހުގެ ހިއުމަން ރައިޓްސް އެންޑް ޖެންޑަ ކޮމިޓީގެ މުޤައްރިރު ހިންނަވަރު ދާއިރާގެ މެންބަރު ޖީހާނު މަހެމޫދު ކޮބައިތޯ؟

  10. ބޮއްލްބޭ

    ތިވާނީ އޭނަ މާގިނައިން ދަނޑިދެމީކަމަށް ޖަލުގަ ވަރަށް އާއްމުކަމެއްކަމަށްވަނީ

  11. މައުމޫން 2.0

    ޖަލު މީހުންނަށް އިންސާފު ހޯދަން އެމްޑީޕީ މަގުމައްޗަށް ނިކުންނާކަށް ނުވޭތޯ؟

  12. ތައްޔިބް

    އެންޓި-ޓޯޗަރ ޤާނޫނުގެ ދަށުން ހިއުމަން ރައިޓްސް ކޮމިޝަނަށް ޙަވާލުކޮށްފައިވާ ޒިންމާތައް އަދާނުކުރުމުގެ ނަތީޖާ މިއީ.

  13. ޒިލޭބީ

    ވަރަށް ދެރަކަމެއް އަސްލު. ސިއްޙީ ހިދުމަތަކީ ޒަރޫރީ ޙިދުމަތެއް. އެކަން ޤައިދީއަކަށް ކޮންމެ މީހަކަށްވެސް ކޮށްދެން ޖެހޭނެ. ޤައިދީންނަކީ ސަރުކާރުގެ ނުވަތަ އެބައެއް ބަލަހައްތަ ބައެއްގެ ބޮލުގައި އެޅިފައިވާ ޒިންމާއެއް. ބަލަން ތިބެ ބައެްއގެ ފަރުވާކުޑަކަމުން އެތަނުން މީހަކަށްވާ ކޮންމެ އަނިޔާއަކަށް އާޚިރުގައި ޖަވާބުދާރީވާން ޖެހޭނެ. ކަމާބެހޭ ފަރާތްތަކުން ކަމެއް ނުކޮށް އަޅާނުލާ ހުރުމަކީ ވަރަށްވެސް ވިޔާނުދާކަމެއް. އެކުދިން ފުރަގަސްފަރާތާ، ކުރިމަތިފަރާތާ، ބުރަކައްޓާ، ލޮލާ ތަންތަން ހަލާއްކުވެ ދިޔުމަކީ ޖަލުތަކުގެ ވެރިން ޒިންމާ ނަގަން ޖެހޭ ކަންކަން.