މިއަދު ރާއްޖެ އިން އިތުރު 220 މީހުން ކޮވިޑް-19 އަށް ފައްސިވެއްޖެއެވެ.

މިއަދު އަތޮޅުތެރޭގެ މީހުން ދިރިއުޅޭ ރަށްތަކުން 164 މީހުން ފައްސިވެއްޖެއެވެ. މާލެ އިން މިއަދު 45 މީހުން ފައްސިވެއްޖެއެވެ. ރިސޯޓްތަކުން ފަސް މީހުން އަދި ސަފާރީއަކުން ހަމީހުން މިއަދު ފައްސިވިއެވެ.

މިއަދަކީ ޖޫން މަހުގެ 25 ވަނަ ދުވަހަށް ފަހު ރާއްޖެ އިން އެންމެ ގިނަ ބަޔަކު ކޮވިޑަށް ފައްސިވި ދުވަހެވެ.

ފާއިތުވި 89 ދުވަސް ތެރޭގައި ރާއްޖެ އިން ކޮވިޑަށް އެންމެ ގިނަ ބަޔަކު ފައްސިވި ދުވަހަކަށް މިއަދު މިވީ މިމަހުގެ ކުރީކޮޅާއި އަޅައި ބަލާއިރު ކޮވިޑަށް ފައްސިވާ މީހުންގެ އަދަދު މިހަފްތާގައި ދަށަށް ދިއުމަށް ފަހުއެވެ.

މިއަދު ކޮވިޑަށް 5166 މީހުން ޓެސްޓް ކުރިއެވެ. މިއަދު ކޮވިޑަށް ޓެސްޓް ކުރި މީހުންގެ ތެރެއިން %4.26 މީހުން ފައްސިވިއެވެ. މިއަދަކީ ޖޫން މަހުގެ 27 ވަނަ ދުވަހަށް ފަހު ކޮވިޑަށް ފައްސިވި މީހުންގެ ނިސްބަތް %4 އަށް އެރި ފުރަތަމަ ދުވަހެވެ.

އަންގާރަ ދުވަހު ކޮވިޑަށް ފައްސިވި މީހުންނާއިއެކު ސެޕްޓެމްބަރ މަހު ރާއްޖެ އިން ކޮވިޑަށް ފައްސިވި މީހުންގެ ޖުމްލަ އަދަދު ވަނީ 2763 އަށް އަރާފައެވެ. އޭގެތެރެއިން 1611 މީހުން ފައްސިވީ އަތޮޅުތެރޭގެ މީހުން ދިރިއުޅޭ ރަށްތަކުންނެވެ. މާލެ އިން ސެޕްޓެމްބަރ މަހު ފައްސިވެފައި ވަނީ 889 މީހުންނެވެ. ރިސޯޓްތަކުންނާއި ސަފާރީތަކުންނާއި ސިނާއީ މަސައްކަތް ކުރާ ރަށްތަކުން ސެޕްޓެމްބަރ މަހު ވަނީ 263 މީހުން ފައްސިވެފައެވެ.

މިހާރު ރާއްޖޭގައި 1694 މީހުން ކޮވިޑް ޖެހިފައި އެބަތިއްބެވެ. އޭގެތެރެއިން 20 މީހުންނަށް ހޮސްޕިޓަލްގައި އަންނަނީ ފަރުވާ ދެމުންނެވެ. މިއަދު ވަނީ 135 މީހުން ކޮވިޑުން ރަނގަޅު ވެފައެވެ.

ރާއްޖެ އިން މިހާތަނަށް ކޮވިޑަށް ފައްސިވި މީހުންގެ ޖުމްލަ އަދަދު ވަނީ 83875 އަށް އަރާފައެވެ. އޭގެތެރެއިން 81939 މީހުން ވަނީ ކޮވިޑުން ރަނގަޅު ވެފައެވެ. ކޮވިޑް ޖެހިގެން މިހާތަނަށް ރާއްޖެ އިން 229 މީހުން ނިޔާވެއްޖެއެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

 1. ޖަޒީރާވަންތަ ކެެހެރިނުފަޅާ ޖަނަވާރު

  އަނެއްކާ އަނެއް ބަލާވެރިކަން ޖައްސަން އެއުޅެނީ... ވެކްސިން ޖަހައިފިން.. ލޮކްޑައުން ކޮށް ދުއްޕާން ނުކުރާތި

  6
  1
 2. ދުންމާރި

  ސަރުކާރު އޮރިޔާޏްވެ މުޒާހަރާކޮށްފާނހެން ހީވާއިރަށް އަދަދު މަތިވާނެ މިހާރި ސިޔާސީ ލީޑަރުން އެ ގޮވަނީ ގުދޯގުދޯ އެކަކު ކޭވަރު އަނެކަކު ގޮވަނީ އެއްފަހަރު ވަގަށް ގޮވާފަ އަނެއްފަހަރު ހުދު ފޮތިކޮޅަކަށްވަނީ ސިޔާސީ ރަންޑިން މާ މަތީ ބަޔަކަށް ހަދައިގެން މީޑިޔާއިން އުޅޭއިރު އެމީހުންގެ ބަހާ ޢަމަލާމެދު އެއްވެސް ވަރަކަށް ވިސްނާނުލާ ތިމާމެން ރުހޭހާ ގޮތަށް ވާހަކަދެއްކީމާ އެވަރެއް ނޯވޭ ވަރިހަމަ އެއްފަޅި ކުނިވެފަ އޮތަސް މުޖުރިމަކަށްވިޔަސް ވަރިހަމަ ކެނެރީގޭ ނަޝިދު ޔޫކޭގަ ހުރެގެން ކުޅޭ ޑުރާމާ ނޫސްވެރިންނަށް ނޭނގުމަކީ ލަދުވެތިކަމެއް

  2
  1
 3. ރައްޔިތުން

  އަތޮޅުތަކަށް ޓެސްޓުނުކޮށް އަދި ޓެސްޓުކުރިޔަސް ގިނަ މީހުންތައް ގެންދާންޏާ މިހެން ވުމުގެ ފުރުސަތު ވަރަށް ބޮޑު. ޓޫރިޒަމް ހިންގިޔަސް، އިންޑިޔާދަށުވެގެން އުޅުނަސް، ބަލައިގެން އުޅެންޖެހޭ. ރާއްޖެއަކީ ހަމައެކަނި މުއްސަދިންނަށް ދެއްވާފަ އޮތް ގައުމެއް ނޫން