18:51

17:46

ނިއުޔޯކުގައި އިއްޔެ ކުރިއަށްދިޔަ އދ. ގެ އާންމު މަޖިލީހުގެ 76 ވަނަ ސެޝަނަށްފަހު ބްރެޒިލްގެ ހެލްތް މިނިސްޓަރ މާސެލޯ ގެއިރޯގާ ކޮވިޑް-19 އަށް ފައްސިވެފައިވާ ކަމަށް އެގައުމުން ބުނެފި

14:54

އެކުވެރި އަރަބި ދައުލަތުގައި މާސްކު އެޅުން މަޖުބޫރު ނުވާގޮތް ހަދައި އެކަން އިއުލާން ކޮށްފި

13:30

ރާއްޖޭގައި ކޮވިޑް-19އިން ދިފާއު ވުމަށް ޖަހާ ވެކްސިން ފުރިހަމަކޮށްފައިވާ ފަރާތްތަކަށް ޕީސީއާރް ޓެސްޓާއި ނުލާ ދަތުރުކުރެވޭ ރަށްތަކުގެ އަދަދު 63 އަށް އަރައިފި

10:12

ސްވިޒަލޭންޑާއިއެކު ކޮވިޑް ޓްރެވަލް ސެޓްފިކެޓް ނިޒާމެއް ޤާއިމުކުރަން ރައީސް މަޝްވަރާކުރައްވައިފި.

ކޮވިޑް-19 އަށް ރާއްޖެ އިން އަންގާރަ ދުވަހު ފައްސިވި މީހުންގެ އަދަދު ވަނީ 220 އަށް އަރާފައެވެ. މިއީ ފާއިތުވި ތިން މަސް ދުވަހުގެ ތެރޭގައި އެންމެ ގިނަ ބަޔަކު ކޮވިޑަށް ފައްސިވި ދުވަހެވެ. ނަމަވެސް ރާއްޖޭގެ އާބަދީގެ %80 މީހުން ކޮވިޑް ވެކްސިންގެ ދެޑޯޒް ފުރިހަމަ ކޮށްފައި ވުމުން ހާލަތު ކޮންޓްރޯލް ކުރެވޭނެ ކަމުގެ އުއްމީދު މިހާރު ބޮޑެވެ.

ކޮވިޑް ޖެހިފައިވާ މީހުންގެ އަދަދު މިހާރު 1600 ގައި ހުރިއިރު ހޮސްޕިޓަލްގައި އެޑްމިޓް ކޮށްގެން ފަރުވާ ދެނީ 20 މީހުންނަށެވެ. އެއީ ކޮވިޑް ޖެހިފައި ތިބި މީހުންގެ %1.18 މީހުންނެވެ. އަންގާރަ ދުވަހު ކޮވިޑަށް ފައްސިވި މީހުންނާއިއެކު ސެޕްޓެމްބަރ މަހު ރާއްޖެ އިން ކޮވިޑަށް ފައްސިވި މީހުންގެ ޖުމްލަ އަދަދު ވަނީ 2763 އަށް އަރާފައެވެ. އޭގެތެރެއިން 1611 މީހުން ފައްސިވީ އަތޮޅުތެރޭގެ މީހުން ދިރިއުޅޭ ރަށްތަކުންނެވެ. މާލެ އިން ސެޕްޓެމްބަރ މަހު ފައްސިވެފައި ވަނީ 889 މީހުންނެވެ. ރިސޯޓްތަކުންނާއި ސަފާރީތަކުންނާއި ސިނާއީ މަސައްކަތް ކުރާ ރަށްތަކުން ސެޕްޓެމްބަރ މަހު ވަނީ 263 މީހުން ފައްސިވެފައެވެ.

ރާއްޖެ އިން މިހާތަނަށް ކޮވިޑަށް ފައްސިވި މީހުންގެ ޖުމްލަ އަދަދު ވަނީ 83875 އަށް އަރާފައެވެ. އޭގެތެރެއިން 81939 މީހުން ވަނީ ކޮވިޑުން ރަނގަޅު ވެފައެވެ. ކޮވިޑް ޖެހިގެން މިހާތަނަށް ރާއްޖެ އިން 229 މީހުން ނިޔާވެއްޖެއެވެ.

ކޮވިޑާއި ގުޅޭ އިތުރު ޚަބަރުތައް "ވަގުތު" ބްލޮގް އިން ފެންނާނެއެވެ.

ކިޔުންތެރިންގެ ހިޔާލު