ރާއްޖޭގެ ގިނަ ރައްޔިތުންނަށް ކުރިމަތިވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލައަށް ހައުސިން މިނިސްޓަރު މުހައްމަދު އަސްލަމްއަށް އެޓެންޑްއެއް ނުކުރެވޭ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ތިނަދޫ ދެކުނު ދާއިރާގެ އެމްޑީޕީގެ މެންބަރު އަބްދުﷲ ސަނީފް މިއަދު ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވާހަކަ ދައްކަވަމުން ސަނީފް ވަނީ ހައުސިން މިނިސްޓަރު މުހައްމަދު އަސްލަމަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފައެވެ. ޕްލޭނިން އާއި ހައުސިންގެ ދެ މެންޑޭޓް މިނިސްޓަރަށް އޮންނައިރު ބޯހިޔާވަހިކަމުގެ މައްސަލައަށް މިނިސްޓަރަށް އެޓެންޑް ނުކުރެވޭ ކަމަށް ސަނީފް ވަނީ ވިދާޅުވެފައވެެ.

"ޕްލޭނިން މިނިސްޓަރަކަށް ހަވާލުވެ ހުންނެވި އަޅުގަނޑުމެންގެ ޕާޓީގެ މިނިސްޓަރު، ރައްޔިތުންގެ ބޯހިޔާވަހިކަމުގެ މައްސަލައަށް އެއްވެސް ވަރަކަށް މިނިސްޓަރަކަށް އެޓެންޑްއެއް ނުކުރެވޭ،" ސަނީފް ވިދާޅުވިއެވެ.

ސަނީފް ވިދާޅުވީ، މިހާރު ޕްލޭނިން އާއި ހައުސިން މިނިސްޓްރީގެ މެންޑޭޓްއާ ވެސް އަސްލަމް ހަވާލުވެގެން ހުންނަވާއިރު ތަސައްރުފު ފުދޭ ގޮތަކަށް ދާއިރާތަކުގެ މެދުގައި މަޝްރޫއުތައް ހިންގަން އެބަ ޖެހޭ ކަމަށެވެ.

"ބަޖެޓްގައި ނެތް ކަންކަން ހަމަ މިނިސްޓަރު ބޭނުންވީމަ މިނިސްޓަރު ބޭނުންވާ ރަށްރަށުގައި ވެސް އެބަ ކުރެވޭ. ބައެއް ދާއިރާތަކުގައި ހަމަ ވަރަށް ގިނަ ކަންކަން އެބަ ކުރޭ. ރައްޔިތުން އެބަ ބޭނުން ޖެހިފައި އޮތް ބޯހިޔާވަހިކަން ބޮޑަށް ބޭނުންވާ ރަށްރަށުގައި އެ ކަމެއް ނުވޭ،" ސަނީފް ވިދާޅުވިއެވެ.

ސަނީފް ވިދާޅުވީ ތިނަދޫގެ ބޯހިޔާވަހިކަމުގެ މައްސަލަ ހައްލުނުކޮށް އަދި ތިނަދޫގައި ޓާޝަރީ ހޮސްޕިޓަލް ގާއިމް ނުކޮށް ތިބެ ރައްޔިތުން ކައިރިއަށް ދާން ނުކުރޭނެ ކަމަށެވެ. ރައްޔިތުން ކައިރި ވޯޓު ދޭން އަހަން ދާން ކެރޭނީ މި ކަންކަން ކޮށްދިނުމުން ކަމަށް ސަނީފް ވިދާޅުވިއެވެ.

ރައްޔިތުންގެ މަޖިލީހުގެ ބައެއް މެންބަރުންނާ ވަޒީރުން ގާތް ގުޅުން ބާއްވާ ކަމާއި އެ މެންބަރުންގެ ދާއިރާގެ ކަންކަން އަވަސް ކުރާ ކަމާއި އެ ދާއިރާތަކުގައި ގިނަ މަޝްރޫއުތައް ހިންގައި އެހެން ދާއިރާތަކާ މެދު ތަފާތު ކުރާ ޝަކުވާއަކީ ފަހަކަށް އައިސް ރައްޔިތުންގެ މަޖިލީހުގައި އަޑުގަދަ މައްސަލައެކެވެ.

ކިޔުންތެރިންގެ ހިޔާލު

7 ކޮމެންޓް

  1. ތ އަތޮޅު ރައްޔިތުމީހާ

    އަބަދު ކޮން ތިނަދުއެއްތަ؟ ބަލަގަ މިހާރުވެސް ތިނަދޫގައި ފުލެޓް އެބަހުއްޓެންނު. އަހަރުމެން ރަށްރަށުގައި ބިން ފުރި އާއިލާތައް ވަންނާނެ ތަނެއް ނެތް ސަރުކާރަށް ކަހަރުވަކެކޭވެސް ހީނުވޭ. އަޑުގަދަ އެތެރެ ކޮއިލާ ގުޅިފައިތިބޭ މިކަހަލަ މެންބަރުންގެ ރަށްތަކަށް އެކަނި ފުލެޓް އަޅާ ބޯހިޔާވަހިކަން ދިނުމަކީ މިސަރުކާރުން ކުރާ ވަރަށް ބޮޑު ތަފާތުކުރުމެއް. އިންސާފު ކޮބާ؟ އަހަރުމެންވެސް މީ ދިވެހި ރައްޔިތުން.

    8
    3
    • އަފީފިގެ ބަފާ

      ތީ ތި ދާއިރާގެ މެންބަރުގެ ޒިންމާއެއް

      3
      1
      • ދަންޑަހެލުުު

        އޭ ބަލަގަ މަމެން މި ދައްކަނީ ތަފާތު ކުރާ ވާޙަކަ. މެންބަރަކު އިނަސް ނެތަސް ތަފާތެއް ނުކުރެވޭނެ. ގެޓް ވެއްޖެ؟

  2. ސާސް

    ތިޔަބުނާ ޕާޓީން ތިނަދޫގައި މާގިނަފުލެޓެއް ނާޅާ..

  3. އެލެކުސް

    މީ އެމްޑީޕީއަށް ވޯޓްހޯދާން ޖަހާމަޅިއެއް މިމަޅީގައި ނުޖެހޭތި. މިސަރުކާރު އައީ ވެރިކަންލިބޭތާ 100ދުވަސްތެރޭ %6 ގެދޮރު ލޯނުދޭންކަމަށް އެތައް ވައުދެއްވެ އަދިވެސް 100ދުވަސް ނުވޭ މިސަރުކާރަށް ދެންއޮތީ އެމްޑީޕީ އެތެރޭގެ ވޯޓެއް ވޯޓްލާން ގާތްވި ގާތްވިހެން މިކަހަލަ ގޮވެލި ގޮވާނެ އެތެރޭނޑނާއި ބޭރުން

  4. ޑިމޯކްރޭޒީ

    ހުރިހާ ކަމެއް ރާއްޖޭގެ މަދު ދެތިން ރަށެއްގައި ކުރީމަ ދެން ހުރި ރައްތަކަށް ކުރިއެރުމެއް ނުލިބޭ< މިސީދާ ރާވައިގެން އެހެން ރަށްތަކުގެ ތަރައްގީ ހުއްޓުވަން ބަޔަކު ހިންގާ ޖަރީމާ އެއް.

    1
    1
  5. އަތޮޅޭ

    މިގައުމުގައި ބޯހިޔާވަހިކަމުގެ ދަތި ފޯރުވީ ސަރުކާރުތަކުން ރާވައިގެން ރައްޔިތުމީހާ އަޅުވެތިކޮއް ފަސޭހަކަމާއެކު ބޯހިޔާވަހިކަމުގެ އަވާގައިޖައްސާފަ ވޯޓްހޯދައިގެން ގިނަދުވަހުވެރިކަމުގަތިބެން ބަލަ މިގައުމުގަ މީހުން ދިރިއުޅޭތާ 3000 ވުރެ ގިނަދުވަސްވީއުރު 1978 އަހަރަ ހަމަޔައް ބޯހިޔާވަހި ކަމުގެ މަސްއަލައެއްޖެހި ރައްޔިތުމިހަ ކުއްޔައް އުޅޭކައް ނުޖެހޭ ތިޔަކިޔާ ޖަޒީރާ ގާނޫނެއްނޯވޭ މީހަކާ އިނދެ ބޯހިޔާވަހިކަމަކައް އެދޭއިރައް ކަތީބް މީހާ ނޫނީ އަވަށުވެރިން އެމީހަކައް ގޯއްޗެއްދޭ އެމީހަކައް ކުނިކަހާ ސަފުކުރެވޭވަރައް 1978 އަހަރު އައިމާމޮޅޫ ޑިމޮކްރަސީއެއްގެ ދަށުން ބިންތައް ހިސޯރްކޮއް ނުދީ ފުލެޓްވިޔަފަރިފެއްޓީ އެކަން މިހާރު ސަގާފަތަކައް ހަދައިގެން ހުރިހާސަރުކަރަކުން ހިންގަމުން މިދަނީ ވޯޓްލާދުވަސްވަރު ކަރާފަޅާ ރައްޔިތުމީހާ ގޯތިދޭނަމޭ ކިޔައިގެން ހައްލުވާފައި ވޯޓް ހޮދައިގެން މަގަމްލިބުނީމަ ހަނދާންނައްތަލީ