ހުޅުމާލޭގެ ދެ ވަނަ ފިޔަވަހީގައި އަޅާފައިވާ ހިޔާ ފްލެޓްގެ ޓަވަރުތައް ހުރި ސަރަހައްދުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރަން 56 ފުލުހަކު ބޭނުންވާ ކަމަށް ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދު މިއަދު ވިދާޅުވެއްޖެއެވެ.

ހިޔާ ފްލެޓްތަކުގައި ހުރި ކަންބޮޑުވުންތަކާ ގުޅިގެން "ހިޔާ ޔޫނިއަން"އަށް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ޕެޓިޝަނާ ގުޅިގެން ޕެޓިޝަން ކޮމިޓީއަށް ފުލުހުން ހިމެނޭ ގޮތަށް ގިނަ އަދަދެއްގެ އިދާރާތަކެއް ހާޒިރުކޮށް ވަނީ ސުވާލުކޮށްފައެވެ.

އެ ސަރަހައްދުގެ އަމާންކަން ގާއިމްކުރުމަށް ކުރެވޭ މަސައްކަތާއި ގުޅޭ ގޮތުން ކޮމިޓީގައި މެންބަރުން ސުވާލު ކުރެއްވުން ހަމީދު ވިދާޅުވީ ހިޔާގެ 16 ޓަވަރުގައި ގާތްގަނޑަކަށް 35،000 ވަރަކަށް މީހުން އާބަދުވެ ގެންދާއިރު ސަރަހައްދުގައި ދިރިއުޅޭ ރައްޔިތުންގެ ރައްކާތެރިކަމަށްޓަކައި ކުރަން ޖެހޭ ކަންތައްތައް ފުލުހުން ކުރަމުންދާ ކަމަށެވެ. އެހާ ބޮޑު އާބާދީއެއް ދިރިއުޅެން ފެށުމާއި ގުޅިގެން ދިމާވަ ކަންކަން ބެލުމަށް ދުރާލާ މަސައްކަތް ކުރެވޭކަން ސީޕީ ހަމީދު ވަނީ ހާމަކުރައްވާފައެވެ.

"މިހާރުވެސް ކުރިއަށް އެބަގެންދެވޭ. އޭގެ ތެރޭގައި ހިޔާ ޔޫނިއަންއާ ބައްދަލުކުރުމާއި ދިރިއުޅޭ ފަރާތްތަކާއި ބައްދަލު ކުރުމުގެ މަސައްކަތް" ހަމީދު ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ އެ ތަނުގައި ފުލުހުންގެ ހިދުމަތް ގާއިމްކުރަން ހަތަރުވަނަ ޓަވަރުގެ އެއް ފަންގި ފިލާ ހާއްސަކޮށްފައިވާ ކަމަށެވެ. އެތަން ބޭނުންކުރުމުގެ މަސައްކަތް ހުޅުމާލޭ ފުލުހުންގެ ދަނީ ކުރަމުންނެވެ.

ހަމީދު ވިދާޅުވި ގޮތުގައި އެ ސަރަހައްދަށް ބޭނުންވާ ފުލުހުން ހޯދުމުގެ މަސައްކަތް ސަރުކާރާ ގުޅިގެން ކުރަމުން އަންނަތާ އަހަރެއްހާ ދުވަސްވެއްޖެއެވެ. އަދި އެކަމުގައި ކުރިއެރުންތަކެއްވެސް ލިބިފައިވާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

"56 ފުލުހަކު 16 ޓަވަރުގެ ސަރަހައްދުގައި ބޭނުންވާނެ ކަމަށް މި ބަލަނީ" ހަމީދު ވިދާޅުވިއެވެ.

މިހާރުވެސް އެ ސަރަހައްދު ޕެޓްރޯލް ކުރުމުގެ މަސައްކަަތް ކުރިއަށްދާކަން ހުޅުމާލޭ ޕޮލިސްޓޭޝަނުން ވަނީ ފާހަގަކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. އިބްރާހިމް

    ރ ޔާމީނު ދައުލަތް ހިންގެވިގޮތަށް ބަލާއިރު މިސަރުކާރުގެ ފަސްއަހަރުގައި 100އ ފަހަތަށް ރާއްޖެ ވައްޓާލީ

    7
    1
  2. މަނީމަނީ

    ހަމީދު ގެ އިސްތިއުފާއަށް ގޮވާލަން. ފުލުހުން ގެ ފަރަތުން ރައްޔިތުންންަށް ލިބެންވާވަރަށް އެއްވެސް ސަލާމަތާއި ރައްކާތެރިކަމެއް ނުދެވޭ. ރާއްޖޭން ބޭރުން 200 މީހުން ގެނަސްގެން ތިކަންވެދާނެ. ތި އިދާރާ އަކީ އަހަރެމް ލަދުގައްނަވާތަނެއް.