ކުރިއަށް އޮތް އެމްޑީޕީގެ އެތެރޭގެ އިންތިޚާބުގައި ގައުމީ މަޖިލީހުގެ އަޣުލަބިއްޔަތު އެ ޕާޓީގެ ރައީސް މުހައްމަދު ނަޝީދަށް ލިބިއްޖެ ނަމަ ސިލްސިލާ މުޒާހަރާއެއް ކުރަން ނުކުންނަން ފާސް ކުރާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ބިލެތްދޫ ދާއިރާގެ އެމްޑީޕީގެ މެންބަރު އަހްމަދު ހަލީމް (ދޮންބިލަތް) ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވާހަކަ ދައްކަވަމުން މެންބަރު ހަލީމް ވިދާޅުވީ ރާއްޖޭގައި މިހާތަނަށް ހިނގި އެންމެ ބޮޑު ޚިޔާނަތަކީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ހިނގި އެމްއެމްޕީއާރުސީގެ ބޮޑު ޚިޔާނާތުގެ މައްސަލައެވެ.

އޭގައި އެމްޑީޕީގެ ބައެއް ބޭފުޅުން ބައިވެރިވާ ކަމުގެ ތުހުމަތު ކުރެވޭ ކަން ހަލީމް ފާހަގަ ކުރެއްވިއެވެ. މިގޮތުން ރިޔާސީ ކޮމިޝަނުން ތަހުގީގު ކުރަމުންދާ ބައެއް މައްސަލަތަކުގައި ހިމެނޭ މީހުން ވެސް އެމްޑީޕީގެ އެތެރޭގެ އިންތިޚާބުގައި ވާދަކުރައްވާ ކަން ހަލީމް ފާހަގަ ކުރެއްވިއެވެ.

އޭނާ އެ އިޝާރާތް ކުރެއްވީ އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ ފައިސާ ލިބުނު ކަމުގެ ތުހުމަތު ކުރެވޭ މީހުންގެ ލިސްޓުގައި ނަން އޮތް ޔޫތު މިނިސްޓަރު އަހްމަދު މަހްލޫފްއާއި ހައުސިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަކްރަމް ކަމާލުއްދީންއަށެވެ.

މި އިންތިޚާބުގައި މަހްލޫފް ވާދަކުރައްވަނީ މެދު އުތުރު ޕްރޮވިންސް ދާއިރާގެ ރައީސް ކަމަށެވެ. އަކްރަމް ވާދަކުރައްވަނީ މާލެ ދާއިރާގެ ރައީސް ކަމަށެވެ. އަކްރަމްއާ ވާދައަށް ނުކުންނަވަނީ ނަޝީދު ފެކްޝަންގެ ކެންޑިޑޭޓް އަދި މާލެ ސިޓީގެ ކުރީގެ މޭޔަރު ޝިފާ މުހައްމަދެވެ.

ހަލީމް ވިދާޅުވީ މި ފައިސާ ރައީސް އިބްރާހީމް މުހައްމަދު ސޯލިހްއާ ހަމައަށް ގެންގޮސްފައިވާ ކަމަށް ވިދާޅުވެ އިދިކޮޅު ފަރާތްތަކުން ވެސް ތުހުމަތުތަކެއް ކުރައްވާފައިވާ ކަމަށެވެ. އެހެންވިޔަސް ޔަގީނުން ވެސް ޚިޔާނާތުގެ ތުހުމަތު ކުރެވޭ ބަޔަކު އެމްޑީޕީގައި މިހާރު ވެސް ގިނަ ކަމަށް ހަލީމް ވިދާޅުވިއެވެ.

ހަލީމް ވިދާޅުވީ އެމްޑީޕީގެ ގައުމީ މަޖިލީހަކީ "އާދަޔާ ޚިލާފް" ނަތީޖާތަކެއް މަޒީން ވެސް ނެރެ ދައްކުވާފައިވާ އޮތް އެ ޕާޓީގެ އެންމެ އިސް ގުނަވަނެވެ. އެ ގުނަވަނަށް ޚިޔާނާތުގައި ބައިވެރިނުވާ ބަޔަކު އިންތިޚާބު ކުރެވިއްޖެނަމަ ދެން ވެސް އެ ވަރުގެ ނަތީޖާތަކެއް ނެރެ ދައްކާނެ ކަމަށް ހަލީމް ވިދާޅުވިއެވެ.

"ސަރުކާރަށް ނުވި ކަންކަން ވެސް، އެމްޑީޕީގެ ގައުމީ މަޖިލީހަށް ކުރެވޭނެ ހަމަ، އެމްޑީޕީގެ ގައުމީ މަޖިލީހަށް މި ދެންނެވި ފަދަ ބޭފުޅުން އިންތިޚާބު ކުރެވިއްޖެނަމަ، ޚިޔާނާތުގެ ތަހުގީގު ނިމެންދެން މަގުމަތީގައި އަޅުގަނޑުމެން މުޒާހަރާ ކުރާނެ،" ހަލީމް ވިދާޅުވިއެވެ.

ހަލީމް ވިދާޅުވީ އެމްޑީޕީއަކީ ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމްއާއި، ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ވެސް އިހްތިޖާޖްތަކުން ނަތީޖާ ނެރެފައިވާ ޕާޓީއެއް ކަމުން އެމްޑީޕީ އިސްވެ އޮތް ވެރިކަމެއްގައި މާ ފަސޭހައިން މި ކަންކަމުގައި އިންސާފު ހޯދޭނެ ކަމަށެވެ.

އެމްޑީޕީގެ އެތެރޭގެ އިންތިޚާބަށް ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ މަގާމު މިހާރު ފުރުއްވަމުން ގެންދަވާ އެމްޑީޕީގެ ފުރަތަމަ ސަރުކާރުގެ ރައީސް ނަޝީދުގެ ފަރާތްޕުޅުން ކެންޑިޑޭޓުން ވާދަކުރައްވާއިރު އެމްޑީޕީގެ އެންމެ އިސް ލީޑަރު އަދި ރައީސް އިބްރާހީމް މުހައްމަދު ސޯލިހްގެ ފަރާތްޕުޅުން ވެސް ކެންޑިޑޭޓުން ވާދަކުރައްވައެވެ.

ކިޔުންތެރިންގެ ހިޔާލު

9 ކޮމެންޓް

  1. މުޖައްރިބު

    ނަޝީދަށް ވެރިކަން ލިބިއްޖެނަމަ ސަރުކާރުގެ ހުރިހާ މުވައްޒަފުންގެ މުސާރަ އިން %30 އުނިކޮށް 10،000 މުވައްޒަފުން ވަޒީފާ އިން ވަކި ކުރާނެ އެވެ.

    25
    2
  2. ހާމަ ފެކްޓް

    ނަޝީދު ރަނގަޅުވާނީ ހަމައެކަނި ހަޅުތާލު ކުރުމަށާއި އަޑުގަދަ ކުރުމަށެވެ.

    22
    1
  3. މަމޮޅުއުސޫލު

    ކޮންތާކު ތިޔައިން ކޮންމެމީހަކައްލިބުނަސް ކަންތައްހިނގާނީ ހަމަ އެމްޑީޕީގެ އުސޫލައް އެއީ ބޮޑުއެތިނުކުމެ ކުޑައެތިކާއުސޫލު

    24
    1
  4. އަބްދޫ

    ނަސީދަށް ކުރަންއެގޭކަމަކީ ތިޔައީ ވެރިކަން ލިބުނީމަ ސިފައިންނަދެކޮޅަށް މުޒާހަރައެއް ފުލުހުންނާ ދެކޮޅަށް މުޒާހަރާއެއް ސިވިލްސާވިސަސްއާ ދެކޮލަށް މުޒާހަރާއެއް ރައޔިތުންގެ މަޖިލިހާއި ދެކޮޅަށް މުޒާހަރާއެއް ބޭއްވުމަށްފަހު ލިއުނީ ގާނޫނުއަސަސީގަޑުބަޑުކޮށް ބާރުތައް އަތަށްނަގާ އަމިއްލަޔަށް ގައުމު ހިންގާ ގާނޫނުއަސސީ ވަނީ ހުއްޓިފާކަމަށް ޔައުނީ ގަނޫނުއަސަސި އުވާލިކަމަށް އިއުލާން ކޮށްފަ. ކިޔެވީ މެރިޓައިމް . ޓްރާންސްޕޯޓްގެ ސާވެޔަރަކަށް ލެއްވީމަވެސް އެކަން ނުކުރެވުނު ހަވާލުކުރި ވަޑާންގެއާ ކުންފުނިވެސް ބަގުރޫޓް ގައުމަށް ވީގޮތް ބަގުރޫޓްވާ ވާހަކަ އައިއެމްއެފުން ބުނީމަ ތުރުތުރުއަޅާފަ އިސްތިއުފާދިނީ ދެން ބުނީ ބަގާވާތެކޭ .އެކަމަކު ދުސްތޫރީ ބަގާވާތެއް ހަދައިގެން ހުރެ ގާނޫނީ އިމަށްނުވަންނަން ވެގެން އިސްތިއުފާދިނީ .ހަމަ ނުޖެހުން ހިންގަން ވަރަށް މޮޅުވާނެ. ފައިވާންކިބައަތަށްލައިގެން ދުވަން މޮޅުވާނެ.

    24
    1
  5. Anonymous

    ނަޝީދަކީ ވަރަށްބޮޑު ފެއިލިއަރ އެއް، ޒިއްމާދާރު ކަމެއް ކުޑަކޮށްވެސް ނެތް މީހެއް.

    12
  6. ރަން ރީނދޫ

    އޭރު ކީ ސަރުކާރު ލިބިއްޖިއްޔާ އޭ،ދެން ބުނީ މަޖިލިސް ލިބިއްޖިއްޔާ އޭ،މިހާރު އަނެކައްޗެކޭ މި ކިޔަނީ. އަނގަ އެރުވުން ނޫން ކަމެއް ނެތް

    10
  7. ޢަބްދުﷲ

    "ނަޝީދަށް އެމްޑީޕީ ލިބިއްޖެ ނަމަ ސިލްސިލާ މުޒާހަރާތަކެއް ކުރަން ނުކުންނާނެ"

    2 ގަޑިއިރު ކުރިން ( ސެޕްޓެމްބަރު 22, 2021 )

    ތީނަމަ ނަމަ ޕާޓީއެއް . 2019 ގެ ބަޖެޓް ފާސްވެއްޖެ ނަމަ ޚިޔާލަށް ނާންނަ ވަރުގެ

    ތަރައްގީ ގެންނާނެކަމަށް ބުނި . އޭގެ ފަހުން 2020 ގެނެސް ދޭނަމޭބުނީ.

    އެއހަރުގެ ބަޖެޓް ފާސްވެއްޖެ ނަމަ ޚިޔާލަށް ނާންނަ ވަރުގެ ތަރައްގީ ގެނެސް ދޭނަމޭބުނި.

    ދެން 2021 ވެސް މިފަދަ ފޮނި އިބާރާއްތަށް އަބަދުވެސް ބުނޭ. ނަމަވެސް ވީކަމެއް ވާނޭ

    މަމެއް ދިވެހިރައްޔިތަކަށް ހަރާމުން ހަރާން. ލިބުނިއްޔާ ލިބެނީ ކެއްސެއް ނޫނީ ލަނޑެއްް.

    رئيس يامين عبد القيوم ވަގުނަ ވަގުތަށް ދޫކޮށްލާ #
    India out # India out # India out #

  8. އަބްދޫ

    ވެލާނާގެ އިން 3 ތަޅާއި 2 ތަޅުދަނޑި ވަގަށް ގެންދަން ވަރަށް މޮޅުވާނެ. ހިންނަވަރުގެ ބަނބުކެޔޮގަހަށް ނިދަންއަރާތިބޭ ކުކުޅު ދަންވަރުނަގަން ވަރަށް މޮޅުވާނެ.

  9. ވުޒާރާ

    މުޒާހިރާޕާޓީ މިހާރުވެސް މުޒާހަރާ ކުރަންވީނޫންތޯ