ގއ. ގެމެނަފުށީގައި ފަތިސް ނަމާދުން ފޭބި ދިވެއްސަކަށް ބިދޭސީންތަކެއް ހަމަލާދީފިއެވެ.

އެ މީހާއަށް ހަމަލާދީފައި ވަނީ ރޭ މިސްކިތުން ފޭބި ގަޑީގައި ދިމާކޮށެވެ. އޭނާ ކައިރީގައި އެވަގުތު ދަރިފުޅުވެސް ހުއްޓެވެ.

ހާދިސާ ހިނގި ގޮތް!

ކޮވިޑް-19 ފެތުރިގެން ބަންދުކޮށްފައިވާ ގެމަނަފުށީގައި ހިނގާދިޔަ އެ ހާދިސާގެ ތަފްސީލު ހާމަކުރަމުން އެރަށު ކައުންސިލްގެ ރައީސް އިބްރާހިމް ނާޝިދު ވިދާޅުވިގޮތުގައި، އެ މީހާ ކިޔާދިންގޮތުން ނަމަ އޭނާއަށް ހަމަލާ ދިނީ ރޯގާ ޖެހިގެން ހުރެ ބިދޭސީއަކު މިސްކިތަށް އައުމުން، އޭނާ ކައިރީގައި މިސްކިތަށް ނައިސް ގޭގައި ނަމާދު ކުރަން އެންގުމުންނެވެ.

"ހަމަލާ ރައްދުވި ދިވެހި މީހާ ބުނާގޮތުގައި، ފަތިސް ނަމާދުން ފޭބިތަނާ ބިދޭސީން ހަމަލާދީފައި ވަނީ. މިރަށުގައި ކޮވިޑް ފެތުރެމުންދާ މި ދަނޑިވަޅުގައި މީގެ ދެ ތިން ރޭ ކުރިން ފަތިސް ނަމާދުން ދިމާވެގެން، މި މީހުން މާސްކް ނާޅާ ވަރަށް ބޮޑަށް ރޯގާ ޖެހިގެން ހުރީމަ އޭނާ މި ބުނަނީ، ނަމާދަށް އައިސްގެން ނުވާނެއޭ، ގޭގައިވެސް ނަމާދު ކުރެވޭނެއޭ ރޯގާޖެހިފައެއް ނޫންހޭ ތި ހުރީ، ގޭގައި ނަމާދު ކުރާށޭ"،

އެހެން ނަމަވެސް އެ މީހާ އޭނާ ބަލި ނޫން ކަމަށް ބުނި ކަމަށް ނާޝިދު ވިދާޅުވިއެވެ. މިކަމާއި އެ ދިވެހި މީހާއާއި އެ ބިދޭސީ މީހާއާ ޒުވާބު ކުރިއެވެ.

"ދެން ރޭގެ ފަތިސް ނަމާދުން ފައިބައިން ނުކުތުމުން، މި މީހާ އެހީ ކަލޭ ތީ ޑޮކްޓަރެއް ހެއްޔޭ ކަލެއަށް އެނގޭހޭ ކޮރޯނާ ވަކިކުރަން... މީނަ މި ބުނަނީ ކަލޭ ތިއައީ މަށާ ދިމާކުރަން ހެއްޔޭ؟ ޒުވާބުކޮށްފައި އެތަނުން އެތަނަށް ޖެހީއޭ". އެ ދިވެހި މީހާއާ ހަވާލާދީ ނަޝީދު ވިދާޅުވިއެވެ.

އޭނާއަށް ހަމަލާ ދިން ވަގުތު ދަރިފުޅު ހުރީ ކައިރީގައެވެ. އަދި މިސްކިތުން އުމުރުން ދުވަސްވީ ދެ މީހަކުވެސް ނުކުތެވެ. އެކަމަކު އެ މީހުންނަށް އެކަން ހުއްޓުވަން ނުކުރެނެވެ. ފަހުން މިސްކިތުން ފައިބައިގެން އައި މީހަކު އެ މީހުން ދުރުކުރުވި ކަމަށް މައުލޫމާތު ލިބޭ ކަމަށް ނަޝީދު ވިދާޅުވިއެވެ.

އެ ބިދޭސީމީހާއެކު އެވަގުތު އިތުރު ތިން މީހަކުވެސް ތިއްބެވެ. އެއީ އެއްކޮށް އުޅޭ ބައެއް ކަމަށް ވެއެވެ. އެތަނުން ރޯގާޖެހި، ނޭފަތުން އަރިދަފުސް ފައިބާ ކަަމަށް ވަނީ އެކަކުގައެވެ.

އެ މީހާއަށް ބޮޑު އަނިޔާއެއް ލިބުނު ކަމަށް ފެންނަން ނެތް ކަމަށް ނަޝީދު ވިދާޅުވިއެވެ. ނަމަވެސް އޭނާގެ އަތް ދުޅަވެފައި ހުރި ކަމަށާއި، ގައިގައި ވަކި އަޅާފައި ހުރި ތަން ފެނުނު ކަަމަށް ވިދާޅުވިއެވެ.

މައުލޫމާތު ލިބޭގޮތުގައި، އެ މީހާއަށް ހަމަލާދީފައި ވަނީ ހަތަރު ބިދޭސީން ވެގެންނެވެ. އެ ބިދޭސީން އެރަށު ފުލުހުންގެ ސްޓޭޝަނަށްވެސް ގެންދިޔައެވެ. ނަމަވެސް ހައްޔަރުކޮށްފައެއް ނުވެއެވެ.

ރަށުގެ ކޮވިޑް ހާލަތު

ގެމަނަފުށިން ކޮވިޑް ފެނިގެން އެރަށް ބަންދު ކުރީ މި މަހުގެ 14 ވަނަ ދުވަހުއެވެ. މިހާރުވެސް އެރަށުގައި ދަނީ ކޮވިޑް ފެތުރެމުންނެވެ. މިހާތަނަށް އެރަށުން 72 މީހަކު ކޮވިޑަށް ފައްސިވެފައި ވެއެވެ. އެރަށުން ކޮވިޑަށް ފައްސިވަމުންދާ މީހުންގެ އަދަދުތައް އިތުރުވި ނަމަވެސް، ރަށުގެ އާއްމު ހާލަތު ގޯސް ނޫން ކަމަށް ކައުންސިލުން މައުލޫމާތު ދެއެވެ.

އެރަށުން ކޮވިޑަށް ފައްސިވަމުންދާ މީހުންގެ ތެރޭގައި ވަކިި ތަރުތީބެއް ނެތި ނެގި ސުންކުތައް ހިމެނޭއިރު، ރަށުގެ ބަލީގެ ހާލަތު ގޯސްކަމަށް ލަފާ ކުރެވެއެވެ.

ކިޔުންތެރިންގެ ހިޔާލު

10 ކޮމެންޓް

  1. މުހަންމަދު

    ތިޔަ ލިޔުމުގައިވަނީ އެއްފަރާތެއްގެ ވާހަކަ. ބައެއް މީހުން ދެކޭ ގޮތުގައި ބިދޭސިން ވެއްޖެއިޔާ އެއީ ވަރަށް ދެރަ ނިކަމެތި ބައެއް. އެކަމަކު ބިދޭސީ މީހާ މިމީހުންނަށް ކާއެތިކޮޅު ރޯފިލުވާން ދޭން ތިބީވެސް.

    10
    34
  2. ރަދީފް

    ''މި މީހާ އެހީ ކަލޭ ތީ ޑޮކްޓަރެއް ހެއްޔޭ ކަލެއަށް އެނގޭހޭ ކޮރޯނާ ވަކިކުރަން...'' މީތި ވަރަށް ސަޅި.

    2
    14
    • ބޭފުޅާ

      ރޯގާ ޖެހިފަ ހުރެގެން މިސްކިތަށް ނާރަން އަންގަވާފަ އޮންނަނީ.

  3. އަހުމަދު ސާއިލް

    އެހާ ރީތި ކޮށް ތިބުނާ ދިވެހިމީހާ ނުޢާމަލާތް ކޮށްފާނެކަމާއިމެދު ޝައްކު.

    8
    11
    • ޙުސޭނު

      މިސާލަކަށް ކިތަންމެ ހަޑި ކޮށް ވާހަކަ ދެއްކިޔަސް ގައިގަ އަތްލާ ތަޅާކަށް ނުޖެހޭނެ ދޯ؟ ޙުދު ކަލޭ ވެސް ރުޅި އަންނާނެ.

      19
      2
  4. ބިދޭސީ

    ބިދޭސީން ސައިޒް ކުރަން ނުކެރޭތި ވާގޮތް ކޮންމެ އެއްޗެއް ބުންޏަސް ޖަހާކަށް ނުޖެހޭ ބިދޭސީ ވީމަ އޯކޭ ފުލުސްމީހަވީމަ ކަޑަ ލާދީނީ މީހުންގެ ފެންވަރު މި

    15
  5. ބަކުރު

    މާރާމާރީ ހިންގި މީހުނަށް ހިމާޔަތް ދިންމީހުންނައްވެސް
    ފިޔަވަޅު އަޅަންޖެހޭ

    10
  6. ފެއިލްޑް ޖަސްޓިސް ސިސްޓަމް

    މައުލޫމާތު ލިބޭގޮތުގައި، އެ މީހާއަށް ހަމަލާދީފައި ވަނީ ހަތަރު ބިދޭސީން (ބޭފުޅުން) ވެގެންނެވެ. އެ ބިދޭސީން އެރަށު ފުލުހުންގެ ސްޓޭޝަނަށްވެސް ގެންދިޔައެވެ. ނަމަވެސް ހައްޔަރުކޮށްފައެއް ނުވެއެވެ. (ނަމަވެސް ކުރެވުނު ކަމެއް ނެތެވެ.)

  7. ޒުލްފާ

    ބޭރުމީހުން ދިވެހިންނަށްވުރެން މާބާރުގަދަ.ކޮބާ ގެމަނަފުށީ ކައުންސިލް ރަށުގެ ޒުވާނުން.ތިމީހުން ރަށުން ބޭރުކޮށްބަލަ.ރަނގަޅަށް ވިއްޔާ ވަގަށް ފިލައިގެން އުލޭ މީހުން.

  8. ރަޓުމީހާ

    ނިކަން ފެންވަރު އޮޅިގެން އުޅޭ ބައެއް ގެމަނަ ފުށީ މީހުން ތިޔައީ