ޅ. ހިންނަވަރު ބަނދަރިގެ ހާބަރ ޕޭވްމަންޓް ހެދުމުގެ މަސައްކަތް ފަށައިފިއެވެ.

އެރަށު ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއު ކުރިއަށްގެންދަނީ އެމްޓީސީސީންނެވެ.

އެ މަޝްރޫއުގެ ދަށުން، އެއްގަމުތޮށި ލުމަށް ބޭނުންވާ ކޮންކްރީޓް ގައު އެތުރުމުގެ މަސައްކަތާއި ކެޕިންގ ބީމް މަސައްކަތްތައް ވަނީ ނިންމައިލާފައެވެ.

ހިންނަވަރު ބަނދަރުގެ ހާބަރ ޕޭވްމަންޓް ހެދުމުގެ މަސައްކަތް ފަށައިގެން މިހާރު ދަނީ ކުރިއަށް - ފޮޓޯ: އެމްޓީސީސީ

އެމްޓީސީސީން ބުނީ، މި މަޝްރޫއުގެ ދަށުން، 3.2 ހެކްޓަރުގެ ބިން ހިއްކުމާއި، 65,170.76 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ ބަނދަރު ފުންކުރުމާއި، 421 މީޓަރުގެ ސަރަޙައްދެއްގައި އެއްގަމުތޮށި ލުމާއި، 123.9މީޓަރުގެ ސަރަޙައްދެއްގައި ބޭރުތޮށި ލުމާއި، 170.55 މީޓަރުގެ ސަރަޙައްދެއްގައި ރިވެޓްމެންޓް ޖެހުމުގެ މަސައްކަތް ހިމެނޭކަމަށެވެ.

މި އީ99.52 މިލިއަން ރުފިޔާގެ މަޝްރޫއެެއްކަން ފާހަގަކޮށްލަން ޖެހެއެވެ.