ރައީސް އިބްރާހީމް މުހައްމަދު ސޯލިހްގެ ސަރުކާރަކީ "ސްލޯ ސަރުކާރެއް" ކަމުގައި އިދކޮޅު ފަރާތްތަކުން ބުނާ ބުނުމަށް ރައްދުދީ، "ފާސްޓް ސަރުކާރެއް" ކަން ބުނެދޭން ރައްޔިތުންގެ މަޖިލީހުގެ ވައިކަރަދޫ ދާއިރާގެ އެމްޑީޕީގެ މެންބަރު ހުސައިން ޒިޔާދު (ފިއްޓެ) އެތައް މިސާލެއް ދައްކަވައިފިއެވެ.

މަޖިލީހުގެ މިއަދުގެ ޖަލްސާގައި ފެލިދޫގެ ގިރާ ސަރަހައްދު ހިމާޔަތްކޮށްދޭން އެދި ފެލިދޫ ދާއިރާގެ ޕީއެންސީގެ މެންބަރު އިބްރާހިމް ފަޒުލް ރަޝީދު ހުށަހެޅުއްވި ގަރާރުގެ ބަހުސްގައި ފިއްޓެ ވިދާޅުވީ އެ ގަރާރު ހުށަހެޅުއްވީ ވެސް މި ސަރުކާރުން އެ ކަން ކުރާނެ ކަމުގެ އުއްމީދެއް ފަޒުލްއަށް އޮތުމުން ކަމަށެވ

އިދިކޮޅު ފަރާތްތަކުން އެންމެ އަޑު ނަގައި ދައްކާ އެއް ވާހަކައަކީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ރާއްޖޭގެ ރިޒާވްގައި އެތައް ފައިސާއެއް ރައްކާކުރެވުނު ކަމެވެ. އެ ކަމަށް ރައްދު ދެއްވައި ފިއްޓެ ސުވާލު ކުރެއްވީ އެ ފައިސާ ބަހައްޓައިގެން ތިބީ ކީއްކުރަންތޯއެވެ.

ރައީސް އިބްރާހީމް މުހައްމަދު ސޯލިހްގެ ވެރިކަމުގައި އެ ގޮތަށް ފައިސާ ހޯދަމުން ދިއުމާއި އެ ފައިސާ ރަށްރަށަށް ހޭދަ ކުރައްވާ ކަމަށް ވެސް ފިއްޓެ ވިދާޅުވިއެވެ. މި ގޮތުން ފެލިދޫ ގިރާ ސަރަހައްދު ހިމާޔަތް ކުރުމުގެ މަސައްކަތް ފެށުނު ކަން ވެސް ފިއްޓެ ފާހަގަ ކުރެއްވިއެވެ.

ސަރުކާރުގެ ޕްލޭންގައި އަތޮޅުތަކުގެ ރަށްރަށުގައި އެތައް ކަމެއް ކުރަން ރާވާފައި އޮތުމާއި ރަށްރަށަށް ބޭނުންވާ އަސާސީ ޚިދުމަތްތައް ނުލިބި އެތައް އަހަރެއް ދިޔަ ފަހުން މި ސަރުކާރުން އެ މަސައްކަތް ފަށާފައި އޮތް ކަން ވެސް ފިއްޓެ ފާހަގަ ކުރެއްވިއެވެ.

"މާލެ ސަރަހައްދުގައި މާ ބޮޑު ކަމެއް ނުހިނގާ. އެކަމާ އަޅުގަނޑު ވެސް އެއްބަސްވަން. އެހެންވިޔަސް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ދިރިއުޅެމުން މި ދަނީ ހަމަ ދިވެހި ދައުލަތަށް ޓެކްސް ފައިސާ ދައްކައިގެން ދިރިއުޅޭ ރައްޔިތުން. އެ ތަންތަނުގައި ވަރަށް ގިނަ ކަންކަން ކުރިއަށް އެބަދޭ." ފިއްޓެ ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ޔާމީންގެ ވެރިކަމުގެ ދުވަސްވަރު ދުނިޔެ ބަންދުކޮށްފައި ނެތް ކަމަށާއި ދުނިޔޭގެ އިގްތިސާދު ވެސް އޮތީ ރަނގަޅު ހާލަތެއްގައި ކަމަށެވެ. އެހެންވިޔަސް އޭރު ރަށްރަށުގައި ނުހިނގާ އޮތް އެތައް ކަމެއްގެ މަސައްކަތް މިހާރު ކުރިއަށްދާ ކަން ފިއްޓެ ވިދާޅުވިއެވެ.

"ރަށްރަށް ގިރާ ހުސްވަނީ. އަޅުގަނޑުމެން އެކަކު އަނެކަކަށް ޒުވާބުކޮށް އަޅުގަނޑުމެން ވެސް މި އޮތް ހުސް ވަނީ. އެ ބަހުސްތައް ނުކޮށް އަޅުގަނޑުމެން ވެސް ވެއްޖެ މި ކަން ކުރަން. މި ކަން ކުރާނެ ކަމުގެ އުއްމީދު އޮތީ މި ސަރުކާރުގައޭ، މި ސަރުކާރުންނޭ ކުރަނީ" ފިއްޓެ ވިދާޅުވިއެވެ.

ފިއްޓެ މިސާލެއްގެ ގޮތުގައި ދެން ނެންގެވި ކަމަކީ މީގެ ކުރީގެ ސަރުކާރުތަކުގައި ބަޖެޓްގައި ހިމެނިފައި އޮތް އެތައް ކަމެއް ނުހިނގާ އޮތް ކަމެވެ. 2009 އިން ފެށިގެން ވައިކަރަދޫއާއި ކުރިނބީގެ ނަރުދަމާގެ މަޝްރޫއު އޮންނަ ކަމަށާއި އެ ކަން ބަޔަކާ ހަވާލުކޮށް ފެށިގެން އައީ ދާދި ފަހަކުން ކަމަށް ފިއްޓެ ވިދާޅުވިއެވެ.

"އެހެންވީމަ މިއީ ފާސްޓް ސަރުކާރަކީ އަސްލު." އިދިކޮޅު ފަރާތްތަކަށް ރައްދު ދެއްވަމުން ފިއްޓެ ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

15 ކޮމެންޓް

 1. ދަރަނި ދަންތުރަ

  ހަޒާނާ ދަވާލަން އެއްމެ ފާސްޓު ސަރުކާރު މިއީ ، ބަޖެޓު ދަވާލަން އެއްމެ ފާސްޓު ސަރުކާރު މިއީ ، 32 ބިލިޔަން ރުފިޔާގެ ބަޖެޓު 8 މަސްދުވަހުން ދަވާލި ކިހާ ފާސްޓު ، އިސްލާމް ދީނަން ފުރައްސާރަ ކުރަން އެއްމެ ފާސްޓު ސަރުކާރު މިއީ ފޮރިން މިނިސްޓަރ އެހުރީ ފައްޅީގެ އެއްމެ އެތެރޭގައި ދެން މިވަރަކަށް ފާސްޓު ވާނީ....

  82
  2
 2. ޑައެލޯގް

  ފިއްޓެލޮލަށް ތިއޮތީ ބޮޑުއާވިއެލިފައެވެ. ފިއްޓެއަކަށް ނުފެންނާނެއެވެ. ޔާމީނު ސަރުކާރުގައި ކުރިގާތަށްވެސް ނުކުރެވޭނެއެވެ. ޔާމީންއިރުގަވެސް އެޗްވަން ފްލޫ އައެވެ. ނާސިރުއިރުގަ ކޮލެރާ މައުމޫންއިރުގަ ސިގެއްލާ އަދި އިރާގުހަނގުރާމަ ސުނާމީ އެމެރިކާހަމަލާ އެތައްކަމެއްވިއިރުވެސް ރައްޔިތުން ބިކަނުވެއެވެ. އެކަމު ސޯލިހުގެ ކޮރޯނާގައި ގެސްޓުންނައިސް އޮތީ 6 މަސްވަންދެނެވެ. މިހާރު ގެސްޓުންއައިސް ފުލްވެފަވާއިރު ޑޮލަރެއްލިބެނީކީނޫނެވެ.

  63
  1
 3. ޔަމްސީ

  މިއީ ސުލޯ އަދި ބޭކާރު ކަންކަމައް ފޯކަސްކޮއް ވަގުތާއި ފައިސާ އިސްރާފުކުރާ ސަރުކާރެއް. އަލިފުދާލަކީ ދިވެހި ރައްޔިތުމީހާއަށް މާމުހިންމު އެއްޗެއްނޫން. ދިވެހި ރައްޔިތުމީހާއަށް މުހިންމީ ތަރައްގީގެ ބިޔަ މަޝްރޫތައް ޔަގީންކަމާއިއެކު ހިންގައި ވަޒީފާތަކާއި އަދި މަސައްކަތުގެ ދާއިރާ ފުޅާކުރާނެ އަދި ގައުމުގައި ސުލްހަމަސަލަސްކަން ގާއިމުކޮއް ރައްޔިތުންގެ ދިރިއުޅުނުގެ ފެންވަރު އުފުލައިދޭނެ ސަރުކާރެއް. ބޭކާތު އަނގަތަޅާތަން ޓީވީންނާއި ވެބްސައިޓުތަކުން ދައްކާ ކަންނުވެ އަނގަފޮނިކަނޑާ ސަރުކާރެއް މިތާއޮންނާކައް ރައްޔިތުންނެއް ނޭދޭ. އެއީ ވަކިޕާޓީއަކައް ނިސްބަތްވާރައްޔިތުން ގަބޫލުކުރާކަމެއް ނޫން. އެއީ ހުރިހާދިވެހި ރައްޔިތުން ދެކޭގޮތް.

  57
  1
 4. ހަނި

  ފިއްޓޭ

  17
 5. ހަނި

  ފިއްޓޭ މިސާލް ދެއްކިޔަސް މިއީސުުލޯސަރުކާރެތް ޔާމިނުގެ ސަރުކާރަކީ ހައި އިސްޕީޑް ސަރުކާޜެރް

  71
  1
 6. ޙހހހ

  ބަލަ ހެނދު ހޭލާ ގޮތަށް ކެފޭތަކުގައި ކޮފީބޯން ދުވެގެން އަދި ރާއްޖޭގެ ހާލަތެއް ނުފެންނާނެ

  12
 7. ރަން ރީނދޫ

  މި މެމްބަރު މިއީ ގަމާުރުންގެ އައްޕަ

  8
  1
 8. ފިއްތި

  ކަލޯގަޔާ.މީނަ އަށްސްލޯވަނީ ކިހާވަރަކަށް ސޮލޯވީމަބާ.ފިނިހަކި ސްޕީޑުވެސް މިއަށްވުރެ ފާސްޓް

  6
  1
 9. ސުލޯބެއްޔާ

  ސުލޯމީހަކައް ފެންނާނީ އެހެންމީހުންފާސްޓްކަމައް ސުލޯބެއްޔާ

  14
  1
 10. ކާފަދ

  ސްލޯ މީހަކަށް އެނގޭނީ އޭނާއަށްވުރެ ސްލޯ ނޫންކަން

  7
  1
 11. އިސްޢާފް ސަލީމް

  ތަންތާތިބި ކޮރަކަލި ބްރޭންޑްގެ ބްރާންތިން ނުއުފުލޭވަރުގެ ގޮނޑިތަކަށް ވެޑުވީމާ ވާނެ ހަޔެތި މިވަނީ!

  6
  1
 12. ރާއްޖެބޯއީ

  މީހާގެ އިސްކޮޅުގައި ފަސްފޫޓު ހަމަނުވާ މި އެމްޕީ އަކީ ބަޔަކު ގެންގުޅޭ ޕަޕެތެއް.

 13. ޢަބްދުއްސަލާމް

  ހޭބަލި ވާހަކަ ނުދައްކާށެވެ. ،ސަރުކާރު އައިއްސުރެ އެންމެ ކުޑަ އުޖޫރަ ކަނޑައެޅުމާ ސިވިލް ސަރވިސް މުވައްޒަފުންގެ މުސާރަ ބޮޑުކުރާ ވާހަކަ ދައްކަނީއެވެ. އެކަމަކު އެކަން ވާތަނެއް ނާދެއެވެ. ހަމަ ބޭނުންވީމާ ކޮމިޓީތަކުން އެއްކަމެއް ނުކުރަނީސް މުސާރަ ބޮޑުކުރީއެވެ. ސިވިލްސަރވިކސްއާ ދޭތެރޭ ޚާއްޞަކޮށް އިދާރީ މުވައްޒަފުންގެ ޢާއިލާތަކާ ދޭތެރޭ އަޅާލާ ވެރިއަކު ނެތެވެ. 4465 ރ ގެ މުސާރައެއް 35 އަހަރު ހޭދަކޮށްފައިވާ މުވައްޒަފަށް ދިނުމުން މީހަކަު ޙައިރާނެއް ނުވާނެހެއްޔެވެ؟ ހިންޏެއް ނާންނާނެހެއްޔެވެ؟ އިދާރީ މަޤާމުތަކުގެ މުވައްޒަފުން އަޅެ އަބުރުވެރި ދިރިއުޅުމެއް ރަނގަޅު ނިދުމެއްނިދައި މީު ރަނގަޅު ކާނާކާކަށް ނުޖެހޭނެހެއްޔެވެ. ބޮޑުންނަށް ލިބޭ ލިވިންގަަ އެލަވަންސަށްވުރެ އިދާރީ މަޤާމުތަކަށް ލިބޭ މުސާރަކޮޅު ކުޑައެވެ. ކެތްތެރިވުން ފިޔަވައި ކުރެވޭނެކަމެއް އެބައޮތްހެއްޔެވ؟

 14. Anonymous

  ގައުމުގެ ރިޒާވް އިތުރުކުރަންޖެހޭ. އެދުވަހު ރައީސް ޔާމީން އެއްކުރި ފައިސާއިން އަދިވެސް މިގައުމު ހިނގަމުން މިދަނީ. ތި ހިންގާ ހުރިހާ ޕްރޮޖެކްޓަކީވެސް ރަައީސް ޔާމީންގެ މަސައްކަތުން ހޯދި ފައިސާއިން ހިންގާ ޕްރޮޖެކްޓަށް ތިވީ.

 15. ސްލޯލީ

  ސްލޯއޭ ބުނާކަށްނުވާނެ. ޔާމީން ޖަލަށްލީ ބާރުމިން އެއީ މިމީހުން ބޭނުންވާ ކަންކަމުގަ ސްލޯނޫން ކަމުގެހެއްކެއް. އެކަން އަވަހަށް ކުރަން ހަދައިގެން މިހާރު އެއުޅެނީ ސުޕްރީމް ކޯޓުގައި އެދައުވާ ދެކޮޅުޖައްސާނެ ވާހަކައެއް ދެއްކެން ނެތިގެން.