"ކަރިޝްމާ ޕާޓީ މޯލްޑިވްސް" ނަަމަކީ ސިޔާސީ ޕާޓީއެއް އުފައްދަން ކަމުދާ ނަމަކަށް ނުވާ ކަމަށް ބުނެ އެ ޕާޓީ އުފައްދަން ހުއްދަ ނުދޭން އިލެކްޝަންސް ކޮމިޝަން (އީސީ) އިން ނިންމައިފިއެވެ.

މި ނަމުގައި ސިޔާސީ ޕާޓީއެއް އުފައްދަން އީސީއަށް ހުށަހެޅީ މ. ކެލަމް، މުހައްމަދު އިސްމާއިލްއެވެ. އޭނާ މީގެ ދެ އަހަރު ކުރިން ވެސް ހަމަ އެ ނަމުގައި ޕާޓީ އުފައްދަން ހުށަހެޅުމުން އެ ހުއްދަ އީސީން ނުދެއެވެ.

އޭގެ ފަހުން މި މަހުގެ ތެރޭގައި އަނެއްކާ ވެސް ހަމަ އެ ނަމުގައި އެ ޕާޓީ އުފައްދަން ހުށަހެޅިއެވެ. އީސީއިން މިއަދު ނިންމީ ކުރިން ވެސް ނިންމާފައި އޮތް ގޮތަށް އެ ނަން ކަމު ނުދާތީ ޕާޓީ ހަދަން ހުއްދަ ނުދިނުމަށެވެ. އަދި ހުށަހެޅުމަށް ބޭނުންވާ ބައެއް ލިޔެކިއުން ވެސް ހަމަނުވާ ކަމަށް އީސީން ބުންޏެވެ.

ދެހާސްއަށާރަވަނަ އަހަރުގެ ރިޔާސީ އިންތިޚާބަށް ފަހު ގިނަ ސިޔާސީ ޕާޓީތަކެއް ދަނީ އުފައްދަމުންނެވެ. މީގެ ތެރޭގައި ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް އުފެއްދެވި އެމްއާރުއެމްއާއި، ކުރީގެ ނައިބު ރައީސް އަހްމަދު އަދީބު އުފެއްދެވި އެމްޓީޑީއާއި، ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ދެވަނަ ޕާޓީއެއްގެ ގޮތުގައި ޕީއެންސީ ފާހަގަ ކުރައްވައެވެ. އަދި ދާދި ފަހަކުން ކުރީގެ ޑިފެންސް މިނިސްޓަރު އަދި ދަނގެތި ދާއިރާގެ މެންބަރު މުހައްމަދު ނާޒިމް އިސްވެ ހުންނަވައިގެން އުފައްދަވާ އެމްއެންޕީއަށް ހުއްދަ ދޭން އީސީން ނިންމާފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު

11 ކޮމެންޓް

  1. ހިހި

    މީ މޮޔަވެގެން އުޅޭ މީހެއް ފބ ގަވެސް ލިޔާވެ ވ ފައްކާއެއްޗިހި

    21
    2
  2. ހުސޭނުބޭ

    ކަރިޝްމާ ކަމުނުދަންޏާ ކަރީނާ ކިޔަންވީނު!

    48
    2
    • ކަރީނާ ކަޕޫރް

      މަގޭ ނަން ކިޔައިފިއްޔާ ކޯޓަށްދާނަން

  3. އަލީ

    ކުކުޅު ކުރަނޑި އެތެރެ ހަމޭ ކިޔަބަލަ!!!

    38
  4. ބޮއިހަލާކު

    ކީއްކުރަން އުފައްދާ ޕާޓީތަކެއް..؟؟ދެކޮޅުވެރިކަމާއި ފިތުނަ ފަސާދަ ނޫނީ އިތުރެއް ނުވޭ..!!ފާޑު ފާޑުގެ ނަންނަން ކިޔައި، ދެމީހުނާ ފަޅި ލައިގެންވެސް ޕާޓީ ހަދަންވޭ..

    54
    1
    • ފީރޯޒް

      ލާރި ބުރޯ.. ލިބޭ ބަޔަކަށް ލިބޭ..

      13
  5. މަންޖުކިރަން ނާތު

    މޯދީ އެލަޔެންސް ރަގޅު ވާނެ.

    39
  6. ސަމަ

    ޕާޓީއެއް އުފެއްދުމަށްވުރެން ތިބެއްޔާ ޑޮކްޓަރަކަށް ދެއްކުން ނުވަތަ ގުރާދޫ ގަޕާޓީހެދުން!!!

    12
    1
  7. ޢަޒްރާ

    ކިޔާބަލަ ރަންނަމާރި ޕާޓީ

  8. Anonymous

    ކެނެރީ ކިޔަން ވަގުތުން ހުއްދަ ލިބޭނެ.

  9. ތަންކޮޅެއް ބޮޑުވަރު

    ކެލަމް އިސްމާއިލް . އަހަންނަށް ފެނޭ ކަލޭ ސަނީލިއޯން ޕާޓީގެ ނަމަށް ކަރިޝްމާ ޕާޓީ ގެ ނަން ބަދަލުކުރަން. ހަމަ ޔަގީނުންވެސް ސަނީ ލިއޯން ކަރިޝްމާ އަށްވުރެ މާ ބޮޑުތަން ރީތިވެފައި މަޝްހޫރު.