ފެނަކައިގެ ކުރީގެ ދެވެރިއެއްގެ މައްޗަށް ދައުވާކޮށް ދިނުމަށް އެދި މިއަދު ޕްރޮސިކިއުޓަރ ޖެނެރަލް (ޕީޖީ) ފޮނުވައިފިއެވެ.

ވަކިފަރާތަކަށް ނާޖާއިޒު ފައިދާ ހޯދައިދީފައިވާކަން އެންޓީ ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ން ކުރި ތަހުގީހުން އެނގޭތީ ދައުވާކުރުމަށްޓަކައި ފޮނުވާފައިވަނީ، ފެނަކަ ކޯޕަރޭޝަންގެ އައިސީޓީ ޑިޕާޓްމަންޓާ އޭރު ހަވާލުވެހުރި އިސްމާއީލް ޝަމްއޫން އާއި އެކުންފުނީގެ ސޭލްސް އެންޑް ބިލިންގ ޑިޕާޓްމަންޓްގެ ވެރިއެއްގެ ހައިސިއްޔަތުން އޭރު މަސައްކަތް ކުރި އަހްމަދު ނަޖާހްގެ މައްޗަށެވެ.

މިއީ ފެނަކައިން ކަސްޓަމަރުންނަށް ބިލްކުރުމަށްޓަކައި 2017ވަނަ އަހަރުގެ ތެރޭގައި ބިލިންގ ސޮފްޓްވެޔަރއެއް ހެދުމަށް "ޝުވެކް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް" އާ ހާވާލުކުރިނަމަވެސް، އެ ހިދުމަތް އަދި މިހާތަނަށް ފެނަކައަށް ލިބިފައިނުވާއިރު، އެ ސޮފްޓްވެޔަރ ނިމުނުކަމަށް ލިޔުން ދޫކޮށް، ފައިސާ ދީފައިވާކަމަށް ބުނާ މައްސަލައެވެ.

ޝަމްއޫން އާއި ނަޖާހްގެ މައްޗަށް ދައުވާކުރުމަށްޓަކައި ފޮނުވާފައިވަނީ، ކޮރަޕްޝަންގެ އަމަލެއް ހިންގާފައިވާކަމުގެ ދައުވާކުރުމަށެވެ.

މައްސަލައިގެ ތަފްސީލް

ބިލިންގ ސޮފްޓްވެއަރ ހޯދުމުގެ ޕްރޮޖެކްޓްގެ ކޮލިޓީ ކޮންޓްރޯލަރ އަކީ އެ ކުންފުނީގެ އައިސީޓީ ޑިޕާޓެމެންޓެވެ. އަދި ފެނެކަގެ ބިލިންގ ސޮފްޓްވެއަރ ތިން ފޭސް އަކަށް ބަހާލައިގެން ކުރިއަށް ގެންދިއުމަށާއި، އެއިން ކޮންމެ ފޭސް އެއް ނިމުމުން އައިސީޓީ ޑިޕާޓްމަންޓުން އެ މަސައްކަތް ޗެކްކޮށް އެޕްރޫވް ކުރަންވާނެ ކަމަށާއި، ކޮންމެ ފޭސް އެއް ނިންމުމަށް ފަހު ޝުވެކުން ހުށަހަޅާ އިންވޮއިސް އައިސީޓީ ޑިޕާޓްމަންޓުން އެޕްރޫވް ކުރަން ވާނެ ކަމަށް އެއްބަސްވުމުގައި ބަޔާންކޮށްފައި އޮޮތް ނަމަވެސް އެއްވެސް އެއްޗެއް ބަލައިފައިނުވާ ކަމަށެވެ.

"ޝުވެކުން ކޮށްފައިވާ މަސައްކަތުގެ ކޮލިޓީ އާއި އޯތެންޓިސިޓީ އައިސީޓީ ޑިޕާޓްމަންޓުން ޗެކްކޮށްފައި ނުވާކަން ތަހަގީގުން އެނގޭ".

އެކަމަކީ ޝަމްއޫން ޒިންމާއެއްކަން ތަހްގީގުން އެނގޭ ކަމަށާއި، އެއްބަސްވުމުގައި ބިލިންގ ސޮފްޓްވެއަރގައި ހުންނަން ވާނެ ކަމަށް ބަޔާންކޮށްފައިވާ ގިނަ ކަންތައްތަކެއް ޝުވެކް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުން ފުރިހަމަކޮށްފައިނުވާކަންވެސް ފާހަގަކުރެވޭ ކަމަށެވެ.

އެ ބިލިންގ ސޮފްޓްވެއަރގެ މަސައްކަތް ޝުވެކުން 2017 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ ހަ ވަނަ ދުވަހަށް ނިންމުމަށާއި، އެ ސޮފްޓްވެއަރ ނިމުނު ކަމަށް ބެލޭނީ އެ ސޮފްޓްވެއަރ ޑިޒައިން ކޮށް، އިމްޕްލިމެންޓް ކުރުމުންކަމަށް އެއްބަސްވުމުގައި ބަޔާންކޮށްފައިވީނަމަވެސް، 2018 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ 15ގެ ނިޔަލަށް ވެސް އެ ސޮފްޓްވެއަރ ނިންމާފައިނުވާކަމާއި، އަދި ފެނަކަގައި އެ ސޮފްޓްވެއަރ އިމްޕްލިމެންޓް ކޮށްފައިނުވާކަން ތަހްގީގަށް ހޯދާފައިވާ ލިޔެކިޔުންތަކުން އެނގޭ ކަމަށް އޭސީސީން ބުނެފައި ވެއެވެ.

އަދި ބިލިންގ ސޮފްޓްވެއަރއަށް ވޭރިއޭޝަންގެ ގޮތުގައި ގެނައުމަށް ނިންމާފައިވާ ބަދަލުތަކުގެ ތެރޭގައި، ޝުވެކްއިން ފުރިހަމަކުރަންޖެހޭކަމަށް އެއްބަސްވުމުގައި ހިމެނޭ ކަންތައްތަކެއް ބަޔާންކޮށްފައިވާއިރު، ވޭރިއޭޝަންގެ ގޮތުގައި އެ ބަދަލުތައް ގެނައުމަށް ފެނަކަގެ ފަރާތުން ހުއްދަ ދިންކަމަށް ބަޔާންކޮށް، އެ ބަދަލުތައް ގެނައުމަށް ހުއްދަދިން ލިޔުމުގައި ޝަމްއޫން އާއި،ނަޖާހް ސޮއިކޮށްފައިވާކަމަށް އޭސީސީން ބުނެފައި ވެއެވެ.

އަދި އެ ބިލިންގ ސޮފްޓްވެއަރގެ މަސައްކަތް ޝުވެކުން ނިންމާފައިނުވަނީސް، އެމަސައްކަތް ހައެއް ނޮވެމްބަރު 2017ގައި ނިންމާފައިވާކަމަށް ބަޔާންކޮށް ޝުވެކުން ފެނަކައަށް ހުށަހަޅާފައިވާ ސިޓީގައި ޝަމްއޫން އަދި ނަޖާހު ވެސް ސޮއިކޮށްފައިވާ ކަމަށް އެ ސިޓީގައި ވެއެވެ

އޭގެއިތުރުން، އެ ބިލިންގ ސޮފްޓްވެއަރ ހޯސްޓްކުރުމުގެ ޤާބިލުކަން ފެނަކަގެ އަމިއްލަ ސާވާރގައި ހުރިކަން އެނގޭ ކަމަށާއި އަދި އެއްބަސްވުމުގެ އެއްވެސް މާއްދާއެއްގައި ޝުވެކްގެ ސާވާރގައި އެ ސޮފްޓްވެއަރ ހޯސްޓްކުރުމާ ގުޅޭ އެއްވެސް ކަމެއް ބަޔާންކޮށްފައިނުވާ ކަމަށް އޭސީސީން ބުނެފައި ވެއެވެ. އެހެންނަމަވެސް، އެ ސޮފްޓްވެއަރ ހޯސްޓްކުރުމަށް ޝުވެކަށް ހުއްދަދީ، އެކަމަށް ފައިސާ ދޫކުރުމަށް ފެނަކަގެ އައިސީޓީ ޑިޕާޓްމަންޓުން އެ ކުންފުނީގެ ފައިނޭންސް ޑިޕާޓްމަންޓަށް މެމޯއެއްފޮނުވާފައިވާ ކަމަށް ބުނެފައި ވެއެވެ.

އަދި ޝުވެކުން ބިލިންގ ސޮފްޓްވެއަރގެ ފޭސް 2 އަދި 3 ގެ މަސައްކަތާއި، ވޭރިއޭޝަންގެ ގޮތުގައި ގެނައުމަށް ނިންމާފައިވާ މަސައްކަތްތައް ނިމިފައިނުވަނީސް، އެ މަސައްކަތްތައް ނިންމާފައިވާކަމަށް ބަޔާންކޮށް، ފައިސާ ދޫކޮށްދިނުމަށް އައިސީޓީ ޑިޕާޓްމަންޓުން އެ ކުންފުނީގެ ޓެންޑަރ ސެކްޝަނަށް ފޮނުވާފައިވާ އިންޓަރނަލް މެމޯ ގައި ސޮއިކޮށްފައިވަނީ ވެސް ޝަމްއޫންކަން ތަހްގީގުން އެނގޭ ކަމަށް އޭސީސީން ބުނެފައިވެއެވެ

ނަމަވެސް އެ ކުންފުނިން އެ ސޮފްޓްވެއަރގެ މަސައްކަތް ނިންމާފައި ނުވިނަމަވެސް އެމަސައްކަތަށްވާ ފައިސާ ފުރިހަމައަށް ދޫކޮށްފައިވަނީ، ޝަމްއޫން އަދި ނަޖާހް ސޮއިކޮށްފައިވާ ހުއްދައަށް ރިއާޔަތްކޮށްގެންކަން ތަހްގީގުން އެނގޭތީ، މިކަންކަމުގެ ސަބަބުން ޝުވެކަށް ނާޖާއިޒު މަންފާއެއް ހޯދައިދީފައިވާކަން ތަހުގީގުން އެނގޭ ކަމަށް ބަޔާންކޮށްފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

  1. އަސްލަމް

    ބަލަ ކޮބާތަ މިލިއަނުން ފައިސާ ނަގާފައި ގެންނަން ހަވާލު ކުރި ވެންޓިލޭޓަރުތައް. ކެރޭނެބާ ވަގުންނަށް ދައުވާ ކުރަން.

    3
    1
  2. ހަސީނު

    ތިބުނާ ސޮފްޓްވެއަރ އެއް ބޭނުން ނުކުރާކަން އަދި ނުލިބޭކަން އެގޭނީއަކީ ތި ދެބޭފުޅުން އެކަނި ކަމަށް ހީކުރުމަކީ ގޯހެއް. އިތުރަށް ތަހުގިގު ކުރަން ފެނޭ. ރައްޔިތުންގެ އަތުން އެތައް ފައިސައެއް ނެގުމަށް ފަހު މިފަދަ ބޭފުޅުން މިލިޔަނުން ފައިސާ އަށް ހިޔާނާތް ވުމުން އެކަން ދައުލަތުން ނުބައްލަވާތީ ހިތާމަ ކުރަން.

  3. ދަންނަ ނުދަންނަ

    ކުރީގެ ވެރިންނޭ. މިހާރުގެ ވެސް ވެރިން ދޯ

    3
    2
    • ރަމީޒް

      ފެނަކަ ޝަމްއޫން އެއީ ބޮޑު ވަގެއް. އަހަަރަމެންގެ ބްރާންޗްގަ އަޅުވަން ވެގެން ކެމަރާ ތަކެއް ގަނެ އޭގެން ވެސް ވައްކަން.

  4. އަޒޫ

    ތިޔަ ފައިސާއިން ގެދޮރާއި ކާރު ގަނެގެން އަވައްޓެރި ލަންކާގައި އެބައުޅޭ ތިޔަތަނުން އެކެއްގެ ކޮއްކޮ ލަންކާ އެންބަސީގެ ވަޒީފާއެއްގަ

  5. މެމްބަރ

    ފެނަކައިން ބިޑް ނަގައިގެން އިންޖީނު އެތެރެ ކުރާ މީހުން ގެންނަނީ ރިފަބިޝް އިންޖީން. މީ ވެސް ރައްޔިތުންނަށް ވެވޭ ޚިޔާނާތެއް. އެންމެ ފަހުން ފެނަކަ އާއި ހަވާލު ކޮށްފަވާ އިންޖީނުތައް ބެލުމަށް ގޮވާލަން. އަދި ދެން ހަވާލުވާ އިންޖީނުތައް ވެސް ބެލުމަަށް ގޮވާލަން.